މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. ތުރާކުނު (72 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
72 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ތުރާކުނުގެ އެންމެ ފަހުގެ ޚަބަރުތައް

72 ޚަބަރުގެ ތެރެއިން
ތުރާކުނުގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ޢަމަލީ މަސައްކަތް ފަށައިފި 📍 ހއ. ތުރާކުނު

ތުރާކުނުގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ޢަމަލީ މަސައްކަތް ފަށައިފި

ހއ. ތުރާކުނުގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ޢަމަލީ މަސައްކަތް ފަށައިފި އެވެ. މި މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ އެވެ. 300 މީހުންގެ ޖާގައިގެ މި މިސްކިތް އިމާރާތްކުރުމަށް ޙަވާލުކޮށްފައިވަނީ މައިކްރޯން ޕްރިވެޓް ލިމިޓެޑާ އެވެ. މިއަހަރުގެ މާރޗު މަހު 23 ގައި މި މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 10.6 މިލިއަން ރުފިޔާއަށެވެ. އެއީ 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެރަށުގައި ބޭއްވި މި މަސައްކަތް ފައްޓަވައިދެއްވީ […]

މުޙައްމަދު އަފްރާޙް
ސައްލެއާއި ގުޅުވައިގެން ފަތުރަނީ އަސްލެއްނެތް ދޮގު ވާހަކަތަކެއް: ތުރާކުނު ކައުންސިލް 📍 ހއ. ތުރާކުނު

ސައްލެއާއި ގުޅުވައިގެން ފަތުރަނީ އަސްލެއްނެތް ދޮގު ވާހަކަތަކެއް: ތުރާކުނު ކައުންސިލް

ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) އާއި ގުޅުވައިގެން ކޮށްފައިވާ ތުހުމަތު ތަކުގެ ޙަޤީޤަތް ހާމަ ކޮށްދިނުމަށް ތުރާކުނު ކައުންސިލުން ގޮވާލައިފިއެވެ. މިކަމާ ގުޅިގެން ތުރާކުނު ކައުންސިލުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި ގުޅޭގޮތުން ފަތުރަމުންދާ ވާހަކަ ތަކަކީ އެއްވެސް ހެއްކެއް ޤަރީނާއެއް ނެތި ފަތުރާ ދޮގު އިލްޒާމުތަކެއް ކަމަށް ދެކޭ ކަމަށެވެ. އަދި މެމްބަރު ސަލީމަށް ރައްދުވާ ގޮތަށް އިސްލާމް ދީނުގައި ހައްދު ކަނޑައެޅިފައިވާ އަމަލެއް ކޮށްފައިވާކަމަށ...

ސަނިއްޔާ އަބޫބަކުރު
އަރިއަޅާލާފައިވާ ތުރާކުނު ނޯތު ޕޮއިންޓް ބައްތި ރިލޮކޭޓްކޮށް ރަނގަޅުކޮށްފި 📍 ހއ. ތުރާކުނު

އަރިއަޅާލާފައިވާ ތުރާކުނު ނޯތު ޕޮއިންޓް ބައްތި ރިލޮކޭޓްކޮށް ރަނގަޅުކޮށްފި

އަރިއަޅާލާފައިވާ ތުރާކުނު ނޯތު ޕޮއިންޓް ބައްތި ރިލޮކޭޓްކޮށް ރަނގަޅު ކޮށްފިއެވެ. ތުރާކުނު ކައުންސިލުން ވިދާޅުވީ، އަރިއަޅާލާފައިވާ ތުރާކުނު ނޯތު ޕޮއިންޓް ބައްތި ރިލޮކޭޓްކޮށް ރަނގަޅު ކޮށްފައިވަނީ ތުރާކުނު ކައުންސިލާއި ފެނަކަ ތުރާކުނު ބްރާންޗްގެ އިތުރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ ، އެމްޓީސީސީ ގުޅިގެން ކަމަށެވެ. މި މަސައްކަތުގައި އެހީތެރިކަން ދެއްވި ފަރާތްތަކަށް ތުރާކުނު ކައުންސިލުން ޝުކުރު އަދާކުރައްވާފައި ވާއިރު، ވަކިން ޚާއްޞަކޮށް އެމް.ޓީ.ސީ.ސީގެ ޗީފް އެގްޒެކެޓިވް އޮފ...

