📍 ހއ. ފިއްލަދޫ
"ސޭވް ދައްޕަރު" ޕެޓިޝަން ރައީސް އޮފީހަށާއި، މަޖިލިސްއަށް ހުށަހަޅައިފި
ހއ. ފިއްލަދޫގެ އިޚްތިޞާޞްގެ ދަށުން ހއ. ދައްޕަރު ވަކިކޮށްފައިވާ މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް ފިއްލަދޫ ރައްޔިތުންގެ ފަރާތުން ތައްޔާރުކުރި “ސޭވް ދައްޕަރު” ޕެޓިޝަން ރައީސް އޮފީހަށާއި، މަޖިލިސްއަށް މިއަދު ހުށަހަޅައިފި އެވެ. މި ޕެޓިޝަންގައި ފިއްލަދޫގެ 467 ރައްޔިތަކު ސޮއިކޮށްފަވެއެވެ. މި ޕެޓިޝަން އަކީ ފިއްލަދޫ ކައުންސިލްގެ އިހްތިސާސްގެ ދަށުން އެރަށާއި ގުޅިފައިވާ ދައްޕަރު ވަކިކުރުމާއި ގުޅިގެން އެ ނިންމުން ބާތިލުކޮށް އަލުން ދައްޕަރު ފިއްލަދޫ ކައުންސިލްގެ އިހްތިސާސްގެ ދަށަށް ގެނައުމަށް އެދި ހުށަހަޅާ...