މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. އިހަވަންދޫ (513 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
513 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

އިހަވަންދޫގެ އެންމެ ފަހުގެ ޚަބަރުތައް

513 ޚަބަރުގެ ތެރެއިން
އިހަވަންދޫ ކައުންސިލްގެ ވެބްސައިޓް ރައީސް ނަޝީދު އިފްތިތާހް ކޮށްދެއްވައިފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ ކައުންސިލްގެ ވެބްސައިޓް ރައީސް ނަޝީދު އިފްތިތާހް ކޮށްދެއްވައިފި

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލް އިދާރާގެ ރަސްމީ ވެބްސައިޓް އިފްތިތާޙް ކޮށްފިއެވެ. މިވެބްސައިޓް އިފްތިތާޙް ކޮށްދެއްވީ މިކަމަށްޓަކައި މިއަދު ހެނދުނު އިހަވަންދޫ ކައުންސިލް އިދާރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައްޔިތުން މަޖްލިސްގެ އިއްޒަތްތެރި ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ. މިއީ މިހާތަނަށް އިހަވަންދޫގައި މުޢައްސަސާ އެއްގައި ގާއިމްކުރެވުނު އެންމެ ފުރަތަމަ ވެބްސައިޓެވެ. މިވެބްސައިޓް ހިންގަން ފެށުމާއިއެކު އިހަވަންދޫ ކައުންސިލްގެ ޚިދުމަތްތަކަށް އިތުރު ފުރިހަކަމެއް ލިބި ޚިދުމަތ...

އަލީ އާދިލް

‏އެމްޑީޕީގެ އުތުރުގެ ދަތުރުގެ ބައިވެރިން އިހަވަންދޫގައި ދޮރުން ދޮރަށް ހިންގަވައިފި

އެމްޑީޕީގެ ފަރާތުން ރާއްޖޭގެ އުތުރަށް ކުރަމުންދާ އުތުރުގެ ދަތުރުގައި، އެމްޑީޕީގެ އުތުރުގެ ދަތުރުގެ ބައިވެރިން ހއ. އިހަވަންދޫގައި ދޮރުން ދޮރަށް ހިންގަވައިފިއެވެ. އެ ގޮތުން ‏އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިސްގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުވެސް ވަނީ އިހަވަންދޫގައި ދޮރުންދޮރަށް ހިންގަވާފައެވެ. މިހާރު އެމްޑީޕީއިން އުތުރަށް ކުރާ ދަތުރުގައި، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިސްގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އިތުރުން އެމްޑީޕީގެ ‏ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު...

ޔުމްނާ ޢަލީ
ހޯރަފުށި، އިހަވަންދޫ އަދި ދިއްދޫއަށް 7 ކައުންސިލަރުން 📍 ހއ. ދިއްދޫ

ހޯރަފުށި، އިހަވަންދޫ އަދި ދިއްދޫއަށް 7 ކައުންސިލަރުން

އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލު އިންތިޚާބުގައި 7 ކައުންސިލަރުން އިންތިޚާބުކުރާ ރަށްތަކުގެ ތެރޭގައި ހއ. ހޯރަފުށި، ހއ. އިހަވަންދޫ، ހއ. ދިއްދޫ ހިމެނިއްޖެއެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ހަތް ކައުންސިލަރުން އިންތިޚާބު ކުރަނީ 14 ރަށުގައި ކަމަށެވެ. މިދިޔަ ޑިސެންބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ރަށްރަށުގެ އާބާދީ ހިމެނޭ އަދަދުތަކާއި އެ ރަށްރަށަށް އިންތިޚާބު ކުރަންޖެހޭ ކައުންސިލަރުންގެ އަދަދު އެ […]

އިބްރާހިމް އަސްވާޤް
މެމްބަރު ޝިފާއު އިހަވަންދޫ ރައްޔިތުންނާ ބައްދަލު ކުރައްވަނީ 📍 ހއ. އިހަވަންދޫ

މެމްބަރު ޝިފާއު އިހަވަންދޫ ރައްޔިތުންނާ ބައްދަލު ކުރައްވަނީ

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު، މުހައްމަދު ޝިފާޢު، ހއ. އިހަވަންދޫ ރައްޔިޔުންނާ ބައްދަލުކުރައްވަން ހަމަޖެހިފައިވާކަމަށް އެރަށު ކައުންސިލުން ހާމަކޮށްފިއެވެ. ތިލަދުންމަތީ އުތުރުބުރީ (ހއ) އިހަވަންދޫ ކައުންސިލްގެ އިދާރާއިން އާންމުކޮށްފައިވާ ޢިއުލާނެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު، މުހައްމަދު ޝިފާޢު، އެރަށުގެ ރައްޔިތުންނާ ބައްދަލުކޮށްލައްވަން ބޭނުންފުޅުވާތީ، ބައްވާ ހާއްސަ ބައްދަލުވުމެއް 06 ޖަނަވަރީ 2019 ވާ ހޯމަ ދުވަހުގެ ރޭގަނޑު 20:30...