ސަނިއްޔާ އަބޫބަކުރު
ރާއްޖޭގެ އެންމެ އުތުރު ފާހަގަ: ތިލަދުންމަތީ ތުރާކުނު ބައްތިވެސް ނެތިދަނީ؟ 📍 ހއ. ތުރާކުނު

ރާއްޖޭގެ އެންމެ އުތުރު ފާހަގަ: ތިލަދުންމަތީ ތުރާކުނު ބައްތިވެސް ނެތިދަނީ؟

ތިލަދުންމަތީ އުތުރުބުރީ ތުރާކުނަކީ ދިވެހިރާއްޖޭގެ އެންމެ އުތުރުގައި އޮންނަ މީހުން ދިރިއުޅޭ ރަށެވެ. މިއީ ހއ. އަތޮޅުގެ މީހުން ދިރިއުޅޭ ސާދަ ރަށުގެ ތެރެއިން ވެސް ފުރަތަމަ ރަށެވެ. ޖިއޮގްރަފީގޮތުންވެސް ތުރާކުނަކީ އިހަވަންދިއްޕޮޅު އަތޮޅުގެ ފުރަތަމަ ރަށެވެ. ތުރާކުނަކީ އިހުގައި ދިވެހިންގެ ނަމަވެސް ފަހުގައި އިންޑިއާގެ މަލިކާއި އެންމެ ކައިރީގައި އޮންނަ ދިވެހިރާއްޖޭގެ ހިކިފަސްބިމެވެ. ކުރިން ދިވެހިރާއްޖޭގެ ރަށެއްގެ ގޮތުގައި މަލިކު އޮތްއިރު ދެރަށުގެ މެދުގައި ސީދާ ވިޔަފާރިކަމުގެ ގުޅުމާއި އުޚުއްވަތްތެރިކަމުގެ...

ސަނިއްޔާ އަބޫބަކުރު
މުޅި ރާއްޖެއިން އެންމެ ރަނގަޅު 5 ކައުންސިލް ތެރޭ ހިމެނުނު ތުރާކުނު އަދި އުތީމު ކައުންސިލަށް މަރުހަބާ ކިޔައިފި 📍 ހއ. ތުރާކުނު

މުޅި ރާއްޖެއިން އެންމެ ރަނގަޅު 5 ކައުންސިލް ތެރޭ ހިމެނުނު ތުރާކުނު އަދި އުތީމު ކައުންސިލަށް މަރުހަބާ ކިޔައިފި

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އާންމުކުރި “ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސް ނަތީޖާ 2020” ގެ ލޯކަލް ކައުންސިލްތަކުގެ ރޭންކިން މުޅި ރާއްޖެއިން އެންމެ ރަނގަޅު 5 ކައުންސިލްގެ ތެރޭގައި ހިމެނުނު ހއ. ތުރާކުނު އަދި އުތީމު ކައުންސިލަށް ހއ. އަތޮޅު ކައުންސިލުން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ. އެ ރޭންކިންގައި ތުރާކުނު ހިމެނުނީ މުޅި ރާއްޖެއިން 3 ވަނައިގައެވެ. އެއާއެކު ތުރާކުނު ކައުންސިލަށް ވަނީ ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސް އިން ވަނަތައް ހާސިލްކޮށްފައިވާ ރަށު […]

ޔުމްނާ ޢަލީ
ހއ. އަތޮޅުން އެންމެ ރަނގަޅު ކައުންސިލަކަށް ތުރާކުނު، މުޅި ރާއްޖޭން 3 ވަނަ 📍 ހއ. ތުރާކުނު

ހއ. އަތޮޅުން އެންމެ ރަނގަޅު ކައުންސިލަކަށް ތުރާކުނު، މުޅި ރާއްޖޭން 3 ވަނަ

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އާންމުކުރި “ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސް ނަތީޖާ” 2020 ވަނަ އަހަރުގެ ލޯކަލް ކައުންސިލްތަކުގެ ރޭންކިން އިން ހއ. އަތޮޅުން، އެންމެ ރަނގަޅު ކައުންސިލަކަށް އަދި މުޅި ރާއްޖެއިން އެންމެ ރަނގަޅު 3 ވަނަ ކައުންސިލަކަށް ތުރާކުނު ކައުންސިލް ހޮވިއްޖެއެވެ. ތުރާކުނު ކައުންސިލް ވަނީ 2019 ވަނަ އަހަރު ވެސް މި ރޭންކިންއިން ހއ. އަތޮޅުން އެންމެ ކުރި ހޯދާފައެވެ. 2020 ވަނަ އަހަރު މުޅި ރާއްޖޭން 3 ވަނަ ކައުންސިލެއް […]

