މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. އުތީމު (233 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
233 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

އުތީމުގެ އެންމެ ފަހުގެ ޚަބަރުތައް

233 ޚަބަރުގެ ތެރެއިން
އުތީމުގައި ވޮލީ ކޯޗިން ކޭމްޕެއް ބާއްވަނީ 📍 ހއ. އުތީމު

އުތީމުގައި ވޮލީ ކޯޗިން ކޭމްޕެއް ބާއްވަނީ

ހއ. އުތީމުގައި ވޮލީ ބޯޅަ ކޯޗިން ކޭމްޕެއް ބޭއްވުމަށް ނިންމައި، ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. އުތީމުގައި މި ބާއްވާ ވޮލީ ބޯޅަ ކޯޗިން ކޭމްޕަކީ އުތީމު ކައުންސިލާއި، އުތީމު ޕޮލިސް ޑެސްކާއި އަދި އުތީމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ބާއްވާ ވޮލީ ކޯޗިން ކޭމްޕެކެވެ. މި ކޯޗިން ކޭމްޕް ކުރިއަށް ގެންދަން ނިންމާފައި ވަނީ 24 ސެޕްޓެމްބަރު 2020 އިން 3 އޮކްޓޯބަރު 2020 އަށެވެ. އަދި މިވޮލީ ކޯޗިން ކޭމްޕްގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ […]

ޔުމްނާ ޢަލީ
ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒު ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހއ. އުތީމު

ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒު ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދަނީ

ހއ. އުތީމުގައި ހުންނަ ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒު ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދަން ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން އިޢުލާން ކޮށްފި އެވެ. ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުންކުރި އިޢުލާންގައި ބުނެފައިވަނީ މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ދަފުތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލާކަމަށެވެ. މަޢުލޫމާތު ސާފުކުރުން އޮންނާނީ 13 ސެޕްޓެމްބަރ 2020 ވާ އާދިއްތަ ދުވަހުގެ 11:30 ގައި ސަގާފީ ތަރިކަ ރައްކާތ...

އަލީ އާދިލް
ފަރު ފަސްގަނޑުން އުތީމު ބަދަހި ދަތުރު 📍 ހއ. އުތީމު

ފަރު ފަސްގަނޑުން އުތީމު ބަދަހި ދަތުރު

”ފަރު ފަސްގަނޑު އުތީމު ބަދަހި ދަތުރު” އަކީ އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ޚާއްޞަ، ނަމޫނާ ދަތުރެކެވެ. ހއ. އުތީމުގެ އުމުރުން 35 އަހަރުން މަތީގެ ފަންސާހަކަށް ފިރިހެނުން އެކުވެ، އިއްޔެ ކުރި މިދަތުރަކީ އެހެން ރަށްތަކުގެ މި އުމުރުފުރާގެ މީހުންވެސް ނަމޫނާއަކަށް ބަލައި ތަޖުރިބާކޮށްލަން ރަނގަޅު ދަތުރެކެވެ. މި ދަތުރުން ލިބޭ މެސެޖު ބާރުގަދައެވެ. ދަތުރާއި މެދު ވިސްނުން ހިންގާލުމުން މި ފަދަ ދަތުރެއްގެ މުހިންމުކަމާއި، މި ފަދަ ދަތުރަކުން ހާސިލްވާނެ ބަދަހިކަމަކީ ވަރަށް މުހިންމު ކަންކަމެވެ. އެކަންކަން ވަޒަން […]

ޙުސައިން ޝަހުދީ
ދާދިވަރުކޮށް އުތީމު ގަނޑުވަރު 📍 ހއ. އުތީމު

ދާދިވަރުކޮށް އުތީމު ގަނޑުވަރު

އަޅުގަނޑު އިނީ ގޭގެ ސޯފާގައެވެ. ފެންނަނީ ބޮޑުތަކުރުފާނު އަވަހާރަފުޅު ލެއްޕެވި އުނދޯލިދާންކޮޅެވެ. ނުހުޅުވޭ ދޮރުކޮޅެވެ. ބޮޑުތަކުރުފާނު ހަނގުރާމައިގައި ގެންގުޅުއްވި ބޮޑު ފޮށިކޮޅެވެ. އެ ބޭފުޅުން އެރުއްވި މަރަވަޅިކޮޅުތަކެވެ. ދަންޑަހެލުމެން ބޭފުޅުން ނިދިކުރެއްވި ކުޑައަށިކޮޅެވެ. މުޅިގެއަށް އަލިކޮށްލަދޭ ހަތްހުޅުކޮޅުލީ ވޮށްކޮޅެވެ. ބޭރުގެ މަންޒަރުތައް ކުލަކޮށް ފޯރުކޮށްދޭ އަޖައިބެއް ފަދަ ލޯވަޅެވެ. އާދެ! އެއީ ރާއްޖޭގައި ހުރި އެންމެ ގިނަ ދުވަސްވީ ގެކޮޅެވެ. އުތީމު ގަނޑުވަރެވެ. ެައަޅުގަނޑަށް އެތައް ފަހަރަކު އެ...

