މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. ތަކަންދޫ (69 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
69 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ތަކަންދޫގެ އެންމެ ފަހުގެ ޚަބަރުތައް

69 ޚަބަރުގެ ތެރެއިން
މާރަންދޫއާއި ތަކަންދޫ ފެނަކަ އާ އޮފީހުގެ ބިންގާ އަޅައިފި 📍 ހއ. މާރަންދޫ

މާރަންދޫއާއި ތަކަންދޫ ފެނަކަ އާ އޮފީހުގެ ބިންގާ އަޅައިފި

ހއ. މާރަންދޫއާއި، އެ އަތޮޅު ތަކަންދޫ ފެނަކަ އާ އޮފީހުގެ ބިންގާ މިއަދު އަޅައިފިއެވެ. މާރަންދޫ ފެނަކަ އާ އޮފީހުގެ ބިންގާ އަޅުއްވައި ދެއްވީ ފެނަކައިގެ އެމްޑީ އަޙްމަދު ސައީދާއި، އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއުއެވެ. އެ އޮފީސް އިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ލަކީ ހިޔާ މޯލްޑިވްސް ޕްރެއިވެޓް ލިމިޓެޑާއެވެ.180 ދުވަސް ތެރޭ ނިންމަން ހަވާލުކުރެވުނު މި މަސައްކަތުގެ އަގަކީ3،134،640.67 ރުފިޔާއެވެ. ފެނަކައިން ރަށްރަށުގައި ކުރަމުންދާ މަސައްކަތްތައް ގާތުން ބައްލަވައިލައްވައި، ހައްލު...

ޔުމްނާ ޢަލީ
ތަކަންދޫގެ ފެނަކަ އާ އޮފީސް އިމާރާތް ކުރަން ބަޔަކު ހޯދަން އަލުން ޢިއުލާންކޮށްފި 📍 ހއ. ތަކަންދޫ

ތަކަންދޫގެ ފެނަކަ އާ އޮފީސް އިމާރާތް ކުރަން ބަޔަކު ހޯދަން އަލުން ޢިއުލާންކޮށްފި

ހއ. ތަކަންދޫގެ ފެނަކަ އާ އޮފީސް އިމާރާތް ކުރާނެ ބަޔަކު ހޯދަން ދެވަނަ ފަހަރަށް އިއުލާން ކޮށްފިއެވެ. ފެނަކަ ކޯޕަރޭޝަނުން ނެރުނު އިއުލާނުގައި ބުނީ އެ ކުންފުނިން ހޯދަނީ އެ ކުންފުނިން ދޭ ކުރެހުމާއި ބީ.އޯ.ކިޔު އަދި މައުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތި ބޭނުންކޮށްގެން މަސައްކަތް ކޮށްދޭނެ ފަރާތެއް ކަމަށެވެ. މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 14 އިން 16 އަށް ފެނަކަ އޮފީހަށް ގޮސް ރަޖިސްޓްރީވާން ޖެހޭނެއެވެ. މި ޕްރޮޖެކްޓާ ގުޅޭ އަންދާސީ […]

އަޙްމަދު ވަހީދު
ތަކަންދޫ ފެނަކަ އާ އޮފީސް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަނީ 📍 ހއ. ތަކަންދޫ

ތަކަންދޫ ފެނަކަ އާ އޮފީސް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަނީ

ހއ. ތަކަންދޫ ފެނަކަ އާ އޮފީސް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ޢިއުލާން ކޮށްފިއެވެ. މި މަސައްކަތްތައް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމުން ފެނަކައިން ބުނެފައިވަނީ އެ ކުންފުނިން ދޭ ކުރެހުމާއި ބީ.އޯ.ކިޔު އަދި މަޢުލޫމާތާއި އެއްގޮތަށް ހއ. ތަކަންދޫ ފެނަކަ އާ އޮފީސް، އިމާރާތް ކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށް ހުޅުވާލާފައި ވަނީ...

