މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. އިހަވަންދޫ (513 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
513 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

އިހަވަންދޫގެ އެންމެ ފަހުގެ ޚަބަރުތައް

513 ޚަބަރުގެ ތެރެއިން
ކުދިން ތަރާވީހަށް އައުމަށް ބާރުއެޅުމަށް އިހަވަންދޫ އިމާމް މިފަހަރު ބަހަނީ އައިސްކްރީމް 📍 ހއ. އިހަވަންދޫ

ކުދިން ތަރާވީހަށް އައުމަށް ބާރުއެޅުމަށް އިހަވަންދޫ އިމާމް މިފަހަރު ބަހަނީ އައިސްކްރީމް

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫގައި ހުންނަ “މަސްޖިދުއް ތަޢާވުން” މިސްކިތުގެ އިމާމް، ހުސެއިން ރަޝީދަކީ ކުދީން މިސްކިތައް އައުމަށް ބާރުއެޅުމަށާއި ދީނީ ކަންކަމަށް ލޯބިޖެއްސުމަށް އަމިއްލަ އިސްނެންގެވުމާއި ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާއިއެކު ތަފާތު ޕްރޮގްރާމް ހިންގަމުން އަންނަ ފަރާތެކެވެ. އެގޮތުން މި އަހަރުގެ ރަމަޟާން މަހު އެ މިސްކިތަށް ތަރާވީހަށް އައިސް ތަރާވީހް ނިމެންދެން ދެމިތިބޭ ކުދިންނަށް އިމާމް ހުސެއިން ރަޝީދު އަންނަނީ އައިސްކްރީމް ފޯރުކޮށްދެމުންނެވެ. މި ޕްރޮގްރާމާއި ގުޅޭގޮތުން މި ނޫހަށ...

އިބްރާހިމް ޚަލީލް
ވިއްސާރާގައި އިހަވަންދޫގައި ފެން ބޮޑުވުމުގެ އިތުރުން ގެއަކަށް ގެއްލުން 📍 ހއ. އިހަވަންދޫ

ވިއްސާރާގައި އިހަވަންދޫގައި ފެން ބޮޑުވުމުގެ އިތުރުން ގެއަކަށް ގެއްލުން

ރާއްޖޭގެ އުތުރާއި މެދުރާއްޖެ ތެރެއަށް ކުރަމުންދާ ވިއްސާރައިގައި ހއ އިހަވަންދޫގައި ފެންބޮޑުވެ، ގެއަކަށް ފެން ވަދެ ގެއްލުންތަކެއް ވެއްޖެއެވެ. ކައުންސިލްގެ ރައީސް އަހުމަދު ސޮބާހް ތިލަދުންނަށް މައުލޫމާތު ދިން ގޮތުގައި ރޭގައި އިހަވަންދޫ ގެޔަކަށް ވަރަށް ބޮޑަށް ފެންވަދެ ބައެއް ތަކެއްޗަށް ގެއްލުންވެފައިވެއެވެ. އިއްޔެ މެންދުރު ފަހުން ފެށިގެން އެރަށަށް ހުއްޓުމެއް ނެތި ވެހުނު ވާރޭގައި ފެންބޮޑުވެ، ރަށުގެ އާންމު ހާލަތަށް ވަނި ބުރޫ އަރާފައެވެ. ބޯކޮށް ވާރޭ ވެހުމާއި ގުޅިގެން ގެތަކަށް އިތުރަށް ފެންވަނުމަށް މަގުފ...

އައިޝަތު އައިނީ އާމިރު
އިހަވަންދޫ "ފުއްޓަރު އުފާ" މައިޒާނުގެ ބިންގާ އަޅުއްވައިދެއްވައިފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ "ފުއްޓަރު އުފާ" މައިޒާނުގެ ބިންގާ އަޅުއްވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ހއ. އިހަވަންދޫގައި “ފުއްޓަރު އުފާ” ނަމުގައި ތަރައްޤީކުރާ ހިތްފަސޭހަ މައިޒާނުގެ ބިންގާ މިއަދު ހަވީރު އަޅުއްވައިދެއްވައިފިއެވެ. މި މަޝްރޫޢަކީ އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީއިން ރަށުގެ އަންހެނުންނަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. އިހަވަންދޫ ޑައިލިސިސްގެ ޚިދުމަތް ފަށައިފި މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތް ބޭފުޅުންގެ ތެރޭގައި ރަށުގެ އިސް ވެރިންނާއި، އ.ތ.މ ކޮމިޓީގެ މެންބަރުން އަދި ރ...

