މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. ފިއްލަދޫ (138 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
138 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ފިއްލަދޫގެ އެންމެ ފަހުގެ ޚަބަރުތައް

138 ޚަބަރުގެ ތެރެއިން
ފިއްލަދޫ ސިއްހީ މަރުކަޒުގެ ވަށާފާރު ރާނަން ހަވާލުކޮށްފި 📍 ހއ. ފިއްލަދޫ

ފިއްލަދޫ ސިއްހީ މަރުކަޒުގެ ވަށާފާރު ރާނަން ހަވާލުކޮށްފި

ހއ. ފިއްލަދޫ ސިއްހީ މަރުކަޒުގެ ވަށާފާރު ރާނަން އިއްޔެ ހަވާލުކޮށްފިއެވެ. ހެލްތު މިނިސްޓްރީން ވިދާޅުވި ގޮތުގައި ފިއްލަދޫ ޞިއްޙީމަރުކަޒުގެ ވަށާފާރު ރޭނުމުގެ މަސައްކަތް ކުރުމަށް ވަނީ އިއްޔެ ބަޔަކާއި ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފަވާ ކަމަށެވެ. އެ މަސައްކަތް ހަވާލުކޮށްފައި ވަނީ، ލަކީ ހިޔާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއެވެ. މި މަސައްކަތުގެ ޖުމްލަ އަގަކީ، 497,422.28 ރުފިޔާ (ހަތަރު ލައްކަ ނުވަދިހަ ހަތްހާސް ހަތަރުސަތޭކަ ބާވީސް ރުފިޔާ އަށާވީސް ލާރި) އެވެ. މި މަސައްކަތް ލަކީ ހިޔާއާއި ހަވާލުކޮށްފަ...

ޔުމްނާ ޢަލީ
ބޮޑު ތިލަދުންމަތީގެ 8 ރަށެއް ހިމެނޭހެން 28 ރަށަކަށް ބިލިއާޑް ބޯޑު ހަވާލުކޮށްފި 📍 ހއ. ފިއްލަދޫ

ބޮޑު ތިލަދުންމަތީގެ 8 ރަށެއް ހިމެނޭހެން 28 ރަށަކަށް ބިލިއާޑް ބޯޑު ހަވާލުކޮށްފި

ބޮޑު ތިލަދުންމަތީގެ 8 ރަށެއް ހިމެނޭހެން 28 ރަށަކަށް ބިލިއާޑް ބޯޑު ހަވާލުކޮށްފި އެވެ. އެ ރަށްތަކުގައި ގާއިމުކޮށްފައިވާ ޔޫތް އެންޑް ކޮމިއުނިޓީ ސެންޓަރުތަކަށް ބޭނުންވާ ބިލިއާޑް ބޯޑު ހަވާލުކޮށްފައިވަނީ އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރ އަހްމަދު މަހްލޫފް އެވެ. ބިލިޔާޑު ބޮޑުތަކާއި ހަވާލުވެލައްވާފައިވަނީ އެދާއިރާތަކަށް ނިސްބަތްވާ މަޖިލިސް މެންބަރުންނެވެ. މި ރަސްމިއްޔާތުގައި ބިލިއާޑް ބޯޑު ހަވާލުކޮށްފައިވަނީ ހއ. ކެލާ، މޮޅަދޫ، ފިއްލަދޫ، ދިއްދޫ އަދި ތަކަންދޫ އާއ...

މުޙައްމަދު އަފްރާޙް
ފިއްލަދޫ ކައުންސިލްގެ ލޯގޯ ފަރުމާ ކުރުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ހއ. ފިއްލަދޫ

ފިއްލަދޫ ކައުންސިލްގެ ލޯގޯ ފަރުމާ ކުރުމުގެ ފުރުޞަތު ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ ލޯގޯ ފަރުމާކޮށް ހުށަހެޅުމުގެ ފުރުޞަތު އެ ކައުންސިލުން ހުޅުވާލައިފިއެވެ. މިކަމާއި ގުޅިގެން އިއްޔެ އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ ލޯގޯ ފަރުމާކޮށް ހުށަހެޅުމުގެ ފުރުޞަތު އާއްމު ވިޔަފާރިވެރިންނަށާއި ކުންފުނިތަކަށާއި އާއްމު ފަރުދުންނަށް ވެސް ހުޅުވާލެވިފައިވާ ކަމަށެވެ. ލޯގޯ ފަރުމާކޮށް ހުށަހަޅުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް އޮކްޓޯބަރ މަހުގެ ހަވަނަ ދުވަހުގެ 14:00 ގެ ކުރިން ރަޖިސްޓަރީ ކުރުމަށް އެ ކައުން...

