މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. ދިއްދޫ (788 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
788 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ދިއްދޫގެ އެންމެ ފަހުގެ ޚަބަރުތައް

788 ޚަބަރުގެ ތެރެއިން
"ދިއްދޫ އެންމެ އަލިގަދަ ތަރި" ފުރަތަމަ ޤުރުއާން މުބާރާތުގެ އެއްވަނަ ޝިޢުރާއަށް 📍 ހއ. ދިއްދޫ

"ދިއްދޫ އެންމެ އަލިގަދަ ތަރި" ފުރަތަމަ ޤުރުއާން މުބާރާތުގެ އެއްވަނަ ޝިޢުރާއަށް

ހއ. ދިއްދޫގައި ފާހަގަ ކޮށްލެވޭފަދަ ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން އެ ރަށުގައި ބޭއްވި “ލިބޭ ދިއްދޫ އެންމެ އަލިގަދަ ތަރި 1443” ޤުރުއާން މުބާރާތުގެ ފަޚުރުވެރި އެއްވަނަ ދިއްދޫ، ޝެހެނާވިލާ/ އާމިނަތު ޝިޢުރާ އިބްރާހީމް ހޯދައިފިއެވެ. މުބާރާތުގެ ފައިނަލް ބުރަށް ހޮވުނު ފަސް ބައިވެރިން ވާދަކުރި “ގްރާންޑް ފިނާލޭ” އިވެންޓް ބާއްވާފައި ވަނީ 15 އޭޕްރިލް 2022 ވީ ހުކުރު ދުވަހުގެ ރޭ 21:30 ގައި ހއ. […]

އިބްރާހިމް ޚަލީލް
"ދިއްދޫ ފުޓްސަލް މުބާރާތް 2022" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ހއ. ދިއްދޫ

"ދިއްދޫ ފުޓްސަލް މުބާރާތް 2022" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ހއ. ދިއްދޫ ކައުންސިލާއި އެ ރަށު އިޖްތިމާޢީ މަރުކަޒުގެ ގުޅިގެން ކުރިޔަށް ގެންދާ “ދިއްދޫ ފުޓްސަލް މުބާރާތް 2022” ގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މެއި މަހުގެ ހަތްވަނަ ދުވަހު ފެށުމަށް ތާވަލު ކޮށްފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ ދިއްދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ކުލަބް ޖަމިއްޔާތަކަށެވެ.މި މުބާރާތުގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް 18 އެޕްރީލް 2012 ވާ ހޯމަ ދުވަހުގެ 13:00 […]

އިބްރާހިމް ޚަލީލް
ދިއްދޫގައި އައިސްޕްލާންޓް ގާއިމުކޮށް ޚިދުމަތްފެށޭނީ 2023 ގެ މާރިޗް މަހުގައި ކަމަށް ލަފާކޮށްފި 📍 ހއ. ދިއްދޫ

ދިއްދޫގައި އައިސްޕްލާންޓް ގާއިމުކޮށް ޚިދުމަތްފެށޭނީ 2023 ގެ މާރިޗް މަހުގައި ކަމަށް ލަފާކޮށްފި

ދެވަނަ ފަހަރަށް ހުޅުވާލާ ބީލަމުގައި ބުނާ ހަމަތަކާއެއްގޮތަށް ކަންކަން ދާނަމަ ހއ. ދިއްދޫގައި ސަރުކާރުން ގާއިމުކުރަން ނިންމާފައިވާ 25 ޓަނުގެ އައިސްޕްލާންޓްގެ މަސައްކަތް ނިންމައި ޚިދުމަތް ދޭން ފެށޭނީ 2023 ވަނަ އަހަރުގެ މާރިޗް މަހުގެ ތެރޭގައި ކަމަށް ލަފާކުރެއްވޭ ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް މެރިންރިސޯސަސް އެންޑް އެގްރިކަލްޗަރ، ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެވެ. މިނިސްޓަރު ހުސެއިން މިހެން ވިދާޅުވީ، އެކަމާއިގުޅޭގޮތުން ދިއްދޫ ދާއިރާގެ މެންބަރު ޢަބުދުﷲ ވަޙީދު (ވައްޑޭ) ލިޔުމުން ޖަވާބު ހޯދަން […]

