މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. ދިއްދޫ (788 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
788 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ދިއްދޫގެ އެންމެ ފަހުގެ ޚަބަރުތައް

788 ޚަބަރުގެ ތެރެއިން
ދިއްދޫ އާއި ފުނަދޫ ހިމެނޭހެން 15 ރަށެއްގައި ޕަބްލިކް ވޯކްސް ޔުނިޓް ޤާއިމްކުރަނީ 📍 ހއ. ދިއްދޫ

ދިއްދޫ އާއި ފުނަދޫ ހިމެނޭހެން 15 ރަށެއްގައި ޕަބްލިކް ވޯކްސް ޔުނިޓް ޤާއިމްކުރަނީ

ހއ. އަތޮޅުގެ ވެރިރަށް ދިއްދޫ އާއި ށ. އަތޮޅުގެ ވެރިރަށް ފުނަދޫ ހިމެނޭހެން ފަބްލިކް ވާރކްސް ގެ ޚިދުމަތް ކުރިން ނުދޭ 15 އަތޮޅެއްގައި 15 ރަށެއްގައި ޔުނިޓްތައް ޤާއިމްކުރުމަށް ސަރުކާރުން ނިންމައިފިއެވެ. އެގޮތުން މި މަސައްކަތަކީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕަބްލިކް ވާރކްސް ޚިދުމަތްތައް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމާފައިވާ ނިންމުމުގެ ދަށުން ކުރިއަށް ގެންދެވޭ މަސައްކަތެކެވެ. ލޯކަލް ގަވަމަންޓް މިނިސްޓަރ އާދަމް ޝަރީފް އުމަރު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަ...

އައިޝަތު އައިނީ އާމިރު
ނަޝީދާއި ޔާމީންގެ ވެރިކަމުގައި ކޯޓުތަކަށް ނުފޫޒު ފޯރުވި، މުޢިއްޒު އެކަން ނިމުމަކަށް ގެނެސްދެއްވި: ލަތީފް

ނަޝީދާއި ޔާމީންގެ ވެރިކަމުގައި ކޯޓުތަކަށް ނުފޫޒު ފޯރުވި، މުޢިއްޒު އެކަން ނިމުމަކަށް ގެނެސްދެއްވި: ލަތީފް

ރައީސް މުޙައްމަދު ނަޝީދާއި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން ދިވެހިރާއްޖޭގެ ކޯޓުތަކަށް ނުފޫޒު ފޯރުވާފައިވާ ކަމަށާއި، ނަމަވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެކަން ނިމުމަކަށް ގެނެސްދެއްވާފައިވާ ކަމަށް ދިއްދޫ ދާއިރާގެ ޕީއެންސީ މެމްބަރު އަބުދުއްލަތީފް މުހައްމަދު (ލަތީބެ) މިއަދު ވިދާޅުވެއްޖެއެވެ. ލަތީފް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާޙުގެ ބިލަށް ބަހުސް ކުރެއްވުމުގެ ތެރެއިންނ...

ޔުމްނާ ޢަލީ
މަސްތުވާތަކެއްޗާއެކު ދިއްދޫއިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު ދިއްދޫއިން މީހަކު ހައްޔަރުކޮށްފި

ދިވެހި ފުލުޚުންގެ ހިދުމަތުން ހއ. ދިއްދޫގައި މަސްތުވާ ތަކެއްޗާއި ދެކޮޅަށް ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މައުލޫމާތު ދެއްވާފައިވާގޮތުގައި 3 ޖުލައި 2025 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ލިލީމާގެ/ ހއ. ދިއްދޫ، އިރުފާޙު ޝަފީޢު (25އ) އެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ ކައުންޓަރ-ނާކޮޓިކްސް އިންޓެލިޖެންސް، އަޕަރ ނޯތް ޑްރަގް އޮޕަރޭޝަން އަދި ހއ. ދިއްދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި މި ހާއްސަ އޮޕަރ...

