މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. އުތީމު (233 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
233 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

އުތީމުގެ އެންމެ ފަހުގެ ޚަބަރުތައް

233 ޚަބަރުގެ ތެރެއިން
މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް އުތީމުގައި މަސްރޭހެއް ބާއްވަނީ 📍 ހއ. އުތީމު

މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް އުތީމުގައި މަސްރޭހެއް ބާއްވަނީ

ތިލަދުންމަތީ އުތުރުބުރީ އުތީމުގައި މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ، އުތީމު ރައްޔިތުންގެ މަސްރޭހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މަސްރޭހުގައި އުތީމުގައި ހުރި މުއައްސަސާތަކަށާއި ކުލަބް ޖަމިއްޔާތަކަށް ޓީމް ތައް ބައިވެރި ކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މީގެއިތުރުން އާންމު ފަރުދުންގެ މެދުގައި ޓީމް އެކުލަވާލައި ބައިވެރި ވުމުގެ ފުރުޞަތު ވެސް ވަނީ ހުޅުވާލާފައެވެ. މަސްރޭހުގައި ބައިވެރިވާ ޓީމްތަކުގައި މަދުވެގެން 5 މެމްބަރުން ހިމަނަން ޖެހޭއިރު،...

އިބްރާހިމް ޚަލީލް
އަނެއްކާވެސް އުތީމު ތުނޑިން އާސާރީ ވަޅެއް ފެނިއްޖެ 📍 ހއ. އުތީމު

އަނެއްކާވެސް އުތީމު ތުނޑިން އާސާރީ ވަޅެއް ފެނިއްޖެ

ހއ. އުތީމު ހުޅަނގު ފަރާތު ތުނޑިން އާސާރީ ވަޅެއް ފެނިއްޖެ އެވެ. އެ ތުނޑިން އޮކްޓޯބަރު، 2021 ގައި ވެސް ވަނީ އާސާރީ ވަޅެއް ފެނިފައެވެ. އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު “ތިލަދުން”އަށް ވިދާޅުވީ، އުތީމު ހުޅަނގު ފަރާތު ތުނޑިން ނުވަތަ އުތީމު ދޫނި ތުނޑިން އާސާރީ ވަޅެއް ފެނިގެން އެކަމުގެ މައުލޫމާތު ލިބުނީ އިއްޔެ ކަމަށެވެ. އެ މައުލޫމާތު ލިބުމާއެކު ފަންނާއި، ސަގާފަތާބެހޭ ވުޒާރާއަށް އެކަން މިއަދު ހެނދުނު އެންގި ކަމަށް ރަޝީދު ވިދާޅުވިއެވެ. […]

ޙުސައިން ޝަހުދީ
އުރީދޫ އިން އުތީމު ހެލްތު ސެންޓަރަށް ހެލްތު ކިޓު ހަދިޔާކޮށްފި 📍 ހއ. އުތީމު

އުރީދޫ އިން އުތީމު ހެލްތު ސެންޓަރަށް ހެލްތު ކިޓު ހަދިޔާކޮށްފި

އުރީދޫ މޯލްޑިވްސް އިން ހއ. އުތީމު ހެލްތު ސެންޓަރަށް ހެލްތު ކިޓު ހަދިޔާ ކޮށްފިއެވެ. މި ހެލްތު ކިޓު ހެލްތު ސެންޓަރާ ހަވާލުކޮށްދެއްވީ އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޚާލިދު އަލް ހަމާދީއެވެ. މިއީ ދުޅަހެޔޮ ދިރިއުޅުން ޕްރޮމޯޓްކޮށް ސިއްހީ ދާއިރާ ބިނާ ކުރުމުގައި އެއްބާރުލުން ދިނުމުގެ ގޮތުން އުރީދޫއިން ކުރިއަށްގެންދާ ހަރަކާތެކެވެ. މި ހަރަކާތުގެ ދަށުން ރާއްޖޭގެ ހުރިހާ ސިއްހީ މަރުކަޒުތަކަށް ހެލްތު ކިޓް ހަދިޔާކުރަން އުރީދޫ މޯލްޑިވްސް އިން ވަނީ ނިންމައިފިއެވެ. ރާއްޖޭގެ […]

އަޙްމަދު ވަހީދު
އަންހެނުންނަށް ކުރާ އަނިޔާތަކާއި ދެކޮޅަށް އުތީމު ފިރިހެނުން ޝުއޫރުފާޅުކޮށްފި 📍 ހއ. އުތީމު

