މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. ފިއްލަދޫ (138 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
138 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ފިއްލަދޫގެ އެންމެ ފަހުގެ ޚަބަރުތައް

138 ޚަބަރުގެ ތެރެއިން
ފިޝަރީޒް މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމަށް މުޙައްމަދު ނަޡްމީ 📍 ހއ. ފިއްލަދޫ

ފިޝަރީޒް މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމަށް މުޙައްމަދު ނަޡްމީ

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމަށް މުޙައްމަދު ނަޡްމީ އައްޔަން ކުރައްވައިފި އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިމަގާމަށް މުޙައްމަދު ނަޡްމީ އައްޔަން ކޮށްފައިވަނީ މިއަދު އެވެ. މިމަގާމަށް މުޙައްމަދު ނަޡްމީ އައްޔަން ކޮށްފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ މާއްދާގެ (ޅ) އިން ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ވާޖިބު އަދާކުރެއްވުމަށްޓަކައި މަގާމުތަކަށް މީހުން ޢައްޔަންކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑ...

އިބްރާހިމް އަސްވާޤް
ފިއްލަދޫ ކައުންސިލުން ގެސްޓްހައުސް އެޅުމަށް ނިންމައިފި 📍 ހއ. ފިއްލަދޫ

ފިއްލަދޫ ކައުންސިލުން ގެސްޓްހައުސް އެޅުމަށް ނިންމައިފި

ހއ. ފިއްލަދޫ ކައުންސިލުން ގެސްޓްހައުސް އެޅުމަށް ނިންމައިފި އެވެ. އެކައުންސިލުން މިނިންމުން ނިންމާފައިވަނީ އެކައުންސިލްގެ 3 ވަނަ ދައުރުގެ 20, 21 އާއްމު ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުން ތަކުން ނިންމާފައިވަނީ ކައުންސިލުން ގެސްޓްހައުސް އެޅުމަށް ހޭދަވާނެ ކަމަށް އަންދާޒާ ކުރެވޭ ބަޖެޓެއްގެ ގޮތުގައި ހިމަނާފައިވަނީާ -/1،400,000 ރުފިޔާ އެވެ. މިނިންމުން ނިންމާފައިވަނީ އެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ. އެކައުންސިލުން ނިންމާފައިވާ އިތުރު ނިންމުންތަކަށް ބަލާލާއިރު ދައްޕަރުން ތަ...

އައިޝަތު ނަސާޔާ
ފިއްލަދޫ އަންހެނުންގެ ކޮމެޓީން މިދިޔަ އަހަރު ހަތް ހަރަކާތެއް ހިންގި 📍 ހއ. ފިއްލަދޫ

ފިއްލަދޫ އަންހެނުންގެ ކޮމެޓީން މިދިޔަ އަހަރު ހަތް ހަރަކާތެއް ހިންގި

ހއ. ފިއްލަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން މިދިޔަ 2021 ވަނަ އަހަރު މައިގަނޑު 7 ހަރަކާތެއް ހިންގާފައިވާކަމަށް އެ ކޮމެޓީން އާންމުކުރި “ފާއިތުވެ ދިޔަ އަހަރަށް ކަނޑައެޅުނު ލަނޑުދަނޑިތަކުގެ ތެރެއިން ހާސިލް ކުރެވުނު މިންވަރާގުޅޭ ރިޕޯޓް 2021” ގައި ބުނެފިއެވެ. އެގޮތުން އެރިޕޯޓްގައި އެކޮމިޓީއިން ވަނީ ފާއިތުވެދިޔަ އަހަރުގެ އެކޮމީޓީއިން ރޭވި ހަރަކާތްތަކުގެ ތެރެއިން ހޭލުންތެރިކުރުވުމުގެ ހަރަކާތްތަކާއި އިޤްތިސާދީ ފުދުއްތެރިކަން އިތުރު ކުރުމުގެ ހަރަކާތްތަކުން 100 ޕަސެންޓް ކާމިޔާބު ކަމާއިއެ...

