މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު Over the country އަށް (19:00 އިން 01:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހއ. އަތޮޅު (ތިލަދުންމަތީ އުތުރުބުރި) (2,982 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
2,982 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހއ. އަތޮޅުގެ ޚަބަރުތައް

2982 ޚަބަރުގެ ތެރެއިން
ހއ. އަތޮޅު ކައުންސިލުން މި އަހަރު ހިންގާނެ ބައެއް ހަރަކާތްތައް ކަނޑައަޅައިފި

ހއ. އަތޮޅު ކައުންސިލުން މި އަހަރު ހިންގާނެ ބައެއް ހަރަކާތްތައް ކަނޑައަޅައިފި

ހއ. އަތޮޅު ކައުންސިލުން މި އަހަރު ހިންގާނެ ބައެއް ހަރަކާތްތައް ކަނޑައަޅައި، ހާމަކޮށްފިއެވެ. އެކަން ހާމަކޮށްފައި ވަނީ އަތޮޅުކައުންސިލްގެ އިދާރީ މުވައްޒަފުންނާއެކު ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގެ ތެރެއިންނެވެ. ހއ. އަތޮޅު ކައުންސިލުން ވިދާޅުވި ގޮތުގައި، އެ ކައުންސިލުން މިހިނގާ 2022 ވަނަ އަހަރު ހިންގުމަށް ކަނޑައަޅާފައިވާ ހަރަކާތްތަކުގެ ތެރޭގައި ހއ. އަތޮޅު ރަށު ކައުންސިލްތަކުގެ އިދާރީ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ބޭނުންވާ ސޮފްޓްވެއަރ ކައުންސިލްތަކަށް ހޯދައ...

ޙުސައިން ޝަހުދީ
ހޯރަފުށީ ކައުންސިލް އިދާރާގެ އައު އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހއ. ހޯރަފުށި

ހޯރަފުށީ ކައުންސިލް އިދާރާގެ އައު އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ހއ. ހޯރަފުށީ ކައުންސިލްގެ އިދާރާގެ އައު އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސްއިން އިއުލާން ކޮށްފިއެވެ. އެމިނިސްޓްރީއިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. މިމަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުގެ މަތިންނެވެ. އަދި މި ބީލަމުގައި ބައިވެރިވުމަށް  -/500 ރުފިޔާ (ފަސްސަތޭކަ ރުފިޔާ) ގެ ނޮން-ރިފަންޑަ...

އައިޝަތު ނަސާޔާ
ފިއްލަދޫ ކައުންސިލުން ގެސްޓްހައުސް އެޅުމަށް ނިންމައިފި 📍 ހއ. ފިއްލަދޫ

ފިއްލަދޫ ކައުންސިލުން ގެސްޓްހައުސް އެޅުމަށް ނިންމައިފި

ހއ. ފިއްލަދޫ ކައުންސިލުން ގެސްޓްހައުސް އެޅުމަށް ނިންމައިފި އެވެ. އެކައުންސިލުން މިނިންމުން ނިންމާފައިވަނީ އެކައުންސިލްގެ 3 ވަނަ ދައުރުގެ 20, 21 އާއްމު ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުން ތަކުން ނިންމާފައިވަނީ ކައުންސިލުން ގެސްޓްހައުސް އެޅުމަށް ހޭދަވާނެ ކަމަށް އަންދާޒާ ކުރެވޭ ބަޖެޓެއްގެ ގޮތުގައި ހިމަނާފައިވަނީާ -/1،400,000 ރުފިޔާ އެވެ. މިނިންމުން ނިންމާފައިވަނީ އެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ. އެކައުންސިލުން ނިންމާފައިވާ އިތުރު ނިންމުންތަކަށް ބަލާލާއިރު ދައްޕަރުން ތަ...

އައިޝަތު ނަސާޔާ
ކެލާގައި ލޯކަލް މާރުކޭޓެއް އަޅައިދޭނެ ފަރާތެއް ހޯދަނީ 📍 ހއ. ކެލާ

ކެލާގައި ލޯކަލް މާރުކޭޓެއް އަޅައިދޭނެ ފަރާތެއް ހޯދަނީ

ހއ. ކެލާ ބަނދަރު ސަރަހައްދުގައި ލޯކަލް މާރުކޭޓް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ. ކެލާ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތަށް ކަމަށް މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި ފެބުރުއަރީ މަހުގެ 17 ވަނަ ދުވަހުގެ 13:00 އަށް އެއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފު ކުރުމަށް އެދޭކަމަށެވެ. މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން، މިމަހުގެ 28 ވަނަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު […...

