މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. ދިއްދޫ (788 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
788 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ދިއްދޫގެ އެންމެ ފަހުގެ ޚަބަރުތައް

788 ޚަބަރުގެ ތެރެއިން
ވަޒީރުންނަށް ރުހުން ދެނީ މާތް މަގުސަދެއްގައި، ރުހުންދޭ ފަދައިން ވަކިވެސް ކުރެވޭނެ: ލަތީފް

ވަޒީރުންނަށް ރުހުން ދެނީ މާތް މަގުސަދެއްގައި، ރުހުންދޭ ފަދައިން ވަކިވެސް ކުރެވޭނެ: ލަތީފް

ވަޒީރުންނަށް ރުހުން ދެނީ މާތް މަގުސަދެއްގައި، ރުހުންދޭ ފަދައިން ވަކިވެސް ކުރެވޭނެކަމަށް ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު (ލަތީބެ) މިއަދު ވިދާޅުވެއްޖެއެވެ. ލަތީފް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ބާއްވާ ޚާއްޞަ ޖަލްސާ ދެވަނަ ޖަލްސާގައި ހަތަރު ވަޒީރަކަށް ރުހުން ދިނުމުގެ މައްސަލާގެ ކޮމެޓީ ރިޕޯޓަށް ބަހުސް ކުރަށްވަމުންނެވެ. މި މައްސަލައިގެ ކޮމެޓީ ރިޕޯޓަށް ބަހުސް ކުރަށްވަމުން ލަތީފް ވިދާޅުވީ، މަޖިލީހުން ވަޒީރުންނަށް ރުހުން ދިނުމަކީ ސަގާފީ ކަމެއް ނޫން ކަމަށާއި...

ޔުމްނާ ޢަލީ
ގޯލްޑަން: ދިއްދޫ، ބާރަށް، ކެލާ މޮޅުވިއިރު ވަށަފަރާއި އުތީމް އެއްވަރު 📍 ހއ. ކެލާ

ގޯލްޑަން: ދިއްދޫ، ބާރަށް، ކެލާ މޮޅުވިއިރު ވަށަފަރާއި އުތީމް އެއްވަރު

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތްކަމަށްވާ “ގޯލްޑަން ފުޓްސަލް ޗެލެންޖު 2025” ގެ ކުޅުން ރޭ ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުތަކުގައި ފަށާފައިވާއިރު ހއ.އަތޮޅު ބުރުގެ މެޗުތަކުން ދިއްދޫ، ބާރަށް، ކެލާ މޮޅުވިއިރު ވަށަފަރާއި އުތީމް އެއްވަރު ވެއްޖެއެވެ. މި މުބާރާތުގައި ހއ.އަތޮޅުން ވަނީ 10 ޓީމަކުން ބައިވެރިވެފައެވެ. ދެ ގްރޫޕަކަށް ބަހާލައިގެން މުބާރާތް ކުރިއަށްދާއިރު ގްރޫޕް އޭގައި ހިމެނެނީ ހޯރަފުށި، ބާރަށް، މާރަންދޫ ކެލާގެ އިތުރުން ފިއްލަދޫއެވެ. ގްރޫޕް ބީގަގައި ހިމެނެނީ މާރަންދޫ، ދިއްދޫ، […]

އިބްރާހިމް ޚަލީލް
ދިއްދޫ ބާރަލާ ކަޕް ފުޓްބޯޅަ މުބާރާތް މިއަދު ފަށަނީ 📍 ހއ. ދިއްދޫ

ދިއްދޫ ބާރަލާ ކަޕް ފުޓްބޯޅަ މުބާރާތް މިއަދު ފަށަނީ

ހއ.ދިއްދޫ ބާރަލާ ސްޕޯޓްސް ކްލަބުން އިންތިޒާމް ކޮށްގެން އެ ރަށުގެ ކުލަބް ޖަމިއްޔާތަކަށް ބާއްވާ “ބާރަލާ ކަޕް 2024” ފުޓްބޯޅަ މުބާރާތް މިއަދު ފަށާނެއެވެ. މި މުބާރާތުގައި ހަތަރު ޓީމަކުން ވާދަކުރެއެވެ. އެ ޓީމްތަކަކީ ބްލެކް ޒީނޯ، ރިއަލް ޓީ ސްޕޯޓްސް ކްލަބް، ދި ސްޕޯޓްސް އެކަޑަމީގެ އިތުރުން މިޑްލް ސްޕޯޓްސް ކްލަބެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ބައްދަލުކުރާނީ މިޑްލް ސްޕޯޓްސް ކްލަބާއި ރިއަލް ޓީ ސްޕޯޓްސް ކަލްބެވެ. މުބާރާތުގެ ދެވަނަ މެޗުގައި މިރޭ […]