ޙުސައިން ޝަހުދީ
ދިއްދޫ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުގެ ފައިނަލް ބުރަށް ބައިވެރިން ހޮވައިފި 📍 ހއ. ދިއްދޫ

ދިއްދޫ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުގެ ފައިނަލް ބުރަށް ބައިވެރިން ހޮވައިފި

ހއ. ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން އެ ރަށުގައި ބާއްވަމުން އަންނަ “ލިބޭ ދިއްދޫ އެންމެ އަލިގަދަ ތަރި 1443” ޤުރުއާން މުބާރާތުގެ ފައިނަލް ބުރުން ފުރުޞަތު ލިބުނު ބައިވެރިންގެ ނަންތައް ހާމަކޮށްފިއެވެ. މުބާރާތުގެ ފުރަތަމަ ބުރުން ދެވަނަ ބުރަށް ހޮވުނު ދިހަ ބައިވެރިންނާއިއެކު، ދެވަނަ ބުރު ކުރިއަށް ގެންގޮސްފައި ވަނީ 07 އޭޕްރިލް 2022 ވީ ބުރާސްފަތި ދުވަހުގެ ރެއާއި 08 އޭޕްރިލް 2022 ވީ ހުކުރު ދުވަހުގެ ރެއެވެ. މުބާރާތުގެ ދެވަނަ […]

އިބްރާހިމް ޚަލީލް
ދިއްދޫ އަންހެނުން ކޮމެޓީން ދިއްދޫ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުގެ ގަދަ 10 ބައިވެރިންނަށް ހަދިޔާ ދީފި 📍 ހއ. ދިއްދޫ

ދިއްދޫ އަންހެނުން ކޮމެޓީން ދިއްދޫ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުގެ ގަދަ 10 ބައިވެރިންނަށް ހަދިޔާ ދީފި

ހއ. ދިއްދޫ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން “ލިބޭ ދިއްދޫ އެންމެ އަލިގަދަ ތަރި 1443” ޤުރުއާން މުބާރާތުގެ ގަދަ 10 ބައިވެރިންނަށް ހަދިޔާ ޕެކް ދީފިއެވެ. މިގޮތުން ގަދަ 10 އަށް ހޮވުނު ކޮންމެ ބައިވެރިއަކަށް އެ ކޮމެޓީން ހަދިޔާ ޕެކެއް ދީފައިވާއިރު، އެ ކޮމެޓީން ވަނީ އެ ބައިވެރިންނަށް ކާމިޔާބަށް އެދޭކަމަށް ބުނެފައެވެ. މިއީ އެ ބައިވެރިންނަށް ހިތްވަރު ދިނުމުގެ ގޮތުން އެ ކޮމެޓީން ދީފައިވާ ހަދިޔާ ޕެކް ތަކެކެވެ. މުބާރާތުގެ ދެވަނަ […]

ޙުސައިން ޝަހުދީ
މަސްކައްކާ ހިއްކުމަށާއި މަހުގެ ވިޔަފާރިކުރުމަށް ދިއްދޫއިން ވަގުތީގޮތުން ބިން ކުއްޔަށް ދޫކުރަނީ 📍 ހއ. ދިއްދޫ

މަސްކައްކާ ހިއްކުމަށާއި މަހުގެ ވިޔަފާރިކުރުމަށް ދިއްދޫއިން ވަގުތީގޮތުން ބިން ކުއްޔަށް ދޫކުރަނީ

