މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. ދިއްދޫ (788 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
788 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ދިއްދޫގެ އެންމެ ފަހުގެ ޚަބަރުތައް

788 ޚަބަރުގެ ތެރެއިން
ހއ. އަމާންވެށިން ޕޮޒިޓިވްވި ޢަދަދު 15 އަށް 📍 ހއ. ދިއްދޫ

ހއ. އަމާންވެށިން ޕޮޒިޓިވްވި ޢަދަދު 15 އަށް

ހދ. ދިއްދޫގައި ހުންނަ ”ހއ. އަމާންވެށި” އިން ކޯވިޑް-19އަށް ޕޮޒިޓިވްވި ކުދިންނާއި، މީހުންގެ ޢަދަދު 15 އަށް އަރައިފިއެވެ. ހއ. އަމާންވެށީގައި ކަރަންޓީނުގައި ތިބި 15 ކުދިން ތެރެއިން 11 ކުއްޖަކު ޕޮޒިޓިވްވެފައިވާއިރު، އެ ކުދިން ބެލެހެއްޓުމުގެ މަސައްކަތުގައި ތިބި 4 މީހަކު ވެސް ވަނީ ޕޮޒިޓިވް ވެފައެވެ. ހއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އުޘްމާން އަޝްރަފް ”ތިލަދުން”އަށް ވިދާޅުވީ، ހއ. އަމާންވެށިން މިހާތަނަށް ޕޮޒިޓިވްވި ޢަދަދު 15 އަށް އަރާފައިވާ ކަމަށެވެ. ”އަމާންވެށިން ވަނީ 11 ކުއްޖަކާއި، […]

ޔުމްނާ ޢަލީ
ދިއްދޫ، އަޙްމަދު ރަޝީދުގެ 18 އަހަރުގެ ޚިދުމަތުގެ އަގުވަޒަންކޮށްފި 📍 ހއ. ދިއްދޫ

ދިއްދޫ، އަޙްމަދު ރަޝީދުގެ 18 އަހަރުގެ ޚިދުމަތުގެ އަގުވަޒަންކޮށްފި

ހއ. ދިއްދޫ/ރެނދަލި، އަޙްމަދު ރަޝީދު، ހއ. ދިއްދޫގައި ޤުރުއާން ޢިލްމް އުނގަންނަވައި ދެއްވުމުގައި ހޭދަކުރެއްވި 18 އަހަރުގެ ޚިދުމަތުގެ އަގު ވަޒަންކޮށްފިއެވެ. އަޙްމަދު ރަޝީދު، ހއ. ދިއްދޫގެ ދަރީންނަށް ޤުރުއާން ޢިލްމް އުނގަންނަވައި ހޭދަކުރެއްވި 18 އަހަރަށްވުރެ ދިގު މުއްދަތުގެ ޚިދުމަތުގެ އަގުވަޒަންކޮށް ވަނީ ހއ. ދިއްދޫގައި ހަރަކާތްތެރިވާ މަދަނީ ޖަމިއްޔާއެއް ކަމަށްވާ މިޑްލް ސްޕޯޓްސް ކްލަބްގެ ފަރާތުންނެވެ. އޭނާގެ އެ ޚިދުމަތުގެ އަގުވަޒަން ކޮށްފައި ވަނީ، އިއްޔެ އެ ކްލަބުން ބޭއްވި އެ ކްލަބްގެ ފުރަތަމަ ޤުރުއާނ...

ޙުސައިން ޝަހުދީ
ދިއްދޫގައި ބޭއްވި ޤުރުއާން މުބާރާތުގެ 1 ވަނައަށް އައުލާ! 📍 ހއ. ދިއްދޫ

ދިއްދޫގައި ބޭއްވި ޤުރުއާން މުބާރާތުގެ 1 ވަނައަށް އައުލާ!