އިބްރާހިމް ޚަލީލް
ފިއްލަދޫ ފުޓްބޯޅަ ދަނޑުގައި ރޮސްޓްރޮމްއެއް އަޅައިދޭނެފަރާތެއް ހޯދަނީ 📍 ހއ. ފިއްލަދޫ

ފިއްލަދޫ ފުޓްބޯޅަ ދަނޑުގައި ރޮސްޓްރޮމްއެއް އަޅައިދޭނެފަރާތެއް ހޯދަނީ

ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ރޮސްޓްރޮމްއެއް އަޅައިދޭނެފަރާތެއް ހޯދަން އިއުލާން ކޮށްފި އެވެ. ފިއްލަދޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ކައުންސިލުންދޭ މައުލޫމާތާ އެއްގޮތަށް އެރަށު ރަސްމީ ފުޓްބޯޅަ ދަނޑުގައި ރޮސްޓްރޮމްއެއް އެޅުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވަވާ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބީލަން ހުށަހެޅުއްވުމަށް މިހާރުވަނީ ހުޅުވާލާފަ އެވެ. މިމަސައްކ...

މުޙައްމަދު އަފްރާޙް
ފިއްލަދޫއަށް ލެއްގީ ކަޅު ބުދެއް، ކުރިންބަށް 1 ފޫޓުގެ ލަކުޑި ބުދެއް 📍 ހއ. ފިއްލަދޫ

ފިއްލަދޫއަށް ލެއްގީ ކަޅު ބުދެއް، ކުރިންބަށް 1 ފޫޓުގެ ލަކުޑި ބުދެއް

ހއ. ފިއްލަދޫ އާއި ހދ. ކުރިންބަށް ވެސް ބުދެއް ލައްގައިފި އެވެ. ކުރިނބީ ކައުންސުލްގެ ރައީސް އަބްދުﷲ އަސްލަމް މިނޫހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މިއަދު އެރަށު ގޮނޑުދޮށުން 1 ފޫޓު ހުންނަވަރުގެ ބުދެއް ހޮވާފައިވާ ކަމަށެވެ. އެބުދު މިހާރު އޮތީ ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގަ އެވެ. ފިއްލަދޫއިން ބުދެއް ފެނިފައިވަނީ އިއްޔެއެވެ. އެހެން ރަށްރަށް ލައްގަމުން އަންނަ ބުދުތަކާއި ހިލާފަށް މިބުދު އޮތީ ކަޅުކުލައިގަ އެވެ. ފިއްލަދޫ ކައުންސިލް މެންބަރު މުޙައްމަދު މޫސާ ވިދާޅުވީ […]

އަލީ އާދިލް
ފިއްލަދޫ ސްކޫލްގައި މަލްޓި ޕާޕަސް ހޯލު އަޅަން ހަވާލުކޮށްފި 📍 ހއ. ފިއްލަދޫ

ފިއްލަދޫ ސްކޫލްގައި މަލްޓި ޕާޕަސް ހޯލު އަޅަން ހަވާލުކޮށްފި

ހއ. ފިއްލަދޫ ސްކޫލްގައި މަލްޓި ޕާޕަސް ހޯލެއް އިމާރާތްކުރަން ނެކްސާ ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑްއާ މިއަދު ހަވާލުކޮށްފިއެވެ. އެޑިޔުކޭޝަން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހިމްއެވެ. އަދި ނެކްސާ ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގް ޑިރެކްޓަރ މުހައްމަދު ނައިހްއެވެ. މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގައި ފިއްލަދޫ ތަމްސީލް...