ޢަބްދުﷲ ސަޢީދު
ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގައި އޮންނަ "ލޭލާގައު" 📍 ހއ. އުތީމު

ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގައި އޮންނަ "ލޭލާގައު"

އުތީމަކީ ތާރީޚީ ރަށެކެވެ. ދިވެހިންގެ ޤައުމީ ބަޠަލް އުތީމު ބޮޑުތަކުރުފާނު އުފަންވެ ވަޑައިގެން އަދި ތުއްޕުޅު ދުވަސްވަރާ ޒުވާންދުވަސްވަރު ހޭދަކުރެއްވި އުތީމުގައި އެ ތަކުރުފާނާ ގުޅުންހުރި ތަފާތު އެތައް އާޘާރެއް ފެންނަން އެބަހުއްޓެވެ. ތާރީޚީ ފޮތްތަކުން އެނގެންހުރި މަޢުލޫމާތުގެ އަލީގައި އެނގި ކަށަވަރުވާ ބައެއް އާޘާރުތަކާއި، ދޫދޫ މަތިން ދެކެވެމުން އަންނަ ވާހަކަތަކާ ގުޅުން ހުރި ބައެއް އާޘާރުވެސް އުތީމުގައި ފެންނަން އެބަހުއްޓެވެ. އެ ގޮތުން ބޮޑުތަކުރުފާނުގެ ވާހަކާގައި ލޭލާ ގަލުގެ ނަމުން މަޝްހޫރުވެފައި އޮތ...

ތިލަދުން
އުތީމު ބަނދަރުގެ ހަޤީޤީ ފަސޭހަކަން ރައްޔިތުންނަށް އިހުސާސް ނުކުރެވޭ: ކައުންސިލް 📍 ހއ. އުތީމު

އުތީމު ބަނދަރުގެ ހަޤީޤީ ފަސޭހަކަން ރައްޔިތުންނަށް އިހުސާސް ނުކުރެވޭ: ކައުންސިލް

އުތީމަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަން ހައްލުކުރުމުގެ ގޮތުން އެ ރަށުގައި ބަންދަރު ހެދުމުގެ އަމަލީ މަސައްކަތް ފެއްޓެވީ ޑރ. މުޙައްމަދު ވަހީދުގެ ވެރިކަމުގައެވެ. ނަމަވެސް އެ ވެރިކަން ނިމުނުއިރު އެ މަސައްކަތް ނިންމާލެވިފައި ނުވެއެވެ. ބަނދަރުގެ މަސައްކަތުގައި ބާކީހުރި ކަންކަން ނިންމައި އެތަން ބޭނުން ކުރަން ފެށިފައިވަނީ 2015 އަހަރުގެ ތެރޭގައި އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ޒަޢާމަތުގައެވެ. އުތީމުގެ ބަނދަރަކީ 660 ފޫޓު ދިގު އަދި 250 ފޫޓު ފުޅާ ބަނދަރެކެވެ. އުތީމު ބަނދަރު ހަދަމުން […]

އިބްރާހިމް ޚަލީލް
ލާދީނީ ރިޕޯޓްތައް ކުއްވެރިކޮށް އުތީމު ކައުންސިލުން ވަރުގަދަ ބަޔާނެއް ނެރެފި 📍 ހއ. އުތީމު

