މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހއ. އަތޮޅު (ތިލަދުންމަތީ އުތުރުބުރި) (2,982 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
2,982 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހއ. އަތޮޅުގެ ޚަބަރުތައް

2982 ޚަބަރުގެ ތެރެއިން
އައިސްޕްލާންޓެއް ގާއިމުކޮށް ދެއްވިކަަމަށް ވިދާޅުވެ ޔާމީން ހެއްދެވީ އިތުރުފުޅެއް: ހޯރަފުށީ ކައުންސިލް 📍 ހއ. ހޯރަފުށި

އައިސްޕްލާންޓެއް ގާއިމުކޮށް ދެއްވިކަަމަށް ވިދާޅުވެ ޔާމީން ހެއްދެވީ އިތުރުފުޅެއް: ހޯރަފުށީ ކައުންސިލް

ރައީސް ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމްގެ ދައުރުގައި ހއ. ހޯރަފުށީގައި އައިސްޕްލާންޓެއް ގާއިމުކޮށް ދެއްވިކަަމަށް އެމަނިކުފާނު ވިދާޅުވެފައިވާކަމަށާއި، އެއީ އިތުރުފުޅެއްކަމަށް ހޯރަފުށީ ކައުންސިލުން ވިދާޅުވެއްޖެއެވެ. ހޯރަފުށީ ކައުންސިލްގެ ހަތް މެންބަރުން ސޮއިކުރަށްވާ މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވީ، މިހިނގާ ޑިސެމްބަރ 10 ވަނަ ދުވަހުގެ ރޭ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި “ކޮތަރު ކޮށި” ޖަލްސާގައި ކުރީގެ ރައީސް އަބުދުﷲ ޔާމީން ޢަބުދުލް ޤައްޔޫމް، އެމަނިކުފާނުގެ ވެރިކަމުގައި ހޯރަފުށީގައި އައ...

އަލީ އާދިލް
ހޯރަފުށީގައި ތެލުގެ ވިޔަފާރި ކުރުމަށް ބިމެއް ކުއްޔަށް ދެނީ 📍 ހއ. ހޯރަފުށި

ހޯރަފުށީގައި ތެލުގެ ވިޔަފާރި ކުރުމަށް ބިމެއް ކުއްޔަށް ދެނީ

ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީގައި ތެލުގެ ވިޔަފާރި ކުރުމަށް ބިމެއް ކުއްޔަށް ދިނުމަށް އެރަށު ކައުންސިލުން އިޢުލާންކޮށްފި އެވެ. އެ ކައުންސިލުން މި މަހުގެ 9 ވަނަ ދުވަހު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ތެލުގެ ވިޔަފާރި ކުރުމަށް ބޭނުންވެލައްވާ ފަރާތަކަށް ކައުންސިލްގެ ފަރާތުން 5000 (ފަސްހާސް) އަކަފޫޓްގެ ބިމެއް ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ތެލުގެ ވިޔަފާރި ކުރުމަށް ބޭނުންވާ ފަރާތްތަކުގެ ތެރެއިން ބިން ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކުން މި މަހުގެ 21 ވަނަ ދުވަހުގެ 11:00...

އައިޝަތު ނަސާޔާ
ހއ. އަތޮޅު ކައުންސިލް އިދާރާގެ ލޯގޯ ފަރުމާ ކުރާނެ ފަރާތެއް ހޯދަން އަނެއްކާވެސް އިޢުލާންކޮށްފި

ހއ. އަތޮޅު ކައުންސިލް އިދާރާގެ ލޯގޯ ފަރުމާ ކުރާނެ ފަރާތެއް ހޯދަން އަނެއްކާވެސް އިޢުލާންކޮށްފި

ތިލަދުންމަތީ އުތުރު ބުރީ އަތޮޅު ކައުންސިލް އިދާރާގެ ލޯގޯ ފަރުމާ ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިއުލާން ކޮށްފިއެވެ. އެކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ލޯގޯ ފަރުމާ ކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރުސަތު ހުޅުވާލާފައި މިވަނީ އެންމެ ފަހުގެ އިއުލާނަށް މުއްދަތު ހަމަވެ އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅު ކޮށްފައި ނުވުމުންނެވެ. އެގޮތުން ކުރިން ކުރެވުނު އިއުލާނު ބާތިލް ކޮށް 3 ވަނަ ފަހަރަށް އެ ފުރުސަތު ހުޅުވާލާފައި މިވަނީ އަތޮޅުގެ ތެރެއިން ވެސް ބައިވެރިވެވޭނެ ގޮތަށެވެ. […]