އަންހެނުންނަށް ކުރާ އަނިޔާތަކާއި ދެކޮޅަށް އުތީމު ފިރިހެނުން ޝުއޫރުފާޅުކޮށްފި

އަންހެނުންނަށް ކުރާ އަނިޔާތަކާއި ދެކޮޅަށް ހއ. އުތީމު ފިރިހެނުން އިއްޔެ ޝުއޫރު ފާޅުކޮށް ސައިކަލް ބުރެއް ބާއްވައިފިއެވެ. ނޮވެމްބަރު 25 އަކީ އަންހެނުންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް ބައިނަލް އަގްވާމީގޮތުން ފާހަގަ ކުރަމުން އަންނަ ދުވަހެވެ. މި ދުވަސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވެސް އިއްޔެ ފާހަގަކޮށްފައިވާއިރު، އަންހެނުންނަށް ކުރާ އަނިޔާތަކާއި ދެކޮޅަށް ހއ. އުތީމު ފިރިހެނުން ޝުއޫރު ފާޅުކުރަން ބޭއްވި ސައިކަލް ބުރު އޮތީ އިއްޔެ ހަވީރުއެވެ. އުތީމު ކައުންސިލްގެ ރައީސް އަބުދުﷲ ރަޝީދު ”ތިލަދުން” […]

ޔުމްނާ ޢަލީ
ލައިފް ސްކިލް ޕްރޮގްރާމުން އެއްބައިވަންތަ ރަށެއް ގޮތުގައި ދެމި ތިބުމަށް އައު ހިތްވަރެއް ލިބުނު: އުތީމު ކައުންސިލް 📍 ހއ. އުތީމު

ލައިފް ސްކިލް ޕްރޮގްރާމުން އެއްބައިވަންތަ ރަށެއް ގޮތުގައި ދެމި ތިބުމަށް އައު ހިތްވަރެއް ލިބުނު: އުތީމު ކައުންސިލް

އުތީމު ކައުންސިލުން އިސްނަގައިގެން އެރަށުގައި ކުރިއަށް ގެންދިޔަ ލައިފް ސްކިލް ޕްރޮގްރާމުން އެރަށުގެ ރަށުވަންތަ ސިފަ ހިފަހައްޓައި، އެއްބައިވަންތަ ރަށެއްގެ ގޮތުގައި ތިބުމަށް އައު ހިތްވަރެއް ލިބިގެން ގޮސްފައިވާކަމަށް އުތީމު ކައުންސިލުން ވިދާޅުވެއްޖެއެވެ. މި ނޮވެމްބަރު މަހުގެ 10 އިން 12 އަށް އުތީމުގައި ކުރިއަށް ގެންދިޔަ މި ލައިފް ސްކިލް ޕްރޮގްރާމްގައި މައުލޫމާތު ފޯރުކޮށްދެއްވީ މި ދާއިރާގެ ތަޖުރިބާކާރެއްކަމަށްވާ މަސްއޫދު ޢަލީ އެވެ. އުތީމު ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު ”ތިލަދުން” އަށް ވިދާޅުވީ، އ...

ޔުމްނާ ޢަލީ
ތިލައުތުރު ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ހއ. އުތީމު

ތިލައުތުރު ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލާއި އުތީމް ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ “ތިލައުތުރު ފުޓްސަލް މުބާރާތް 2022” ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތަކީ ހއ.އަތޮޅުގައި ހުރި ސަރުކާރުގެ އޮފީސްތަކަށާއި، ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. މި މުބާރާތުގައި ކޮންމެ ރަށަކުން ވެސް ބައިވެރި ވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ، އެ ރަށެއްގެ މުވައްސަސާއެއް ނުވަތަ މުވައްސަސާތަކުން ތަމްސީލްކުރާ އެއް ޓީމަށެ...

އިބްރާހިމް ޚަލީލް
އުތީމުގައި ހިންގި ދަނޑުވެރިކަމާބެހޭ ތަމްރީން ޕްރޮގްރާމް ނިންމާލައިފި 📍 ހއ. އުތީމު

އުތީމުގައި ހިންގި ދަނޑުވެރިކަމާބެހޭ ތަމްރީން ޕްރޮގްރާމް ނިންމާލައިފި

ހއ. އުތީމުގައި ހިންގި ދަނޑުވެރިކަމާބެހޭ ތަމްރީން ޕްރޮގްރާމް ނިންމާލައިފިއެވެ. އުތީމު ކައުންސިލުން ވިދާޅުވިގޮތުގައި މި ތަމްރީން ޕްރޮގްރާމަކީ، މިނިސްޓްރީ އޮފް ފިޝަރީސް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން އެރަށުގައި ހިންގި ޕްރޮގްރާމެކެވެ. ދިހަ ދުވަހުގެ މުއްދަތައް ހިންގި މި ޕްރޮގްރާމް ނިންމުމަށް ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު، މި ރަސްމިއްޔާތުގައި ވަނީ މި ޕްރޮގްރާމް ފުރިހަމަ ކުރި 26 ބައިވެރިންނަށް ސެޓްފިކެޓް ދީފައެވެ. އުތީމު ކައުންސިލް ރައީސް އަބުދުﷲ ރަޝީދު ”ތިލަދުން” އަށް ވިދާޅުވީ، މި...