ހއ. ދިއްދޫ މިޑްލް ސްޕޯޓްސް ކްލަބުގެ ފަރާތުން އިންތިޒާމްކޮށްގެން ބޭއްވި އެކްލަބްގެ ފުރަތަމަ ޤުރުއާން މުބާރާތުގެ 1 ވަނަ، ހއ. ދިއްދޫ ސަންޝައިން، އައުލާ އަޙްމަދު ޝާކިރު ހޯދައިފިއެވެ. މުޅި މުބާރާތުން 1 ވަނަ ހޯދި އައުލާއަށް އިނާމެއްގެ ގޮތުގައި ދީފައި ވަނީ އުމްރާ ދަތުރެކެވެ. 11 އުމުރު ފުރާއަކުން ޖުމްލަ 354 ކުދިން ވަނީ ބައިވެރިވި މި މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު ބޭއްވީ އިއްޔެގައެވެ. އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ހއ. ދިއްދޫ މެޖިސްޓްރޭޓް ކޯޓްގެ […]

ޙުސައިން ޝަހުދީ
ހއ. އަމާންވެށިން އިތުރު 10 ކުއްޖަކު ޕޮޒިޓިވްވެއްޖެ 📍 ހއ. ދިއްދޫ

ހއ. އަމާންވެށިން އިތުރު 10 ކުއްޖަކު ޕޮޒިޓިވްވެއްޖެ

ހދ. ދިއްދޫގައި ހުންނަ ”ހއ. އަމާންވެށި” އިން އިތުރު 10 ކުއްޖަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ. ހއ. ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލުން ”ތިލަދުން”އަށް ވަނީ މިކަން ކަށަވަރުކޮށްދީފަ އެވެ. މިކުންދިން ކޯވިޑް19 އަށް ޓެސްޓުކުރީ އިއްޔެކަމަށެވެ. މިކުދިންގެ ސާމްޕަލް ނަގާފައިވަނީ ހއ. އަމާންވެށިން އިއްޔެ ކުއްޖަކު ޕޮޒިޓިވް ވުމާއި ގުޅިގެން އެކުއްޖާއާއި މިކުދިން ބައްދަލުވެފައިވާތީ އެވެ. ހއ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގައި މިވަގުތު ތިބީ 15 ކުދިންނެވެ. މިއަދު ޕޮޒިޓިވްވި ކުދިންނާއި އެކު […]

އިބްރާހިމް އަސްވާޤް
ދިއްދޫން އިތުރު ޕޮޒިޓިވް ކޭސްތަކެއް 📍 ހއ. ދިއްދޫ

ދިއްދޫން އިތުރު ޕޮޒިޓިވް ކޭސްތަކެއް

ހއ. ދިއްދޫގައި ހޯމް ކަރަންޓީނުގައި ތިބި 3 ކުއްޖަކު ކޯވިޑް-19 އަށް ޕޮޒިޓިިވް ވެއްޖެއެވެ. އެ ކުދީން ޕޮޒިޓިވްވެފައިވާކަން އެނގުނީ ހޯމް ކަރަންޓީނުގެ 10 ދުވަސް ހަމަވެގެން ނެގި ރިލީޒް ސާމްޕަލުންނެވެ. އެ މައުލޫމާތު ހާމަކުރަށް ވަމުން، ދިއްދޫ ކައުންސިލުން ވިދާޅުވީ، ދިއްދޫއިން ކޯވިޑް-19 އަށް 3 ކުއްޖަކު ޕޮޒިޓިވްވެފައިވާ ކަމަށާއި، އެ ކުދީން މިހާރު ވަނީ ގޭގައި އައިސޮލޭޓް ކުރެވިފައި ކަމަށެވެ. ހޯމް ކަރަންޓީނުގައި ތިބޭ މީހުންނާއި، ބައްދަލުކުރުމަށް އެއްވެސް މީހަކު ނުދިއުމަށާއި ކަރަންޓީނުގައި ތިބި […]

