މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. ފިއްލަދޫ (138 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
138 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ފިއްލަދޫގެ އެންމެ ފަހުގެ ޚަބަރުތައް

138 ޚަބަރުގެ ތެރެއިން
ފިއްލަދޫގެ އުތުރު ދައްޕަރު ސަރަހައްދު ޓޫރިޒަމަށް ތަރައްޤީކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފި 📍 ހއ. ފިއްލަދޫ

ފިއްލަދޫގެ އުތުރު ދައްޕަރު ސަރަހައްދު ޓޫރިޒަމަށް ތަރައްޤީކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

ހއ. ފިއްލަދޫގެ އުތުރު ދައްޕަރު ސަރަހައްދު ޓޫރިޒަމަށް ތަރައްޤީކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފި އެވެ. ފިއްލަދޫ ކައުންސިލްގެ އިދާރާއިން ހާމަކުރި ގޮތުގައި، ފިއްލަދޫގެ އުތުރު ދައްޕަރު ސަރަހައްދު ޓޫރިޒަމަށް ތަރައްޤީކުރުމަށްޓަކައި އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ އިންޓަނޭޝަނަލް ޗެއިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކު އެވެ. މި މަޝްރޫޢުގެ ދަށުން 50 އަހަރުގެ މުއްދަތަށް އަހަރަކު އަކަމީޓަރަކަށް 40 ރުފިޔާގެ ކުއްޔަށް ބިން ދޫކުރެވޭނެއެވެ. އަދި ލޭންޑް އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި 1.1 މިލިއަން އެމެރިކ...

އިބްރާހިމް އަސްވާޤް
ކުރިނބީ އާއި ފިއްލަދޫގައި ޕޮލިސް ޕޯސްޓު ހުޅުވައިފި 📍 ހއ. ފިއްލަދޫ

ކުރިނބީ އާއި ފިއްލަދޫގައި ޕޮލިސް ޕޯސްޓު ހުޅުވައިފި

ހދ. ކުރިނބީ އާއި ހއ. ފިއްލަދޫގައި ޕޮލިސް ޕޯސްޓު ހުޅުވައި، ޚިދުމަތް ދޭން ފަށައިފިއެވެ. ކުރިނބީ ޕޮލިސް ޕޯސްޓް ހުޅުވުމަށް މިއަދު އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ކޮމިޝަނާ އޮފް ޕޮލިސް ޢަލީ ޝުޖާއު އާއި ކުރިނބީ ކައުންސިލު ރައީސް ޢަބްދުﷲ އަސްލަމްއެވެ. ފިއްލަދޫ ޕޮލިސް ޕޯސްޓު ހުޅުވުމަށް އެ ރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ކޮމިޝަނާ އޮފް ޕޮލިސް ޢަލީ ޝުޖާއު އާއި ފިއްލަދޫ ކައުންސިލު […]

ޔުމްނާ ޢަލީ
ފިއްލަދޫގައި ''ހެލްތު ޑޭ ފެސިލިޓީ'' އެއް ގާއިމުކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހއ. ފިއްލަދޫ

ފިއްލަދޫގައި ''ހެލްތު ޑޭ ފެސިލިޓީ'' އެއް ގާއިމުކޮށްދޭނެ ފަރާތެއް ހޯދަނީ

ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫގައި ހެލްތް ޑޭ ފެސިލިޓީއެއް ގާއިމުކޮށްދޭ ފަރާތަކަށް އެ ރަށު ޓޫރިޒަމް ޒޯނުން ކުއްޔަށް ދޫކުރާ ބިމަށް އެދި ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ފިއްލަދޫ ކައުންސިލުން ބުނީ އެ ކައުންސިލުން ތަރައްޤީކުރާ 2000 (ދެހާސް) އެނދުގެ ޓުއަރިސްޓް ވިލެޖައް އަމާޒުކޮށް ކައުންސިލުން ދައްކާ ބިމެއްގައި، “ހެލްތް ޑޭ ފެސިލިޓީއެއް” ތަރައްޤީކޮށް ކައުންސިލާއި ހަވާލުކުރާނެ ފަރާތަކަށް 50 ހާހާއި 40 ހާހާއި ދެމެދު އަކަފޫޓުގެ ބިމެއް، އަކަފޫޓަކަށް މަދުވެގެން މަހަކު 50 ލާރީގެ ރޭޓުން […]

