މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. ދިއްދޫ (788 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
788 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ދިއްދޫގެ އެންމެ ފަހުގެ ޚަބަރުތައް

788 ޚަބަރުގެ ތެރެއިން
ދިއްދޫ ޖޫނިއަރ ކޮލެޖު އަޅާ ސައިޓް ކޮންޓްރެކްޓަރާ ހަވާލުކޮށްފި 📍 ހއ. ދިއްދޫ

ދިއްދޫ ޖޫނިއަރ ކޮލެޖު އަޅާ ސައިޓް ކޮންޓްރެކްޓަރާ ހަވާލުކޮށްފި

ހއ.ދިއްދޫގައި ގާއިމުކުރަން ސަރުކާރުން ނިންމާފައިވާ ޖޫނިއަރ ކޮލެޖުގެ ޕްރޮޖެކްޓް ސައިޓް ކޮންޓްރެކްޓަރާ ރަސްމީކޮށް ހަވާލުކޮށްފިއެވެ. މި މިސައްކަތް ހަވާލު ކޮށްފައިވަނީ ކޮންޓްރެކްޓްކުރެވިފައިވާ ފަރާތް ކަމުގައިވާ ވީ އަވަރ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ އެވެ. މިކަމަށްޓަކައި މިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖަރާއި ކޮންޓްރެކްޓަރ އަދި ރަށު ކައުންސިލްގެ މެމްބަރުންނާއި ސްޓާފުން ހިމެނޭހެން ‘ސައިޓް ހޭންޑް-އޯވަރ މީޓިންގ’ އެއް ދިއްދޫގެ ކައުންސިލް އިދާރާގައިވަނީ ބާއްވާފަ އެވެ. އަދި ޕްރޮޖެކްޓް ސައިޓަށް ޒިޔާރަތްކ...

އިބްރާހިމް އަސްވާޤް
ރާއްޖޭގެ އެހެން ކައުންސިލުތަކާ ޚިލާފަށް ދިއްދޫ ކައުންސިލު ރައީސަށް ވޯޓުލުމުގެ ފުރުޞަތު ހަނިކޮށްފި 📍 ހއ. ދިއްދޫ

ރާއްޖޭގެ އެހެން ކައުންސިލުތަކާ ޚިލާފަށް ދިއްދޫ ކައުންސިލު ރައީސަށް ވޯޓުލުމުގެ ފުރުޞަތު ހަނިކޮށްފި

ރާއްޖޭގެ އެހެން ހުރިހާ ކައުންސިލުތަކާ ޚިލާފަށް ހއ. ދިއްދޫ ކައުންސިލު ރައީސަށް ވޯޓުލުމުގެ ފުރުޞަތު އެލްޖީއޭއިން ހަނިކޮށްފި އެވެ. މިކަން ހާމަކުރައްވައި އެލްޖީއޭއިން ދިއްދޫ ކައުންސިލަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ ލޯކަލް ކައުންސިލްތަކުގެ އިޖުރާޢީ ޤަވާޢިދުގެ 101ވަނަ މާއްދާގައި ނުހިމެނޭ ކަމެއް ދިމާވެއްޖެނަމަ، ނުވަތަ ޤަވާޢިދުގައި ބުނާއެއްޗެއް މާނަކުރުމުގައި ޚިލާފު އުފެދިއްޖެނަމަ، އެކަމުގައި ގޮތްނިންމާނީ އެލްޖީއޭގެ ބޯޑުންކަން ބަޔާންކޮށްފައި ވާކަމަށެވެ. އަދި މިފަދަ ޙާލަތެއްގައި އެލްޖީއޭގެ ބޯޑ...

