މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. މުރައިދޫ (135 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
135 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

މުރައިދޫގެ އެންމެ ފަހުގެ ޚަބަރުތައް

135 ޚަބަރުގެ ތެރެއިން
މުރައިދޫ ބަނދަރުގެ މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެ 📍 ހއ. މުރައިދޫ

މުރައިދޫ ބަނދަރުގެ މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެ

ހއ. މުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފައިވާ ގޮތުގައި މި މަޝްރޫއުގެ މަސައްކަތުގެ 76 އިންސައްތަ މިހާރު ވަނީ ފުރިހަމަކުރެވިފައެވެ. މި މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ތިންވަނަ ޝިޕްމެންޓް މިހާރު ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ބޭރު ތޮށީގެ ޕްރޮފައިލިން މަސައްކަތް 90 އިންސައްތަ ފުރިހަމަކުރެވިފައިވާއިރު ނެރު ފުންކުރުމުގެ މަސައްކަތް...

އަޙްމަދު ވަހީދު
މުރައިދޫ އާއި ގެމަނަފުށީގައި އައު މިސްކިތް އިމާރާތްކުރަން ހަވާލުކޮށްފި 📍 ހއ. މުރައިދޫ

މުރައިދޫ އާއި ގެމަނަފުށީގައި އައު މިސްކިތް އިމާރާތްކުރަން ހަވާލުކޮށްފި

ހއ. މުރައިދޫ އާއެކު އިތުރު ރަށެއްގައި އައު މިސްކިތެއް އިމާރާތްކުރަން ހަވާލުކޮށްފިއެވެ. މުރައިދޫ އާއި ގއ. ގެމަނަފުށީގައިި އައު މިސްކިތް އިމާރާތްކުރުމަށް ހަވާލުކޮށްފައިވަނީ އީވޯސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. މިކަމަށްޓަކައި އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ. އީވޯސަން މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓާ ހުސައިން ވަހީދެވެ. މި ރަސްމިއްޔާތުގައި މިނިސްޓަ ވިދާޅުވީ ރާއްޖޭގެ ރަށް...

މުޙައްމަދު އަފްރާޙް
މުރައިދޫ އާއި އުތީމު އަދި ހަނިމާދޫގައި ސަރުކާރުން ހިންގި ބައެއް މަޝްރޫއުތައްް އިފްތިތާހުކޮށްފި 📍 ހއ. މުރައިދޫ

މުރައިދޫ އާއި އުތީމު އަދި ހަނިމާދޫގައި ސަރުކާރުން ހިންގި ބައެއް މަޝްރޫއުތައްް އިފްތިތާހުކޮށްފި

ހދ. ހަނިމާދޫ އާއި ހއ. އުތީމު އަދި މުރައިދޫގައި ސަރުކާރުން ހިންގި ތަރައްގީއެއްގެ ބައެއް މަޝްރޫޢުތައް ރައީސް އިބްރާހިމް މުހައްމަދު ސާލިހު އިފްތިތާހުކޮށްދެއްވައިފިއެވެ. ރައީސް މި މަޝްރޫޢުތައް އިފްތިތާހްކޮށް ދެއްވީ، މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓެއްގެ ހައިސިއްޔަތުން އެމަނިކުފާނު ކުރިއަށްގެންދަވާ ކެމްޕޭންގެ ތެރެއިން އިއްޔެ އެ ތިން ރަށަށް ކުރެއްވި ކެމްޕޭން ދަތުރުފުޅުގެ ތެރެއިންނެވެ. މިގޮތުން އިއްޔެ މުރައިދޫއަށް ވަޑައިގެން ކ...

ޔުމްނާ ޢަލީ
މުރައިދޫ ބަނދަރުގެ 72 އިންސައްތަ މަސައްކަތް ނިމިއްޖެ 📍 ހއ. މުރައިދޫ

މުރައިދޫ ބަނދަރުގެ 72 އިންސައްތަ މަސައްކަތް ނިމިއްޖެ

ހއ. މުރައިދޫ ބަނދަރު ތަރައްގޫ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ 72 އިންސައްތަ މިހާރު ވަނީ ފުރިހަމަކުރެވިފައެވެ. އަދި މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމެންޓް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. މި މަޝްރޫއުގެ ދަށުން، ބޭރު ތޮށީގެ ޕްރޮފައިލިންގެ 17 އިންސައްތަ މަސައްކަތް މިހާރު ވަނީ ފުރިހަމަކުރެވިފައެވެ. މި މަޝްރޫއުގެ […...