އިބްރާހިމް ޚަލީލް
ފިއްލަދޫގެ ޝަރަފްވެރި ހިދުމަތްތެރިންގެ އަގުވަޒަން ކުރުމަށް އެވޯޑް ދެނީ

ފިއްލަދޫގެ ޝަރަފްވެރި ހިދުމަތްތެރިންގެ އަގުވަޒަން ކުރުމަށް އެވޯޑް ދެނީ

ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫއަށް ޝަރަފްވެރި ޚިދުމަތްތައް ކޮށްދެއްވާފައިވާ ފަރާތްތަކުގެ، ޚިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން އެ ރަށު ކައުންސިލުން ދިނުމަށް ނިންމާފައިވާ “ދޮންއުމަރު އެވޯޑް” ދިނުމުގެ އުސޫލް އާންމުކޮށްފިއެވެ. މި އެވޯޑަކީ ތަފާތު ދާއިރާތަކުން ދިގު މުއްދަތަކަށް ޝަރަފްވެރި ޚިދުމަތްތަކެއް އެ ރަށަށް ކޮށްދެއްވާފައިވާ ފަރާތްތަކަށާއި، ތަފާތު ދާއިރާތަކުން އަގުހުރި ޚިދުމަތްތަކެއް އެ ރަށަށް ކޮށްދެއްވާފައިވާ ފަރާތްތަކަށާއި، ރަށަށް އެންމެ ޚިދުމަތްތެރި ފަރާތްތަކަށާއި، ދުނިޔޭގެ ފެންވަރުގައްޔާއ...

އިބްރާހިމް ޚަލީލް
ފިއްލަދޫ ފަތުރުވެރިކަމުގެ ބިންތަކަށް ބޮޑު ތަރުހީބެއް 📍 ހއ. ފިއްލަދޫ

ފިއްލަދޫ ފަތުރުވެރިކަމުގެ ބިންތަކަށް ބޮޑު ތަރުހީބެއް

ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫއިން ފަތުރުވެރިކަމުގެ ވިޔަފާރިއަށް ދޫކުރާ ބިންތަކަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ. ފަތުރުވެރިކަމަށް ހާއްސަކޮށް ފިއްލަދޫއިން ކަނޑައަޅާފައިވާ ” ޓޫރިސްޓް ވިލެޖް” އިން 50 އަހަރުގެ މުއްދަތަށް ދޫކުރާ 99 ބިމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގެ ދަށުން އެ ބިންތަކަށް ޖުމްލަ 110 ފަރާތަކުން ވަނީ ބީލަން ހުށަހަޅާފައެވެ. ފިއްލަދޫ ޓޫރިސްޓް ވިލެޖުން 99 ބިމެއް ކުއްޔަށް ދޫކުރުމަށް ފިއްލަދޫ ކައުންސިލުން ވަނީ ނިންމާފައެވެ. އެ ބިންތަކުގެ ތެރޭގައި ހިމެނެނީ 5000 (ފަސްހާސް) އަކަފޫޓުގެ ބ...

އިބްރާހިމް ޚަލީލް
ފިއްލަދޫ ޓޫރިސްޓް ވިލެޖުން 99 ބިން ދޫކުރަން ހުޅުވާލައިފި 📍 ހއ. ފިއްލަދޫ

ފިއްލަދޫ ޓޫރިސްޓް ވިލެޖުން 99 ބިން ދޫކުރަން ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫއިން ފަތުރުވެރިކަމުގެ ވިޔަފާރިން އެ ރަށުގެ ރައްޔިތުންނަށް ގިނަގުނަ ފައިދާ ލިބިދޭނެ ގޮތަށް ފުޅާ ދާއިރާއެއްގައި ވިޔަފާރި ތަރައްގީ ކުރުމަށް، ފަތުރުވެރިކަމަށް ހާއްސަކޮށް އެ ރަށުން ކަނޑައަޅާފައިވާ ” ޓޫރިސްޓް ވިލެޖް” އިން 50 އަހަރުގެ މުއްދަތަށް ދޫކުރާ 99 ބިމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ފަތުރުވެރިކަމުގެ ވިޔަފާރިއަށް އެ ރަށުން ދޫކުރާ 99 ބިމުގައި ހިމެނެނީ 5000 (ފަސްހާސް) އަކަފޫޓުގެ ބިމުން ފެށިގެން ގޮސް 115000 (އެއްލައްކަ ފަނަރަހާސް) އަކަފޫޓާއި ދެމެދުގެ ބިނ...