ހއ. ދިއްދޫގައި މަސް ކައްކާ ހިއްކުމަށާއި، މަހުގެ ވިޔަފާރި ކުރުމަށް ވަގުތީގޮތުން ބިން ދޫކުރުމަށް ނިންމައި ބިން ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ދިއްދޫ ކައުންސިލުން ހުޅުވާލައިފިއެވެ. ދިއްދޫގައި މަސް ކައްކައި ހިއްކައި، މަހުގެ ވިޔަފާރި މިހާރު ވެސް ކުރަމުން އަންނަ، އެ ރަށުގެ ދެކުނު ސަރަހައްދުން 100 އަކަފޫޓުގެ ބިމެއް 2 އަހަރު ދުވަހަށް ކުއްޔަށް ދޫކުރުމަށް ދިއްދޫ ކައުންސިލުން ނިންމާފައި ވަނީ އެ ކައުންސިލްގެ 3 ވަނަ ދައުރުގެ 34 ވަނަ […]

އިބްރާހިމް ޚަލީލް
ދިއްދޫ ކައުންސިލްގެ ސިއްކަ ފަރުމާ ކޮއްދޭނެ ފަރާތެއް ހޯދަނީ 📍 ހއ. ދިއްދޫ

ދިއްދޫ ކައުންސިލްގެ ސިއްކަ ފަރުމާ ކޮއްދޭނެ ފަރާތެއް ހޯދަނީ

ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ ރަސްމީ ސިއްކަ ފަރުމާކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފިއެވެ. ދިއްދޫ ކައުންސިލްގެ ރަސްމީ ސިއްކަ ފަރުމާކުރުމުގެ ފުރުޞަތު މިއަދު އެ ކައުންސިލުން ހުޅުވާލާފައިވާއިރު، ސިއްކަ ފަރުމާ ކުރުމުގައި، ވިސްނަންވީ ކަންކަމުގެ ތަފްސީލް ވެސް ވަނީ އާންމުކޮށްފައެވެ. މިގޮތުން ހުށަހަޅާ ސިއްކައަކީ މީގެ ކުރިން ޕަބްލިޝްކޮށްފައިނުވާ ސިއްކައަކަށްވުމާއި، ދިއްދޫއަށް ނިސްބަތްވާ ޚާއްޞަ ސިފައެއް ރަމްޒުކޮށްދޭ ސިއްކައަކަށްވުމުގެ އިތުރުން މުޖްތ...

އިބްރާހިމް ޚަލީލް
ދިއްދޫ އެންމެ އަލިގަދަ ތަރި ޤްރުއާން މުބާރާތަށް އިނާމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ހއ. ދިއްދޫ

ދިއްދޫ އެންމެ އަލިގަދަ ތަރި ޤްރުއާން މުބާރާތަށް އިނާމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

ހއ. ދިއްދޫގައި ފާހަގަ ކޮށްލެވޭފަދަ ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން އެ ރަށުގައި ބާއްވަމުން އަންނަ “ލިބޭ ދިއްދޫ އެންމެ އަލިގަދަ ތަރި 1443” ޤުރުއާން މުބާރާތުގެ ވަނަތަކަށް އިނާމް ހުށަހެޅުމުގެ ފުރުޞަތު އެ ކުލަބުން ހުޅުވާލައިފިއެވެ. މުބާރާތުގެ ފުރަތަމަ ބުރު ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ ފުރަތަމަ ދެ ދުވަހުއެވެ. މުބާރާތުގައި 20 ބައިވެރިން ވާދަކުރި ނަމަވެސް، މުބާރާތް ރާވާލެވިފައި ވަނީ، ފުރަތަމަ ބުރުން އެންމެ […]

އިބްރާހިމް ޚަލީލް
ދިއްދޫ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުގެ ދެވަނަ ބުރަށް ބައިވެރިން ހޮވައިފި 📍 ހއ. ދިއްދޫ

ދިއްދޫ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުގެ ދެވަނަ ބުރަށް ބައިވެރިން ހޮވައިފި

ހއ.ދިއްދޫގައި ފާހަގަ ކޮށްލެވޭފަދަ ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން އެ ރަށުގައި ބާއްވަމުން އަންނަ “ލިބޭ ދިއްދޫ އެންމެ އަލިގަދަ ތަރި 1443” ޤުރުއާން މުބާރާތުގެ ދެވަނަ ބުރުން ފުރުޞަތު ލިބުނު ބައިވެރިންގެ ނަންތައް ހާމަކޮށްފިއެވެ މުބާރާތުގެ ފުރަތަމަ ބުރު ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ ފުރަތަމަ ދެ ދުވަހުއެވެ. މުބާރާތުގައި ޖުމަލް 20 ބައިވެރިން ވާދަކުރި ނަމަވެސް، މުބާރާތް ރާވާލެވިފައި ވަނީ، ފުރަތަމަ ބުރުން އެންމެ […]