އައިޝަތު ނަސާޔާ
ދިއްދޫ ބަނދަރަށް ވަންނަން ދިޔަ ދޯންޏެއް އުރި ބޮޑެތި ގެއްލުންތަކެއް ވެއްޖެ 📍 ހއ. ދިއްދޫ

ދިއްދޫ ބަނދަރަށް ވަންނަން ދިޔަ ދޯންޏެއް އުރި ބޮޑެތި ގެއްލުންތަކެއް ވެއްޖެ

ހއ. ދިއްދޫ ބަނދަރަށް ވަންނަން ދިޔަ ދޯންޏެއް ބަނދަރު ނެރުކައިރި ހިލަތަކުގެ މައްޗަށް އުރި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ. ދިއްދޫ ކައުންސިލްގެ ރައީސް ޢަބުދު ﷲ ރަޝީދު “ތިލަދުން”އަށް ވިދާޅުވީ، އެ ރަށު ބަނދަރަށް ވަންނަން އުޅުމުގެ ތެރޭގައި އެ ދޯނި ނެރު ހިލަތަކުގެ މައްޗަށް އުރުނީ އައި ރާޅެއްގައި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެ ދޯންޏަކީ އެ އަތޮޅު އުތީމު ދޯންޏެކެވެ. އެ ދޯނީގައި 6 މީހަކު ދަތުރު ކުރިއެވެ. “އެއްވެސް މީހަކަށް ގެއްލުންވި […]

ތިލަދުން
ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭން ހުށަހަޅާފައި ނުވަނީ ހއ. އަތޮޅުގެ އެންމެ ކައުންސިލަކުން

ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭން ހުށަހަޅާފައި ނުވަނީ ހއ. އަތޮޅުގެ އެންމެ ކައުންސިލަކުން

ކުރިއަށްއޮތް 5 އަހަރު ދުވަހުގެ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭން (2026- 2022) ތައްޔާރުކޮށް ހއ. އަތޮޅުގެ 13 ރަށު ކައުންސިލަކުން ހުށަހަޅާފައިވާކަމަށް ހއ. އަތޮޅު ކައުންސިލުން ވިދާޅުވެއްޖެއެވެ. ހއ. އަތޮޅުގައި ޖުމްލަ އޮންނަނީ މީހުން ދިރިއުޅޭ 14 ރަށެއްގެ 14 ލޯކަލް ކައުންސިލެވެ. ހއ. އަތޮޅު ކައުންސިލުން ނެރުއްވި ނޫސްބަޔާނެއްގައި ވަނީ ކުރިއަށްއޮތް 5 އަހަރު ދުވަހުގެ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭން (2026- 2022) ތައްޔާރުކޮށް ހުށަހެޅުއްވި އެ އަތޮޅުގެ ކައުންސިލްތަކަށް މަރުޙަބާ ދަންނަވާފައެވެ. ދި...

ޔުމްނާ ޢަލީ
ހޯރަފުށީ އައިސްޕްލާންޓް ހުޅުވައިފި 📍 ހއ. ހޯރަފުށި

ހޯރަފުށީ އައިސްޕްލާންޓް ހުޅުވައިފި

ހއ. ހޯރަފުށީގައި އަލަށް ގާއިމް ކުރެވުނު އައިސްޕްލާންޓް ހުޅުވައިފިއެވެ. ހޯރަފުށީ ކައުންސިލްއިން މައުލޫމާތު ދީފައިވާ ގޮތުގައި، މި މަޝްރޫޢު ކުރިއަށް ގެންގޮޮސްފައި ވަނީ އަމިއްލަ ވިޔަފާރިއެއް ކަމަށްވާ ޗަމްޕާ ބްރަދާސް ގެ އިސްވެރިޔާ މުހައްމަދު މޫސާ (އުއްޗު) ގެ ދީލަތި އެހީތެރިކަމާއި އެކު އެ ކައުންސިލާއި މިފްކޯ ގުޅިގެންނެވެ. އެރަށުގެ އައިސްޕްލާންޓް ގާއިމް ކުރުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ. 4.2 މިލިއަން ރުފިޔާގެ މި މަޝްރޫއު ނިމި މިއަދު […]