އައިޝަތު ނަސާޔާ
ފިއްލަދޫ ސުޕޯރޓްސް އެކެޑެމީން މިފަހަރު ދިއްދޫ އަށް 📍 ހއ. ދިއްދޫ

ފިއްލަދޫ ސުޕޯރޓްސް އެކެޑެމީން މިފަހަރު ދިއްދޫ އަށް

ހއ. ފިއްލަދޫ ސުޕޯރޓްސް އެކެޑެމީގެ ފުޓުބޯޅަ ޓީމާއި ހއ. ދިއްދޫ އެކަޑެމީގެ ފުޓުބޯޅަ ޓީމާ މެދު އެކުވެރިކަމުގެ ފުޓުބޯޅަ މެޗު ތަކެއް ކުޅެފިއެވެ. ފިއްލަދޫ ސްޕޯޓްސް އެކެޑެމީއިން މައުލޫމާތު ދީފައިވާ ގޮތުގައި މިމެޗްތައް ކުޅެފައިވަނީ އިއްޔެ ހަވީރު ދިއްދޫ ފުޓްބޯޅަ ދަނޑުގައެވެ. އެގޮތުގައި އިއްޔެގެ މެޗްތައް ހާއްސަކޮށްފައިވަނީ 14 އަހަރުން ދަށުގެ ޓީމްތަކަށާއި 11 އަހަރުން ދަށުގެ ޓީމްތަކަަށެވެ. 14 އަހަރުން ދަށުގެ ޓީމުގެ މެޗް 3 ގޯލު ޖަހައިގެން ކާމިޔާބު ކުރީ ދިއްދޫޓީމެވެ. އަދި 11 […]

އައިޝަތު ނަސާޔާ
ފިއްލަދޫގެ ބޭރުގައި އޮންނަ "ދޮށިމަސްކަނދު" އަލުން އަޅައިފި 📍 ހއ. ފިއްލަދޫ

ފިއްލަދޫގެ ބޭރުގައި އޮންނަ "ދޮށިމަސްކަނދު" އަލުން އަޅައިފި

ހއ. ފިއްލަދޫގެ ބޭރުގައި އޮންނަ “ދޮށިމަސްކަނދު” އަލުން އަޅައިފި އެވެ. ހއ އަތޮޅު ކައުންސިލުން ބުނެފައިވާ ގޮތުގައި އެރަށުގައި އަލުން ކަނދުފަތި އަޅާފައި މިވަނީ ރަށުގެ ބޭރުގައި ކުރިން އޮތް ކަނދުފަތި ކަނޑައިގެން ދިއުމުން އޭގެ ބަދަލުގައެވެ. އެގޮތުން މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން އެރަށުގައި ކަނދުފަތި ގާއިމް ކޮށްފައި މިވަނީ އެރަށުގެ އިރުން 15 މޭލުގެ ބޭރުގައެވެ. މިނިސްޓަރ އޮފް ފިޝަރީޒް މެރިންރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަން މިއަދު […]

އައިޝަތު ނަސާޔާ
ފިއްލަދޫ ސްޕޯރޓްސް އެކެޑެމީ އާއި ބާރަށު ސުކޫލު ހޭންޑުބޯޅަ ޓީމު އެކުވެރި ކަމުގެ މެޗެއް ކުޅެފި 📍 ހއ. ބާރަށް

ފިއްލަދޫ ސްޕޯރޓްސް އެކެޑެމީ އާއި ބާރަށު ސުކޫލު ހޭންޑުބޯޅަ ޓީމު އެކުވެރި ކަމުގެ މެޗެއް ކުޅެފި

ހއ. ފިއްލަދޫ ސްޕޯރޓްސް އެކެޑެމީ އާއި ހއ. ބާރަށު ސުކޫލު ހޭންޑުބޯޅަ ޓީމު، އެކުވެރި ކަމުގެ މެޗެއް ކުޅެފި އެވެ. މިއަދު ހަވީރު ބާރަށުގައި ކުރިއަށްދިޔަ މި މެޗުގައި ބައްދަލުކޮށްފައިވަނީ ބާރަށު ސުކޫލުގެ 14 އަހަރުންދަށުގެ ހޭންޑުބޯލް ޓީމާއި ފިއްލަދޫ ސްޕޯރޓްސް އެކެޑެމީގެ 14 އަހަރުންދަށުގެ ހޭންޑުބޯޅަ ޓީމެވެ. މި މެޗް 10 ލަނޑު 8 ލަނޑުން ކާމިޔާބު ކުރީ ބާރަށު ސުކޫލް ޓީމެވެ. ފޯރިގަދަ މި މެޗް އިންތިޒާމު ކުރީ ބާރަށު ޕޮލިސް ސުޓޭޝަންއާއި ބާރަށު […]

އަލީ އާދިލް
ފިއްލަދޫގައި ގެވެށި އަނިޔާއާއި ގުޅޭގޮތުން ހޭލުންތެރިކުރުވުމުގެ ސެޝަންތަކެއް ފަށައިފި 📍 ހއ. ފިއްލަދޫ