ސަނިއްޔާ އަބޫބަކުރު
ދިއްދޫ މިޑްލްސްޕޯޓްސް ކުލަބުން ފަތަން ދަސްކޮށްދޭން ޕްރޮގުރާމެއް ފަށަނީ 📍 ހއ. ދިއްދޫ

ދިއްދޫ މިޑްލްސްޕޯޓްސް ކުލަބުން ފަތަން ދަސްކޮށްދޭން ޕްރޮގުރާމެއް ފަށަނީ

ހއ. ދިއްދޫ މިޑްލްސްޕޯޓްސް ކުލަބުން “ފަތަން ދަސްކުރަމާ 2022” ގެ ނަމުގައި ޕްރޮގުރާމެއް ބޭއްވުމަށް ނިންމައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިކަމަށްޓަކައި މިޑްލް ސްޕޯޓްސް ކްލަބުން ކުރި އިޢުލާނެއްގައި ބުނީ މި ޕްރޮގްރާމް ކުރިއަށްދާނީ އަންނަ ޖުލައި މަހުގެ 15 އިން ފެށިގެން އޮގަސްޓް މަހުގެ 2 ވަނަ ދުވަހާއި ހަމައަށް 20 ދުވަހުގެ މުއްދަތަކަށް ކަމަށެވެ. ދިއްދޫގައި ދިރިއުޅޭ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ މި ޕްރޮގްރާމުގައި ތިން ޢުމުރުފުރައަކުން ވަނީ ފުރުޞަތު ހުޅުވާލާފައެވެ. އެގޮތުން […]

ސަނިއްޔާ އަބޫބަކުރު
ދިއްދޫ އަންހެނުންގެ ކޮމެޓީން އޮންލައިން ސްޕީޗް ތެރަޕީ ދިނުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންދަނީ 📍 ހއ. ދިއްދޫ

ދިއްދޫ އަންހެނުންގެ ކޮމެޓީން އޮންލައިން ސްޕީޗް ތެރަޕީ ދިނުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންދަނީ

ހއ ދިއްދޫ އަންހެނުންގެ ކޮމެޓީން އިސްނަގައިގެން އޮންލައިންކޮށް ސްޕީޗް ތެރަޕީ ދިނުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންދިޔުމަށް ނިންމައިފިއެވެ. މި ފުރުޞަތު ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީ ވުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައި ވާއިރު، މިފަހަރު ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ މިދިޔަ ފެބްރުއަރީމަހު އެރަށު މިޑްލް ސްޕޯޓްސް ކްލަބުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމްގެ ބައިވެރިންގެ ތެރެއިން އައިމިނަތު ސަމާޙަތު ޝަރީފްގެ ޚިދުމަތް ހޯދި ފަރާތްތަކަށް އެކަންޏެވެ. އެހެންކަމުން މި ފުރުޞަތު ބޭނުންވާނަމަ 9 ޖ...

ސަނިއްޔާ އަބޫބަކުރު
ދިއްދޫ އެއްގަމުތޮށި ލާން ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް ގެންގޮސްފި 📍 ހއ. ދިއްދޫ

ދިއްދޫ އެއްގަމުތޮށި ލާން ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް ގެންގޮސްފި

ހއ. ދިއްދޫ ބަނދަރު ބޮޑުކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް އެ ރަށަށް ގެންގޮސްފައިވާ ކަމަށް މޯލްޑިވްސް ޓަރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި ޝިޕްމަންޓް ދިއްދުއަށް ގެންދިޔައޫ އިއްޔެއެވެ. އަދި މިހާރު ކުރިއަށްދަނީ ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 78،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ […]

އަޙްމަދު ވަހީދު
ވޭތުވި އަހަރު ބޮޑެތި އުނދަގޫތަކާ ކުރިމަތިލާން ޖެހުނު: ދިއްދޫ ރައީސް 📍 ހއ. ދިއްދޫ

ވޭތުވި އަހަރު ބޮޑެތި އުނދަގޫތަކާ ކުރިމަތިލާން ޖެހުނު: ދިއްދޫ ރައީސް

ހއ. ދިއްދޫ ކައުންސިލް ރައީސްގެ ގޮތުގައި ހޭދަކުރި ފުރަތަމަ އެއް އަހަރު ދުވަހަކީ ވަރަށް ބޮޑެތި އުދަގޫތަކާ ގޮންޖެހުން ތަކާ ކުރިމަތި ލާންޖެހުނު އަހަރެއް ކަމަށް ދިއްދޫ ކައުންސިލްގެ ރައީސް ޢަބުދު ﷲ ރަޝީދު ވިދާޅުވެއްޖެއެވެ. ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުތަކާއެކު ކައުންސިލްތަކަށް ލިބިދޭ ބާރާއެކު އާ ކައުންސިލްތަކުގެ މެންބަރުން ހުވާކޮށް މަގާމާއި ހަވާލުވިތާ މިއަދަކީ އެއް އަހަރު ފުރޭ ދުވަހެވެ. ދިއްދޫ ކައުންސިލް ރައީސް އޭނާގެ ރަސްމީ ފޭސްބުކް ޕޭޖްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މިއަދުގެ […]