އަޙްމަދު ވަހީދު
މުރައިދޫގައި ކުރިއަށް ގެންދާ އިނގިރޭސި ބަސް ދަސްކޮށްދޭ ޕްރޮގްރާމް ފަށައިފި 📍 ހއ. މުރައިދޫ

މުރައިދޫގައި ކުރިއަށް ގެންދާ އިނގިރޭސި ބަސް ދަސްކޮށްދޭ ޕްރޮގްރާމް ފަށައިފި

ތިލަދުންމަތީ އުތުރުބުރީ މުރައިދޫ ކަނބަލުންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ އިނގިރޭސި ބަސް ދަސްކޮދޭ ޕްރޮގްރާމް އެ ރަށުގައި ފަށައިފިއެވެ. މިއީ މުރައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިސްނަގައިގެން އެ ރަށުގެ ކަނބަލުންގެ އިނގިރޭސި ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން އެއް މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދަނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އަންނަ ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. […]

އިބްރާހިމް ޚަލީލް
މުރައިދޫ ބަނދަރުގެ 70 އިންސައްތަ މަސައްކަތް ނިމިއްޖެ 📍 ހއ. މުރައިދޫ

މުރައިދޫ ބަނދަރުގެ 70 އިންސައްތަ މަސައްކަތް ނިމިއްޖެ

ހއ. މުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 70 އިންސައްތަ ނިންމާލައިފިއެވެ. މި މަޝްރޫއު ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމެންޓް މިހާރު ވަނީ ސައިޓަށް ގެންގޮސްފައެވެ. މި މަޝްރޫއުގެ ދަށުން، އައު ހާބަ ފުންކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، 212 މީޓަރުގެ އެއްގަމުތޮށި ލުމާއި، 407 މީޓަރުގެ […]

އަޙްމަދު ވަހީދު
މުރައިދޫ ކައުންސިލަށް ރައީސް ދެއްވީ އުއްމީދު 📍 ހއ. މުރައިދޫ

މުރައިދޫ ކައުންސިލަށް ރައީސް ދެއްވީ އުއްމީދު

ހއ. މުރައިދޫ ކައުންސިލުން ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙާއި ބައްދަލުކުރައްވަފިއެވެ. މުރައިދޫ ކައުންސިލްގެ ރައީސް އަލީ ސިނާން ”ތިލަދުން” އަށް ވިދާޅުވީ، އިއްޔެ މުރައިދޫ ކައުންސިލުން ރައީސް ޞާލިޙާއި ބައްދަލުކުރައްވައި، މުރައިދޫގެ ތަރައްގީއާއި ގުޅުންހުރި ކަންކަމާގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. މުލިއާގޭގައި ބޭއްވި މި ނުރަސްމީ ބައްދަލުކޮށްލެއްވުމުގައި މުރައިދޫގެ ތަރައްގީއަށް އިތުރަށް ބޭނުންވެފައިވާ ކަންކަމާއި، މިހާރު ހިނގަމުންދާ މަޝްރޫޢުތައް ހަލުވި ކުރުމާމެދު މަޝްވަރާ ކުރެވުނު ކަމަށް...

ޔުމްނާ ޢަލީ
މުރައިދޫން ގޯތި ދޫކުރަންނިންމައި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި 📍 ހއ. މުރައިދޫ

މުރައިދޫން ގޯތި ދޫކުރަންނިންމައި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުރައިދޫން ގޯތި ދޫކުރަން ނިންމައި ގޯއްޗަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މުރައިދޫ ކައުންސިލުން ވިދާޅުވެފައިވާ ގޮތުގައި އެ ކައުންސިލްގެ އިޙްތިޞާސްގައި ހިމެނޭ ބިމުގެ ޞަރަޙައްދުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގައި ޢަމަލު ކުރާނެ ގޮތް ބަޔާންކުރާ އުޞޫލެއް އެކުލަވާލާ އެ އުޞޫލު އާންމުކޮށްފައި ވުމާއެކު އެ އުޞޫލުގައިވާ ގޮތުގެމަތިން އެ ރަށުން ބަންޑާރަ ގޯތި ދޫކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މިފަހަރު އެރަށުން ދޫކުރުމަށް ނިންމާފައި ވަނީ 2500 އަކަ ފޫޓޫގެ 41 ގޯއްޗެވެ. އެރަ...