ޙުސައިން ޝަހުދީ
ތުރާކުނު އަންހެނުންގެ ކޮމިޓީން އެރަށު ސިއްޚީ މަރުކަޒަށް އެހީތެރިވެއްޖެ 📍 ހއ. ތުރާކުނު

ތުރާކުނު އަންހެނުންގެ ކޮމިޓީން އެރަށު ސިއްޚީ މަރުކަޒަށް އެހީތެރިވެއްޖެ

ހއ. ތުރާކުނު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފަރާތުން އެރަށު ސިއްޚީ މަރުކަޒަށް ސްޕޮޓް މޮނީޓަރެއް ހަދިޔާ ކޮށްފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން އެކޮމިޓީގެ ރައީސާ ހުޒެމާ މުހައްމަދު ވިދާޅުވީ މިފަދަ ހަރަކާތެއް ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު މަގުސަދަކީ އާއްމު ރައްޔިތުންނަށް ފަސޭހަ ކަމާއިއެކު ޚިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން އިއްޔެ ހަވާލުކުރެވުނު ސްޕޮޓް މޮނީޓަރާއިއެކު މަރުކަޒުން ދެމުންދާ ޚިދުމަތްތަކުގެ ތެރެއިން ޓެސްޓް ހެދުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ލ...

އައިޝަތު ނަސާޔާ
ތުރާކުނު ސްކޫލްގެ ކުޅޭ ސަރަހައްދު ހިޔާ ކުރުމުގެ މަސައްކަތް ނިންމާލައިފި 📍 ހއ. ތުރާކުނު

ތުރާކުނު ސްކޫލްގެ ކުޅޭ ސަރަހައްދު ހިޔާ ކުރުމުގެ މަސައްކަތް ނިންމާލައިފި

ހއ. ތުރާކުނު ސްކޫލާއި އެރަށު ކައުންސިލުން ގުޅިގެން އެރަށު ސްކޫލްގެ ޕްލޭގްރައުންޑް ހިޔާ ކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ. ތުރާކުނު ކައުންސިލްގެ ރައީސް އަލީ އަބްދުލް ލަތީފް “ތިލަދުން ” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިމަސައްކަތް ނިންމާލާފައިވާ މިވަނީ 2 ދުވަހުގެ ތެރޭގައި ކަމަށެވެ. އަދި މިމަސައްކަތުގައި އެރަށު ޕޮލިސް ޑެސްކާއި އާއްމު ފަރުދުންގެ އެހީތެރިކަން ލިބިފައިވާކަން ލަތީފް ފާހަގަ ކުރެއްވިއެވެ. 50 ފޫޓް 35 ފޫޓްގެ މި ޕްލޭގްރާއުންޑް ގެ މަސައްކަތްތައް ކުރިއަށް ގެންދަމުންދަނީ ފޭސްތަކަކަށް […...

އައިޝަތު ނަސާޔާ
ތުރާކުނު ސުކޫލުގެ ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހއ. ތުރާކުނު

ތުރާކުނު ސުކޫލުގެ ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަނީ

ހއ. ތުރާކުނު ސްކޫލްގެ ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީއިން އިއުލާން ކޮށްފިއެވެ. އެމިނިސްޓްރީއިން އިއްޔެ ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެދިލެއްވުމުގެ މަތިން އެސްކޫލްގެ 2 ކްލާސްރޫމާއި ފާހާނާ، ލައިބްރަރީ އަދި އޮފީސް އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މީގެ ކުރިންވެސް ވަނީ އިއުލާން ކޮށްފައެވެ. ނަމަވެސް އެއިއުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާ ކަމަ...

