📍 ހއ. ދިއްދޫ
ލޯކަލް އިކޮނޮމިކް ޑިވެލޮޕްމަންޓް މެދުވެރިކޮށް ރަށްތައް ތަރައްގީކުރުމާ ގުޅޭ ކުރިމަގު ޖަމިއްޔާގެ ވެބިނާރެއް
ރަށްރަށުގެ އިގްތިސާދީ ކުރިއެރުމާއި، އަމިއްލަ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި ލޯކަލް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ދައުރާ ގުޅޭގޮތުން ހޭލުންތެރިކުރުވުމަށް ޚާއްސަ އޮންލައިން ވެބިނާރެއް ބޭއްވުމަށް ހއ. ދިއްދޫ ކުރިމަގު ޖަމިއްޔާއިން ނިންމައިފިއެވެ. މި ވެބިނާރްގެ މައިގަނޑު މަގްސަދަކީ ފުރުސަތުތައް ތަނަވަސްކޮށްދިނުމާއި، ރަށު ފެންވަރުގައި ހިންގާ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަން ބައިވެރިންނަށް ކިޔައިދިނުމެވެ. މީގެ އިތުރުން، ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމާއި، ގުދުރަތީ ވަސީލަތްތ...