ޔުމްނާ ޢަލީ
ރަސޫލާ ﷺ އަށް ފުރައްސާރަ ކުރި މައްސަލަ ފިއްލަދޫ ކައުންސިލުން ކުށްވެރިކޮށްފި 📍 ހއ. ފިއްލަދޫ

ރަސޫލާ ﷺ އަށް ފުރައްސާރަ ކުރި މައްސަލަ ފިއްލަދޫ ކައުންސިލުން ކުށްވެރިކޮށްފި

އިންޑިއާގެ ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ)ގެ އިސް ދެ އޮފިޝަލަކު ކީރިތި ރަސޫލާ ﷺ އަށް ފުރައްސާރަ ކުރި މައްސަލަ ހއ. ފިއްލަދޫ ކައުންސިލުގެ އިއްތިފާގުން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފިއެވެ. މިކަމާ ގުޅޭ ގޮތުން ފިއްލަދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ރަސޫލާ ﷺ އަށް ފުރައްސާރަކޮށް، އެކަލޭގެފާނަށް ހުތުރުވާ ގޮތަށް ބައިނަލް އަޤްވާމީ ހަމަތަކާ އުސޫލުތަކާ ޚިލާފަށް ބީޖޭޕީގެ އިސް އޮފިޝަލުން ދެއްކި ވާހަކަ އެ ކައުންސިލުން އެންމެ ހަރުކަށި އިބާރާތުން […]

ސަނިއްޔާ އަބޫބަކުރު
ފިއްލަދޫ ކައުންސިލްކަޕް ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި 📍 ހއ. ފިއްލަދޫ

ފިއްލަދޫ ކައުންސިލްކަޕް ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ފިއްލަދޫ ކައުންސިލްކަޕް 2022 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ފިއްލަދޫ ކައުންސިލުން ކުރެއްވި އިޢުލާނެއްގައި ވިދާޅުވެފައިވަނީ މި މުބާރާތުގެ މަޤްޞަދަކީ ފިއްލަދޫ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް ކުޅިވަރުގެ ދާއިރާއިން މީހުން ބިނާކުރުން ކަމުގައެވެ. ފިއްލަދޫ ކައުންސިލްކަޕް 2022ގެ ނަމުގައި ފިރިހެނުންނަށް ޚާއްޞަ ކޮށްގެން ފުޓްބޯޅަ މުބާރާތެއް ބާއްވާއިރު، އަންހެނުންނަށް ޚާއްޞަކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވަނީ ހޭންޑްބޯޅަ މުބާރާތެކެވެ. ފުޓްބޯޅަ މުބާރާތް ފަށަން ނ...

ސަނިއްޔާ އަބޫބަކުރު
ފިއްލަދޫ ކައުންސިލްގެ ހޭންޑްބޯޅަ މުބާރާތާއި ފުޓްބޯޅަ މުބާރާތް ހިންގައިދޭނެ ފަރާތެއް ހޯދަނީ 📍 ހއ. ފިއްލަދޫ

ފިއްލަދޫ ކައުންސިލްގެ ހޭންޑްބޯޅަ މުބާރާތާއި ފުޓްބޯޅަ މުބާރާތް ހިންގައިދޭނެ ފަރާތެއް ހޯދަނީ

ހއ. ފިއްލަދޫ ކައުންސިލްގެ ހޭންޑްބޯޅަ މުބާރާތާއި ފުޓްބޯޅަ މުބާރާތް އިންތިޒާމްކޮށް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ފިއްލަދޫ ކައުންސިލުން އިޢުލާން ކޮށްފިއެވެ. މި އަހަރުގެ ޖުލައި މަހު ކުރިއަށް ގެންދިޔުމަށް ރާވާފައިވާ މި މުބާރާތްތައް ހިންގައިދިނުމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު ގެދަށުން މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުނި ތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރިއާބެހޭ ޤާނޫނު ގެދަށުން މިނިސްޓްރީ...