ލާދީނީ ރިޕޯޓްތައް ކުއްވެރިކޮށް އުތީމު ކައުންސިލުން ވަރުގަދަ ބަޔާނެއް ނެރެފި

އުތެމަ ޖަމްޢިއްޔާއިން ލިޔެ ޝާއިޢުކޮށްފައިވާ ރިޕޯޓުގެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅުއެޅުމަށް ގޮވައިލާ ހއ.އުތީމު ކައުންސިލުން ބަޔާނެއް ނެރެފިއެވެ. އިސްލާމްދީނާ ޢަދާވާތްތެރިވުމުގެ މައްޗަށް، އެމް.ޑީ.އޭއިން ނެރިފައިވާ ރިޕޯޓަށް “އުތެމަ” އިން ތާއީދުކޮށް އެއް ދަޢުވާއެއް ކޮށްފައިވާތީ އެކަން ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް ހއ.އުތީމު ކައުންސިލް އިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގަމުންދާ މޯލްޑިވްސް ޑިމޮކްރެސީ ނެޓްވާރކް (އެމް.ޑީ.އެން.) އިން “ޕްރެލިމިނަރީ އެސެސްމ...

އިބްރާހިމް އަސްވާޤް
ޖަމާއަތުގައި ނަމާދު ކުރެވޭގޮތަށް ހަމަޖައްސައިދޭން އުތީމުންވެސް އެދިއްޖެ 📍 ހއ. އުތީމު

ޖަމާއަތުގައި ނަމާދު ކުރެވޭގޮތަށް ހަމަޖައްސައިދޭން އުތީމުންވެސް އެދިއްޖެ

ޖަމާއަތުގައި ނަމާދު ކުރެވޭ ރަށެއް ގޮތުގައި ހއ. އުތީމު ހަމަޖައްސައި ދިނުމަށް އުތީމު ކައުންސިލުން އެދިއްޖެއެވެ. މިގޮތަށް އެ ކައުންސިލުން އެދިފައި ވަނީ އުތީމު ކައުންސިލްގެ ރައީސް އަބުދު ﷲ ރަޝީދު ސޮއިކުރަށްވައި، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް މިއަދު ފޮނުވާފައިވާ ސިޓީއެއްގައެވެ. އެ ސިޓީގައި ބުނެފައި ވަނީ ކޯވިޑް-19 އާއި ގުޅިގެން ފުރަބަންދުގައިވާ ރަށްރަށް ފިޔަވައި އެހެން ރަށްރަށުގައި ޖަމާއަތް ހަދައިގެން ނަމާދު ކުރުމަށް މިސްކިތްތައް ހުޅުވާލުމާއި ބެހޭ ގޮތުން ނިސްޓްރީ […]

ޝިއުނާ އާދަމް
އުތީމު ރައްޔިތުންގެ ހެޔޮ އެދުންތަކާއިއެކު ހައިޑަވޭ ރިސޯޓުގައި ތިބި ފަރާތްތަކަށް ރޯދަވީއްލުމެއް 📍 ހއ. އުތީމު

އުތީމު ރައްޔިތުންގެ ހެޔޮ އެދުންތަކާއިއެކު ހައިޑަވޭ ރިސޯޓުގައި ތިބި ފަރާތްތަކަށް ރޯދަވީއްލުމެއް

ހއ. އުތީމު ރައްޔިތުންގެ ހެޔޮ އެދުންތަކާއިއެކު ހައިޑަވޭ ރިސޯޓު ކަރަންޓީނު ފެސިލިޓީގައި ތިބި ފަރާތްތަކަށް ރޯދަވީއްލުމެއް ދީފިއެވެ. އުތީމު ކައުންސިލްގެ ރައީސް ޢަބްދުالله ރަޝީދު ވިދާޅުވީ މިއީ އުތީމު ޒުވާނުންގެ އިސްނެގުމުގެ މަތިން އުތީމު ރައްޔިތުންގެ ނަމުގައި ދެއްވި ރޯދަވީއްލުމެއް ކަމަށެވެ. މިކަމުގައި އެހީތެރިކަންދެއްވި ހުރިހާ ބޭފުޅުންނަށް ހާއްސަކޮށް އުތީމު ޒުވާނުންނަށް ވަރަށް އިޙްލާސްތެރިކަމާއިއެކު ކައުންސިލްގެ ނަމުގައި ޝުކުރު ދަންނަވަން އުތީމު ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. https://www.facebook....