ޙުސައިން ޝަހުދީ
އުތީމު ފުޓްބޯޅަ ދަނޑުގެ ސަބްބޭސް މަސައްކަތާއި މަކުނުދޫ ހޭންޑްބޯލް ކޯޓް ޤާއިމްކުރުމުގެ މަސައްކަތް ހަވާލުކޮށްފި 📍 ހއ. އުތީމު

އުތީމު ފުޓްބޯޅަ ދަނޑުގެ ސަބްބޭސް މަސައްކަތާއި މަކުނުދޫ ހޭންޑްބޯލް ކޯޓް ޤާއިމްކުރުމުގެ މަސައްކަތް ހަވާލުކޮށްފި

ހއ. އުތީމު ފުޓްބޯޅަ ދަނޑުގެ ސަބްބޭސް މަސައްކަތާއި އެ އަތޮޅު މަކުނުދޫ ހޭންޑްބޯލް ކޯޓް ޤާއިމްކުރުމުގެ މަސައްކަތް ހަވާލުކޮށްފި އެވެ. މި މަސައްކަތްތައް ހަވާލުކުރުމަށް ފަހުމުނާމައިގާ ސޮއި ކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެނދުނު، މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް އެމްޕަވަރމެންޓު ގަ އެވެ. މި ދެ ރަށުގެ ތެރެއިން އުތީމު ފުޓްބޯޅަ ދަނޑުގެ ސަބްބޭސް މަސައްކަތް ހަވާލުކޮށްފައިވަނީ އާރްކޭއެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑާ އެވެ. 60 ދުވަހުގެ ތެރޭގައި މި މަސައްކަތް ނިންމުމަށް އެ […]

މުޙައްމަދު އަފްރާޙް
ރައީސް، އުތީމުން ދިއްދޫއަށް ވަޑައިގެންނެވީ އާރްޓީއެލް ފެރީގައި 📍 ހއ. ދިއްދޫ

ރައީސް، އުތީމުން ދިއްދޫއަށް ވަޑައިގެންނެވީ އާރްޓީއެލް ފެރީގައި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ހއ. އުތީމުން އެ އަތޮޅު ދިއްދޫއަށް ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ފެރީ ގައި ވަޑައިގެންފި އެވެ. އާރްޓީއެލް ފެރީގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް ބާއްވާ ޚާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވުމަށް އެމަނިކުފާނު ދިއްދޫ އަށް ވަޑައިގަތުމުން ވަނީ އެރަށު ރައްޔިތުންގެ ފަރާތުން ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ. އާރްޓީއެލް ފެރީ ނިޒާމަކީ ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ފަސޭއިން ހެޔޮ އަގުގައި ދަތުރު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ރައީސ...

މުޙައްމަދު އަފްރާޙް
ޤައުމީ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފްގެ ޕެރޭޑް އުތުރުގެ ހަތަރު ރަށެއްގައި 📍 ހއ. އުތީމު

ޤައުމީ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފްގެ ޕެރޭޑް އުތުރުގެ ހަތަރު ރަށެއްގައި

މިއަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފްގެ ޕެރޭޑް ރާއްޖޭގެ 4 ރަށެއްގައި ބާއްވަން ނިންމާފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވެއްޖެ އެވެ. އެ އިދާރާ އިން ވިދާޅުވީ އެމްއެންޑީއެފުން ބޭއްވުމަށް ހަމަޖެހިފައިވާ ފުރަތަމަ ޕެރޭޑް އޮންނާނީ މިއަދު ހަވީރު ހއ. އުތީމުގައި ކަމަށެވެ. މި ޕެރޭޑުގެ ހަރަކާތް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ، އިބްރާހީމް މުޙައްމަދު ޞާލިޙްއާއި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދ...

މުޙައްމަދު އަފްރާޙް
އުތީމުގެ އާ އިންޖީނުގެއާއި އޮފީސް ޢިމާރާތް ހުޅުއްވައިފި 📍 ހއ. އުތީމު

އުތީމުގެ އާ އިންޖީނުގެއާއި އޮފީސް ޢިމާރާތް ހުޅުއްވައިފި

ހއ. އުތީމުގައި އަލަށް ޢިމާރާތްކުރި އާ އިންޖީނުގެއާއި، އޮފީސް ޢިމާރާތް މިއަދު ހުޅުވައިފިއެވެ. މި އިމާރާތް ހުޅުއްވައި ދެއްވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިހާރު އުތީމަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނެއެވެ. ފެނަކަ ކޯޕަރޭޝަން އުތީމުގައި ބިނާކޮށްފައިވާ އާ އިންޖީނުގެއާއި އޮފީސް ޢިމާރާތް ހުޅުއްވައި ދެއްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އާ އިންޖީނުގެ ހުޅުވިގެން ދިޔުމާއެކު އުތީމުގެ ރައްޔިތުން އުފުލަމުން އައި ތަކުލީފުތަކަށް ނިމުމެއް އައީ ކަމަށެވެ. އަދި އުތ...