އަލީ އާދިލް
ދިއްދޫ ބަނދަރުގައި ހުރި ރުއްތައް އެއް އަހަރު ދުވަހުގެ މުއްދަތަށް ވަރުވާއަށް ދޫކުރަނީ 📍 ހއ. ދިއްދޫ

ދިއްދޫ ބަނދަރުގައި ހުރި ރުއްތައް އެއް އަހަރު ދުވަހުގެ މުއްދަތަށް ވަރުވާއަށް ދޫކުރަނީ

ހއ. ދިއްދޫ އިރުމަތި ބަނދަރު ބުރުތަކުގައި ހުރި ރައްޔިތުންގެ ރުއްތައް އެއް އަހަރު ދުވަހުގެ މުއްދަތަށް ވަރުވާއަށް ލިޔެދިނުމަށް ދިއްދޫ ކައުންސިލުން ނިންމައި އެކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިކަމަށް އެދި ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ވުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، މެއި މަހުގެ 26 ވަނަ ދުވަހުގެ ކުރިން އެކަމަށް ހާއްސަ ކުރެވިފައިވާ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު ދިއްދޫ ކައުންސިލަށް ހުށަހަޅައި ރަޖިސްޓަރީ ވުމަށް އެ ކައުންސިލުން އެދިލައްވައެވެ. ރަޖިސްޓަރީ ފޯމް ފުރިހަމަ ކުރެއްވުމަށް...

އިބްރާހިމް ޚަލީލް
70 ވޯޓުގެ ފަރަގުން ދިއްދޫ ފައްޔާޒަށް 📍 ހއ. ދިއްދޫ

70 ވޯޓުގެ ފަރަގުން ދިއްދޫ ފައްޔާޒަށް

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓު ގުނުން ކުރިއަށް ދާއިރު މިހާރު ލިބިފައިވާ ވަގުތީ ނަތީޖާއިން ހއ. ދިއްދޫގައި ބެހެއްޓި ފޮށިތަކުން 70 ވޮޓުގެ ތަފާތުން ފައްޔާޒް އިސްމާޢީލް ހޯދައިފި އެވެ. ދިއްދޫ އެމްޑީޕީ މެންބަރުން ވޯޓު ލުމަށް ޖުމްލަ 2 ފޮއްޓެއް ބަހައްޓާފައިވެއެވެ. 2 ފޮށީގެ ނަތީޖާއަށް ބަލާއިރު އިމްތިޔާޒް ފަހުމީ އަށް 288 ވޯޓު ލިބިފައިވެއެވެ. ފައްޔާޒް އިސްމާޢީލް އަށް ލިބިފައިވަނީ 358 ވޯޓެވެ. ދެކެނޑިޑޭޓުންގެ މެދުގައި ފަރަގު ހުރީ 70 ވޯޓުގެ ތަފާތެކެވެ. […]

އަލީ އާދިލް
މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި ދިއްދޫން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި ދިއްދޫން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި ހއ. ދިއްދޫން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މަސްތުވާތަކެއްޗާ ދެކޮޅަށް އެ އިދާރާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ތިން ރަށެއްގައި އޮޕަރޭޝަންތަކެއް ހިންގާފައިވާ ކަމަށެވެ. އޭގެ ތެރެއިން އެއް އޮޕަރޭޝަން ހިންގާފައި ވަނީ ހއ. ދިއްދޫގައެވެ. އެއީ އެރަށަށް މަސްތުވާތަކެތި އެތެރެ ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެރަށުގައި ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަން އެ ރަށު ބަނދަރުމަތިން 28 އަހަރުގެ...