ޔުމްނާ ޢަލީ
އިހަވަންދޫ ޑައިލިސިސްގެ ޚިދުމަތް ފަށައިފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ ޑައިލިސިސްގެ ޚިދުމަތް ފަށައިފި

ހއ. އިހަވަންދޫގައި ޑައިލިސިސްގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ. ރޯދަ މަހުގެ ކުރިން ހއ. އިހަވަންދޫގައި ޑައިލިސިސް ޚިދުމަތް ފެށޭނެކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވަނީ 29 ޖެނުއަރީ 2025 ގައި އެރަށަށް ކުރެއްވި ޒިޔާރަތުގައި ވިދާޅުވެފައެވެ. ރައީސްގެ މިއަދުފުޅު މިއަދު ފުއްދަވައި، މި ޚިދުމަތް އިހަވަންދޫގައި ފައްޓަވާފައިވާއިރު، މިކަމަށް މިއަދު އިހަވަންދޫ އާމިނާދިޔޯ ޞިއްޙީ މަޒުކަރުގައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި މި ޚިދުމަތް ފައްޓަވައިދެއްވީ ރައީސްގެ އަނބިކަނބަލުން،...

ޔުމްނާ ޢަލީ
އިހަވަންދޫ ޑަބްލިޔުޑީސީން ކުޑަކުދިންނަށް ޤުރްއާން ހިތު ދަސްކޮށްދޭން ފަށަނީ 📍 ހއ. އިހަވަންދޫ

އިހަވަންދޫ ޑަބްލިޔުޑީސީން ކުޑަކުދިންނަށް ޤުރްއާން ހިތު ދަސްކޮށްދޭން ފަށަނީ

އިހަވަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިޔުޑީސީ)އިން ކުޑަކުދިންނަށް ޤުރްއާން ހިތު ދަސްކުރުމުގެ ޕްރޮގްރާމެއް ފަށަން ތައްޔާރުވެއްޖެއެވެ. ”ހިތްތަކުގެ ނޫރު” ގެ ނަމުގައި ފަށާ މި ޕްރޮގްރާމް ޚާއްޞަކޮށްފައި ވަނީ 5 އަހަރާއި 10 އަހަރާ ދެމެެދުގެ ކުޑަކުދިންނަށެވެ. މި އަހަރުގެ މާރޗު މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ނިންމާފައި ވަނީ 3 ބުރަކަށް ބަހާލައިގެން ކޮންމެ ބުރެއްގައިވެސް، ކަނޑައެޅިފައިވާ މުއްދަތުގައި އެބުރެއްގައި ދަ...

އައިޝަތު އައިނީ އާމިރު
އިހަވަންދޫ ރޯދަ ބާޒާރަށް ބޮޑު ތަރުހީބެއް، އެންމެ ގިނަ މީހުން ޒިޔާރަތްކުރީ ކުޅުދުއްފުށިން 📍 ހއ. އިހަވަންދޫ

އިހަވަންދޫ ރޯދަ ބާޒާރަށް ބޮޑު ތަރުހީބެއް، އެންމެ ގިނަ މީހުން ޒިޔާރަތްކުރީ ކުޅުދުއްފުށިން