އައިޝަތު ނަސާޔާ
އިހަވަންދިއްޕޮޅުގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް ގާއިމް ކުރެވެންދެން 3 ކަމެއް ކޮށްދިނުމަށް އެދި ހޯރަފުށީ ދާއިރާގެ 3 ރަށުން ގަރާރެއް 📍 ހއ. ހޯރަފުށި

އިހަވަންދިއްޕޮޅުގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް ގާއިމް ކުރެވެންދެން 3 ކަމެއް ކޮށްދިނުމަށް އެދި ހޯރަފުށީ ދާއިރާގެ 3 ރަށުން ގަރާރެއް

އިހަވަންދިއްޕޮޅުގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް ގާއިމް ކުރެވެންދެން މައިގަނޑު 3 ކަމެއް ކޮށްދިނުމަށް އެދި ހޯރަފުށީ ދާއިރާގެ 3 ރަށްކަމުގައިވާ ހޯރަފުށި ތުރާކުނު އަދި އުލިގަމު ކައުންސިލް ގުޅިގެން އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙް އަށް ފޮނުވުމަށް ގަރާރެއް ފާސްކޮށްފި އެވެ. 3 ރަށުގެ ހުރިހާ ކައުސިލުން ސޮއިކޮށް ފޮނުވާފައިވާ މިގަރާރުގައި އިއްޒަތްތެރި ރައީސްގެ އަރިހަށް ހުށަހަޅާފައިވާ ކަންކަން ތަންފީޒް ކުރެވޭނޭ ގޮތް ހައްދަވައިދެއްވުމަކީ މި ތިން ރަށުގެ ރައްޔިތުންގެ ފަރާތުން އެ...

އިބްރާހިމް އަސްވާޤް
މަދިރި މަދުކުރުމަށް ބޭނުންކުރާ ބައެއް ތަކެތި ތުރާކުނު ސިއްޚީ މަރުކަޒަށް ހަދިޔާ ކޮށްފި 📍 ހއ. ތުރާކުނު

މަދިރި މަދުކުރުމަށް ބޭނުންކުރާ ބައެއް ތަކެތި ތުރާކުނު ސިއްޚީ މަރުކަޒަށް ހަދިޔާ ކޮށްފި

ހއ. ތުރާކުނު ކައުންސިލްގެ ފަރާތުން އެރަށު ސިއްޚީ މަރުކަޒަށް މަދިރި މަދުކުރުމަށް ބޭނުންވާ ބައެއް ތަކެތި ހަދިޔާ ކޮށްފިއެވެ. ތުރާކުނު ކައުންސިލްގެ ރައީސް އަލީ އަބްދުލް ލަތީފް ” ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މަދިރި އަދި ހުވަނި މަދުކުރުމަށްޓަކައި ފޮގް މެޝިންއެއްގެ އިތުރުން ހައި ޕްރެޝަރ ޕަންޕެއް ވެސް ސިއްޚީ މަރުކަޒަށް ހަދިޔާކޮށްފައިވާނެ ކަމަށެވެ. އެކައުންސިލުން ފާހަގަ ކުރައްވާފައިވާ ގޮތުގައި މި ތަކެތި މަރުކަޒަށް ހަދިޔާ ކުރުމުގެ އެންމެ ބޮޑު މަގުސަދަކީ ރަށުގެ ރައްޔިތުން […]

އައިޝަތު ނަސާޔާ
ތުރާކުނުގައި ކޯވިޑަށް ފަރުވާދެމުންދިޔަ 92 އަހަރުގެ މީހަކު ނިޔާވެއްޖެ 📍 ހއ. ތުރާކުނު

ތުރާކުނުގައި ކޯވިޑަށް ފަރުވާދެމުންދިޔަ 92 އަހަރުގެ މީހަކު ނިޔާވެއްޖެ

ހއ. ތުރާކުނުގައި ކޯވިޑް19 އަށް ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ މިއަދު ހެނދުނު 8:28 ގައި ތުރާކުނުން ނިޔަވީ 92 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއީ މިއަދު ރާއްޖެއިން ކޯވިޑްގައި ނިޔާވި 2 ވަނަ މީހާއެވެ. މިއަދު ފުރަތަމަ ނިޔާވީ ދ. ކުޑަހުވަދޫ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް، އުމުރުން 93 އަހަރުގެ ދިވެހި ފިރިހެނެކެވެ. Today (4/12/21) at 08:28 am a 92-year-old Maldivian male from HA […]