އައިޝަތު އައިނީ އާމިރު
ދިއްދޫގައި ފުޓްސަލް ދަނޑެއް އަޅަން ހަވާލުކޮށްފި

ދިއްދޫގައި ފުޓްސަލް ދަނޑެއް އަޅަން ހަވާލުކޮށްފި

ހއ. ދިއްދޫގައި ޤާއިމްކުރާ ފުޓްސަލް ދަނޑު ތަރައްޤީކުރުމުގެ މަސައްކަތް އަމިއްލަ ކުންފުންޏަކާއި ހަވާލުކޮށްފިއެވެ. އެގޮތުން މި މަޝްރޫޢު ހިންގުމަށްޓަކައި ދިއްދޫ ކައުންސިލާއި މަސައްކަތް ހަވާލުކުރެވުނު ކުންފުނި ކަމަށްވާ ޓެކް ކުންފުންޏާއި ދެމެދު ވަނީ މި ހަފްތާ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި މަޝްރޫޢުގެ ދަށުން ދިއްދޫގައި ފުޓްސަލް ދަނޑު އެޅުމަށް ހަމަޖެހިފައިވަނީ އެ ރަށު ބިން ހިއްކާފައިވާ ސަރަހްއްދުގައެވެ. އެގޮތުން އެ ސަރަހައްދު ބަލައި ކަންކަން ދިރާސާކުރުމަށްޓަކައި ޓެކް ކުންފުނީގެ ފަރާތަކާއި ކައުންސި...

އައިޝަތު އައިނީ އާމިރު
ދިއްދޫ އިސްލާމީ މަރުކަޒުގެ އިތުރުން 12 ރަށެއްގެ މިސްކިތް މި އަހަރު ހުޅުވަނީ 📍 ހއ. ދިއްދޫ

ދިއްދޫ އިސްލާމީ މަރުކަޒުގެ އިތުރުން 12 ރަށެއްގެ މިސްކިތް މި އަހަރު ހުޅުވަނީ

ހއ.ދިއްދޫ އިސްލާމީ މަރުކަޒު ހިމެނޭހެން ޤުރުއާނާބެހޭ މަރުކަޒަކާއި 12 މިސްކިތެއް މި އަހަރު ހުޅުވޭނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ. ވަޒީރު ޝަހީމް މިއަދު މީޑިއާތަކަށް ފޮނުއްވި މެސެޖެއް މެދުވެރިކޮށް މި 2025 ވަނަ އަހަރު ހުޅުވޭނެކަމަށް ލަފާކުރެވޭ އިސްލާމީ މަރުކަޒަކާއި، ޤުރުއާނާބެހޭ މަރުކަޒަކާއި 12 ރަށެއްގައި އަޅާ މިސްކިތްތަކުގެ ތަފްސީލް ވަނީ ދެއްވާފައެވެ. މިގޮތުން މިއަހަރު ހުޅުވޭނެކަމަށް ޝަހީމް ވިދާޅުވެފައިވާ އިސްލާމީ މަރުކަޒަކ...

ޔުމްނާ ޢަލީ
ދިއްދޫ ކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި 📍 ހއ. ދިއްދޫ

ދިއްދޫ ކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

ހއ. ދިއްދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “ދިއްދޫ ކަޕް 8 ވަނަ ފުޓްބޯޅަ މުބާރާތް” ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ދިއްދޫ ކައުންސިލުން ބުނެފައިވާ ގޮތުގައި، މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ނިންމާފައިވަނީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އެމްޕަވަމެންޓުގައި ރަޖިސްޓަރީ ކޮށްފައިވާ ދިއްދޫއަށް ނިސްބަތްވާ ކުލަބް ޖަމިއްޔާތަކަށެވެ. މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ދިއްދޫގެ ކުލަބް ޖަމިއްޔާތަކުގެ މެދުގައި ގުޅުން ބަދަހިކުރުމާއި ދިއްދޫގެ ޒުވާނު...

އައިޝަތު އައިނީ އާމިރު
ކްލީން މޯލްޑިވްސް އާއި ދިރާގު ގުޅިގެން ދިއްދޫގައި 2000 ގަސް އިންދައިފި 📍 ހއ. ދިއްދޫ

ކްލީން މޯލްޑިވްސް އާއި ދިރާގު ގުޅިގެން ދިއްދޫގައި 2000 ގަސް އިންދައިފި

ކްލީން މޯލްޑިވްސް އާއި ދިރާގުން ގުޅިގެން”ދިރާގު ގޯ ގްރީން 2025″ގެ ޚާއްސަ ހަރަކާތްތަކުގެ ތެރެއިން ހއ. ދިއްދޫގައި 2000 ގަސް އިން އިންދައިފިއެވެ. ތިމާވެށީގެ ދުވަހާ ގުޅުވައިގެން މި މަހުގެ ދެވަނަ ދުވަހުން ހަތަރަކަށް ކުރިޔަށް ގެންދިޔަ މި ހަރަކާތަކީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމުގެ އިތުރުން، އެފަދަ ކަންކަމުގައި މުޖުތަމައުގެ ބައިވެރިވުން އިތުރު ކުރުމެވެ. މި ހަރަކާތަކީ ދިއްދޫ ކައުންސިލާއި، ދިއްދޫ ކުރިމަގު ޖަމިއްޔާއާއި އަދި ސްކޫލް ކުދިންގެ އިތުރުން، އާންމުންގެ ގިނަ ފަރާތްތަކެއްގެ އެއްބާރުލުމާއެކު ކު...