ފިއްލަދޫގައި ގެވެށި އަނިޔާއާއި ގުޅޭގޮތުން ހޭލުންތެރިކުރުވުމުގެ ސެޝަންތަކެއް ފަށައިފި

ހއ. ފިއްލަދޫގައި ގެވެށި އަނިޔާއާއި ގުޅޭގޮތުން ހޭލުންތެރިކުރުވުމުގެ ސެޝަންތަކެއް ފަށައިފިއެވެ. ފިއްލަދޫ ސްކޫލްގެ ބެލެނިވެރިންނަށް ހާއްސަކޮށް އެރަށުގައި ކުރިއަށްގެންދާ މި ސެޝަންތަކަކީ މިނިސްޓްރީ އޮފް ޖެންޑަރ ، ފެމިލީ އެންޑް ސޯޝަލް ސަރވިސް ގެ ފަރާތުން ކުރިއަށްގެންދާ ސެޝަންތަކެކެވެ. އެގޮތުން މި ނޮވެމްބަރ މަހުގެ 27 ވަނަ ދުވަހު ފަށާފައިވާ މި ސެޝަންތައް މާދަމާއާއި ހަމައަށް ކުރިއަށް ދާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެމިނިސްޓްރީއިން މައުލޫމާތު ދީފައިވާ ގޮތުގައި މިޕްރޮގްރާމްގެ ދަށުން ފުރަތަމަ ސެޝަން...

އައިޝަތު ނަސާޔާ
"ފިއްލަދޫ ކައުންސިލް ކަޕް 2021" ގެ ނަމުގައި ފުޓްބޯޅަ މުބާރާތަކާއި ނެޓްބޯޅަ މުބާރާތެއް ބާއްވަނީ 📍 ހއ. ފިއްލަދޫ

"ފިއްލަދޫ ކައުންސިލް ކަޕް 2021" ގެ ނަމުގައި ފުޓްބޯޅަ މުބާރާތަކާއި ނެޓްބޯޅަ މުބާރާތެއް ބާއްވަނީ

ހއ. ފިއްލަދޫ ކައުންސިލާއި އެ ރަށު އިޖުތިމާޢީ މަރުކަޒު ގުޅިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ފުޓްބޯޅަ މުބާރާތާއި ނެޓްބޯޅަ މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު އެ ކައުންސިލުން ހުޅުވާލައިފިއެވެ. ފިއްލަދޫ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް ކުޅިވަރުގެ ދާއިރާއިން މީހުން ބިނާކުރުމުގެ މަޤްޞަދުގައި ފިރިހެނުންނަށް ފުޓްބޯޅަ އަދި ކަނބަލުންނަށް ނެޓްބޯޅަ މުބާރާތެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު، މި ދެ މުބާރާތް ވެސް ފެށުމަށް މިހާރު ތާވަލު ކޮށްފައު ވަނީ އަންނަ ޑިސ...

އިބްރާހިމް ޚަލީލް
ގުޑުގުޑާ ދޫނި އައިނެއް ތިލަދުންމައްޗަށް! ހިފާ ގޯނާކުރާނަމަ ފިޔަވަޅު އަޅަނީ 📍 ހއ. ބާރަށް

ގުޑުގުޑާ ދޫނި އައިނެއް ތިލަދުންމައްޗަށް! ހިފާ ގޯނާކުރާނަމަ ފިޔަވަޅު އަޅަނީ

ރާއްޖޭން އާއްމުކޮށް ނުފެންނަ މާކަނާގެ އާއިލާގައި ހިމެނޭ ގުޑުގުޑާ ދޫނި “ގުރޭޓަރ ފްލެމިންގޯ” އައިނެއް ތިލަދުންމަތީގެ އެކި ރަށްރަށުން ފެނިއްޖެ އެވެ. ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދުގެ ދަށުން ހިމާޔަތްކޮށްފައިވާ މި ދޫނިތައް ފެނިފައިވަނީ ހއ. ފިއްލަދޫ، ހއ. ބާރަށް އަދި ހދ. ކުޅުދުއްފުށި ސިޓީ އިންނެވެ. އެންމެ ފުރަތަމަ މިދޫނިތައް ފެނި އާންމުންގެ ސަމާލުކަމަށް އައިސްފައިވަނީ ފިއްލަދޫ ފުއްޓަރު ފަރާތު އަތިރިމަތިންނެވެ. މިދިޔަ އާދިއްތަ ދުވަހު މެންދު...