އިބްރާހިމް ޚަލީލް
ފިއްލަދޫ އާއި ބާރަށުގައި ސަރުކާރުން ހިންގި ބައެއް މަޝްރޫއުތައްް ރައީސް އިފްތިތާހުކޮށްދެއްވައިފި 📍 ހއ. ބާރަށް

ފިއްލަދޫ އާއި ބާރަށުގައި ސަރުކާރުން ހިންގި ބައެއް މަޝްރޫއުތައްް ރައީސް އިފްތިތާހުކޮށްދެއްވައިފި

ހއ. ފިއްލަދޫ އާއި އެ އަތޮޅު ބާރަށުގައި ސަރުކާރުން ހިންގި ބައެއް މަޝްރޫއުތައްް ރައީސް އިބްރާހިމް މުހައްމަދު ސާލިހު އިފްތިތާހުކޮށްދެއްވައިފިއެވެ. އެގޮތުން އެ މަނިކުފާނު ވަނީ ފިއްލަދުއަށް ވަޑައިގެން އެރަށުގައި ފެނާއި ނަރުދަމާނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކޮށްދެއްވައި އެރަށު ސިއްހީ މަރުކަޒަށް އަލަށް އިތުރުކުރިބައި ރަސްމީކޮށް ހުޅުވައިދެއްވާފައެވެ. އަދި ބާރަށު ފުޓްސަލް ދަނޑު ވެސް ރަސްމީގޮތުން ހުޅުވައިދެއްވިއެވެ. ފިއްލަދޫގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް، ސާސް.އީ ކޮންސ...

މުޙައްމަދު އަފްރާޙް
ފިއްލަދޫ ސްޕޯރޓްސް އެކެޑަމީ އިން ފުޓްބޯޅަ އާއި ހޭންޑްބޯޅަ މުބާރާތެއް ބާއްވައިފި 📍 ހއ. ފިއްލަދޫ

ފިއްލަދޫ ސްޕޯރޓްސް އެކެޑަމީ އިން ފުޓްބޯޅަ އާއި ހޭންޑްބޯޅަ މުބާރާތެއް ބާއްވައިފި

ފިއްލަދޫ ސްޕޯރޓްސް އެކެޑަމީ އިން އިންތިޒާމު ކޮށްގެން ވައި-ޑީ-ޕީ ކުދިންގެ މެދުގައި ފުޓްބޯޅަ އަދި ހޭންޑްބޯޅަ މުބާރާތެއް ބާއްވައިފިއެވެ. މި މަހުގެ 6 ވަނަ ދުވަހުން 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަަަަށް ގެެންދެވުނު މި މުބާރާތް އަމާޒު ކޮށްފައިވަނީ 12 އަހަރުން ދަށް އަދި 17 އަަހަރުން ދަށުގެ ފުޓްބޯޅަ އަދި ހޭންޑްބޯޅަ ކުޅޭ ކުދިން ނަށެވެ. ފުޓްބޯޅަ މުބާރާތުގައި 12 އަހަރުން ދަށުގެ އުމުރު ފުރާއިން ސުޕަ ކިޑްސް ޗެންޕިއަންކަން ހޯދީ ވާދެވެރި ޖުޕިޓާރ […]

އަލީ އާދިލް
ފިއްލަދޫ އިން 3000 އަކަފޫޓުގެ 78 ބަންޑާރަ ގޯތި ދޫކުރަނީ 📍 ހއ. ފިއްލަދޫ

ފިއްލަދޫ އިން 3000 އަކަފޫޓުގެ 78 ބަންޑާރަ ގޯތި ދޫކުރަނީ

ހއ. ފިއްލަދޫ އިން 3000 އަކަފޫޓުގެ 78 ބަންޑާރަ ގޯތި ދޫކުރަން ނިންމައިފިއެވެ. ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ އިން ދިވެހިސަރުކާރުގެ ގެޒެޓުގައި ކުރައްވާފައިވާ އިއުލާނުގައި ވިދާޅުވެފައިވަނީ އެރަށުން ބަންޑާރަ ގޯއްޗަށް އެދޭ ފަރާތްތަކަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި މިފަހަރު ދޫކުރުމަށް ހަމަޖެހިފައިވަނީ 3000 އަކަފޫޓުގެ 78 ގޯތި ކަމަށެވެ. މި ގޯތި ދޫކުރާނީ، ބަންޑާރަ ގޯތި ދޫކުރުމަށް އެ ކައުންސިލުން ފާސްކޮށް އާންމުކޮށްފައިވާ އުސޫލާއި އެއްގޮތަށް ކަމަށް ވެސް ވިދ...