އިބްރާހިމް އަސްވާޤް
ތުރާކުނު ޕޮލިސް ޑެސްކު ރަސްމީކޮށް ހުޅުވައިފި 📍 ހއ. ތުރާކުނު

ތުރާކުނު ޕޮލިސް ޑެސްކު ރަސްމީކޮށް ހުޅުވައިފި

ހއ. ތުރާކުނު ޕޮލިސް ޑެސްކު ރަސްމީކޮށް ހުޅުވައިފި އެވެ. މި ޑެސްކް ހުޅުއްވައިދެއްވާފައި ވަނީ އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ މުޅި ރާއްޖެއަށް ފުލުހުންގެ ހިދުމަތް ފުޅާކުރުމަށްޓަކައި ފުލުހުންގެ މުއައްސަސާއިން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށާއި މިހާރު އެ ހިދުމަތް ދިނުމުގެ އެންމެ މުހިންމު އަސާސީ ފަލްސާއަކީ...

އަޙްމަދު އަރުޝަމް
ޒުވާނުންގެ ދުވަހާއި ގުޅުވައިގެން ތުރާކުނުގައި ކުރިއަށް ގެންދާ ކުޅިވަރުތަކުގައި ބައިވެރިވާން ހުޅުވާލައިފި 📍 ހއ. ތުރާކުނު

ޒުވާނުންގެ ދުވަހާއި ގުޅުވައިގެން ތުރާކުނުގައި ކުރިއަށް ގެންދާ ކުޅިވަރުތަކުގައި ބައިވެރިވާން ހުޅުވާލައިފި

މިއަހަރުގެ ޒުވާނުންގެ ދުވަހާއި ގުޅުވައިގެން ހއ. ތުރާކުނުގައި ކުރިއަށް ގެންދާ ކުޅިވަރުތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. ތުރާކުނު ކައުންސިލުން ވިދާޅުވީ މި ކުޅިވަރުތަކަކީ އެ ކައުންސިލާއި މިނިސްޓްރީ އޮފް ޔޫތް ސްޕޯރޓްސް ޕެންޑް ކޮމިއުނިޓީ އެންޕަވަމަންޓް އާއި ގުޅިގެން ޒުވާނުންގެ ދުވަސް އެރަށުގައި ފާހަގަކުރުމަށް ކުރިއަށް ގެންދެވޭ ކުޅިވަރު ތަކެއް ކަމަށެވެ. އެގޮތުން ބޭއްވޭ ކުޅިވަރުތަކުގެ ތެރޭގައި، އަންހެން އަދި ފިރިހެނުންނަށް ޚާއްސާ ހޭންޑް ބޯޅަ މެޗަކާއި އެރަށު ޒުވާނުންގެ ޓީމަކާއި ރަށުން...

އަޙްމަދު އަރުޝަމް
ތުރާކުނު ސްކޫލް 2 ކްލާސްރޫމް، ލައިބްރަރީ އަދި އޮފީސް އިމާރާތް އަޅައިދޭނެ ބަޔަކު ހޯދަނީ 📍 ހއ. ތުރާކުނު

ތުރާކުނު ސްކޫލް 2 ކްލާސްރޫމް، ލައިބްރަރީ އަދި އޮފީސް އިމާރާތް އަޅައިދޭނެ ބަޔަކު ހޯދަނީ

ހއ.ތުރާކުނު ސްކޫލް 2 ކްލާސްރޫމް، ފާހާނާ، ލައިބްރަރީގެ އިތުރުން އޮފީސް އިމާރާތުގެ މަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސްއިން އިޢުލާން ކޮށްފިއެވެ. މި މަސައްކަތުގެ ބީލަމުގައި ބައިވެރިވުމަށް -/500 ރުފިޔާ (ފަސްސަތޭކަ ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަން ޖެހޭއިރު، މި މަސައްކަތަށް އެދި ބިޑް ހުށަހެޅުމުގެ ފުރުޞަތު ފިނޭންސް މިނިސްޓްރީން ހުޅުވާލާފައި ވަނީ ނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ،ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ “ޢިމާރާތްކުރުމުގެ ޢަމަލީ މަސައް...

އިބްރާހިމް ޚަލީލް