އަޙްމަދު އަރުޝަމް
ފިއްލަދޫ ކައުންސިލްގެ އިހްތިސާސްގައި އަލުން ދައްޕަރު ހިމަނައިފި 📍 ހއ. ފިއްލަދޫ

ފިއްލަދޫ ކައުންސިލްގެ އިހްތިސާސްގައި އަލުން ދައްޕަރު ހިމަނައިފި

ކުރިންވެސް އޮތްގޮތަށް ހއ. ފިއްލަދޫ ކައުންސިލްގެ އިހްތިޞާޞްގައި ހއ. ދައްޕަރު އަލުން ހިމަނައިފިއެވެ. ފިއްލަދޫ ކައުންސިލްގެ އިހްތިސާސް ތެރޭގައި އަލުން ދައްޕަރު ހިމަނުއްވައި، އެކަން އަންގާ ޤަރާރު ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ނެރުއްވީ މިއަދު އެވެ. މިގޮތުން ރައީސުލް ޖުމްހޫރިއްޔާ މިއަދު ނެރުއްވާފައިވާ ގަރާރުގައި ވިދާޅުވެފައިވަނީ، އިދާރީ ދާއިރާތައް ހިމެނޭ ސިޓީ ކައުންސިލްއާއި، ރަށު ކައުންސިލްތަކުގެ އިހްތިޞާޞް ކަނޑައެޅައި ކޮށްފައިވާ އިޢުލާނުން ފިއްލަދޫގެ އިދާރީ ދާއިރާގެ އިހްތިޞާޞް އަލ...

އަޒްފާ ރަޝީދު
ފިއްލަދޫ އަންހެނުންގެ ކޮމެޓީން އިންތިޒާމްކުރި ފަހާ ކޯސް ފަށައިފި 📍 ހއ. ފިއްލަދޫ

ފިއްލަދޫ އަންހެނުންގެ ކޮމެޓީން އިންތިޒާމްކުރި ފަހާ ކޯސް ފަށައިފި

ހއ. ފިއްލަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން އިންތިޒާމްކުރި ފަހާ ކޯސް ފަށައިފިއެވެ. 26 ބައިވެރިންނާއިއެކު ފިއްލަދޫގައި ކުރިއަށްގެންދާ މި ކޯހަކީ، ފިއްލަދޫގެ އަންހެންވެރިން ގޭގައި ތިބެގެން އާމްދަނީ ހޯދުމުގެ ފުރުސަތުތައް ހޯދައިދިނުމުގެ ގޮތުން ފިއްލަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން ކުރިއަށް ގެންދާ ކޯހެކެވެ. މި ކޯހުގައި ތަފާތު އެކި ޑިޒައިންތަކަށް ހެދުމުގެ މޭމައްޗާއި ފަސްބައި ތައްޔާރުކުރާނެ ގޮތާއި އަދި އަބާޔާ ހެދުން ފަހަން ދަސްކޮށްދެވޭނެއެވެ. މީގެއިތުރުން އާދައިގ...

އަޙްމަދު އަރުޝަމް
ފިއްލަދޫ ކައުންސިލްގެ އިހްތިސާސްގައި އަލުން ދައްޕަރު ހިމަނަން ނިންމައިފި 📍 ހއ. ފިއްލަދޫ

ފިއްލަދޫ ކައުންސިލްގެ އިހްތިސާސްގައި އަލުން ދައްޕަރު ހިމަނަން ނިންމައިފި

ކުރިންވެސް އޮތްގޮތަށް ފިއްލަދޫ ކައުންސިލްގެ އިހްތިސާސްގައި ދައްޕަރު އަލުން ހިމަނަން ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ދައްޕަރުގެ މައްސަލާގައި ފިއްލަދޫ ކައުންސިލާއި މަޝްވަރާތައް ކުރެވުނު ކަމަށެވެ. ފިއްލަދޫ ރައްޔިތުން އެ މައްސަލާއި މެދު ދެކޭގޮތާމެދު އިކޮނޮމިކް ކައުންސިލްގައި މަޝްވަރާ ކުރެވިފައިވާ ކަމަށާއި، ފިއްލަދޫ ކައުންސިލްގެ އިހްތިސާސްގައި އަނބުރާ ދައްޕަރު ހިމަނަން ރައީސުލްޖުމްހޫރިއްޔާ ނިންމާފައިވާ...