އިބްރާހިމް ޚަލީލް
ގޯލްޑް ކަޕްގައި ދިއްދޫ-މީދޫ ކުޅުނު މެޗު މެޑަމް ސާޖިދާ ޝަރަފްވެރިކޮށްދެއްވައިފި 📍 ހއ. ދިއްދޫ

ގޯލްޑް ކަޕްގައި ދިއްދޫ-މީދޫ ކުޅުނު މެޗު މެޑަމް ސާޖިދާ ޝަރަފްވެރިކޮށްދެއްވައިފި

ޓްބޯޅައިގެ ފޯރި އަލުން ގެނައުމުގެ މުސަދުގައި ނައިންޓީ ޕްލަސްއިން ބާއްވާ ގޯލްޑް ކަޕް މުބާރާތުގައި  ހއ. ދިއްދޫ އާއި ދ. މީދޫ ރޭ ބައްދަލުކުރި މެޗް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ. ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގައި ދިއްދޫ އާއި މީދޫ ބައްދަލުކުރި މެޗު ނިމުނީ 2 – 2 އިން އެއްވަރު ވެގެންނެވެ. ގަލޮޅު ދަނޑުގައި ކުޅުނު މި މެޗުގައި 20 ވަނަ މިނިޓްގައި ދިއްދޫގެ ހުސެއިން ސިފާހު ވަނީ […]

ޔުމްނާ ޢަލީ
ކުޅިވަރުގެ ދާއިރާގެ ތަފާތުކުރުން ނައްތާލުމަށް ހިމަނައި ކުޅިވަރު ގާނޫނަށް އިސްލާހް ހުށަހަޅައިފި

ކުޅިވަރުގެ ދާއިރާގެ ތަފާތުކުރުން ނައްތާލުމަށް ހިމަނައި ކުޅިވަރު ގާނޫނަށް އިސްލާހް ހުށަހަޅައިފި

ކުޅިވަރުގެ ދާއިރާގައި ތަފާތުކުރުން ނައްތާލައި އަންހެނުންނާއި ފިރިހެނުންގެ މެދުގައި ފަރަގު ކުޑަކުރުން ހިމަނައި ވެހިރާއްޖޭގެ ކުޅިވަރު ޤާނޫނުށް އިޞްލާޙު ގެނައުމުގެ ބިލެއް މިއަދު މަޖިލީހަށް ހުށަހަޅައިފިއެވެ. ސަރުކާރުގެ ފަރާތުން މި ބިލު ހުށަހަޅުއްވާފައި ވަނީ ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު (ލަތީބެ) އެވެ. މި ބިލުގައި ދިވެހިރާއްޖޭގެ ކުޅިވަރާބެހޭ ޤާއުމީ މަޖިލީހާއި، މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް ގާއިމުކޮށް ރެގިއުލޭޓްކޮށް، ޤައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއި ފެޑެރޭޝަން...

ޔުމްނާ ޢަލީ
ޕާޓީތަކަށް ފައިސާ ދޭ އުސޫލަށް ބަދަލުގެންނަ ބިލު ފާސްކޮށްފި

ޕާޓީތަކަށް ފައިސާ ދޭ އުސޫލަށް ބަދަލުގެންނަ ބިލު ފާސްކޮށްފި

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާ ދޫކުރާ އުސޫލު އިސްލާޙްކޮށް، ސިޔާސީ ޕާޓީތަކުގެ ޤާނޫނާއި ޚިލާފްވާނަމަ ޖޫރިމަނާ ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ، ސިޔާސީ ޕާޓީގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު މިއަދު މަޖިލީހުގެ ތަޅުމުން ފާސްކޮށްފިއެވެ. ސަރުކާރުގެ ފަރާތުން ސިޔާސީ ޕާޓީގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުު މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު (ލަތީބެ) އެވެ. މި ބިލު ފާސްކޮށްފައިވަނީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެ...