އައިޝަތު ނަސާޔާ
އުލިގަމުގައި ބާއްވާ "ދަ ގްރޭޓް މޯލްޑިވިއަން ބާބެކިއު" އަށް، ލޯގޯއާއި ޓީޝާޓް ފަރުމާކޮށްދޭނެ ފަރާތެއް ހޯދަނީ

އުލިގަމުގައި ބާއްވާ "ދަ ގްރޭޓް މޯލްޑިވިއަން ބާބެކިއު" އަށް، ލޯގޯއާއި ޓީޝާޓް ފަރުމާކޮށްދޭނެ ފަރާތެއް ހޯދަނީ

ހއ އުލިގަމުގައި އަހަރަކު ބާއްވަމުން އަންނަ “ދަ ގްރޭޓް މޯލްޑިވިއަން ބާބެކިއު” އަށް، ލޯގޯއާއި ޓީޝާޓް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފިއެވެ. އުލިގަމު ކައުންސިލުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެރަށުގައި ކޮންމެ އަހަރަކު ބާއްވަމުންދާ މަސް ފިހުމުގެ ބޮޑު ހަރަކާތުގައި ބޭނުން ކުރާ ޓީޝާޓްތަކާއި ލޯގޯ ފަރުމާ ކޮށްދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ. މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް މިހާރު އެފުރުސަތު ހުޅުވާލެވިފައިވާކަމަށާއި، ލޯގޯ އާއި ޓީޝާޓް ފަރުމާ ކުރުމަ...

އައިޝަތު ނަސާޔާ
އިހަވަންދޫއަށް ބަނދަރު ކޮށްފައިވާ މަސްވެރި އުޅަނދުތަކަށް ފަރިވަޅު އެރުވުމަށް އިމަގުގެ ކަނބަލުން ތައްޔާރު 📍 ހއ. އިހަވަންދޫ

އިހަވަންދޫއަށް ބަނދަރު ކޮށްފައިވާ މަސްވެރި އުޅަނދުތަކަށް ފަރިވަޅު އެރުވުމަށް އިމަގުގެ ކަނބަލުން ތައްޔާރު

ހއ. އިހަވަންދޫއަށް ބަނދަރު ކޮށްފައިވާ ކޮންމެ މަސްވެރި އުޅަނދަކަށް ފަރިވަޅެއް އެރުވުމަށް އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު)ގެ ކަނބަލުން ތައްޔާރު ވަމުން އެބަދެއެވެ. މިއަދަކީ ރާއްޖޭގައި މަސްވެރިންނަށް ޚާއްޞަކޮށްގެން ފާހަގަކުރަމުން އަންނަ މަސްވެރިންގެ ދުވަހެވެ. މިދުވަހަށް އިމަގުގެ މަސްވެރިންގެ ގޮފިން ވަނީ ގިނަ ހަރަކާތްތަކެއް ރާވާފައެވެ. އިހަވަންދޫއަށް ބަނދަރުކޮށްފައިވާ ކޮންމެ މަސްވެރި އުޅަނދަކަށް ފަރިވަޅު އެރުވުމަކީ އެ ހަރަކާތްތަކުގެ ތެރެއިން އެއް ހަރަކާތެވެ. އިމަގުގެ މީޑިއާ ކޯޓޑިނޭޓަރު ސައުދުﷲ...

ޙުސައިން ޝަހުދީ
ތުއްތު ލުޔޫނުގެ ބޭސްފަރުވާއަށް ޢާއިލާއިން އެދެނީ ތިޔަފަރާތްތަކުގެ އެހީތެރިކަމަށް 📍 ހއ. ދިއްދޫ