މުޙައްމަދު އަފްރާޙް
ފިއްލަދޫ އާއި ކެނދިކުޅުދޫ މަގުހެދުމަށް އާރްޑީސީއަށް 📍 ހއ. ފިއްލަދޫ

ފިއްލަދޫ އާއި ކެނދިކުޅުދޫ މަގުހެދުމަށް އާރްޑީސީއަށް

ހއ. ފިއްލަދޫ އާއި ނ. ކެނދިކުޅުދޫ މަގުހެދުމުގެ މަޝްރޫޢު ރޯޑް ޑިވެލޮމަންޓް ކޯރޕަރޭޝަން (އާރުޑީސީ) އާއި އިއްޔެ ހަވާލުކޮށްފިއެވެ. މި މަޝްރޫޢުތައް އާރުޑީސީއާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫޢުތަކުގެ އެއްބަސްވުންތަކުގައި މިނިސްޓްރީ އޮފް ނޭޝެނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާޠިމަތު ޝާނާ ފާރޫޤެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ ޢަލީ މަނިކު (މޫކޭ) އެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުނ...

ޔުމްނާ ޢަލީ
ފިއްލަދޫ އާާއިލާއަށް ބޭނުންވާ އެހީތެރިކަން ދެނެގަތުމުގެ މަސައްކަތް ދަނީ ކުރަމުން: އެންޑީއެމްއޭ 📍 ހއ. ފިއްލަދޫ

ފިއްލަދޫ އާާއިލާއަށް ބޭނުންވާ އެހީތެރިކަން ދެނެގަތުމުގެ މަސައްކަތް ދަނީ ކުރަމުން: އެންޑީއެމްއޭ

ހއ. ފިއްލަދޫގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު އާާއިލާއަށް ބޭނުންވާ އެހީތެރިކަން ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވިދާޅުވެއްޖެއެވެ. ފިއްލަދޫ ހިތައްފިނިވާގޭގައި އަލިފާން ރޯވެފައި ވަނީ ރޭ މެންދަމު 1:15 ހާއިރުއެވެ. އެ ހާދިސާގައި އެ ގޭ ވަނީ އެއްކޮށް އަނދާ ހުލިވެފައެވެ. އެ ހާދިސާއާއި ގުޅިގެން އެންޑީއެމްއޭއިން މިއަދު ވިދާޅުވީ، ފިއްލަދޫ ހިތަށްފިނިވާގޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި އެގެ ދިިރިނޫޅެވޭ ވަރަށް އަނ...

ޔުމްނާ ޢަލީ
ފިއްލަދޫ ގެއެއްގައި އަލިފާން ރޯވެ އަނދާ ހުލިވެއްޖެ 📍 ހއ. ފިއްލަދޫ

ފިއްލަދޫ ގެއެއްގައި އަލިފާން ރޯވެ އަނދާ ހުލިވެއްޖެ

ހއ. ފިއްލަދޫގެ ގެއެއްގައި އަލިފާން ރޯވެ އެ ގެ އެއްކޮށް އަނދާ ހުލިވެއްޖެއެވެ. މި ހާދިސާ ހިނގާފައި ވަނީ ރޭ މެންދަމު 1:15 ހާއިރުއެވެ. ފިއްލަދޫ ކައުންސިލްގެ ރައީސް ފަތުހުﷲ ހަސަން ‘’ތިލަދުން’’ އަށް ވިދާޅުވީ، އަލިފާން ރޯވެ އަނދާ ހުލިވީ އެރަށު ހިތައްފިނިވާގޭ ކަމަށެވެ. އަލިފާން ރޯވިއިރު އެ ގޭގައި ޖުމްލަ 7 މީހުން ތިބި ކަމަށާއި، އެއީ ކުޑަ ތިން ކުދިންނާއި އުމުރުން 65 އަހަރުން މަތީގެ ދެމީހަކާއި އަދި އިތުރު ދެ އަންހެނުންކަމަށް […]