ޔުމްނާ ޢަލީ
ދިއްދޫގައި ޖޫނިއާ ކޮލެޖް އަޅަން ހަވާލުކޮށްފި 📍 ހއ. ދިއްދޫ

ދިއްދޫގައި ޖޫނިއާ ކޮލެޖް އަޅަން ހަވާލުކޮށްފި

ހއ. ދިއްދޫގައި ގާއިމުކުރަން ސަރުކާރުން ނިންމާފައިވާ ޖޫނިއާ ކޮލެޖްގެ މަސައްކަތް މިއަދު ބަޔަކާއި ހަވާލުކޮށްފިއެވެ. ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވި ގޮތުގައި، ރާއްޖޭގެ އެކި ސަރަޙައްދު ތަކަށް އަމާޒުކޮށް މަތީތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް ސަރުކާރުން ކުރިޔަށް ގެންދާ މަޝްރޫޢުތަކުގެ ތެރެއިން ހއ. ދިއްދޫގައި އެޅުމަށް ހަމަޖެހިފައިވާ ޖޫނިއަރ ކޮލެޖުގެ މަސައްކަތް ވީ އަވަރ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށް، ކޮންޓްރެކްޓްގައި މިއަދު ސޮއިކޮށްފައިވާ ކަމަށެވެ. މިއަދު މި...

ޝިއުނާ އާދަމް
ދިއްދޫ ކައުންސިލުން މާދަމާއިން ފެށިގެން އައިޑީކާޑު ހެދުމުގެ ޚިދުމަތް ފަށަނީ 📍 ހއ. ދިއްދޫ

ދިއްދޫ ކައުންސިލުން މާދަމާއިން ފެށިގެން އައިޑީކާޑު ހެދުމުގެ ޚިދުމަތް ފަށަނީ

ހއ. ދިއްދޫ ކައުންސިލުން މާދަމާއިން ފެށިގެން އައިޑީކާޑު ހެދުމުގެ ޚިދުމަތް ފެށުމަށް ތައްޔާރުވެއްޖެއެވެ. ހއ. އަތޮޅު ކައުންސިލުން ވިދާޅުވި ގޮތުގައި، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގައިވާ ގޮތުގެމަތިން ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތް ދިނުމަށް ސަރުކާރުން ގެންގުޅުއްވާ އުސޫލުގެ ތެރެއިން ދިއްދޫ ރައްޔިތުންނަށް ބޭނުންވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމުގެ މަސައްކަތް ވަނީ މާދަމާއިން ފެށިގެން ދިއްދޫ ކައުންސިލަށް ބަދަލުކޮށް، އެކައުންސިލުން ދޭ ޚިދުމަތެއްގެ ގޮތުގައި ހަމަޖަ...

ޔުމްނާ ޢަލީ
ދިއްދޫ ކައުންސިލް ޤުރުއާން މުބާރާތުގެ 1 ވަނަ ނާޔާ އަށް 📍 ހއ. ދިއްދޫ

ދިއްދޫ ކައުންސިލް ޤުރުއާން މުބާރާތުގެ 1 ވަނަ ނާޔާ އަށް

ހއ. ދިއްދޫ ކައުންސިލްގެ ފަރާތުން އިންތިޒާމްކޮށްގެން 1443 ވަނަ އަހަރު ރަމަޟާން މަހު ކުރިއަށް ގެންދިޔަ ދިއްދޫ ކައުންސިލްގެ ޤުރުއާން މުބާރާތުގެ 1 ވަނަ އަށް ދިއްދޫ/ އަސްރިފާ ހައުސް، މަރްޔަމް ނާޔާ އަޙްމަދު ހޮވިއްޖެއެވެ. މި މުބާރާތުގައި ވަނީ ޖުމްލަ 237 ބައިވެރިން ބައިވެރިވެފައެވެ. މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ، 9 އުމުރުފުރައަކަށް ބަހާލައިގެންނެވެ. އަދި މިހުރިހާ އުމުރުފުރާއެއްގައި ބަލައިގެން އަދި ނުބަލައި ކިޔެވުމުގެ ގޮފީގެ ކިޔެވުން ކުރިއަށް ގެންދިޔައެވެ. މި މުބާރާތުގެ ނަތީޖާ ފާޅުކުރުން […]