ޝިއުނާ އާދަމް
ހަނދުން ވެއްޓުނު ދޮލަނގު 📍 ހއ. ތަކަންދޫ

ހަނދުން ވެއްޓުނު ދޮލަނގު

ތަނަކީ ޖަޕާނުގެ ވެރިރަށް ޓޯކިޔޯއެވެ. ދުވަސްވަރަކީ ޖަޕާނު މީހުން ޖައްވުގައި ޓޫރިސްޓު ހޮޓަލެއް އަޅަން އުޅޭކަމުގެ ޚަބަރުތައް ރޭޑިޔޯ މެދުވެރިކޮށް ފެތުރިގެން ދިޔަ ދުވަސްވަރެކެވެ. ޖައްވުގައި 64 ކޮޓަރީގެ ޓޫރިސްޓު ހޮޓަލެއް އަޅައި، އެތަނަށް ޓޫރިސްޓުން ގެންގޮސް ހެދުމަކީ ޖަޕާނުގެ ކޮންސްޓްރަކްޝަން ކޮމްޕެނީ، ޝިމީޒޫގެ ވަރަށް ބޮޑު ތަސައްވަރެކެވެ. ތަނަކީ ދިވެހިރާއްޖޭގެ ތިލަދުންމަތި ތަކަންދޫގެ މާރަންމަގު އަތިރިމައްޗެވެ. އަތިރިމަތި ޖޯލީގައި ތިބި ހަރުފުރައިގެ މީހުންނަކަށް ޖަޕާނު މީހުންގެ މިޚިޔާލެއް ކަމަކު ނުދިޔައެ...

އަޙްމަދު ސާލިމް
15 ރަށެއްގެ ފެނާއި ނަރުދަމާ އަދި 5 ރަށެއްގެ ފެނުގެ ނިޒާމް ޤާއިމްކުރުމަށް އެމްޑަބްލިއުއެސްސީ އަށް 📍 ހއ. މާރަންދޫ

15 ރަށެއްގެ ފެނާއި ނަރުދަމާ އަދި 5 ރަށެއްގެ ފެނުގެ ނިޒާމް ޤާއިމްކުރުމަށް އެމްޑަބްލިއުއެސްސީ އަށް

ޑިޒައިން އެންޑް ބިލްޑް އުސޫލުން 15 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމް އަދި 5 ރަށެއްގެ ފެނުގެ ނިޒާމް ޤާއިމްކުރުމަށް މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ. އެއްބަސްވުމުގައި ސޮއިކުރުން ކުރިއަށް ގެންގޮސްފައިވަނީ އަޑުގެ ސެނެކޯ މާލަމްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. މި މަޝްރޫއުތަކުގެ އެއްބަސްވުމުގައި ނޭޝަނަލް ޕްލޭނިން، ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޑަބްލިޔުއެސްސީގެ ފަރާ...

މުޙައްމަދު އިނާން
ތަކަންދޫއަށް ލެއްގި ބޮޑުމަސް ބޭރުކޮށްލައިފި 📍 ހއ. ތަކަންދޫ

ތަކަންދޫއަށް ލެއްގި ބޮޑުމަސް ބޭރުކޮށްލައިފި

ހއ. ތަކަންދޫއަށް ލެއްގި ބޮޑުމަސް ރާއްޖޭގެ ރަށަކަށް ނުލައްގާނެހެން ބޭރުކޮށްލައިފި އެވެ. “ތިލަދުން” އާ ވާހަކަ ދައްކަވަމުން ތަކަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ނިޔާޒް ވިދާޅުވީ، މިމަސް ބޭރުކޮށްލާފައިވަނީ އެމްއެންޑީއެފްގެ ލަފާގެ މަތިން އޮޔާއި ވައި މިވަގުތު ހުރިގޮތް ބެލުމަށް ފަހު ރާއްޖޭގެ ރަށަކަށް ނުލައްގާނެހެން މާރަންދޫ އާއި ތަކަންދޫއިން ނެއްޓޭގޮތަށް މާކަނޑަށް ކަމަށެވެ. މިމަސް ގެންގޮސްފައިވަނީ ބޮޑު މަހުގެ ނިގުލުގައި ވަލެއް އެއްސުމަށްފަހު ދޯންޏެއްގައި ކަފަޖަހައިގެން ކަމަށް ނިޔާޒް ވިދާޅުވި އެވެ. ނިޔާ...

އިބްރާހިމް އަސްވާޤް
ތަކަންދޫއަށް ކުނިވެފައިވާ ބޮޑު މަހެއް ލައްގައިފި 📍 ހއ. ތަކަންދޫ