ޔުމްނާ ޢަލީ
ހއ. އަމާންވެއްޓަށް ގެންދިޔަ ކުއްޖަކު ޕޮޒިޓިވްވެއްޖެ 📍 ހއ. ދިއްދޫ

ހއ. އަމާންވެއްޓަށް ގެންދިޔަ ކުއްޖަކު ޕޮޒިޓިވްވެއްޖެ

ހދ. ދިއްދޫގައި ހުންނަ ”ހއ. އަމާންވެށި”އަށް ގެންދިޔަ ކުއްޖަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. އެ މައުލޫމާތު ހާމަކުރަށް ވަމުން، ދިއްދޫ ކައުންސިލުން ވިދާޅުވީ، އެ ކުއްޖާ ޕޮޒިޓިވްވީ ހޯމް ކަރަންޓީނުގައި ހުއްޓާ ކަމަށެވެ. އަދި އެކުއްޖާ ވަނީ ހއ. އަމާންވެށި/ހއ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގައި އައިސޮލޭޓް ކުރެވިފައި ކަމަށް އެ ކައުންސިލުން ވިދާޅުވެއެވެ. ހޯމް ކަރަންޓީނުގައި ތިބޭ މީހުންނާއި، ބައްދަލުކުރުމަށް އެއްވެސް މީހަކު ނުދިއުމަށާއި ކަރަންޓީނުގައި ތިބި މީހުންގެ ޒަރޫރީ ކަންކަން ފުރިހަމަކޮށް...

ޙުސައިން ޝަހުދީ
މިޑްލް ސްޕޯޓްސް ކްލަބުގެ ފުރަތަމަ ޤުރުއާން މުބާރާތް ފަށައިފި 📍 ހއ. ދިއްދޫ

މިޑްލް ސްޕޯޓްސް ކްލަބުގެ ފުރަތަމަ ޤުރުއާން މުބާރާތް ފަށައިފި

ހއ. ދިއްދޫގެ މަދަނީ ޖަމިއްޔާއެއް ކަމަށްވާ، މިޑްލް ސްޕޯޓްސް ކްލަބުގެ ފުރަތަމަ ޤުރުއާން މުބާރާތް ފަށައިފިއެވެ. 3 ދަންފަޅި އަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ ކިޔެވުން އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ. މި މުބާރާތުގައި 11 އުމުރު ފުރާއަކުން ޖުމްލަ 354 ކުދިން ވަނީ ބައިވެރިވެފަ އެވެ. އެ އުމުރުފުރާ ތަކަކީ، ނާސަރީ/ބޭބީ ނާސަރީ، އެލްކޭޖީ، ޔޫކޭޖީ، 7 އަހަރުން ދަށް، 9 އަހަރުން ދަށް، 11 އަހަރުން ދަށް، 13 […]

ޙުސައިން ޝަހުދީ
ދިއްދޫން އެދުމުން މިއަހަރު ކޮންމެހެންވެސް ''އަމާންވެށި'' ގާއިމުކޮށްދޭން ބޭނުންވި: މިނިސްޓަރު 📍 ހއ. ދިއްދޫ

ދިއްދޫން އެދުމުން މިއަހަރު ކޮންމެހެންވެސް ''އަމާންވެށި'' ގާއިމުކޮށްދޭން ބޭނުންވި: މިނިސްޓަރު

ހއ. ދިއްދޫގައި ”އަމާންވެށި” ގާއިމުކޮށް، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންބަލައި ބޮޑުކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭން ދިއްދޫ ކައުންސިލުން މިދިޔަ އަހަރު އެދުމުން، މިއަހަރު ކޮންމެހެންވެސް އެކަން ކޮށްދިނުމަށް ބޭނުންފުޅުވިކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ ވިދާޅުވެއްޖެ އެވެ. އެކަމަނާ މިހެން ވިދާޅުވީ، ޖެންޑާ މިނިސްޓްރީއިން ދިއްދޫގައި ގާއިމުކުރި ”ހއ. އަމާންވެށި” ހުޅުވުމަށް މިއަދު އެރަށަށް ވަޑައިގެން، އެކަމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި...

ޝިއުނާ އާދަމް
ހއ. އަމާންވެށި ހުޅުވައިފި 📍 ހއ. ދިއްދޫ

ހއ. އަމާންވެށި ހުޅުވައިފި

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ހއ. އަތޮޅުގައި ގާއިމުކުރި ”ހއ. އަމާންވެށި” ހުޅުވައިފިއެވެ. މި އަމާންވެށި ހުޅުވީ، މިއަދު ހއ. އަތޮޅުގެ ވެރިކަންކުރާ ރަށް، ހއ. ދިއްދޫގައެވެ. ދިއްދޫގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި، މިތަން ހުޅުއްވައި ދެއްވީ، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ އެވެ. މި އަމާންވެށި ހިންގަމުން ދާނީ، ދިއްދޫގައި ހުންނަ ޖެންޑަރ މިނިސްޓްރީގެ، ހއ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގެ ދަށުންނެވެ. […]