އިބްރާހިމް އަސްވާޤް
މަންޑޭގެ އެހީތެރިކަން މިފަހަރު އުތީމަށް 📍 ހއ. އުތީމު

މަންޑޭގެ އެހީތެރިކަން މިފަހަރު އުތީމަށް

ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރި ކަމުގެ ބޭނުން ކުރުމަށް ހއ. އުތީމު ރަށްޔިތުންނަށް ބޭނުން ވެފައިވާ ފޭސް މާސްކު، ޒުވާން ވިޔަފާރިވެރިޔާ، ހަސަން މަމްދޫހު (މަންޑޭ) ގެ ފަރާތުން އެ ރަށަށް ހަދިޔާ ކޮށްފިއެވެ. މިގޮތުން ކޭޕާކް ރެސިޑެންސް އާއި ހަމްބޯ ކުންފުނީގެ ވެރިޔާ، މަންޑޭގެ ފަރާތުން އުތީމަށް ވަނީ 1000 ފޭސް މާސްކު ހަދިޔާ ކޮށްފައެވެ. އެކަމާއި ގުޅިގެން އުތީމު ކައުންސިލުން ބުނީ ކޯވިޑް-19 އާއި ގުޅިގެން އުތީމުގެ ރައްޔިތުންނަށް ލިބުން ދަތިވެފައިވާ ފޭސް މާސްކު […]

ޝިއުނާ އާދަމް
ދިއްދޫ އާއި އުތީމު ފުރަބަންދު ކޮށްފި 📍 ހއ. ދިއްދޫ

ދިއްދޫ އާއި އުތީމު ފުރަބަންދު ކޮށްފި

ހއ. ދިއްދޫ އާއި ހއ. އުތީމު ފުރަބަންދުކޮށް އިތުރު ފިޔަވަޅުތަކެއް އަޅައިފި އެވެ. އެންއައިއޯސީގެ މިރޭގެ ނޫސްވެރިންގެ ބައްދަލު ވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ އަލަށް ޕޮޒިޓިވްވީ މީހުނާ ކޮންޓެކްޓްވެފައިވާ މީހުން ތިބި ތަންތަނާއި، އެމީހުންނާ ކޮންޓެކްޓްވެފައިވާ ބައެއް މީހުން ތިބި ރަށްތައް ވެސް ކަރަންޓީން ކޮށްފައިވާ ކަމަށެވެ. އެގޮތުން މިރޭ ނ. އަތޮޅުގެ ހަތަރު ރަށަކާއި ހއ. ގެ ދެ ރަށެއް ކަރަންޓީން ކޮށްފައިވާ ކަމަށް މަބުރޫކް ވިދާޅުވި އެވެ. ނަމަވެސް އެއީ ކޮވިޑަށް […]

އިބްރާހިމް އަސްވާޤް
އޮންލައިން ޤުރުއާން މުބާރާތެއް އުތީމު ސްކޫލުން ފަށައިފި 📍 ހއ. އުތީމު

އޮންލައިން ޤުރުއާން މުބާރާތެއް އުތީމު ސްކޫލުން ފަށައިފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް އޮންލައިން ޤުރުއާން މުބާރާތެއް ހއ. އުތީމު ޣާޒީބަންޑާރައިން ސްކޫލުން ފަށައިފިއެވެ. މި މުބާރާތް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ދަރިވަރުންގެ ހިތްތަކުގައި ޤުރުއާނަށް ލޯބި ޖެއްސުމާއި، ކޮވިޑް 19 ގެ ސަބަބުން ދަރިވަރުން ގޭގައި ތިބޭ ދުވަސްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމާއި، މި ޙާލަތުގައި ދަރިވަރުންނަށާއި ބެލެނިވެރިންނަށް ލިބިފައިވާ ހިތް ނުތަނަވަސްކަމާއި މާޔޫސްކަމުން އަރައިގަތުމަށް އެހީތެރިވެދިނުން ކަމަށް އެ ސްކޫލުން މައުލޫމާތުދެއެވެ. އެސްކޫލުން ޖުމުލަ 70 ދަރިވަރަކުވަނީ މި މ...

ޖަލްވާން ޖާދުﷲ
އުތީމު ރަށްވެހިންގެ ވަޒީފާތަކަށް އަންނަ ބަދަލު ހިއްސާ ކޮށްދިނުމަށް އެދިއްޖެ 📍 ހއ. އުތީމު