އަޙްމަދު ވަހީދު
އީދު ހަދިޔާއެއްގެ ގޮތުން ދި-ފައުންޑޭޝަނުން ދިއްދޫގައި ތެރަޕީގެ ހިދުމަތް ފަށަނީ 📍 ހއ. ދިއްދޫ

އީދު ހަދިޔާއެއްގެ ގޮތުން ދި-ފައުންޑޭޝަނުން ދިއްދޫގައި ތެރަޕީގެ ހިދުމަތް ފަށަނީ

އީދު ހަދިޔާއެއްގެ ގޮތުން، ހއ.ދިއްދޫ ދި-ފައުންޑޭޝަނުން އެ ރަށުގައި ދާއިމީ ގޮތެއްގައި ތެރަޕީގެ ހިދުމަތް ފެށުމަށް ތައްޔާރުވާން ފަށައިފިއެވެ. ހއ.އަތޮޅުގައި މިވަގުތު އެއްވެސް ތެރަޕީއެއްގެ ހިދުމަތް ލިބެމުން ނުދެއެވެ. ވުމާއިއެކު އެ އަތޮޅުގައި ތިބި ތެރަޕީގެ ހިދުމަތް ބޭނުންވާ ފަރާތްތަކުން، އެ ފަރުވާ ހޯދުމަށް ދާންޖެހެނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށެވެ. ނުވަތަ މާލެއަށެވެ. މިއީ ހަރަދު ބޮޑު އަދި އެކަމުގައި ބޮޑު ތަކުލީފު ހިމެނޭ ދަތުރަކަށްވާތީ، ދި-ފައުންޑޭޝަނުން އަމާޒު ހިފާފައި ވަނީ ދިއްދޫގައި ތެރަޕީގެ ހި...

އިބްރާހިމް ޚަލީލް
ތިލައުތުރު ވޮލީ: މައްސަލަ ހައްލުކޮށް ބާކީ މެޗުތައް މިއަދު ފަށަނީ 📍 ހއ. ދިއްދޫ

ތިލައުތުރު ވޮލީ: މައްސަލަ ހައްލުކޮށް ބާކީ މެޗުތައް މިއަދު ފަށަނީ

ހއ.ހޯރަފުށީގައި މިހާރު ކުރިއަށްދާ “ތިލައުތުރު ވޮލީ މުބާރާތް 2025” ގައި ދިމާވި މައްސަލައަކާއި ގުޅިގެން މެދުކަނޑާލުމަށް ފަހު މައްސަލަ ހައްލުކޮށް، މުބާރާތުގެ ބާކީބައިގެ ކުޅުން މިއަދު ފަށަން ނިންމައިފިއެވެ. ހއ.އަތޮޅުގެ ކަނބަލުންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތް މި އަހަރު ކުރިއަށް ދަނީ ހޯރަފުށީގައެވެ. މި އަހަރު މުބާރާތުގައި ވާދަކުރަނީ ފަސް ޓީމެކެވެ. އެއީ ހޯރަފުށި، މުރައިދޫ، ދިއްދޫ، މޮޅަދޫ އަދި އިހަވަންދޫއެވެ. މުބާރާތް ފަށާފައިވަނީ މި މަހު 23 ވަނަ ދުވަހުއެވެ. މިމުބާރާތުގައި މައްސަލަ ދިމާވީ […]

އިބްރާހިމް ޚަލީލް
ދިއްދޫ ދި-ފައުންޑޭޝަނުން ބާއްވާ ބޭސިކް ފޮޓޯގްރަފީ ވޯކްޝޮޕް ފެށިގެން ކުރިއަށް 📍 ހއ. ދިއްދޫ