ޔުމްނާ ޢަލީ
ދިއްދޫން ދެ މީހަކު ޕޮޒިޓިވް ވެއްޖެ 📍 ހއ. ދިއްދޫ

ދިއްދޫން ދެ މީހަކު ޕޮޒިޓިވް ވެއްޖެ

ހއ. ދިއްދޫގައި ހޯމް ކަރަންޓީނުގައި ތިބި 2 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިިވް ވެއްޖެއެވެ. އެމީހުން ޕޮޒިޓިވްވެފައިވާކަން އެނގުނީ ހޯމް ކަރަންޓީނުގެ 10 ދުވަސް ހަމަވެގެން ނެގި ރިލީޒް ސާމްޕަލުންނެވެ. ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލުން ވިދާޅުވީ، މިފަހަރު ޕޮޒިޓިވްވި ދެ މީހުންނަކީ ހޯމް ކަރަންޓީނު ނިންމި 8 މީހެއްގެ ތެރޭން ދެ މީހެއް ކަމަށެވެ. ޕޮޒިޓިވްވީ ދެ ދިވެހީންނެވެ. އެ މައުލޫމާތު ހާމަކުރަށް ވަމުން، ދިއްދޫ ކައުންސިލުން ވިދާޅުވީ، ދިއްދޫއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުން […]

ޔުމްނާ ޢަލީ
ދިއްދޫ ފަޟީލްގެ ކިޑްނީ ބަދަލު ކުރުމަށް އެހީތެރިވެދެއްވާ! 📍 ހއ. ދިއްދޫ

ދިއްދޫ ފަޟީލްގެ ކިޑްނީ ބަދަލު ކުރުމަށް އެހީތެރިވެދެއްވާ!

އެއީ 2019 ވަނަ އަހަރުގެ ޑިސެމްބަރ މަހެވެ. ހއ.ދިއްދޫ، ފެހިފަތްގޭ މުހައްމަދު ފަޟީލް ވަޒީފާ އަދާކުރަމުން ދިޔައީ މީރު އައިލެންޑް ރިސޯޓުގައެވެ. ޒުވާން އުމުރުގެ ހަކަތައާއި އެކު ހެލިފެލިވެ ވަޒީފާގައި އުޅެމުން ދިޔައީ ފުރިހަމަ ސިއްހަތުގައެވެ. އެއްވެސް ބަލިމަޑުކަމެއްގެ އިހުސާސެއް ނެތިއެވެ. ނަމަވެސް އެ އަހަރުގެ ޑިސެމްބަރ މަހުގެ ތެރޭގައި ހީކަރުވައި ގައިގެ ވަރުދެރަވެ ކާތަކެތީގައި ރަހަނުލުން ފަދަ ކަންކަން ފާހަގަވާން ފެށިއެވެ. މި ކަންކަމާއި ގުޅިގެންފަޒީލް ޑޮކްޓަރަށް ދެއްކިއެވެ. ގިނަ ޓެސްޓުތަކެއް ހެދުނެވެ. ޓެސް...

އިބްރާހިމް ޚަލީލް
ދިއްދޫގައި ގާއިމުކުރާ ޖޫނިއަރ ކޮލެޖްގެ ކިޔެވުން އަންނަ އަހަރު ފެށޭނެ: މިނިސްޓަރު

ދިއްދޫގައި ގާއިމުކުރާ ޖޫނިއަރ ކޮލެޖްގެ ކިޔެވުން އަންނަ އަހަރު ފެށޭނެ: މިނިސްޓަރު

މިއަހަރުގެ ޕީއެސްއައިޕީގެ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ ހއ. ދިއްދޫގައި ޖޫނިއަރ ކޮލެޖެއް ގާއިމު ކުރުމުގެ މަޝްރޫޢުގެ މަސައްކަތްނިމި، އެ ކޮލެޖްގެ ފުރަތަމަ ބެޗްގެ ދަރިވަރުން ކިޔަވުން އަންނަ އަހަރު ފެށޭނެ ކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ޙަސަން ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ، ދިއްދޫގައި މަތީ ތަޢުލީމު ފުޅާކުރުމަށް، 2021 ވަނަ އަހަރުގެ ދައުލަތުގެ ޕީއެސްއައިޕީގެ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ ދިއްދޫ ޖޫނިއަރ ކޮލެޖްގެ ކަންކަމާއި ބެހޭ ގޮތުން މަޝްވަރާކޮށް އެންމެ ފަހުގެ [...