ޙުސައިން ޝަހުދީ
ފިއްލަދޫގައި ބޭސިކް އަދި އެޑްވާންސް ފަހާ ކޯހެއް 📍 ހއ. ފިއްލަދޫ

ފިއްލަދޫގައި ބޭސިކް އަދި އެޑްވާންސް ފަހާ ކޯހެއް

ހއ. ފިއްލަދޫ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީން އިންތިޒާމްކޮށްގެން އެރަށުގައި ބޭސިކް އަދި އެޑްވާންސް ފަހާ ކޯހެއް ހިންގުމަށް ނިންމައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ފިއްލަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ބުނިގޮތުގައި މި ކޯސް އެރަށުގައި ހިންގަން ނިންމީ އެރަށުގެ އަންހެން ކަނބަލުންނަށް ގޭގައި ތިއްބެގެން އާމްދަނީ ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެގޮތުންނެވެ. މި ކޯހުގައި އެކި އެކި ޑިޒައިންތަކަށް ހެދުމުގެ މޭމަތި އަދި ފަސްބައި ތައްޔާރު ކުރާނެގޮތާއި ބުރުގާއާއި...

ޔުމްނާ ޢަލީ
ދައްޕަރުގެ މައްސަލަ: ހއ. އަތޮޅުން އިލްތިމާސްގެ ސިޓީއެއް ރައީސުލްޖުމްހޫރިއްޔާއަށް 📍 ހއ. ފިއްލަދޫ

ދައްޕަރުގެ މައްސަލަ: ހއ. އަތޮޅުން އިލްތިމާސްގެ ސިޓީއެއް ރައީސުލްޖުމްހޫރިއްޔާއަށް

ހއ. ފިއްލަދޫގެ އިޚްތިޞާޞްގެ ދަށުން ހއ. ދައްޕަރު ވަކިކޮށްފައިވާ މައްސަލާގައި އެ ނިންމުން މުރާޖައާކޮށް ދެއްވުން އެދި އިލްތިމާސްކޮށް ހއ. އަތޮޅު ކައުންސިލްގެ ސިޓީއެއް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙަށް ފޮނުވައިފިއެވެ. ހއ. އަތޮޅު ކައުންސިލުން ވިދާޅުވީ، ފިއްލަދޫ ކައުންސިލްގެ އިޙުތިސާސްގެ ތެރޭގައި ޤާނޫނީގޮތުން ހިމެނިފައިވާ ހއ. ދައްޕަރު، ފިއްލަދޫ ކައުންސިލްގެ އިހުތިސާސްގެ ތެރެއިން ވަކިކުރުމާ ގުޅިގެން އެރަށު ރައްތިތުންގެ ތެރޭގައި ހުރި ކަންބޮޑުވުންތަކާއި ފިއްލަދޫ ކައުންސިލްގެ ކަންބޮޑުވުން...

ޙުސައިން ޝަހުދީ
ދައްޕަރުގެ މައްސަލާގައި ފިއްލަދޫ ރައްޔިތުން ސިޔާސީ ފިކުރު އެކަހެރިކޮށް އެއްބައިވަންތަ ރޫހެއްގައި 📍 ހއ. ފިއްލަދޫ

ދައްޕަރުގެ މައްސަލާގައި ފިއްލަދޫ ރައްޔިތުން ސިޔާސީ ފިކުރު އެކަހެރިކޮށް އެއްބައިވަންތަ ރޫހެއްގައި

ހއ. ފިއްލަދޫގެ އިޚްތިޞާޞްގެ ދަށުން ހއ. ދައްޕަރު ވަކިކޮށްފައިވާ މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް ފިއްލަދޫ ރައްޔިތުންގެ ފަރާތުން ތައްޔާރުކުރި “ސޭވް ދައްޕަރު” ޕެޓިޝަން ރައީސް އޮފީހަށާއި، މަޖިލިސްއަށް މިއަދު ހުށަހަޅާފައިވާއިރު އެ މަސައްކަތުގައި ކުރިއަށް ދަނީ ސިޔާސީ ފިކުރު އެކަހެރިކޮށް ރަށުގެ ކުރިމަގަށްޓަކައި އެއްބައިވަންތަ ރޫހެއްގައެވެ. ފިއްލަދޫ ރައްޔިތުންގެ ފަރާތުން މިއަދު ހުށަހެޅި ޕެޓިޝަންގައި އެދިފައި ވަނީ ކުރިން އޮތްގޮތަށް ދައްޕަރަކީ ފިއްލަދޫ ކައުންސިލްގެ އިޚްތިޞާޞްގެ ތެރޭގައި އޮތް ތަނެއް ގޮތު...

ޙުސައިން ޝަހުދީ