އަލީ އާދިލް

އިހަވަންދޫއިން ގޯއްޗަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ މީހުންގެ ދާއިމީ ލިސްޓް އާއްމުކޮށްފި

ހއ. އިހަވަންދޫއިން ގޯއްޗަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ މީހުންގެ ދާއިމީ ލިސްޓް އާއްމުކޮށްފިއެވެ. އިހަވަންދޫ ކައުންސިލުން ކޮށްފައިވާ ޢިއުލާނެއްގައި ބުނެފައިވަނީ އެއިދާރާއިން 26 ނޮވެމްބަރު 2019 ވަނަ ދުވަހު އާންމު ކުރި އިހަވަންދޫއިން ގޯއްޗަށް އެދިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުޠު ހަމަވުމުން ޕޮއިންޓް ދެވިފައިވާ ފަރާތްތަކުގެ ވަގުތީ ލިސްޓަށް ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން ގެނެވުނު ބަދަލުތަކާއެކު ދާއިމީ ލިސްޓް އާންމު ކުރާކަމަށެވެ. އިހަވަންދޫ ކައުންސިލުން އާންމު ކުރި އިހަވަން...

ޔުމްނާ ޢަލީ
މަސްވެރިންގެ ޔޫނިއަންއިން އިހަވަންދޫގެ އިޖްތިމާއީ ހަރަކާތްތަކަށް މާލީ އެހީދީފި 📍 ހއ. އިހަވަންދޫ

މަސްވެރިންގެ ޔޫނިއަންއިން އިހަވަންދޫގެ އިޖްތިމާއީ ހަރަކާތްތަކަށް މާލީ އެހީދީފި

އިހަވަންދޫގެ މަސްވެރިންގެ ޔޫނިއަން އިން އެރަށުގެ އިޖުތިމާއީ ހަރަކާތްތަކަށް މާލީ އެހީތެރިކަން ދީފިއެވެ. އިހަވަންދޫ ކައުންސިލް އިދާރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވަނީ 227،000 ރުފިޔާގެ އެހީ ދެއްވާފައެވެ. މިއީ އިހަވަންދޫ މަސްވެރި ދޯނިތަކާއި ގުޅިގެން އުފައްދާފައިވާ ފެއާރޓްރޭޑް ޔޫނިއަނަށް މިހާތަނަށް ލިބިފައިވާ ބަޖެޓުން 2019 އިން 2020 އަށް ކަނޑައަޅާފައިވާ ހަރަކާތްތައް ހިންގުމަށް ޕްރޮޕޯސަލް ހުށައެޅުމަށް ހުޅުވާލި ފުރުސަތަށް އިޖާބަދީ ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކަށް ދީފައިވާ އެހީއެކެވެ. އިހަވަންދ...

މަރްޔަމް ސިމާނާ
އިހަވަންދޫ ފުޓްބޯޅަދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހއ. އިހަވަންދޫ

އިހަވަންދޫ ފުޓްބޯޅަދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ހއ.އިހަވަންދޫ ފުޓްބޯޅަދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމުގެ މަސައްކަތް  ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްން އިޢުލާނު ކޮށްފިއެވެ. ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހު އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނެެއްގައި ބުނެފައިވަނީ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން މާދަމާ ހެނދުނު 9:00 ގައި ވެލާނާގެ 3 ވަނަ ފަންގިފިލާގައި އޮންނާނެ ކަމަށެވެ. މިމަސައްކަތަށް އަންދާޒީ ހިސާބު ހުށައެޅުން އޮންނާނީ 18 ޑިސެމްބަރު 2019 ވާ...