އައިޝަތު ނަސާޔާ
ދިއްދޫ ކަނބަލުންނަށް ހާއްސަކޮށްގެން ފަނުން ތަކެތި ވިޔަން ދަސްކޮށްދޭ ޕްރޮގްރާމެއް 📍 ހއ. ދިއްދޫ

ދިއްދޫ ކަނބަލުންނަށް ހާއްސަކޮށްގެން ފަނުން ތަކެތި ވިޔަން ދަސްކޮށްދޭ ޕްރޮގްރާމެއް

ހއ. ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއިން އިންތިޒާމް ކޮށްގެން އެރަށުގައި ފަނުން ތަކެތި ވިޔަން ދަސްކޮށްދޭ ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމަށް ނިންމައިފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ދިއްދޫ އަންހެނުންގެ ކޮމިޓީގެ ރައީސާ އާމިނަތު ނަހުލާ ވިދާޅުވީ މިއީ ރަށުގެ އަންހެން ބޭފުޅުންނަށް ހާއްސަކޮށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ހަރަކާތެއް ކަމަށެވެ. 3 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިމަހުގެ 14 ދުވަހުގެ ނިޔަލ...

އައިޝަތު ނަސާޔާ
ރަށުގެ އެކި ތަންތަނަށް ކުނި ނޭޅުމަށް ތަކަންދޫ ކައުންސިލުން އެދިއްޖެ 📍 ހއ. ތަކަންދޫ

ރަށުގެ އެކި ތަންތަނަށް ކުނި ނޭޅުމަށް ތަކަންދޫ ކައުންސިލުން އެދިއްޖެ

ހއ. ތަކަންދޫގެ އެކި ސަރަހައްދުތަކަށް ބައެއް ފަރާތްތަކުން ގަވާއިދާއި ޚިލާފަށް ކުނި އަޅަމުން ދާތީ އެކަން އެގޮތަށް ނުކުރުމަށް އެރަށު ކައުންސިލުން އެދިއްޖެއެވެ. އެރަށު ކައުންސިލުން އިއްޔެ ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ރަށަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލު ކުރުމަށް އެކައުންސިލުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ރަށުގެ ބައެއް ސަރަހައްދު ތަކަށް އަޅާފައިވާ ކުނި ނަގާ ސާފުކޮށް އެސަރަހައްދުތަކަށް ކުނި ނޭޅުމަށް ބޯޑު ތަކެއް ވަނީ ޖަހާފައެވެ. އަދި ކުނިއެޅުމަށް ހާއްސަ ކޮށްފައިވާ ސަރަހައްދ...

އައިޝަތު ނަސާޔާ
އިހަވަންދޫ ބަނދަރުގެ ބޮޑުބައި ނިމިއްޖެ 📍 ހއ. އިހަވަންދޫ

އިހަވަންދޫ ބަނދަރުގެ ބޮޑުބައި ނިމިއްޖެ

ހއ. އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑު ބައެއް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަސައްކަތުގެ 80 އިންސައްތަ ވަނީ ނިމިފައެވެ. އަދި އެއްގަމުތޮށި ލުމުގެ މަސައްކަތާއި އައު ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތް ވެސް ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، 30,509 ކިއުބިކް މީޓަރުގެ ސަރަަަހައްދެއްގެ ބަނދަރު ފުންކުރުމާއި، 95 މީޓަރުގެ އެއްގަމު ތޮއްޓެއް ލުމާއި، 284 މީޓަރުގެ ބޭރު ތޮށިލުމުގެ މަސައްކަތް […]

އަޙްމަދު ވަހީދު
އިހަވަންދޫން ގެއްލިގެން ހޯދަމުން ދިޔަ ޒުވާނާ ފެނިއްޖެ

އިހަވަންދޫން ގެއްލިގެން ހޯދަމުން ދިޔަ ޒުވާނާ ފެނިއްޖެ

ހއ. އިހަވަންދޫ ގެއްލިގެން ހޯދަމުން ދިޔަ ޒުވާނާ ފެނިއްޖެއެވެ. އެރަށުން ގެއްލިގެން ހޯދަމުން ދިޔައީ އުމުރުން 31 އަހަރުގެ، އެރަށު، މަފުރާވިލާ، ހަސަން ފަހުދެވެ. އޭނާ ފެނުނީ ރައްޔިތުން ނުކުމެ ހޯދަމުން ދަނިކޮށް މިރޭ 12:35 ހާއިރުއެވެ. އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ޞަބާޙް “ތިލަދުން” އަށް ވިދާޅުވީ، ފަހުދު ފެނިފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ. ހޯދަމުން ދަނިކޮށް ފަހުދު ފެނުނީ އެރަށު ކުނިގޮނޑާ ދިމާ ވަލުތެރެއިން ނުކުންނަނިކޮށެވެ. އިހަވަންދޫން ޒުވާނަކު ގެއްލިގެން ހޯދަނީ […]