ތުއްތު ލުޔޫނުގެ ބޭސްފަރުވާއަށް ޢާއިލާއިން އެދެނީ ތިޔަފަރާތްތަކުގެ އެހީތެރިކަމަށް

ހއ. ދިއްދޫ، ރޯޝަނީހިޔާ، އިބްރާހީމް ލުޔޫންއަކީ އެ އާއިލާގެ ތިބި ތިން ކުދިންގެ ތެރެއިން އެންމެ ހަގު ކުއްޖާއެވެ. ފުރަތަމަ ސިއްހީ މައްސަލަތަކެއް ފާހަގަ ކުރެވިފައި ވަނީ ލުޔޫންގެ އުމުރުން ތިން އަހަރު ފުރުނު ތަނާއެވެ. އެއީ މި އަަހަރުގެ މާޗުމަހުގެ ތެރޭގައެވެ. އޭރު މާލެ ގޮސް އައިޖީއެމްއެޗަށް ޑޮކްޓަރަށް ދެއްކުމުން ލުޔޫންގެ ސީދާ ބައްޔެއް ދެނެގަތުމަށާއި، ހާލަތު ބެލުމަށް މާލޭގައި މަޑުކޮށް މަހަކު އެއްފަހަރު ކަހަލަ ގޮތަކަށް ރެގިއުލާކޮށް ޑޮކްޓަރަށް ދައްކަމުން ގެންދިޔުމަށް ޑޮކްޓަރު ލަފާދިނެވެ. […]

އިބްރާހިމް ޚަލީލް
މަސްވެރިންގެ ދުވަހާއި ގުޅިގެން މުރާދޫގައި މަސްރޭހެއް 📍 ހއ. މުރައިދޫ

މަސްވެރިންގެ ދުވަހާއި ގުޅިގެން މުރާދޫގައި މަސްރޭހެއް

ދިވެހިރާއްޖޭގައި މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުންދާ ޑިސެމްބަރ މަހުގެ 10 ވަނަ ދުވަހުގެ މުނާސަބަތުގައި ހއ. މުރާދޫގައި މަސްރޭހެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިއްޖެއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން މުރާދޫ ކައުންސިލްގެ ރައީސް އަލީ ސިނާން ވިދާޅުވީ މުރާދު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އާއްމުންނަށް ހުޅުވާލާފައިވާ ކަމަކަށެވެ. އެގޮތުން މި މުބާރާތުގައި ބަ...

އައިޝަތު ނަސާޔާ
އިމަގުން، އިހަވަންދޫގައި މަސްވެރިންގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރަނީ 📍 ހއ. އިހަވަންދޫ

އިމަގުން، އިހަވަންދޫގައި މަސްވެރިންގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރަނީ

ހއ. އިހަވަންދޫގައި ފާހަގަ ކޮށްލެވޭފަދަ ބޭނުންތެރި ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ އިހަވަންދޫ މަސްވެރިންގެ ގުޅުން “އިމަގު” އިންތިޒާމް ކޮށްގެން މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެ ރަށުގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމައިފިއެވެ. ރާއްޖޭގައި މަސްވެރިންގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރަކު ވެސް ފާހަގަކުރަނީ ޑިސެމްބަރ މަހުގެ 10 ވަނަ ދުވަހެވެ. ސަރުކާރުން މި އަހަރު ރަސްމީކޮށް މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުނަ ބާއްވާ އިހުތިފާލުތައް ބޭއްވުމަށް ހަމަޖެހިފައި...

އިބްރާހިމް ޚަލީލް
ހއ. އަތޮޅުގެ ކުރީގެ މެންބަރު ކެލާ އަލިބެ އަވަހާރަވެއްޖެ 📍 ހއ. ކެލާ

ހއ. އަތޮޅުގެ ކުރީގެ މެންބަރު ކެލާ އަލިބެ އަވަހާރަވެއްޖެ

ތިލަދުންމަތީ އުތުރުބުރި (ހއ) އަތޮޅުގެ ރައްޔިތުން މަޖިލިސްގެ ކުރީގެ މެންބަރު އަލްއުސްތާޛް އަލީ އިބްރާހިމް މަނިކު (ކެލާ އަލިބެ) އަވަހާރަވެއްޖެއެވެ. ރައްޔިތުންގެ ޚާއްޞަ މަޖިލިސްގެ މެންބަރުކަން ކުރައްވާފައިވާ، ކެލާ އަލިބެ އަވަހާރަވީ ރޭ ފަތިހުގެ ވަގުތެއްގައެވެ. އަލިބެ އަވަހާރަވެފައި ވަނީ ގިނަ ދުވަސްތަކަކު އާލާސްކަންފުޅާ އުޅުއްވުމަށްފަހު އެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އަލިބެވަނީ ގިނަ ދުވަސްތަކެއް ވަންދެން ހޮސްޕިޓަލްގައި އެނދުމަތިކުރެވިގެން ވެސް ފަރުވާ ހޯއްދަވާފައެވެ. އަލިބެ އަވަހާރަވީ ވެރިރަށް މާ...