އިބްރާހިމް ޚަލީލް
ދިއްދޫގައި ބާއްވާ އެންމެ ބޮޑު ޤުރުއާން މުބާރާތް "ދިއްދޫ އެންމެ އަލިގަދަ ތަރި" ޤުރުއާން މުބާރާތް ފަށައިފި 📍 ހއ. ދިއްދޫ

ދިއްދޫގައި ބާއްވާ އެންމެ ބޮޑު ޤުރުއާން މުބާރާތް "ދިއްދޫ އެންމެ އަލިގަދަ ތަރި" ޤުރުއާން މުބާރާތް ފަށައިފި

ހއ. ދިއްދޫގައި ފާހަގަ ކޮށްލެވޭފަދަ ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ލިބޭ ދިއްދޫ އެންމެ އަލިގަދަ ތަރި 1443” ޤުރުއާން މުބާރާތް ފަށައިފިއެވެ. މި މުބާރާތުގެ ކިޔެވުން ޖުމްލަ ތިން ބުރަކަށް ބަހާލައިގެން ކުރިއަށް ގެންދިޔުމަށް ރާވާފައިވާއިރު، ފުރަތަމަ ބުރުގެ ކިޔެވުން ވަނީ 01 އޭޕްރިލް 2022 ވީ ހުކުރު ދުވަހުގެ ރޭ ދިއްދޫ އަތޮޅު ތަޢުލީމީ މަރުކަޒުގެ ތިލަ އުތުރު މާލަމުގައި ކުރިއަށް ގެންގޮސްފައެވެ. […]

އިބްރާހިމް ޚަލީލް
ދިއްދޫ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް ފެށުން މިރޭ، އަޑުއަހަން ވަނުމުގެ ދަޢުވަތު ދިއްދޫ ރައްޔިތުންނަށް 📍 ހއ. ދިއްދޫ

ދިއްދޫ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް ފެށުން މިރޭ، އަޑުއަހަން ވަނުމުގެ ދަޢުވަތު ދިއްދޫ ރައްޔިތުންނަށް

ހއ. ދިއްދޫގައި ފާހަގަ ކޮށްލެވޭފަދަ ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން ރަމަޟާން މަހު ކުރިއަށް ގެންދިޔުމަށް ހަމަޖައްސާފައިވާ “ލިބޭ ދިއްދޫ އެންމެ އަލިގަދަ ތަރި 1443” ޤުރުއާން މުބާރާތް މިރޭ ފަށާއިރު، މުބާރާތުގެ ކިޔެވުން އަޑުއަހާލަން ދިއްދޫ އެންމެހާ ލޮބުވެތި ރައްޔިތުންނަށް އެ ކުލަބުގެ ފަރާތުން ދަޢުވަތު އަރުވައިފިއެވެ. މި މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ތިލަ އުތުރު މާލަމުގައެވެ. މުބާރާތް ފެށުމަށް […]

އިބްރާހިމް ޚަލީލް
ދިއްދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ދިއްދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ހއ. ދިއްދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އަނިޔާވި މީހަކަށް ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ. ދިއްދޫ “ތިލަދުން” އަށް ވާހަކަދެއްކި މީހަކު ބުނީ އެ އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ އެ އަތޮޅު އުތީމު ފިރިހެނަކަށް ކަމަށެވެ. އެކްސިޑެންޓް ހިނގަންމެދުވެރިވީ އޭނާ ދުއްވި ސައިކަލް “ރޭސް ތާށިވެ” ކޮންޓްރޯލްނުވެގެންނެވެ. ސައިކަލް ކޮންޓްރޯލްނުވެ ވަނީ ދިއްދޫގެ ޓޫޖޭ ފިހާރަ ބިއްލޫރި ގަނޑުގައި ޖެހި، ބިއްލޫރިގަނޑު ވަަރަށް ބޮޑަށް ތަޅައިގެން ގޮސްފައެވެ. “އެވަގުތ...