ރޯދައަށް ބޭނުންވާ މުދާގަތުމަށް އަތޮޅުގެ އެއްރަށުން އަނެއް ރަށަށް މީހުން ދަތުރުކުރުމަކީ ރޯދަމަސް ކައިރިވެގެން އަންނައިރު ވަރަށް އާންމުކަމެކެވެ. ނަމަވެސް މާލެދަތުރުކުރާ ބޮޑެތި ބޯޓުފަހަރުގައި އެތައްސަތޭކަބަޔަކު، ވިޔަފާރިއަށް ރާއްޖެތެރޭ ރަށަކަށް ދިއުމަކީ އާންމުކޮށް ފެންނަ މަންޒަރެއް ނޫނެވެ. އިހަވަންދޫ ކައުންސިލާއި އިހަވަންދޫގެ ވިޔަފާރިވެރިން ގުޅިގެން މިއަދު އެ ރަށުގައި ހާއްސަ “ރޯދަ ބާޒާރެއް” އިންތިޒާމް ކޮށްފައިވާއިރު އެ ބާޒާރަށް ތިލަދުންމަތީގެ ރަށްތަކުން ގިނަ އަދަދެއްގެ މީހުން ވަނީ ގޮސްފައެވެ. މި ބާ...

އިބްރާހިމް ޚަލީލް
އިހަވަންދޫ ވޮލީ ކޯޓާއި ފުޓްސެލް ދަނޑު ހުޅުވައި ފުޓްބޯޅަ ދަނޑު ތަރައްގީކުރަން ސޮއިކޮށްފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ ވޮލީ ކޯޓާއި ފުޓްސެލް ދަނޑު ހުޅުވައި ފުޓްބޯޅަ ދަނޑު ތަރައްގީކުރަން ސޮއިކޮށްފި

ހއ. އިހަވަންދޫ ވޮލީ ކޯޓާއި ފުޓްސެލް ދަނޑު ރަސްމީކޮށް ހުޅުވައި، އެރަށު ފުޓްބޯޅަ ދަނޑު ތަރައްގީކުރުމުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފިއެވެ. އިހަވަންދޫ ވޮލީ ކޯޓާއި ފުޓްސެލް ދަނޑު ރަސްމީކޮށް ހުޅުވައި، އެރަށު ފުޓްބޯޅަ ދަނޑު ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރައީސް ޑރ. މުހައްމަދު މުޢިއްޒު އިއްޔެ އެރަށަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. އިހަވަންދޫ ހުރަވީ ވޮލީ ކޯޓާއި ހިންނަ ފުޓްސެލް ދަނޑު ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސް ޑރ. މުހައްމަދު މުޢިއްޒެވެ. މި ދެތަނަކީ ވެސް ސަރުކާރުގެ […...

ޔުމްނާ ޢަލީ
އިހަވަންދޫ ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާއަޅައިފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާއަޅައިފި

ހއ. އިހަވަންދޫގައި އަލަށް ގާއިމްކުރާ ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާ އަޅައިފިއެވެ. މިތަނުގެ ބިންގާ އަޅާފައި ވަނީ ރައީސް ޑރ. މުހައްމަދު މުޢިއްޒު މިދިޔަ އަންގާރަ ދުވަހު ހއ. އަތޮޅުގެ 10 ރަށަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ހަތް ވަނަ މަންޒިލެއްގެ ގޮތުގައި އިއްޔެ ހަވީރު އިހަވަންދޫ އަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. މިތަނުގެ ބިންގާ އަޅުއްވައިދެއްވީ މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ. އިއްޔެ އިހަވަންދޫ ރައްޔިތުންނާއި ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައި މިތަނާ...

ޔުމްނާ ޢަލީ
އިހަވަންދޫގައި އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމާއި ޕާސްޕޯޓުގެ ޚިދުމަތް ފަށައިފި 📍 ހއ. އިހަވަންދޫ

އިހަވަންދޫގައި އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމާއި ޕާސްޕޯޓުގެ ޚިދުމަތް ފަށައިފި

ހއ. އިހަވަންދޫގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓްކޮށް ދޫކުރުމާއި، ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް އިއްޔެ ފަށައިފިއެވެ. މި ޚިދުމަތް އެރަށުގައި ފަށާފައި ވަނީ ރައީސް ޑރ. މުހައްމަދު މުޢިއްޒު މިދިޔަ އަންގާރަ ދުވަހު ހއ. އަތޮޅުގެ 10 ރަށަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ހަތް ވަނަ މަންޒިލެއްގެ ގޮތުގައި އިއްޔެ ހަވީރު އިހަވަންދޫ އަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. މި ޚިދުމަތްތައް އިފްތިތާޙުކޮށްދެއްވީ ރައީސް، އިހަވަންދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ދާޚިލީ ސަލާމަތާ...