ޔުމްނާ ޢަލީ
ހއ.ދިއްދޫ ސޮލާހް، ފަތުރުވެރިކަމުގެ މައި ކުންފުންޏެއްގެ ފުރަތަމަ ދިވެހި ސީއީއޯ 📍 ހއ. ދިއްދޫ

ހއ.ދިއްދޫ ސޮލާހް، ފަތުރުވެރިކަމުގެ މައި ކުންފުންޏެއްގެ ފުރަތަމަ ދިވެހި ސީއީއޯ

ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް ތިލަދުންމަތީ އުތުރުބުރީ ދިއްދޫ، މުހަންމަދު ސޮލާހު ހަމަޖައްސައިފިއެވެ. މިއީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ފަތުރުވެރިކަމުގެ ވިޔަފާރި ކުރަމުން އަންނަ މައި ކުންފުންޏެއްގެ ސީއީއޯގެ މަގާމަށް ދިވެއްސަކު ހަމަޖެއްސި ފުރަތަމަ ފަހަރެވެ. ސޮލާހް ފަތުރުވެރިކަމުގެ ދާއިރާއާއި ގުޅިވަޑައިގަތީ އުމުރުން އެންމެ 21 އަހަރުގައި، މީގެ ވިހި އަހަރު ކުރިންނެވެ. ފާއިތުވި މުއްދަތުގައި އޭނާ ވަނީ ފަތުރުވެރިކަމުގެ ދާއިރާގެ އެކި ފަންތީގެ ވަޒީފާތައ...

އިބްރާހިމް ޚަލީލް
ޕާޓީއަށް ލިބޭ ފައިސާ ބަހަމުން އައީ ވެރިމީހާ ބޭނުންވާ ގޮތަށް، އައު އިސްލާޙުން އެކަން ހައްލުވާނެ: ލަތީފް

ޕާޓީއަށް ލިބޭ ފައިސާ ބަހަމުން އައީ ވެރިމީހާ ބޭނުންވާ ގޮތަށް، އައު އިސްލާޙުން އެކަން ހައްލުވާނެ: ލަތީފް

ސިޔާސީ ޕާޓީތަކަށް ލިބޭ ފައިސާ މިއަދާއި ހަމައަށް ބޭނުން ކުރަމުން އައީ ޕާޓީގެ އިސް މީހާ ބޭނުންވާހާ ގޮތަކަށް ކަމަށާއި، ސަރުކާރުގެ ފަރާތުން އޭނާ ހުށަހަޅުއްވާފައިވާ ސިޔާސީ ޕާޓީގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ސަބަބުން އެކަން ހައްލުވާނެކަމަށް ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު (ލަތީބެ) މިއަދު ވިދާޅުވެއްޖެއެވެ. މި ބިލު މިއަދު މަޖިލީހުގެ ތަޅުމަށް މިއަދު ހުށަހަޅުއްވަމުން ލަތީފް ވިދާޅުވީ، މި ބިލު ހުށަހެޅުއްވީ ފޮނި އުންމީދެއްގައި އިސްލާޙީ ބަދަލުތަކެއް ގެންނައުމުގެ ބޭނުމުގައި ކަމަށެވެ....

ޔުމްނާ ޢަލީ
ޕާޓީތަކަށް ފައިސާ ދޭ އުސޫލު އިސްލާހްކޮށް ޤާނޫނާއި ޚިލާފްވާނަމަ ޖޫރިމަނާ

ޕާޓީތަކަށް ފައިސާ ދޭ އުސޫލު އިސްލާހްކޮށް ޤާނޫނާއި ޚިލާފްވާނަމަ ޖޫރިމަނާ

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާ ދޫކުރާ އުސޫލު އިސްލާޙްކޮށް، ސިޔާސީ ޕާޓީތަކުގެ ޤާނޫނާއި ޚިލާފްވާނަމަ ޖޫރިމަނާ ކުރަން ރައްޔިތުންގެ މަޖިލީހެއް އިސްލާޙްގެ ބިލެއް ހުށަހަޅައިފިއެވެ. މި އިސްލާޙް ހިމަނައި ސަރުކާރުގެ ފަރާތުން ސިޔާސީ ޕާޓީގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުު މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު (ލަތީބެ) އެވެ. މި ބިލުގައި ބުނެފައިވާ ގޮތުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާ […]