ޔުމްނާ ޢަލީ
މުރައިދޫ ފެރީ ސްޓޮޕުގެ މަސައްކަތް ނިންމާލައިފި 📍 ހއ. މުރައިދޫ

މުރައިދޫ ފެރީ ސްޓޮޕުގެ މަސައްކަތް ނިންމާލައިފި

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ދަށުން ސްޕީޑް ފެރީގެ ހިދުމަތް ދިނުމަށް ހއ. މުރައިދޫގައި ހަދާ ފެރީ ސްޓޮޕުގެ މަސައްކަތް ނިންމާލައިފިއެވެ. މިއީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހެދި ފެރީ ސްޓޮޕެކެވެ. މި ފެރީ ސްޓޮޕަކީ އާރުޓީއެލްގެ ފެރީ ގެ ޙިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ބޭނުންތެރި ތަނަކަށް ވާނެ ކަމަށް އެމްޓީސީސީން އުއްމީދު ކުރެއެވެ. މި މަޝްރޫއުގެ ދަށުން، ކިއޮސްކަކާއި، ވެއިޓިން އޭރިއާއަކާއި ޔުނިވާސަލް ޓޮއިލެޓެއް ވަނީ ހަދައިފައެވެ. އާރުޓީއެލް […]

އަޙްމަދު ވަހީދު
އެސްޓީއޯ ބީޒެޑްޑީގެ 18 ވަނަ ވޮލީ މުބާރާތުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ވެސް މުރައިދޫއަށް 📍 ހއ. ބާރަށް

އެސްޓީއޯ ބީޒެޑްޑީގެ 18 ވަނަ ވޮލީ މުބާރާތުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ވެސް މުރައިދޫއަށް

ހއ. ބާރަށުގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ ބާރަށު ޒުވާނުންގެ ދިރުން (ބީޒެޑްޑީ) ގެ ފަރާތުން އިންތިޒާމް ކޮށްގެން އެންމެ އުތުރުގެ ދެ އަތޮޅު ކަމުގައިވާ ހއ އަދި ހދ އަތޮޅަށް ހުޅުވާލައިގެން ދެ ޖިންސުގެ ޓީމްތަކަށް ބައިވެރިވެވޭގޮތަށް ކުރިއަށް ގެންދިޔަ ވޮލީ މުބާރާތުގައި ފިރިހެން ޑިވިޛަންގެ ޗެމްޕިއަންކަން ވެސް މުރައިދޫ ވޮލީ ޓީމުން ހޯދައިފިއެވެ. މި މުބާރާތުގެ ފިރިހެން ބައިގެ ފައިނަލް މެޗު އިއްޔެ ހަވީރު ބާރަށު ވޮލީ ކޯޓުގައި ކުޅެފައިވާއިރު، ފައިނަލުގައި […]

އިބްރާހިމް ޚަލީލް
އެސްޓީއޯ ބީޒެޑްޑީގެ 18 ވަނަ ވޮލީ މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން މުރައިދޫއަށް 📍 ހއ. ބާރަށް

އެސްޓީއޯ ބީޒެޑްޑީގެ 18 ވަނަ ވޮލީ މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން މުރައިދޫއަށް

ހއ. ބާރަށުގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ ބާރަށު ޒުވާނުންގެ ދިރުން (ބީޒެޑްޑީ) ގެ ފަރާތުން އިންތިޒާމް ކޮށްގެން އެންމެ އުތުރުގެ ދެ އަތޮޅު ކަމުގައިވާ ހއ އަދި ހދ އަތޮޅަށް ހުޅުވާލައިގެން ދެ ޖިންސުގެ ޓީމްތަކަށް ބައިވެރިވެވޭގޮތަށް ކުރިއަށް ގެންދާ ވޮލީ މުބާރާތުގައި އަންހެން ޑިވިޛަންގެ ޗެމްޕިއަންކަން މުރައިދޫ ވޮލީ ޓީމުން ހޯދައިފިއެވެ. މި މުބާރާތުގެ އަންހެން ބައިގެ ފައިނަލް މެޗު އިއްޔެ ހަވީރު ބާރަށު ވޮލީ ކޯޓުގައި ކުޅެފައިވާއިރު، ފައިނަލުގައި ބައްދަލު […]