ތަކަންދޫއަށް ކުނިވެފައިވާ ބޮޑު މަހެއް ލައްގައިފި

ހއ. ތަކަންދޫއަށް ކުނިވެފައިވާ ބޮޑު މަހެއް ލައްގައިފިއެވެ. ކުނިވެފައި އޮތް ބޮޑު މަހެއް އެ ރަށަށް ލައްގާފައިވާ ކަމަށް އެ ރަށުގެ ކައުންސިލުންވެސް ވަނީ ވިދާޅުވެފައެވެ. އެރަށުން ވާހަކަ ދެއްކި މީހަކު ބުނެފައިވަނީ އެ މަސް ލައްގާފައިވަނީ އެ ރަށުގެ އިރުމަތީ ފަރާތަށް ކަމަށެވެ. އަދި މި ސަރަހައްދަކީ މީހުން އެހާ ގިނައިން ގޮސް އުޅޭ ސަރަހައްދެއް ނޫންކަމަށް އެމީހާ ބުނެފައިވެއެވެ. މަޢުލޫމާތު ލިބޭ ގޮތުގައި، މިއީ ދިގުމިނުގައި 40 އަކަށް ފޫޓު ހުރި މަހެކެވެ. އަދި […]

މުޙައްމަދު މާއިލް ހަސަން
ތަކަންދޫ ދަރިކޮޅުގެ ރަސްކަން: ލިބުނު ވެރިކަމާއި، ނުލިބުނު ވެރިކަން (1) 📍 ހއ. ތަކަންދޫ

ތަކަންދޫ ދަރިކޮޅުގެ ރަސްކަން: ލިބުނު ވެރިކަމާއި، ނުލިބުނު ވެރިކަން (1)

ތިލަދުންމަތީ ތަކަންދުއަކީ ވަރަށް ގިނަ ދިވެހި ރަސްރަސްކަލުންގެ މަތިކޮޅު ގުޅިފައިވާ ރަށެކެވެ. މިގޮތުން، އަލްޣާޒީ ބޮޑުރަސްގެފާނެވެ. އަދި އަލްޣާޒީ ބޮޑު އިސްކަންދަރު ރަސްގެފާނެވެ. އަދި ކުޑަމުޙައްމަދު ރަސްގެފާނެވެ. އަދި އަލްޣާޒީ ޣިޔާޘުއްދީން ރަސްގެފާނެވެ. ތަކަންދުއަކީ ރަނިރަނިބޭކަނބަލުން ނިސްބަތްވެ ވަޑައިގަންނަވާ ވެސް ރަށެކެވެ. މިގޮތުން، ދިޔަމިނގިލީ އިބްރާހީމް ރަސްގެފާނުންގެ މުޅި ދަރިފަސްކޮޅުގެ މައިކަމަނާ ތަކަންދޫ ޢާއިޝާ މަނިކުފާނެއެވެ. އަދި ދިޔަމިނގިލީ މުކައްރަމް މުޙައްމަދު ޢިމާދުއްދީން ރަސްގެފާނުންގ...

އަޙްމަދު ސާލިމް
ތަކަންދޫ ކުޅީގެ ދިރުންތައް ހިމާޔަތް ކުރުމަށް ޚާއްޞަ ފިޔަވަޅެއް 📍 ހއ. ތަކަންދޫ

ތަކަންދޫ ކުޅީގެ ދިރުންތައް ހިމާޔަތް ކުރުމަށް ޚާއްޞަ ފިޔަވަޅެއް

ހއ. ތަކަންދޫ ކުޅީގެ ދިރުންތައް ހިމާޔަތް ކުރުމަށް އެ ރަށުގެ ކައުންސިލުން ޚާއްޞަ ފިޔަޅެއް އަޅައިފިއެވެ. މިގޮތުން އެ ކައުންސިލުން ވަނީ އިއްޔެއިން ފެށިގެން އެރަށުގެ ކުޅިއާއި، ކުޅިއާއި ގުޅިފައިވާ ފާ އަދި ފެންގަނޑުތަކުން މަސް ހިފުން މަނާ ކޮށްފައެވެ. ތަކަންދޫ ކައުންސިލްގެ މި ނިންމުމާއި ގުޅިގެން ތަކަންދޫ ކައުންސިލްގެ ނައިބު ރައީސް ޢާއިޝަތު އާޞިފާ “ތިލަދުން” އަަށް ވިދާޅުވީ އެ ނިންމުމަކީ އެރަށުގެ ކުޅީގެ ދިރުންތައް އާލާ ކުރުމަށް ފުރުޞަތު ހޯދުމަށް ނިންނި ނިންމުމެއް ކަމަށެވެ. […]