ޔުމްނާ ޢަލީ
ރަންތާޖު ޤުރުއާން މުބާރާތް: މުޅިމުބާރާތުން އެއްވަނަ އިހަވަންދޫ ނަސްރަތު އަށް، އެންމެ މޮޅު ރަށަކަށް ދިއްދޫ 📍 ހއ. އިހަވަންދޫ

ރަންތާޖު ޤުރުއާން މުބާރާތް: މުޅިމުބާރާތުން އެއްވަނަ އިހަވަންދޫ ނަސްރަތު އަށް، އެންމެ މޮޅު ރަށަކަށް ދިއްދޫ

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ “ތިލައުތުރު ރަންތާޖު ޤުރުއާން މުބާރާތް 2024” ގެ އެންމެ މޮޅު ދަރިވަރަކަށް އިހަވަންދޫ އާމިނަތު ނަސްރަތު ހޮވުނުއިރު އެންމެ މޮޅު ރަށަކަށް ދިއްދޫ ހޮވިއްޖެއެވެ. އެ އަތޮޅުގެ 13 ރަށަކުން 134 ދަރިވަރުން ބައިވެރިވި މި މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 24 ވަނަ ދުވަހުން ފެށިގެން 26 ވަނަ ދުވަހުގެ ނިޔަލަށް އުތީމުގައެވެ. މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު […]

އިބްރާހިމް ޚަލީލް
ދިފައުންޑޭޝަނުން ހއ.އަތޮޅު ތައުލީމީ މަރުކަޒުގައި ޒަމާނީ އައުޓްޑޯ ޕްލޭ ގްރައުންޑެއް ހަދަނީ 📍 ހއ. ދިއްދޫ

ދިފައުންޑޭޝަނުން ހއ.އަތޮޅު ތައުލީމީ މަރުކަޒުގައި ޒަމާނީ އައުޓްޑޯ ޕްލޭ ގްރައުންޑެއް ހަދަނީ

ހއ.ދިއްދޫ، ދިފައުންޑޭޝަނުން އިސްނަގައިގެން ހއ.އަތޮޅު ތައުލީމީ މަރުކަޒުގައި ޒަމާނީ އައުޓްޑޯ ޕްލޭ ގްރައުންޑެއް ހެދުމުގެ މަސައްކަތް ފަށައިފިއެވެ. ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދަން ނިންމާފައިވާ މި މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ބިންގާ މިދިޔަ ބުރާސްފަތި ދުވަހު އަޅާފައި ވަނީ އެ ސްކޫލުގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ޕްރޮޖެކްޓާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ދެމުން ދިފައުންޑޭޝަންގެ ސެކްރެޓަރީ ޖެނެރަލް ނަޝްވާން އިބްރާހީމް ބުނީ އެ ސްކޫލުގެ ޕްލޭ ގްރައުންޑްގެ ގ...

އިބްރާހިމް ޚަލީލް
ދިއްދޫ ބަނދަރުގެ 87 ޕަސެންޓް މަސައްކަތް ނިމިއްޖެ 📍 ހއ. ދިއްދޫ

ދިއްދޫ ބަނދަރުގެ 87 ޕަސެންޓް މަސައްކަތް ނިމިއްޖެ

ހއ. ދިއްދޫ ބަނދަރު ތަރައްގީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ 87 ޕަސެންޓް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެމްޓީސީސީން މިއަދު ބުނީ ދިއްދޫ ބަނދަރު ތަރައްޤީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ 87 ޕަސެންޓް ނިމިފައިވާ ކަމަށެވެ. ”މި މަޝްރޫޢުގެ ދަށުން، މިހާރު ކުރިއަށްދަނީ ބޭރުތޮށީގެ ޕްރޮފައިލިންގ މަސައްކަތާއި ރިވެޓްމެންޓްގެ ޕްރޮފައިލިންގ މަސައްކަތްތައް” އެމްޓީސީސީން ބުނެފަވެއެވެ. ހއ. ދިއްދޫ ބަނދަރު ތަރައްޤީ ކ...

