ދިއްދޫ ހައުސިންގ ޔުނިޓްތައް ލިބޭނެ ފަރާތްތައް އަލުން ދެނެގަންނަނީ
ހއ. ދިއްދޫގައި އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތައް ލިބޭނެ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް އަލުން ފަށައިފިއެވެ. ހއ. ދިއްދޫގައި ޢިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތައް ޙަވާލުކުރުމަށްޓަކައި ފޯމްތައް އިވެލުއޭޓްކޮށް، ލިސްޓް ތަރުތީބު ކުރުމުގެ މަސައްކަތް ފެށީ އިއްޔެއެވެ. އެމަސައްކަތް ކުރަމުންދަނީ އެކަމަށް އެ ރަށު ކައުންސިލުން އެކުލަވާފައިވާ ޓީމަކުންނެވެ. ހއ. ދިއްދޫގައި ޢިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތައްޙަވާލުކުރުމަށް ޓަކައި އޭސީސީ އާއި އޭޖީ އޮފީހުގެ ލަފާއާއިއެކު އަލުން ފޯމްތައް އިވެލުއޭޓްކ...