ޙުސައިން ޝަހުދީ
ތަކަންމާރަންދޫ 📍 ހއ. މާރަންދޫ

ތަކަންމާރަންދޫ

ތަކަންދުއާއި މާރަންދުއަކީ ބޮޑު ތިލަދުއްމައްޗަށް ނިސްބަތްވާ ދެ ރަށެވެ. ތާރީޚީ ގޮތުން ބަލާއިރު، ބޮޑު ތަކުރުފާނުގެ ބޭބޭފުޅު އަލި ތަކުރުފާނުގެ މަންމާފުޅަކީ މާރަންދޫ ތޭރަވާ މުދިން ކަލޭގެގެ ދަރިކަނބަލެކެވެ. އަލި ތަކުރުފާނު ހުންނެވީ މާރަންދޫގެ ކަތީބުކަމުގައެވެ. ނަމަވެސް ކައިވެނި ބައްލަވައިގެންނެވީ ތަކަންދޫ ބޭކަނބަލަކާއެވެ. އަނބިކަނބަލުންނާއެކު ދިރިއުޅުއްވީ މާރަންދޫގައެވެ. ޖޯގުރަފީ ގޮތުން ބަލާއިރު މިއީ ވަރަށް ކައިރީގައި އޮންނަ ދެ ރަށެވެ. ކުރީގައި އިދާރީ ހިންގުމަށް އަތޮޅުގެ ރަށްތަައް ތިން ބައަކަށް ބަހައި...

ޢާޠިފާ ޒަކަރިއްޔާ
ތަކަންދޫގެ ތާރީޚް: މާރަންދޫ އަންހެނުންނަށް ހެދި 5 ރައިވަރު 📍 ހއ. މާރަންދޫ

ތަކަންދޫގެ ތާރީޚް: މާރަންދޫ އަންހެނުންނަށް ހެދި 5 ރައިވަރު

ކުޑައިރު މަންމަމެންނާއެކު ހަވީރު ސަޔަށް މާރަންދުއަށް ދާ ދިޔުމަކީ މާރަންދޫގެ އެންމެ ދުރު ހަނދާންތަކެވެ. ހަވީރު ގޮސް އިރުއޮއްސެން ވާއިރަށް އެނބުރި ރަށަށް އަންނާނެއެވެ. މިކަހަލަ ދަތުރުދަތުރަކީ ތަކަންދު އާއި މާރަންދޫ އަންހެނުންގެ އާދަކާދައިގެ ތެރޭގައި ހިމެނޭ އިޖުތިމާޢީ ކަންކަމެވެ. އެއްރަށެއްގައި ޚާއްޞަކަމެއް އޮތިއްޔާ ނުވަތަ ކުޅިވަރެއް އެއްޗެއް ކުޅެންޏާ އަނެއް ރަށުމީހުން ނާންނާނޭކަމަށް ބަލައިގެން ތިބުމަކީ މޮޔަކަމެކެވެ. ގިނަ ފަހަރަށް މިކަހަލަ ކޮންމެ ކަމަކަށް އަނެއްމީހުނަށް އޮންނާނީ ސިއްރުގައި ވިޔަސް،...

އަޙްމަދު ސާލިމް
ތަކަންދޫ ޒުވާނުންގެ އެހީތެރިކަން ރަށަށް 📍 ހއ. ތަކަންދޫ

ތަކަންދޫ ޒުވާނުންގެ އެހީތެރިކަން ރަށަށް

ހއ. ތަކަންދޫ ޒުވާނުންގެ ފަރާތުން އެރަށަށް ފޭސް މާސްކާއި ގޮގްލްސް ހަދިޔާކޮށްފިއެވެ. އަދި އެރަށު ޒުވާނުންގެ އެހީތެރިކަމާއި އެކުއެރަށުގައި ތިބި ދިގު މުއްދަތައް ބޭސް ބޭނުން ކުރާ ފަރާތް ތަކަށް ބޭނުންވާ ބޭސް ވަނީ ފޯރުކޮއްދީފައެވެ. ތަކަންދޫ ޒުވާނުންގެ މިއެހީތެރިކަމަށް ޝުކުރުއަދާ ކުރަމުން ތަކަންދޫ ކައުންސިލުން ބުނެފައި ވަނީ ކޯވިޑް-19 ގެ ބަލި މަޑުކަމުން ދިވެހި ރާއްޖެއަށް ދިމާވެފައިމިވާ މިފަދަ ދަތި ވަގުތެއްގައި ތަކަންދޫ ޒުވާނުން ފަރާތުން ތަކަންދޫގެ ލޮބުވެތި ރައްޔިތުންނަށް ސިއްޙީ ގޮތުން ރައްކާތެރިވުމަށް މާ...