ޔުމްނާ ޢަލީ
ދިއްދޫ ޖޫނިއަރ ކޮލެޖްގެ މަސައްކަތް ނިންމާ އަންނަ އަހަރު ކިޔަވައިދޭން ފަށަނީ 📍 ހއ. ދިއްދޫ

ދިއްދޫ ޖޫނިއަރ ކޮލެޖްގެ މަސައްކަތް ނިންމާ އަންނަ އަހަރު ކިޔަވައިދޭން ފަށަނީ

ތިލަދުންމަތީ އުތުރުބުރީ ދިއްދޫގައި އަމަލީ މަސައްކަތް ފަށައިގެން ނިމުމަކާއި ގާތަށް ގޮސްފައިވާ ޖޫނިއަރ ކޮލެޖްގެ މަސައްކަތް ނިމި އަންނަ އަހަރު ކިޔަވައި ދޭން ފެށުމަކީ އުންމީދެއް ކަމުގައި މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީ ކުރުމާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. އެ ވުޒާރާއިން ބުނީ ދިއްދޫ ޖޫނިއަރ ކޮލެޖްގެ އިތުރުން ނ.ވެލިދޫގައި ގާއިމްކުރާ ޖޫނިއަރ ކޮލެޖް ވެސް ނިންމައި އަންނަ އަހަރު ކިޔަވައިދޭން ފެށުމަކީ އުންމީދެއް ކަމަށެވެ. އެމްޓީސީސީއާއި ހަވާލުކޮށްގެން މި ދެމަސައްކަތް ކުރިއަށް...

އިބްރާހިމް ޚަލީލް
70 ބައިވެރިންނާއި އެކު ތިލައުތުރު ލާމަރުކަޒީ މަހާސިންތާ ދިއްދޫގައި ފަށައިފި

70 ބައިވެރިންނާއި އެކު ތިލައުތުރު ލާމަރުކަޒީ މަހާސިންތާ ދިއްދޫގައި ފަށައިފި

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅު ރަށްތަކަށް ބާއްވާ “ތިލައުތުރު ލާމަރުކަޒީ މަހާސިންތާ” ފަށައިފިއެވެ. މި މަހާސިންތާއަކީ މި މަހުގެ 29 ވަނަ ދުވަހުން 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މަހާސިންތާއެކެވެ. މި މަހާސިންތާ މިއަދު އަތޮޅު ކައުންސިލް ސްޓޭޓް ހައުސް ކޮންފަރެންސް ހޯލުގައި ވަނީ ފަށާފައެވެ. މި މަހާސިންތާގައި ޖުމްލަ 70 ފަރާތަކުން ބައިވެރިވެއެވެ. މި މަހާސިންތާ ބޭއްވުމުގެ މައިގަނޑު  މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ އިދާރީގޮތުންނާއި މާލީގޮތުން ހއ.އަތޮޅުގ...

އިބްރާހިމް ޚަލީލް
ދިއްދުއާއި އިހަވަންދޫ ހިމެނޭހެން 5 ރަށެއްގައި އައިސްޕްލާންޓް ބަހައްޓައިދޭނެ ބަޔަކު ހޯދަނީ 📍 ހއ. ދިއްދޫ

ދިއްދުއާއި އިހަވަންދޫ ހިމެނޭހެން 5 ރަށެއްގައި އައިސްޕްލާންޓް ބަހައްޓައިދޭނެ ބަޔަކު ހޯދަނީ

ހއ.ދިއްދުއާއި އެ އަތޮޅު އިހަވަންދޫ ހިމެނޭހެން ފަސްރަށެއްގައި އައިސްޕްލާންޓް ބެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާން ކޮށްފިއެވެ. މި ޕްރޮޖެކްޓްގެ ދަށުން 50 ޓަނުގެ އައިސްޕްލާންޓް ބަހައްޓާ އަނެއް ތިން ރަށަކީ ށ.ކޮމަންޑޫ، ގދ.ރަތަފަންދޫގެ އިތުރުން އއ.ރަސްދޫ އެވެ. މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ އެދިލެއްވުމުގެ މަތިން، މިނިސްޓްރީ އޮފް ފިނޭންސުން މިވަނީ މި މަސައްކަތަށް ބީލަން ހުށަހެޅުމަށް ހުޅުވާލާފައެވެ. މިއީ ދިވެހި ސަރުކާރުން ސައުދީ ފަންޑް ފޯ ޑި...

އިބްރާހިމް ޚަލީލް