އިބްރާހިމް ޚަލީލް
މުރައިދޫ ކައުންސިލްގެ ލޯގޯ އާއި ޔުނިފޯމު އަދި ވެބްސައިޓް އިފްތިތާޙްކޮށްފި 📍 ހއ. މުރައިދޫ

މުރައިދޫ ކައުންސިލްގެ ލޯގޯ އާއި ޔުނިފޯމު އަދި ވެބްސައިޓް އިފްތިތާޙްކޮށްފި

ހއ. މުރައިދޫ ކައުންސިލްގެ ލޯގޯ އާއި ޔުނިފޯމު އަދި ވެބްސައިޓް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މުރައިދޫ ސްކޫލްގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި މި ރަސްމިއްޔާތުގައި މުރައިދޫ ކައުންސިލްގެ ވެބްސައިޓް އިފްތިތާޙް ކޮށްދެއްވީ ހއ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީޤެވެ. ވެބްސައިޓް އިފްތިތާޙްކޮށް ދެއްވުމަށްފަހު އަތޮޅު ރައީސް ރަސްމިއްޔާތުގެ ބައިވެރިންނާ މުހާތަބުކޮށް ދެއްކެވި ވާހަކާގައި ކައުންސިލްތަކަކީ ލާމަރުކަޒީ ނިޒާމުގެ ދަށުން މިނިވަންކަމާއެކު މަސައްކަތްކުރަމުންދާ ތަނަކަށްވާތީ، މިފަދަ މ...

ޔުމްނާ ޢަލީ
މުރައިދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް، ދިއްދޫ ކޯޓަށް 📍 ހއ. ދިއްދޫ

މުރައިދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް، ދިއްދޫ ކޯޓަށް

ހއ.މުރައިދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް ކަމުގައި ހުންނެވި، ހއ.އުތީމު، ސީވިއު، އަލްއުސްތާޛު ޙަސަން ފަޔާޟް، ހއ. ދިއްދޫ މެޖިސްޓްރޭޓް ކޯޓަށް ބަދަލުކުރައްވަން ނިންމަވައިފިި އެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މިކަން އިޢުލާންކުރައްވާފައިވަނީ މިއަދު އެވެ. ޖޭއެސްސީން ވިދާޅުވީ، ޙަސަން ފަޔާޟް، ހއ. ދިއްދޫ މެޖިސްޓްރޭޓް ކޯޓުގައި މަސައްކަތް ކުރައްވަން ފައްޓަވާނީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. މީގެ އިތުރުން ޖޭއެސްސީން ވިދާޅުވީ، ދިވެހިރާއްޖޭގެ މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން ހޯދުމަށް އ...

އިބްރާހިމް އަސްވާޤް
މުރައިދޫ ބަނދަރުގެ ބޮޑު ބައެއް ނިންމާލައިފި 📍 ހއ. މުރައިދޫ

މުރައިދޫ ބަނދަރުގެ ބޮޑު ބައެއް ނިންމާލައިފި

ހއ. މުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑު ބައެއް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތުގެ 60 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. އެގޮތުން ހާބަ ޕޭވްމެންޓް މަސައްކަތް އެއްކޮށް ވަނީ ނިންމާލައިފައެވެ. މި މަޝްރޫއުގެ ދަށުން އާ ހާބަ ޕޭވްމެންޓް މަސައްކަތުގެ 95 އިންސައްތަ މަސައްކަތް ވަނީ ފުރިހަމަކުރެވިފައެވެ. މި މަޝްރޫއުގެ ދަށުން، 212 މީޓަރުގެ އެއްގަމުތޮށި ލުމާއި، 407 މީޓަރުގެ ބޭރުތޮށި […]

އަޙްމަދު ވަހީދު
މުރައިދޫ އެއްގަމު ތޮށިލުމުގެ މަސައްކަތް ނިންމާލައިފި 📍 ހއ. މުރައިދޫ

މުރައިދޫ އެއްގަމު ތޮށިލުމުގެ މަސައްކަތް ނިންމާލައިފި

ހއ. މުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެ ރަށު އެއްގަމުތޮށި ލުމުގެ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ 57 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، 212 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 407 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 107 މީޓަރުގެ ސަރަހައްދެއްގެ ބޭރުތޮށި މަރާމާތު ކުރުމުގެ މަސައްކަތް ކުރުމަށް […]

އަޙްމަދު ވަހީދު