ޙުސައިން ޝަހުދީ
ދިއްދޫ މަގުތަކުގައި ތާރު އަޅަން އާރްޑީސީއާ ހަވާލުކޮށްފި 📍 ހއ. ދިއްދޫ

ދިއްދޫ މަގުތަކުގައި ތާރު އަޅަން އާރްޑީސީއާ ހަވާލުކޮށްފި

ހއ. ދިއްދޫ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝާން (އާރްޑީސީ)އާ ހަވާލުކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކެވެ. މި މަޝްރޫއުގެ ދަށުން 5.4 ކިލޯމީޓަރު މަގުގައި ތާރު އަޅާނެއެވެ. އަދި މަގުތަކުގައި ފެން ހިންދާ ނިޒާމު […]

އަޙްމަދު ވަހީދު
ދިއްދޫ ކައުންސިލްގެ ޤުރުއާން މުބާރާތް ފަށައިފި 📍 ހއ. ދިއްދޫ

ދިއްދޫ ކައުންސިލްގެ ޤުރުއާން މުބާރާތް ފަށައިފި

ހއ. ދިއްދޫ ކައުންސިލްގެ ފަރާތުން އިންތިޒާމްކޮށްގެން 1443 ވަނަ އަހަރު ރަމަޟާން މަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ދިއްދޫ ކައުންސިލްގެ ޤުރުއާން މުބާރާތް އިއްޔެ ފަށައިފިއެވެ. ދިއްދޫ ކައުންސިލުން މައުލޫމާތު ދެއްވި ގޮތުގައި މި މުބާރާތުގައި ވަނީ 237 ފަރާތަކުން ބައިވެރިވެފައެވެ. މި މުބާރާތް ކުރިއަށް ގެންދަނީ 9 އުމުރުފުރައަކަށް ބަހާލައިގެންނެވެ. އަދި މިހުރިހާ އުމުރުފުރާއެއްގައި ބަލައިގެން އަދި ނުބަލައި ކިޔެވުމުގެ ގޮފީގެ ކިޔެވުން ކުރިއަށް ގެންދާނެއެވެ. މިބުރާތުގައި ވަނަތައް ދިނުމަށް ހަމަޖެހިފައިވަ...

ޝިއުނާ އާދަމް
ދިއްދޫ އެންމެ އަލިގަދަ ތަރި، ޝިޢުރާ: ޤުރުއާން ހިތުދަސްކުރުމުގެ އުންމީދުގައި! 📍 ހއ. ދިއްދޫ

ދިއްދޫ އެންމެ އަލިގަދަ ތަރި، ޝިޢުރާ: ޤުރުއާން ހިތުދަސްކުރުމުގެ އުންމީދުގައި!

ހއ. ދިއްދޫގައި މި ރަމަޟާންމަހު ކުރިއަށް ގެންދިޔަ “ދިއްދޫ އެންމެ އަލިގަދަ ތަރި 1443” ޤުރުއާން މުބާރާތުގެ އެއްވަނަ ހޯދި ހއ. ދިއްދޫ، ޝެހެނާވިލާ/ އާމިނަތު ޝިއުރާ އިބްރާހިމަކީ، ކީރިތި ޤުރުއާނުގެ ފަންނުގައި ދިއްދޫއަށް އައު ނަމެއް ނޫނެވެ. ހއ.އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 7 ގައި މިހާރު ތަޢުލީމް ހާސިލް ކުރަމުން އަންނަ ޝިޢުރާއަކީ މަޑުމައިތިރި އެންމެންނާ ވެސް ގުޅޭ އަޚުލާގު ރަނގަޅު ކުއްޖެކެވެ. ޝިޢުރާއަކީ ހއ. ދިއްދޫ ޝެހެނާވިލާ އިބްރާހިމް ރަޝީދުއާއި، އެ ރަށު […]

އިބްރާހިމް ޚަލީލް