📍 ހއ. ތަކަންދޫ
ޕޮޒިޓިވް ނުވާ ކުއްޖެއް ކަރަންޓީނަށް ގެންދިޔުމުން ތަކަންދޫއަށް އިތުރު ހާސްކަމަކަށް
ހއ. ތަކަންދޫން ކޯވިޑަށް ޕޮޒިޓިވްވި 3 މީހުން ކަރަންޓީނަށް ގެންދިޔަ އިރު އޭގެ ތެރޭގައި ނެގެޓިވްވި ކުއްޖަކު ކަރަންޓީނަށް ގެންދެވިއްޖެ ކަން އެނގުމުން ތަކަންދޫއަށް އިތުރު ހާސްކަމަށް ވެރިވެއްޖެއެވެ. ތަކަންދޫން ކޯވިޑަށް ޕޮޒިޓިވްވުމުން އެއަތޮޅު ދޮނަކުޅީގައި ތަރައްގީ ކޮށްފައިވާ ކަރަންޓީނު ފެސިލިޓީއަށް ގެންދިޔައީ 37 އަހަރުގެ އަންހެނަކާއި 29 އަހަރުގެ އަންހެނަކާއި އޭނާގެ ފަސް އަހަރުގެ ފިރިހެން ދަރިފުޅެކެވެ. ތަކަންދޫ ކައުންސިލްގެ ނައިބު ރައީސާ އައިޝަތު އާސިފާ މިނޫހަށް ވިދާޅުވީ ކޯވިޑަށް ޕޮޒިޓިވްވީ އަންހެން ކު...