ޔުމްނާ ޢަލީ
އިހަވަންދޫ ހޮސްޕިޓަލް އަޅަން ހަވާލުކޮށްފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ ހޮސްޕިޓަލް އަޅަން ހަވާލުކޮށްފި

ހއ. އިހަވަންދޫގައި ހޮސްޕިޓަލެއް އަޅަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލުކޮށްފިއެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ  ރައީސް ޑރ. މުހައްމަދު މުޢިއްޒު މިދިޔަ އަންގާރަ ދުވަހު ހއ. އަތޮޅުގެ 10 ރަށަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ހަތް ވަނަ މަންޒިލެއްގެ ގޮތުގައި އިއްޔެ ހަވީރު އިހަވަންދޫ އަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. މި މަޝްރޫޢު ކުރިއަށްގެންދިއުމުގެ އެއްބަސްވުމުގައި ސިއްޙީ ވަޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު، ޢަބްދުﷲ ނާޒިމް އިބްރާޙިމްއެވެ. އަދި އާރުޑީސީގ...

ޔުމްނާ ޢަލީ
އަޒުމަކީ ކެމްޕޭންގައި ވީ ހުރިހާ ވަޢުދެއް ފުއްދުން: ރައީސް 📍 ހއ. އިހަވަންދޫ

އަޒުމަކީ ކެމްޕޭންގައި ވީ ހުރިހާ ވަޢުދެއް ފުއްދުން: ރައީސް

އަޒުމަކީ ކެމްޕޭންގައި ވީ ހުރިހާ ވަޢުދެއް ފުއްދުން ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ. ރައީސް މި ޔަޤީންކަން ދެއްވީ އިއްޔެ އެމަނިކުފާނު ހއ. އަތޮޅުގެ 10 ރަށަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ހަތް ވަނަ މަންޒިލެއްގެ ގޮތުގައި މިއަދު ހަވީރު އިހަވަންދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ އިހަވަންދޫގައި އެ ރަށުގެ ތަރައްޤީއަށް ވަރަށް މުހިންމު، ވަރަށް ގިނަ މަސައްކަތްތަކެއް ފެށިގެން ދިޔަކަން ފާހަގަކުރަށްވާފައެ...

ޔުމްނާ ޢަލީ
ރޯދަ މަހުގެ ކުރިން އިހަވަންދޫގައި ޑައިލިސިސް ޚިދުމަތް ފަށަނީ 📍 ހއ. އިހަވަންދޫ

ރޯދަ މަހުގެ ކުރިން އިހަވަންދޫގައި ޑައިލިސިސް ޚިދުމަތް ފަށަނީ

އަންނަ ރޯދަ މަހުގެ ކުރިން ހއ. އިހަވަންދޫގައި ޑައިލިސިސް ޚިދުމަތް ފެށޭނެކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ. ރައީސް މި ޔަޤީންކަން ދެއްވީ އިއްޔެ އެމަނިކުފާނު ހއ. އަތޮޅުގެ 10 ރަށަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ހަތް ވަނަ މަންޒިލެއްގެ ގޮތުގައި މިއަދު ހަވީރު އިހަވަންދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، އެ ރަށުގައި އަޅާ ހޮސްޕިޓަލްގެ ޢިމާރާތް އެޅެންދެންވެސް ޚިދުމަތްތަކަށް ރަނގަޅު ފެންވަރެއް...

