📍 ހއ. ދިއްދޫ
އައްޝަމަށް ފުރޮޅުލީ ގޮނޑީގައި ގެއަށް ވަދެ ނުކުމެވޭނޭގޮތް މިޑްލް ސްޕޯޓްސް ކުލަބުން ފަހި ކޮށްދީފި
ހއ. ދިއްދޫ މުލައްމާގޭ މުހައްމަދު އައްޝަމަށް ފުރުޅުލީ ގޮނޑީގައި އިތުރު މީހެއްގެ އެހީތެރިކަމާއި ނުލައި ގެއަށް ވަދެނުކުމެވޭނޭ ގޮތަށް، އެ ގޭގެ ދޮރުމަތީގައި ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުގެ ފަރާތުން ރޭމްޕެއް އަޅައިފިއެވެ. މުހައްމަދު އައްޝަމަކީ އުމުރުން 9 އަހަރުގައި ކުޅެން އުޅެނިކޮށް ފަޔަށް ލިބުނު އަނިޔާއަކާއި ގުޅިގެން ފުރުޅުލީ ގޮނޑި ބޭނުން ކުރަމުން އަންނަ ކުއްޖެކެވެ. ފާއިތުވި ހަތަރު އަހަރެއްހާ ދުވަހު އެ ގޭގެ ދޮރުމަތީގައި، ފުރުޅުލީ ގޮނޑީގައި ގެއަށް ވަދެ ނުކުމެވޭނޭ އިންތިޒާމެއް ހަމަޖެހިފައި […]