ޝިއުނާ އާދަމް
300 އަހަރަށްވުރެ ގިނަދުވަސްވީ ތަކަންދޫ ގަބުރުސްތާނަށް ބޮޑެތި ގެއްލުންތަކެއް 📍 ހއ. ތަކަންދޫ

300 އަހަރަށްވުރެ ގިނަދުވަސްވީ ތަކަންދޫ ގަބުރުސްތާނަށް ބޮޑެތި ގެއްލުންތަކެއް

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހއ. ތަކަންދޫ އާސާރީ ގަބުރުސްތާނުގެ ތެރެއައް ރުކެއް ވެއްޓި ގެއްލުންތަކެއް ވެއްޖެއެވެ. ހއ. ތަކަންދޫ އަޙްމަދު އާރިފް ބުނެފައިވަނީ މިހަފްތާގެ އަންގާރަ ދުވަހު ރުއްވެޓުމުގެ ސަބަބުން ވަރަށްގިނަ ދުވަސްވީ މަހާނަގާތައް ބިނދި މުގުރި ރެސްއަޅާ ގެއްލުން ލިބިފައިވާކަމަށެވެ. އެއްވެސް އުސޫލެއްނެތި ކުނިއަޅާ އެތަންތަން އެންދުމުގެ ސަބަބުން ރުކުގެބުޑު އަނދާފައިހުރި ވަރަށް ގިނަ ރުއްތައް ގަބުރުސްތާން އައްތަވާމަތީ އެބަހުރި އަދި ހުޅަނގު މޫސުމުގައި މިއަރާ ވައިގަ މިފަދަ އިތުރު ރ...

އިބްރާހިމް އަސްވާޤް
ހޯރަފުށީ ދާއިރާގެ މެންބަރު ސަލީމްގެ ފަރާތުން ތަކަންދޫ ރައްޔިތުންނަށް ބޮޑު އެހީއެއް! 📍 ހއ. ހޯރަފުށި

ހޯރަފުށީ ދާއިރާގެ މެންބަރު ސަލީމްގެ ފަރާތުން ތަކަންދޫ ރައްޔިތުންނަށް ބޮޑު އެހީއެއް!

ހއ. ހޯރަފުށީ ރައްޔިތުންނާއި، ހޯރަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު އަހުމަދު ސަލީމްގެ ފަރާތުން ހއ. ތަކަންދޫ ރައްޔިތުންނަށް ކާޑުގެ ބާވަތްތަކާއި ކެއުމަށް ބޭނުންކުރާ ތަކެތި ހަދިޔާކޮށްފި ކަމަށް ހޯރަފުށީ ކައުންސިލުން ބުނެފިއެވެ. ހޯރަފުށީ ކައުންސިލުން ބުނީ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި، ހޯރަފުށީ ރައްޔިތުންގެ ނަމުގައި ތަކަންދޫ ރައްޔިތުންނަށް 15 ބަސްތާ ކާޑާއި 16 ބަސްތާ ފިޔާ އަދި 12 ކޭސް ބިސް ފޯރުކޮށްދީފައިވާ ކަމަށެވެ. ހޯރަފުށީ ކައުންސިލުންވެސް ވަނީ މިކަމުގައި އެރަށުގައި ހުންނަ އ...

ޔުމްނާ ޢަލީ
ތަކަންދޫން ޕޮޒިޓިވްނުވާ ކުއްޖަކު ކަރަންޓީނަށް ގެންދެވުމުން މައާފަށް އެދިއްޖެ 📍 ހއ. ތަކަންދޫ

ތަކަންދޫން ޕޮޒިޓިވްނުވާ ކުއްޖަކު ކަރަންޓީނަށް ގެންދެވުމުން މައާފަށް އެދިއްޖެ

ހއ. ތަކަންދޫން ކޯވިޑް-19 އަށް ޕޮޒިޓިވްނުވާ ކުއްޖަކު ކަރަންޓީނު ފެސިލީޓީއަކަށް ގެންދެވުމުން ސަރުކާރުން އެކަމަށް މައާފަށް އެދިއްޖެއެވެ. ތަކަންދޫން ކޯވިޑް-19 އަށް ތިން މީހަކު ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭއިން އެރަށަށް އަންގާފައި ވަނީ މިދިޔަ ހުކުރު ދުވަހުއެވެ. ކޯވިޑަށް ޕޮޒިޓިވް ވި މީހުންކަމަށް އެޗްޕީއޭއިން ދިން މައުލޫމާތާއި އެއްގޮތަށް ތަކަންދޫން އެއަތޮޅު ދޮނަކުޅީގައި ތަރައްގީ ކޮށްފައިވާ ކަރަންޓީނު ފެސިލިޓީއަށް ގެންދިޔައީ 37 އަހަރުގެ އަންހެނަކާއި 29 އަހަރުގެ އަންހެނަކާއި އޭނާގެ ފަސް އަހަރުގެ ފިރިހެ...

ޔުމްނާ ޢަލީ