ދިއްދޫ ދި-ފައުންޑޭޝަނުން ބާއްވާ ބޭސިކް ފޮޓޯގްރަފީ ވޯކްޝޮޕް ފެށިގެން ކުރިއަށް

ހއ.ދިއްދޫ، ދި-ފައުންޑޭޝަންއިން އެރަށުގައި ބާއްވާ ބޭސިކް ފޮޓޯގްރަފީ ވޯކްޝޮޕް ފަށައިފިއެވެ. މި ވޯކްޝޮޕަކީ ދި-ފައުންޑޭޝަންގެ ފަރާތުން އެ ރަށުގެ ސްކޫލްގެ ގްރޭޑް ހަތަކުން މަތީގެ ދަރިވަރުންނަށް އަމާޒުކޮށްގެން ބާއްވާ ވޯކްޝޮޕެކެވެ. މި ވޯކްޝޮޕްގައި ވަނީ 18 ދަރިވަރަކު ބައިވެރިވެފައެވެ. މި މަހުގެ 22 އިން 24 އަށް ކުރިއަށް ގެންދާ މި ވޯކްޝޮޕްގެ ސެޝަންތައް ކުރިއަށް ގެންދަނީ ދިއްދޫ ކޮމިއުނިޓީ ސެންޓަރުގައެވެ. މި ވޯކްޝޮޕްގައި ކިޔަވައިދެނީ ފޮޓޯގްރަފީގެ ދާއިރާގައި ތަޖުރިބާކާރެއް ކަމަށްވާ އިބްރާހީމް ނަސޫހްއެވެ. އޭނާ...

އިބްރާހިމް ޚަލީލް
ދިއްދޫގައި އައުޓްޑޯ ދެ ޖިމު ތަރައްގީކުރުމަށް ބިން ސާފުކޮށް މަސައްކަތްފަށަން ތައްޔާރުވެއްޖެ 📍 ހއ. ދިއްދޫ

ދިއްދޫގައި އައުޓްޑޯ ދެ ޖިމު ތަރައްގީކުރުމަށް ބިން ސާފުކޮށް މަސައްކަތްފަށަން ތައްޔާރުވެއްޖެ

ހއ. ދިއްދޫގައި އައުޓްޑޯ ދެ ޖިމުގެ އަމަލީ މަސައްކަތްތައް ފެށުމަށް ތައްޔާރުވެފައިވާކަމަށް ދިއްދޫ ކައުންސިލުގެ ރައީސް އަބްދުالله ރަޝީދު ވިދާޅުވެއްޖެއެވެ. ދިއްދޫ ކައުންސިލުގެ ރައީސް އަބްދުالله ރަޝީދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިގޮތުގައި އެރަށުގައި ޤާއިމްކުރެވޭ ޖިމްތަކަށް ބޭނުންވާނެ ވަޞީލަތްތައް ޤާއިމްކޮށްދިނުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އެގޮތުން ރައްޔިތުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް މަގުފަހިކޮށްދިނުމަށް އަޅާ މި ދެ ޖިމްގެ ތެރެއިން އެއް ޖިމަކީ ކައުންސިލާއި ގުޅިގެން ސަރުކާރުން...

އައިޝަތު އައިނީ އާމިރު
ދިއްދޫ ކައުންސިލުން ވިލާ ކޮލެޖާއި ގުޅިގެން ނާސިންގ ކޯސްތަކެއް ހިންގަނީ 📍 ހއ. ދިއްދޫ

ދިއްދޫ ކައުންސިލުން ވިލާ ކޮލެޖާއި ގުޅިގެން ނާސިންގ ކޯސްތަކެއް ހިންގަނީ

ހއ. ދިއްދޫގައި އެރަށު ކައުންސިލުން ވިލާ ކޮލެޖާއި ގުޅިގެން ނާރސިން ކޯސް ފެށުމަށް ތައްޔާރުވެއްޖެއެވެ. އެގޮތުން ދިއްދޫގައި މި ޕްރޮގަރާމް ތައާރަފްކުރުމަށް ދިއްދޫ ކައުންސިލާއި ވިލާ ކޮލެޖުން ވަނީ ދެ ފަރާތުގެ ދެމެދުގައި އެމް.އޯ.ޔޫ އެއްގައި ސޮއިކޮށްފައެވެ. ޕްރޮގްރާމު ދިއްދޫގައި ތައާރަފް ކުރުމާއި ގުޅޭގޮތުން ދިއްދޫ ކައުންސިލުގެ ރައީސް އަބްދުالله ރަޝީދު ވިދާޅުވެފައިވަނީ، ޒުވާނުންނާއި އެކި އުމުރުފުރާގެ ބޭފުޅުން ޝާމިލުވާގޮތަށް އެންމެ ގިނަ ކޯސް ހިންގާ ކައުންސިލަކީ ދިއްދޫ ކައުންސިލުކަމަށެވެ. އަދި މިވަގުތުވެސް...