ޙުސައިން ޝަހުދީ
އިހަވަންދޫން ޒުވާނަކު ގެއްލިގެން ހޯދަނީ 📍 ހއ. އިހަވަންދޫ

އިހަވަންދޫން ޒުވާނަކު ގެއްލިގެން ހޯދަނީ

ހއ. އިހަވަންދޫން ޒުވާނަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ. އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ޞަބާޙް “ތިލަދުން” އަށް ވިދާޅުވީ، ގެއްލިގެން ހޯދަމުން ދަނީ އުމުރުން 31 އަހަރުގެ، އެރަށު، މަފުރާވިލާ، ހަސަން ފަހުދު ކަމަށެވެ. ފަހުދަކީ އިހަވަންދޫ ފެނަކަ ބްރާންޗްގެ މުވައްޒަފެކެވެ. އޭނާ ގެއިން ނުކުތީ މޫދަށް ދަނީކަމަށް ބުނެ ހަވީރު 16:30 ހާއިރުއެވެ. “އޭނާ އެ ގުޅި މީހަކަށް ގުޅާފަ ދެން ވަޒީފާއަށް ވެސް ނުދާނެ ކަމަށް ބުނިކަމަށް ވަނީ، ކޮންމެވެސް ވަރެއްގެ […]

ޙުސައިން ޝަހުދީ
ވައިކަރަދޫ އާއި ކެލާގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ އަމަލީ މަސައްކަތް ފަށައިފި 📍 ހއ. ކެލާ

ވައިކަރަދޫ އާއި ކެލާގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ހދ. ވައިކަރަދޫ އާއި ހއ. ކެލާގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. ޕްލޭނިން މިނިސްޓްރީން އިން ހާމަކޮށްފައިވާ ގޮތުގައި ވައިކަރަދޫގައި މި މަޝްރޫޢު ފެށީ އިއްޔެއެވެ. ކެލާގައި ފެށީ މިއަދު އެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޔޫ.އެސް ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ އެއްބަސްވުމުގެ ދަށުން ކުރިއަށްދާ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ ދެ މަޝްރޫޢު އެކެވެ. އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޔޫ.އެސް ޑޮލަރުގެ ލައިން […]

އަޒްފާ ރަޝީދު
ސަވާދީއްތަ ދަތުރުގައި ބައިވެރިވާ ޔޮޓްތައް އުލިގަމަށް ބަނދަރުކޮށްފި

ސަވާދީއްތަ ދަތުރުގައި ބައިވެރިވާ ޔޮޓްތައް އުލިގަމަށް ބަނދަރުކޮށްފި

މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ކުރިއަށް ގެންދާ ބައިނަލްއަގްވާމީ ޔޮޓް ރެލީ، “ސަވާދީއްތަ ދަތުރު” ގައި ބައިވެރިވާ ޔޮޓްތައް ހއ. އުލިގަމުގައި ބަނދަރުކޮށްފައެވެ. އުލިގަމު ކައުންސިލުން މިއަދު ހެނދުނު ވަނީ ސަވާދީއްތަ ދަތުރު” ގައި ބައިވެރިވާ ޔޮޓްތައް އެރަށުގައި ބަނދަރުކޮށްފައިވާކަމަށް ވިދާޅުވެފައެވެ. އަދި އެ ޔޮޓްތައް ފެންނަ ފޮޓޯތައް ވެސް އާންމު ކުރެއްވިއެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމަށް ކުރިއަށްގެންދާ މި ހަރަކާތް އިއްޔެ ފަށާފައި ވ...