އުތީމު ރަށްވެހިންގެ ވަޒީފާތަކަށް އަންނަ ބަދަލު ހިއްސާ ކޮށްދިނުމަށް އެދިއްޖެ

ހއ. އުތީމުގެ ރަށްވެހިންގެ ވަޒީފާތަކަށް އަންނަ ބަދަލު ކައުންސިލާއި ހިއްސާ ކޮށްދިނުމަށް އެދިއްޖެއެވެ. އުތީމު ކައުންސިލުން ބުނީ ކޮވިޑް 19 އާއި ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް ކުރަމުންދާ ނޭދެވޭ އަސަރުގެ ސަބަބުން ރިޒޯޓްތަކާއި އަދި ޕްރައިވެޓް ސެކްޓަރގެ އުޅޭ އުތީމުގެ ރަށްވެހިންގެ ވަޒީފާތަކަށް އަންނަ ބަދަލު ދެނެގަންނަން ބޭނުންވާ ކަމަށެވެ. އެގޮތުން ކޮވިޑް-19 އާއި ގުޅިގެން އުތީމުގެ ރަށްވެހިންގެ ތެރެއިން އެއްވެސް ބޭފުޅެއްގެ ވަޒީފާ ގެއްލުން، މުސާރަ ކުޑަކުރުން، މުސާރަ ނުލިބޭގޮތަށް ޗުއްޓީއަށް ފޮނުވުން ނުވަތަ އ...

ޝިއުނާ އާދަމް
އަލިދޫ ރިސޯޓުން ވައްކަން ކުރިކަމުގެ ތުހުމަތުގައި އުތީމުން ހައްޔަރުކުރި 6 މީހުން ދޫކޮށްލައިފި 📍 ހއ. އުތީމު

އަލިދޫ ރިސޯޓުން ވައްކަން ކުރިކަމުގެ ތުހުމަތުގައި އުތީމުން ހައްޔަރުކުރި 6 މީހުން ދޫކޮށްލައިފި

އެކިދުވަސް މަތިން ހއ. އަލިދޫ ރިސޯޓުން ވައްކަން ކުރިކަމުގެ ތުހުމަތުގައި އުތީމުން ހައްޔަރުކުރި 6 މީހުން ދޫކޮށްލައިފިކަމަށް މޯލްވިވްސް ޕޮލިސް ސާރވިސް އިން ބުނެފިއެވެ. އެމީހުން ބަންދުން ދޫކޮށްލާފައިވަނީ މިމަހުގެ 30 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައިކަމަށް ފުލުހުން ބުނެފައިވެއެވެ. ފުލުހުން ބުނީ އެމީހުން ހައްޔަރުން ދޫކޮށްލާފައިވަނީ ތަޙުޤީގަށް ބޭނުންވާ މަޢުލޫމާތު ލިބުމުން ކަމަށް ފުލުހުން ވަނީ މަޢުލޫމާތުދީފައެވެ. ހއ އަލިދޫ ރިސޯޓްއަށް އެކި ދުވަސްމަތިން އަރައި އެ ރިސޯޓުން ގިނަ އަދަދެއްގެ ތަކެތި ވަގަށް ނަގާފަ...

އަލީ އާދިލް
އެކިދުވަސް މަތިން އަލިދޫ ރިސޯޓުން ވައްކަން ކުރިކަމުގެ ތުހުމަތުގައި އުތީމުން 4 މީހުން ހައްޔަރުކޮށްފި 📍 ހއ. އުތީމު

އެކިދުވަސް މަތިން އަލިދޫ ރިސޯޓުން ވައްކަން ކުރިކަމުގެ ތުހުމަތުގައި އުތީމުން 4 މީހުން ހައްޔަރުކޮށްފި

އެކިދުވަސް މަތިން ހއ. އަލިދޫ ރިސޯޓުން ވައްކަން ކުރިކަމުގެ ތުހުމަތުގައި އުތީމުން 4 މީހުން ހައްޔަރުކޮށްފައިވާކަމަށް މޯލްވިވްސް ޕޮލިސް ސާރވިސް އިން ބުނެފިއެވެ. ހއ އަލިދޫ ރިސޯޓްއަށް އެކި ދުވަސްމަތިން އަރައި އެ ރިސޯޓުން ގިނަ އަދަދެއްގެ ތަކެތި ވަގަށް ނަގާފައިވަ ކަމުގެ މައްސަލަ އެއް މިމަހުގެ 24 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާކަމަށް ފުލުހުން ބުނެއެވެ. މި މައްސަލަ އާ ގުޅިގެން، މިމަހުގެ 26 ވަނަ ދުވަހު ކޯޓު  އަމުރެއްގެ ދަށުން ހއ. އުތީމުގެ ބައެއް ގެތަށް […]

އިބްރާހިމް އަސްވާޤް