އިބްރާހިމް ޚަލީލް
ޢީދު ފާހަގަކުރުމަށް ފިއްލަދޫގައި މަސް ރޭހެއް ބާއްވައިފި 📍 ހއ. ފިއްލަދޫ

ޢީދު ފާހަގަކުރުމަށް ފިއްލަދޫގައި މަސް ރޭހެއް ބާއްވައިފި

ހއ. ފިއްލަދޫ އިޖުތިމާޢީ މަރުކަޒާއި ފިއްލަދޫ ސްޕޯރޓްސް އެކަޑެމީ ގުޅިގެން ފިތުރު ޢީދު ފާހަގަކުރުމުގެ ގޮތުން ފިއްލަދޫގައި މަސް ރޭހެއް ބާއްވައިފިއެވެ. މި މަސްރޭހުގައި ޖުމްލަ 9 ޓީމެއް ވަނީ ބައިވެރި ވެފައެވެ.އީދު ދުވަހުގެ މެންދުރުފަހު 14:00 އިން ރޭގަނޑު 21:30 އަަށް ކުރިޔަށް ގެންދެވުނު މި މަސްރޭހުގައި 53.8 ކިލޯގެ މަސް ބާނައިގެން ޗެންޕިއަން ޓީމަށް ކަޑައަޅާފައިވާ -/3000 ރުފިޔާ ހޯދާފައިވަނީ މި މުބާރާތުގެ ވާދަކުރި ހަމައެކަނި އަންހެން ޓީމް ކަމަށްވާ މަސްވެރި ކަނބަލުންގެ ޓީމެވެ. […]

އަލީ އާދިލް
ސަރަޙައްދީ ހެޗަރީތައް ޤާއިމްކުރާ ރަށްތަކުގެ ތެރޭގައި ފިއްލަދޫ 📍 ހއ. ފިއްލަދޫ

ސަރަޙައްދީ ހެޗަރީތައް ޤާއިމްކުރާ ރަށްތަކުގެ ތެރޭގައި ފިއްލަދޫ

މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގުރިކަލްޗަރއިން ސަރަޙައްދީ ހެޗަރީތައް ޤާއިމްކުރުމަށް ނިންމާފައިވާ ރަށްތަކުގެ ތެރޭގައި ހއ. ފިއްލަދޫ ހިމެނިއްޖެއެވެ. އެގޮތުން އެމިނިސްޓްރީއިން ވަނީ މިރަށްތަކަށް އަމާޒްކޮށްގެން މެރިކަލްޗަރ އެކްސްޕޯޝަރ ޕޮރޮގުރާމްއެއް ކުރިއަށް ގެންގޮސްފައެވެ. އަދި މިޕްރޮގްރާމްގައި ފިއްލަދޫ ކައުންސިލްގެ އިތުރުން ހއ އަތޮޅު ކައުންސިލުންވެސް ވަނީ ބައިވެރިވެފައެވެ. މި ޕްރޮގްރާމްގައި ފިއްލަދު ކައުންސިލުން ބައިވެރިވީ އެ ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު ރަޒީފްއެވެ. “ތިލަ...

އައިޝަތު ނަސާޔާ
ފިއްލަދޫގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ޤާޢިމްކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހއ. ފިއްލަދޫ

ފިއްލަދޫގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ޤާޢިމްކޮށްދޭނެ ފަރާތެއް ހޯދަނީ

ހއ. ފިއްލަދޫގައި ވޭސްޓްމެނޭޖްމަންޓް ސެންޓަރެއް ޤާޢިމްކޮށްދޭނެ ފަރާތެއް ހޯދުމަށް ފިއްލަދޫ ކައުންސިލުން އިއުލާން ކޮށްފިއެވެ. އެކައުންސިލުން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން “ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް” ފުރުއްވުމަށްފަހު އެކައުންސިލް އިދާރާގެ އީމެއިލް info@filladhoo.gov.mv އަށް ފޮނުވައިގެން ނުވަތަ ކައުންސިލް އިދާރާއަށް ހުށައަޅައިގެން ރަޖިސްޓްރީ ވެވޭނެ ކަމަށެވެ. ރަޖިސްޓްރީ ވުމުގެ އެންމެ ފަހު ވަގުތަކީ 23 މާރޗް 2022 ވަނަ ދުވަހުގެ 1...