ޔުމްނާ ޢަލީ
މިއަހަރުގެ "އުތީމު ބަދަހި ދަތުރު" ނިންމާލައިފި 📍 ހއ. އުތީމު

މިއަހަރުގެ "އުތީމު ބަދަހި ދަތުރު" ނިންމާލައިފި

ހއ. އުތީމުގެ 30 އަހަރުން މަތީގެ ފިރިހެނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ “އުތީމު ބަދަހި ދަތުރު” ގެ މިއަހަރުގެ ދަތުރު މިއަދު ނިންމާލައިފިއެވެ. މިއަދު މިދަތުރު ފަށާފައި ވަނީ ހެނދުނު 07:30 ގައި އެވެ. ދަތުރު ނިންމާލާފައި ވަނީ ހަވީރު 16:30 ގައެވެ. ކޮންމެ އަހަރަކު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިދަތުރު 2020 ވަނަ އަހަރުވެސް ވަނީ ކުރިއަށް ގެންގޮއްސައެވެ. ނަމަވެސް 2021 ވަނަ އަހަރުގެ ކޯވިޑްގެ ހާލަތުގެ ސަބަބުން މިދަތުރު ކުރިއަށް ގެންގޮސްފައި ނުވެއެވެ. ކުރީ […]

އައިޝަތު ނަސާޔާ
ސަވާދީއްތަ ދަތުރު ހޯރަފުށިން ފަށައިފި

ސަވާދީއްތަ ދަތުރު ހޯރަފުށިން ފަށައިފި

މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ކުރިއަށް ގެންދާ ޔޮޓް ރެލީ، “ސަވާދީއްތަ ދަތުރު” މިއަދު ހއ. ހޯރަފުށިން ފަށައިފިއެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމަށް ކުރިއަށްގެންދާ މި ހަރަކާތް ފެށުމަށް ހޯރަފުށީގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ދިވެހި ސަގާފީ ހުށަހެޅުންތަކުން ބައިވެރިންނަށް ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ. މި ދަތުރުގައި 12 ޔޮޓެއް ބައިވެރިވާއިރު މީގެ ތެރޭގައި، އެމެރިކާ، އޮސްޓްރޭލިއާ، އަޔަލެންޑް،...

އަޙްމަދު ވަހީދު
އިހަވަންދޫ އައިސްޕުލާންޓް މައްސަލަޖެހިފައި ހުންނަތާ އެއްމަސްދުވަސް 📍 ހއ. އިހަވަންދޫ

އިހަވަންދޫ އައިސްޕުލާންޓް މައްސަލަޖެހިފައި ހުންނަތާ އެއްމަސްދުވަސް

ހއ. އިހަވަންދޫގައި މިފްކޯއިން ހިންގަމުން އަންނަ އައިސްޕްލާންޓް ހުއްޓުމުން އެރަށުގެ މަސްވެރިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެރަށުގެ މަސްވެރިން ބުނެފައިވާ ގޮތުގައި އައިސްޕްލާންޓް ހުއްޓުމަކަށް އައީ މިދިޔަ ޖެނުއަރީ މަހުގެ 3 ވަނަ ދުވަހުން ފެށިގެންނެވެ. އެރަށުގެ އައިސްޕްލާންޓައް މައްސަލައެއް ދިމާވެ ހައްލުނުކުރެވި މިވަނީ މަސް ދުވަސް ވެގެން ގޮސްފަ އެވެ. އެމައްސަލައަށް ހައްލެއް ހޯދާދިނުމަށް އެރަށުގެ “މަސްވެރި އިހަވަންދޫ” އިން ކަމާ ބެހޭ ފަރާތްތަކުގެ އަރިހުން ވަނީ އެދިފައެވެ. އަދި މިއަންނަ ހަފްތާގެ ތެރޭގަ...

އައިޝަތު ނަސާޔާ
ތަކަންދޫ އަންހެނުންގެ ކޮމިޓީއަށް ޞަފިއްޔާ އިބްރާހީމް 📍 ހއ. ތަކަންދޫ

ތަކަންދޫ އަންހެނުންގެ ކޮމިޓީއަށް ޞަފިއްޔާ އިބްރާހީމް

ހއ. ތަކަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުކަމުގެ ހުސްވެފައިވާ މަގާމަށް އިންތިޚާބުވި މެންބަރުން އޭނާގެ މަސްއޫލިއްޔަތާއި ހަވާލުވެއްޖެއެވެ. ތަކަންދޫ ކައުންސިލްގެ ރައީސް ހުސެއިން ނައީމް “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެކޮމިޓީއަށް އަލަށް އިންތިހާބު ވެފައި ވަނީ އެރަށު ޗަނބޭލީގެ ޞަފިއްޔާ އިބްރާހީމް ކަމަށެވެ. މިގާމަށް ކުރިމަތި ލުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަން (އީސީ)އިން ހުޅުވާލާފައި ވަނީ އެކޮމިޓީގެ މެމްބަރަކު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އީސީން ހުޅ...

އައިޝަތު ނަސާޔާ