ޝިއުނާ އާދަމް
ދިއްދޫ ކައުންސިލުން ކުނި ނެގުމުގެ ޚިދުމަތް ދޭން ފަށަނީ 📍 ހއ. ދިއްދޫ

ދިއްދޫ ކައުންސިލުން ކުނި ނެގުމުގެ ޚިދުމަތް ދޭން ފަށަނީ

ހއ. ދިއްދޫ ކައުންސިލްގެ ފަރާތުން އެރަށުގެ ގޭބިސީތަކުން ކުނި ނެގުމުގެ ޚިދުމަތް ދޭން ފަށަން ނިންމައިފިއެވެ. ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު “ތިލަދުން” އަށް ވިދާޅުވީ، މިޚިދުމަތް ދޭން ފަށާނެ ވަކި ތާރީޚެއް ފަހުން އަންގާނެ ކަމަށާއި ނަމަވެސް މިހާރު މިޚިދުމަތަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލަފައިވާ ކަމަށެވެ. މީގެ ކުރިން އެރަށުގައި މިޚިދުމަތް ދެމުންދިޔައީ ފެނަކައިގެ ފަރާތުންނެވެ. އޭރު މިޚިދުމަތް ދީފައިވަނީ ކޮންމެ ގެއަކުން -/50 (ފަންސާސް ރުފިޔާ) ގެ ފީއެއް ނަގައިގެންނެވެ. ފެނަކައިގެ ފަރާތުން...

އައިޝަތު ނަސާޔާ
ދިއްދޫގައި އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓަނަންސް ކޯހެއް ފަށައިފި 📍 ހއ. ދިއްދޫ

ދިއްދޫގައި އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓަނަންސް ކޯހެއް ފަށައިފި

ހއ. ދިއްދޫގައި އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓަނަންސް ކޯހެއް ފަށައިފިއެވެ. މި ކޯހަކީ ދިިއްދޫ ކައުންސިލާއި މޯލްޑިވްސް ޕޮލިޓެކްނިކް އަދި ހއ. އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ ކޯހެކެވެ. މި ކޯހުގެ ކިލާސްތައް މިއަދު ފަށާފައިވާއިރު، ކޯސް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ އިއްޔެއެވެ. ދިއްދޫ ކައުންސިލްގެ ރައީސް އަބުދުﷲ ރަޝީދު “ތިލަދުން” އަށް ވިދާޅުވީ، މި ކޯސް ފުރިހަމަކުރާ ފަރާތްތަކަށް އިލެކްޓްރިކް ވައިރިން ޓެސްޓް ކުރުމުގެ ހުއްދަވެސް ލިބިގެން ދާނެކަމަށެވެ. އަދި މިއީ ސެޓްފިކެޓް ލ...

ޙުސައިން ޝަހުދީ
ދިއްދޫ ކައުންސިލްގެ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި 📍 ހއ. ދިއްދޫ

ދިއްދޫ ކައުންސިލްގެ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ހއ. ދިއްދޫ ކައުންސިލްގެ ފަރާތުން އިންތިޒާމްކޮށްގެން 1443 ވަނަ އަހަރު ރަމަޟާން މަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ދިއްދޫ ކައުންސިލްގެ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވާގޮތުން މި މުބާރާތުގައި ދިއްދޫގެ ރައްޔިތުންގެ އިތުރުން ދިއްދޫގައި ދިރިއުޅޭ ފަރާތްތަކަށް ވެސް ބައިވެރިވެވޭނެއެވެ. މި ބުރާތުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ބައިވެރިވުމުގެ ޝަރުޠު ހަމަވާ ފަރާތްތަކުން މިމާރޗް މަހުގެ 30 ވާ ބުދަ ދުވަހުގެ 13:00 ގެ...

އައިޝަތު ނަސާޔާ