ޙުސައިން ޝަހުދީ
ފިއްލަދޫ ބަނދަރު ސަރަހައްދުން 18 ބިމެއް ކުއްޔަށް ދޫކުރަން ހުޅުވާލައިފި 📍 ހއ. ފިއްލަދޫ

ފިއްލަދޫ ބަނދަރު ސަރަހައްދުން 18 ބިމެއް ކުއްޔަށް ދޫކުރަން ހުޅުވާލައިފި

ހއ. ފިއްލަދޫގެ ބަނދަރު ސަރަހައްދުން ސިނާއީ މަސައްކަތް ކުރުމާއި ގުދަން ކުރުމުގެ މަސައްކަތަށް ބިން ދޫކުރަން ނިންމައިފިއެވެ. އެރަށު ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައިވާގޮތުން 10000 އަކަފޫޓުގެ 18 ބިން ދޫކުރުމަށް ވަނީ ނިންމާފައެވެ. އަދި މިއީ 5 އަހަރުގެ މުއްދަތަށް ދޫކުރާ ވަގުތީ ބިންތަކެއް ކަމަށް ވެސް ބުނެފައި ވެއެވެ. މީގެ އިތުރުން އެ ބިންތަކުގައި ކުރެވޭނީ ހަމައެކަނި ތަކެތި ގުދަންކުރުމުގެ މަސައްކަތާއި ޤަރާޖު، ވޯކޮޝޮސޮޕް ފަދަ މަސައްކަތް ކަމަށް ވެސް ބުނެފައި ވެއެވެ. މިކަމަށް ޝަޢުޤުވެރިވާ […]

މުޙައްމަދު އަފްރާޙް
ގޯލްޑަން ފުޓްސަލް ޗެލެންޖް: ހއ ފައިނަލުގައި ފިއްލަދޫއާއި އުތީމް، ހދ ފައިނަލުގައި ނައިވާދޫއާއި ނޭކުރެންދޫ 📍 ހދ. ނޭކުރެންދޫ

ގޯލްޑަން ފުޓްސަލް ޗެލެންޖް: ހއ ފައިނަލުގައި ފިއްލަދޫއާއި އުތީމް، ހދ ފައިނަލުގައި ނައިވާދޫއާއި ނޭކުރެންދޫ

މިހާރު ކުރިއަށްދާ “ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023” ގައި ހއ އަތޮޅު ފައިނަލުން ފިއްލަދޫއާއި އުތީމް ޖާގަ ހޯދިއިރު، ހދ އތޮޅު ފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން ނައިވާދޫއާއި ނޭކުރެންދޫ ޖާގަ ހޯދައިފިއެވެ. މުބާރާތުގެ ފައިނަލުން ފިއްލަދޫ ޖާގަ ހޯދާފައި ވަނީ ސެމީ ފައިނަލުގައި 2-1 ގެ ނަތީޖާއިން މުރައިދޫ ބަލިކޮށްގެންނެވެ. ފިއްލަދޫއަށް ލަނޑުތައް ޖަހައިދިނީ އެ ޓީމްގެ އަހުމަދު ހުސާމްއާއި އިބްރާހިމް ފަޒީލުއެވެ. މުރައިދޫން ކާމިޔާބުކުރި ހަމައެކަނި ލަނޑު ޖަހައިދީފައި ވަނީ އިޔާން […]

އިބްރާހިމް ޚަލީލް
ފިއްލަދޫގައި ޤިރާއަތު ލެވެލް 1 އަދި 2 ގެ ކޯސް ހިންގައިދޭނެ ފަރާތެއް ހޯދަނީ 📍 ހއ. ފިއްލަދޫ

ފިއްލަދޫގައި ޤިރާއަތު ލެވެލް 1 އަދި 2 ގެ ކޯސް ހިންގައިދޭނެ ފަރާތެއް ހޯދަނީ

ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް އެ ކައުންސިލް އިދާރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ޤިރާޔަތު ލެވެލް 1 ، 2 ގެ ކޯސް ހިންގައިދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިޢުލާން ކޮށްފިއެވެ. މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރިއާބެހޭ ޤާނޫނު ގެދަށުން މި...

އިބްރާހިމް ޚަލީލް