ޔުމްނާ ޢަލީ
ރައީސް، ތިލަދުންމަތީގެ ހަތަރު ރަށަކަށް ފުރާވަޑައިގެންފި 📍 ހއ. ދިއްދޫ

ރައީސް، ތިލަދުންމަތީގެ ހަތަރު ރަށަކަށް ފުރާވަޑައިގެންފި

ތިލަދުންމަތީގެ 4 ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ފުރާވަޑައިގެންފި އެވެ. މިއަދު ފެއްޓެވި މިދަތުރުފުޅުގައި އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގަންނަވާނީ، ހދ. ނައިވާދޫ އަށެވެ. އެއަށްފަހު، ހދ. ފިނޭއަށާއި، ހއ. އުތީމަށް އަދި ހއ. ދިއްދޫއަށް އެމަނިކުފާނު ވަޑައިގަންނަވާނެ އެވެ. ތިން ދުވަހުގެ މުއްދަތަށް ކުރައްވާ ރަސްމީ މި ދަތުރުފުޅުގައި ހއ. އުތީމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޤައުމީ ދުވަހުގެ ޙަރަކާތްތަކުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަތުމަ...

މުޙައްމަދު އަފްރާޙް
ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ އުތީމުގައި

ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ އުތީމުގައި

މިއަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ ހއ. އުތީމުގައިކަމަށް ރައީސް އޮފީހުން ބުނެފިއެވެ. ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ މިއަހަރުގެ ގައުމީ ދުވަހުގެ ޖަލްސާ ބޭއްވުމަށް ނިންމާފައިވަނީ ހއ. އުތީމުގައި ކަމަށެވެ. އެހެން ނަމަވެސް، ގައުމީ އިނާމު ދިނުމަށް އޮކްޓޯބަރުމަހު މާލޭގައި ޖަލްސާއެއް ބާއްވާނެ ކަމަށް ވިދާޅުވިއެވެ. ޤައުމީ ދުވަސް ރާއްޖޭގައި ފާހަގަކުރަމުންދަނީ ކޮންމެ އަހަރެއްގެ ރަބީޢުލްއައ...

ޝިއުނާ އާދަމް
އުތީމު ފުޓުބޯޅަދަނޑުގެ ސަބްބޭސް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހއ. އުތީމު

އުތީމު ފުޓުބޯޅަދަނޑުގެ ސަބްބޭސް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަނީ

ތިލަދުންމަތީ އުތުރުބުރީ އުތީމު ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އިޢުލާން ކޮށްފިއެވެ. މި މަސައްކަތް ކޮށްދުނުމަށް އެދި ކުންފުނިތަކަށާއި، އަމިއްލަ ފަރުދުން ރަޖިސްޓްރީ ކޮށްގެން ހިންގާ ވިޔަފާރިތަކަށާއި ކުލަބް ޖަމިއްޔާތަކަށް ހުޅުވާލާފައިވާއިރު، މި މަސައްކަތް ކޮށްދިނުމަށް އެދި ހުށަހާޅާ ފަރާތުގެ ތަޢާރަފާއި މަޤުޞަދު ހުށަހަޅަން ޖެހެއެވެ. މިކަމާއި ގުޅިގެން ޔޫތު މިނިސްޓްރީން އިއްޔެ ކޮށްފައިވާ އިޢުލާނުގައި މި މަސަ...

އިބްރާހިމް ޚަލީލް
އުތީމުގައި ކުރިއަށް ގެންދިޔަ ހޭންޑް ބޯލް ތަމްރީން ޕްރޮގްރާމް ނިންމާލައިފި 📍 ހއ. އުތީމު

އުތީމުގައި ކުރިއަށް ގެންދިޔަ ހޭންޑް ބޯލް ތަމްރީން ޕްރޮގްރާމް ނިންމާލައިފި

ހއ. އުތީމުގައި ކުރިއަށް ގެންދިޔަ ހޭންޑް ބޯލް ތަމްރީން ޕްރޮގްރާމް ނިންމާލައި، ތަމްރީން ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ. މި ތަމްރީން ޕްރޮގްރާމަކީ، އުތީމު ކައުންސިލާއި، އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި އަދި ހޭންޑް ވޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުން ފާސްވި ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި މި ޕްރޮގްރާމުން ފާސްވި 26 ބައިވެރިއަކަށް ސެޓ...

ޔުމްނާ ޢަލީ