އައިޝަތު އައިނީ އާމިރު
ދިފައުންޑޭޝަނުން ހއ.އަތޮޅު ތައުލީމީ މަރުކަޒުގެ އެލްކޭޖީ/ޔޫކޭޖީ ކްލާސްތައް އޭސީކޮށްދީފި 📍 ހއ. ދިއްދޫ

ދިފައުންޑޭޝަނުން ހއ.އަތޮޅު ތައުލީމީ މަރުކަޒުގެ އެލްކޭޖީ/ޔޫކޭޖީ ކްލާސްތައް އޭސީކޮށްދީފި

ތިލަދުންމަތީ އުތުރުބުރީ ދިއްދޫ، ދި-ފައުންޑޭޝަން އިން އިސްނަގައިގެން އެ ރަށުގައި ހުންނަ ހއ.އަތޮޅު ތައުލީމީ މަރުކަޒުގެ އެލްކޭޖީ އަދި ޔޫކޭޖީ ދަރިވަރުން ކިޔަވަމުން އަންނަ ކްލާސް ރޫމްތައް އޭސީކޮށްދީފިއެވެ. މި ޕްރޮޖެކްޓްގެ ދަށުން ހަތަރު ކްލާސް ރޫމުގައި އޭސީ ހަރުކޮށްފައިވާއިރު އެ ކޮންމެ ކްލާސް ރޫމެއްގައި ވަނީ ދެ އޭސީ ހަރުކޮށްފައެވެ. ދިފައުންޑޭޝަން އިން ބުނީ މި ޕްރޮޖެކްޓްގެ ސަބަބުން ކުދިންނަށް ފަސޭހައިން ކިޔެވޭނެ ފަދަ ފިނި ހިތްފަސޭހަ މާހައުލެއް ގާއިމްވެގެން ގޮސްފައިވާ ކަމަށެވެ. މި ޕްރޮޖެކްޓް […]

އިބްރާހިމް ޚަލީލް
އިތުރު ދެ އެވޯޑާއެކު ޕީއެސްއެމްގެ އަހަރުގެ އެންމެ މޮޅު މުވައްޒަފަކަށް މުޢާޛު 📍 ހއ. ދިއްދޫ

އިތުރު ދެ އެވޯޑާއެކު ޕީއެސްއެމްގެ އަހަރުގެ އެންމެ މޮޅު މުވައްޒަފަކަށް މުޢާޛު

ދައުލަތުގެ މީޑިއާ، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް)ގެ ޚަބަރު ޗެނަލް، ޕީއެސްއެމް ނިއުސްގެ އަހަރުގެ އެންމެ މޮޅު މުވައްޒަފަކަށް ސީނިއަރ ނިއުސް އެޑިޓަރ ޢަބްދުﷲ މުޢާޛު ހޮވިއްޖެއެވެ. ޕީއެސްއެމްގެ އަހަރީ އެވޯޑު ޙަފްލާ ރޭ ބާއްވާފައިވާއިރު، ހއ. ދިއްދޫ އަށް ނިސްބަތްވާ މުޢާޛު އަށް ވަނީ އެންމެ މޮޅު މުވައްޒަފުގެ އެވޯޑްގެ އިތުރުން، ބެސްޓް ނިއުސް ޕްރެޒެންޓަރގެ އެވޯޑާއި އަދި ބެސްޓް އެޑިޓަރގެ އެވޯޑު ވެސް ލިބިފައެވެ. މުޢާޛު ވަނީ ޕީއެސްއެމް ނިއުސްގެ ބެސްޓް އެންކަރ އަދި ޕްރެޒެންޓަރ […]

ޙުސައިން ޝަހުދީ
ހުސްގޮނޑިއާއި ޔާމީނަކާއި ގުޅުމެއްނެތް: ލަތީފް

ހުސްގޮނޑިއާއި ޔާމީނަކާއި ގުޅުމެއްނެތް: ލަތީފް

މިދިޔަ ރިޔާސީ އިންތިޚާބުގެ ތެރޭގައި ޕީއެންސީ/ޕީއެމްއެމް އިން ބޭއްވި ސިޔާސީ ހަރަކާތްތަކުގައި ބޭންދި ހުސްގޮނޑިއާއި ކުރީގެ ރައީސް އަބުﷲ ޔާމީން އަބުދުލްޤައްޔޫމާއި އެއްވެސް ގުޅުމެއްނެތްކަމަށް ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު (ލަތީބެ) މިއަދު ވިދާޅުވެއްޖެއެވެ. ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ލަތީފް ވިދާޅުވީ މި ވެރިކަން ލިބުނީ ”ހުސް ގޮނޑިއެއް” ދައްކައިގެންކަމަށް ބަޔަކު ވާހަކަ ދައްކާތީ އެކަން ސާފުކޮށްދެއްވަން ބޭނ...

ޔުމްނާ ޢަލީ