އައިޝަތު ނަސާޔާ
ދައްޕަރަށް އަރާ ކޮންމެ ފަތުރުވެރިއެއްގެ އަތުން 77 ރުފިޔާ ނަގާގޮތަށް ކަނޑައަޅައި، އެރަށަށް އަރާފޭބުމުގެ އުސޫލު އާންމުކޮށްފި 📍 ހއ. ފިއްލަދޫ

ދައްޕަރަށް އަރާ ކޮންމެ ފަތުރުވެރިއެއްގެ އަތުން 77 ރުފިޔާ ނަގާގޮތަށް ކަނޑައަޅައި، އެރަށަށް އަރާފޭބުމުގެ އުސޫލު އާންމުކޮށްފި

ހއ.ފިއްލަދޫ އިޚްތިޞާޞް ގައިވާ ހއ.ދައްޕަރަށް އަރާ ކޮންމެ ފަތުރުވެރިއެގެ އަތުން 77 ރުފިޔާ ނަގާގޮތަށް ކަނޑައަޅައި، ދައްޕަރަށް އަރާފޭބުމާއި އެ ރަށުގައިވާ ތަކެތި ބޭނުން ކުރުމާއި ބޭރުކުރުމުގެ އުސޫލް ފިއްލަދޫ ކައުންސިލުން އާންމުކޮށްފިއެވެ. ފިއްލަދޫ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މި އުސޫލް އެކުލަވާލުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އެ ކައުންސިލުގެ އިޚްތިޞާޞްގައި ހިމެނޭ ދައްޕަރު ބެލެހެއްޓުމާއި އެ ސަރަހައްދުގައިވާ އެންމެހާ ވަސީލަތްތައް ހެޔޮގޮތުގައި ބޭނުން ކޮށްގެން ކައުންސިލަށް އާމްދަނީއާއި މަން...

އިބްރާހިމް ޚަލީލް
ފިއްލަދޫގައި ޕޮލިސް ޑެސްކެއް ގާއިމް ކުރުމަށް ބަޖެޓް ފާސްކޮށްފި 📍 ހއ. ފިއްލަދޫ

ފިއްލަދޫގައި ޕޮލިސް ޑެސްކެއް ގާއިމް ކުރުމަށް ބަޖެޓް ފާސްކޮށްފި

ހއ. ފިއްލަދޫގައި ޕޮލިސް ޑެސްކެއް ގާޢިމް ކުރުމަށް ފިއްލަދޫ ކައުންސިލުން ބަޖެޓް ފާސްކޮށްފި އެވެ. މިކަން އެކައުންސިލުން އިއްޔެ އާންމުކުރީ، އެކައުންސިލްގެ 3 ވަނަ ދައުރުގެ 26 ވަނަ އާއްމު ބައްދަލުވުމުގައި ނިންމާފައިވާ މުހިއްމު ނިންމުންތައްކުގެ ތެރޭގަ އެވެ. އެރަށުގައި ޕޮލިސް ޑެސްކެއް ގާއިމް ކުރުމަށް -/415000 ރުފިޔާގެ ސަޕްލަމެންޓަރީ ބަޖެޓް ފާސްކޮށްފައި ވަނީ އެކައުންސިލް މެމްބަރުންގެ އިއްތިފާޤުންނެވެ. މީގެ އިތުރުން އެކައުންސިލްއިން ނިންމާފައިވާ ނިންމުންތަކުގެ ތެރޭގައި މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ކަ...

އައިޝަތު ނަސާޔާ
މެމްބަރު އިބްރޭ، ފިއްލަދޫ ރައްޔިތުންނާއި ބައްދަލު ކުރައްވަނީ 📍 ހއ. ފިއްލަދޫ

މެމްބަރު އިބްރޭ، ފިއްލަދޫ ރައްޔިތުންނާއި ބައްދަލު ކުރައްވަނީ

ކެލާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިބްރާހިމް ޝަރީފް (ކެލާ އިބްރޭ)، ކެލާ ދާއިރާގައި ހިމެނޭ، ފިއްލަދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ހަމަޖެހިއްޖެއެވެ. އެރަށު ކައުންސިލުން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެރަށުގެ ރައްޔިތުންނާއި މެމްބަރު އިބްރޭ ބައްދަލު ކުރުމަށް ހަމަޖެހިފައިވަނީ މި މާރިޗް މަހުގެ 5 ވާ ހޮނިހިރު ދުވަހުގެ ރޭ 20:30 ގައި ކަމަށެވެ. ފިއްލަދޫ އެކައުންސިލުން ވަނީ މިބައްދަލުވުމުގައި ރަށުގެ ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަށް އެދިލައްވާފައެވެ. އަދި ބައްދަލު...

އައިޝަތު ނަސާޔާ