ޙުސައިން ޝަހުދީ
މިފްކޯއިން އިހަވަންދޫގައި ހިންގަމުން އަންނަ އައިސްޕުލާންޓް ހުއްޓުމުން، މަސްވެރިންގެ ޝަކުވާ ބޮޑުވެއްޖެ 📍 ހއ. އިހަވަންދޫ

މިފްކޯއިން އިހަވަންދޫގައި ހިންގަމުން އަންނަ އައިސްޕުލާންޓް ހުއްޓުމުން، މަސްވެރިންގެ ޝަކުވާ ބޮޑުވެއްޖެ

ހއ. އިހަވަންދޫގައި ހިންގަމުން އަންނަ މިފްކޯ އައިސްޕުލާންޓް ހުއްޓުމުން މަސްވެރިންގެ ޝަކުވާ ބޮޑުވެއްޖެ އެވެ. އިހަވަންދޫ މިފްކޯ އައިސްޕުލާންޓަށް މައްސަލަ ޖެހި ޚިދުމަތް މެދުކެނޑިފައިވަނީ މިމަހުގެ 2 ވަނަދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. މައްސަލައެއްދިމާވެ ހިދުމަތް މެދުކެނޑިފައި އޮންނަތާ މިއަދަށް 3 ދުވަސް ވެފާވާއިރު އެފަރާތުން އަންނަނީ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންނެވެ. އެ އައިސް ޕްލާންޓް ހިންގުމާއި އެރަށުން ހަވާލުވެހުރި އެންމެ އިސް ފަރާތްކަމުގައިވާ ރާޢުފު މިނޫހަށް މަޢުލޫމާތު ދެމުން ވިދާޅުވ...

އިބްރާހިމް އަސްވާޤް
އިހަވަންދޫ މާއިޒްގެ އަޞަރުގަދަ ތަޤުރީރުން އެންމެން ރޮއްވާލައިފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ މާއިޒްގެ އަޞަރުގަދަ ތަޤުރީރުން އެންމެން ރޮއްވާލައިފި

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކިބައިގައި ހުރި ތަފާތު ހުނަރުތަކާއި އެ ހުނަރުތައް ދައްކާލާ، ހިތްވަރުދީ، ކުރިއެރުވުމުގެ މަޤުޞަދުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް އިން ދެމުން އަންނަ ރިވެލި އެވޯޑް ރޭގައި ދީފައިވާއިރު، އެ އެ ވޯޑުދިން ރަސްމިއްޔާތުގައި ހއ. އިހަވަންދޫ ސްކޫލްގެ ޑައިމަންޑް ކްލާހުގެ ދަރިވަރު މުޙައްމަދު މާޢިޒު ދިނީ އަސަރުގަދަ މެސެޖްތަކެކެވެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާ އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ބައިވެރިވެވަޑައ...

ޙުސައިން ޝަހުދީ
ކެލާ ސްކޫލް ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް ނިންމާލައިފި 📍 ހއ. ކެލާ

ކެލާ ސްކޫލް ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް ނިންމާލައިފި

ހއ. ކެލާ ޝައިޚް އިބްރާހީމް ސްކޫލް ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް ނިންމާލައިފި އެވެ. މިއީ ކެލާ ޕޮލިސް ސްޓޭޝަނާއި އެ ސްކޫލް ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. އޮކްޓޯބަރ 25 އިން ނޮވެމްބަރ 28 އަށް ކުރިއަށް ގެންދިޔަ ފަތަން ދަސްކޮށްދިނުމުގެ އެ ޕްރޮގްރާމުގައި އެ ސްކޫލްގެ 99 ދަރިވަރުން ބައިވެރިވެ 95 ދަރިވަރުން ފަތަން ދަސްކޮށްފައިވެއެވެ. މި ޕްރޮގްރާމް ނިންމާލުމަށް ޝައިޚް އިބްރާހީމް ސްކޫލްގައި ވަނީ ރަސްމިއްޔާތެއްބާވާ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފަ އެވެ....

އިބްރާހިމް އަސްވާޤް