އަލީ އާދިލް
ދިއްދޫން އިތުރު ތިން މީހުން ޕޮޒިޓިވް ވެއްޖެ 📍 ހއ. ދިއްދޫ

ދިއްދޫން އިތުރު ތިން މީހުން ޕޮޒިޓިވް ވެއްޖެ

ހއ. ދިއްދޫގައި ހޯމް ކަރަންޓީނުގައި ތިބި އިތުރު 3 މީހުން ކޯވިޑް-19 އަށް ޕޮޒިޓިިވް ވެއްޖެއެވެ. ދިއްދޫއިން ރޭ ވެސް ވަނީ މީހަކު ޕޮޒިޓިވް ވެފައެވެ. ރޭ ޕޮޒިޓިވްވި މީހާއަކީ ވެސް މިއަދު ޕޮޒިޓިވް ތިން މީހުންނަކީ ވެސް އެރަށުގައި ހޯމް ކަރަންޓީނުގައި ތިބި ދިވެހިންނެވެ. އެމީހުން ޕޮޒިޓިވްވެފައިވާކަން އެނގުނީ ހޯމް ކަރަންޓީނުގެ 10 ދުވަސް ހަމަވެގެން ނެގި ރިލީޒް ސާމްޕަލުންނެވެ. އެ މައުލޫމާތު ހާމަކުރަށް ވަމުން، ދިއްދޫ ކައުންސިލުން ވިދާޅުވީ، ދިއްދޫއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި […]

ޔުމްނާ ޢަލީ
އަނެއްކާވެސް ދިއްދޫން މީހަކު ޕޮޒިޓިވް ވެއްޖެ 📍 ހއ. ދިއްދޫ

އަނެއްކާވެސް ދިއްދޫން މީހަކު ޕޮޒިޓިވް ވެއްޖެ

ހއ. ދިއްދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޯވިޑް-19 އަށް ޕޮޒިޓިިވް ވެއްޖެއެވެ. ދިއްދޫ ކައުންސިލްގެ އޮފިޝަލެއް ”ތިލަދުން”އަށް ވިދާޅުވީ، އެރަށުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި އެމީހާއަކީ ދިވެއްސެއް ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވިއެވެ. އެމީހާ ޕޮޒިޓިވްވެފައިވާކަން އެނގުނީ އެމީހާގެ ހޯމް ކަރަންޓީނުގެ 10 ދުވަސް ހަމަވެގެން ނެގި ރިލީޒް ސާމްޕަލުން ކަމަށެވެ. އޭނާއާއި އެއް ގެއެއްގައި އިތުރު ދެމީހަކު ވެސް ހޯމް ކަރަންޓީނުގައި ތިއްބެވެ. އެ […]

ޖަލްވާން ޖާދުﷲ
މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު ނިޔާވެ، ކުޅުދުއްފުށްޓަށް ގެންދަނީ 📍 ހއ. ދިއްދޫ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު ނިޔާވެ، ކުޅުދުއްފުށްޓަށް ގެންދަނީ

ހއ. އަތޮޅު ހޮސްޕިޓަލްގައި އޮތް މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު ނިޔާވެއްޖެ އެވެ. ހއ. ދިއްދޫގައި ހުންނަ އެ ހޮސްޕިޓަލްގައި އެފަދަ ހާދިސާއެއް ހިނގާފައިވާކަމަށް އެ ހޮސްޕިޓަލުން ވަނީ މިނޫހަށް ޔަޤީންކޮށްދީފަ އެވެ. އެ ހޮސްޕިޓަލްގެ މެނޭޖަރ އުޘްމާން އަސްރަފް ”ތިލަދުން” އަށް ވިދާޅުވީ، އެ މާބަނޑު މީހާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އަށް ގެންދިޔުމަށް އެ ހޮސްޕިޓަލްގެ ޑޮކްޓަރުން ލަފާދެއްވާފައިވާ ކަމަށެވެ. އަޝްރަފް ވިދާޅުވީ، އެ ހާދިސާއާއިގުޅޭ އިތުރު މަޢުލޫމާތު ދެއްވޭނީ ޑޮކްޓަރުން އެ […]

ޝިއުނާ އާދަމް