ޔުމްނާ ޢަލީ
އިހަވަންދޫ، މަކުނުދޫ އަދި ފުނަދޫގައި އައިޑީކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ފަށަނީ 📍 ހއ. އިހަވަންދޫ

އިހަވަންދޫ، މަކުނުދޫ އަދި ފުނަދޫގައި އައިޑީކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ފަށަނީ

ހއ. އިހަވަންދޫ އާއި ހދ. މަކުނުދޫ އަދި ށ. ފުނަދޫގައި އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމާއި، ޕާސްޕޯޓުގެ ޚިދުމަތާއި އަދި ށ. މިލަންދޫގައި ޕާސްޕޯޓުގެ ޚިދުމަތް މިއަހަރު ފަށަން ނިންމާފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނީއްޔާތާ ބެހޭ ވުޒާރާއިން ބުނެފިއެވެ. އެ ވުޒާރާއިން އާންމުކޮށްފައިވާ މި ޚިދުމަތްތައް ފުޅާކުރުމާއި ގުޅޭ މަގުޗާޓުގައިވާގޮތުން ހއ.އިހަވަންދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފަށާނީ އޮގަސްޓް 2025 ގައެވެ. އަދި އެ ރަށުގައި އައިޑީކާޑުގެ ޚިދުމަތް ފަށާނީ މެއި 2025 ގައެވެ. ހދ. މަކުނުދޫގައި ޕާސްޕޯޓުގެ ޚިދުމަތް [...

ޔުމްނާ ޢަލީ
ވަށަފަރާއި މުރައިދޫ އަދި މާރަންދުއަށް ފުރަތަމަ މޮޅު، އިހަވަންދޫއަށް ދަށް ފެށުމެއް 📍 ހއ. މުރައިދޫ

ވަށަފަރާއި މުރައިދޫ އަދި މާރަންދުއަށް ފުރަތަމަ މޮޅު، އިހަވަންދޫއަށް ދަށް ފެށުމެއް

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތްކަމަށްވާ “ގޯލްޑަން ފުޓްސަލް ޗެލެންޖު 2025” ގެ ހއ.އަތޮޅު ބުރުގައި ވަށަފަރާއި މުރައިދޫ އަދި މާރަންދޫއިން ފުރަތަމަ މޮޅު ހޯދިއިރު އިހަވަންދޫ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެއެވެ. ގްރޫޕް އެކެއްގައި ރޭ އިހަވަންދޫއާއި މުރައިދޫ ބައްދަލުކުރި މެޗު 5-3 ގެ ނަތީޖާއިން ކާމިޔާބުކުރީ މުރައިދޫންނެވެ. މި މެޗުގައި މުރައިދޫއަށް ލަނޑުތައް ޖަހައިދިނީ އިޔާން އަހްމަދު ރަޝީދު، އަހްމަދު ނައުފަލް، އައިރޫން އަހްމަދު ރަޝީދު އަދި އަބްދުﷲ ހިޝާމްއެވެ. ހިޝާމް […]

އިބްރާހިމް ޚަލީލް
އިހަވަންދޫގައި ޖަނާޒާ ކޯސް ފުރިހަމަކުރި ފަރާތްތަކަށް ހުއްދަ ހަވާލުކޮށްފި 📍 ހއ. އިހަވަންދޫ

އިހަވަންދޫގައި ޖަނާޒާ ކޯސް ފުރިހަމަކުރި ފަރާތްތަކަށް ހުއްދަ ހަވާލުކޮށްފި

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫގައި ޖަމާއަތްތެރިން އުފެއްދުމަށް ރަށު ކައުންސިލުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ޖަނާޒާ ކޯސް ފުރިހަމަކުރި ފަރާތްތަކަށް ސެޓްފިކެޓާއި ހުއްދަ ހަވާލުކޮށްފިއެވެ. އެ ރަށުގައި ޖަމާއަތްތެރިން އުފެއްދުމުގެ މަގުސަދުގައި އެ ރަށު ކައުންސިލުން އިސްނަގައިގެން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އެހީތެރިކަމާއިއެކު މި ކޯސް ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ ފަހުކޮޅުއެވެ. މި ކޯސް ފުރިހަމަކޮށް 13 ފަރާތަކުން ވަނީ ސަނަދު ހާސިލްކޮށްފައެވެ. ކޯސް ފުރިހަމަ...

އިބްރާހިމް ޚަލީލް