މަރްޔަމް ސިމާނާ
ހޯރަފުށިން އިހަވަންދޫއަށް މަސްތުވާތަކެތި އެތެރެކުރި ބަޔަކު ރޭ ހައްޔަރުކޮށްފި 📍 ހއ. ހޯރަފުށި

ހޯރަފުށިން އިހަވަންދޫއަށް މަސްތުވާތަކެތި އެތެރެކުރި ބަޔަކު ރޭ ހައްޔަރުކޮށްފި

ހއ. ހޯރަފުށިން، ހއ. އިހަވަންދޫއަށް މަސްތުވާތަކެތި އެތެރެކޮށް ވިއްކުމަށް މަސައްކަތް ކުރި ބަޔަކު ހޯދުމަށް ފުލުހުން ރޭ ކުރިއަށް ގެންދިޔަ އޮޕަރޭޝަނަކަށް ފަހު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ މީޑިއާ އޮފިސަލް މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ހއ. އިހަވަންދޫ އަށް މަސްތުވާތަކެތި އެތެރެކޮށް ވިއްކާކަމުގެ މައުލޫމާތެއް ފުލުހުންގެ އިންޓެލިޖެންސް އަށް ލިބުމާ ގުޅިގެން ފުލުހުން 9 ޑިސެމްބަރ ދުވަހުގެރޭ އިހަވަންދޫގައި ހިންގި އޮޕަރޭޝަނެއްގައި ހއ. ހޯރަފުށިން އައި ޑިންގީއަކުން ފޭބި 3 މީހުން ހުއްޓުވައި ބަލައި ފާސ...

ފާތިމަތު ސިނާޒާ
އިހަވަންދޫގައި ބާއްވާ ފޯރިގަދަ ފުޓްބޯޅަ މުބާރާތް "މައިކަޕް"ގެ ގުރުއަތުލުން ޑިސެމްބަރ 1 ގައި

އިހަވަންދޫގައި ބާއްވާ ފޯރިގަދަ ފުޓްބޯޅަ މުބާރާތް "މައިކަޕް"ގެ ގުރުއަތުލުން ޑިސެމްބަރ 1 ގައި

ހއ. އިހަވަންދޫގައި ބާއްވާ ހއ އަތޮޅުގެ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ‘މައިކަޕް’ ފުޓްބޯޅަ މުބާރާތުގެ ގުރުއަތުލުން ޑިސެމްބަރ މަހުގެ 1 ވަނަދުވަހު ބާއްވާގޮތައް ހަމަޖައްސައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު ޢަބްދުﷲ(މުޙައްމާ) ގެ ވާދައިގެ ތައްޓަށް ކުޅޭ މި މުބާރާތުގައި މިއަހަރު 12 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެގޮތުން އިހަވަންދޫ ޒުވާނުންނަށާއި އިހަވަންދޫ ފިޔަވައި ހއ އަތޮޅުގެ ކުލަބު ޖަމުއްޢިއްޔާތަކާއި ކުންފުނިތަކާއި ރިސޯރޓްތަކާއި ސަރުކާރު މުއައް...

ހުސައިން ހަބީބް
އިހަވަންދޫއިން ގޯއްޗަށް އެދުނު ފަރާތްތަކުގެ ވަގުތީ ލިސްޓް އިޢުލާނުކޮށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި 📍 ހއ. އިހަވަންދޫ

އިހަވަންދޫއިން ގޯއްޗަށް އެދުނު ފަރާތްތަކުގެ ވަގުތީ ލިސްޓް އިޢުލާނުކޮށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި

ދިރިއުޅުމަށްޓަކައި، ހއ. އިހަވަންދޫއިން ގޯއްޗަށް އެދިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވެ ޕޮއިންޓު ދެވުނު ގޮތުގެ ވަގުތީ ލިސްޓް އިޢުލާނުކޮށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފިއެވެ. ހއ. އިހަވަންދޫއިން ގޯއްޗަށް އެދިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުޠު ހަމަވުމުން ޕޮއިންޓް ދެވިފައިވާ ފަރާތްތަކުގެ ވަގުތީ ލިސްޓް އާއްމުކޮށް އެންގުމުގެ ގޮތުން އިހަވަންދޫ ކައުންސިލުން އިޢުލާން ކޮށްފިއެވެ. މިލިސްޓް އެކައުންސިލް އިދާރާގެ ކައުންޓަރުގައާއި، ދިވެހި ސަރުކާރުގެ ގެޒެޓުގައާއި އަދި ކައުންސިލްގެ ރަސްމީ...

އިބްރާހިމް އަސްވާޤް
އިހަވަނދޫ ފެއަރ ޓްރޭޑު ޕްރިމިއަމް ޕްލޭންގެ ހަރަކާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި 📍 ހއ. އިހަވަންދޫ

އިހަވަނދޫ ފެއަރ ޓްރޭޑު ޕްރިމިއަމް ޕްލޭންގެ ހަރަކާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ހއ. އިހަވަންދޫ މަސްވެރި ދޯނިތަކާއި ގުޅިގެން އުފައްދާފައިވާ ފެއާރޓްރޭޑް ޔޫނިއަންނަށް މިހާތަނަށް ލިބިފައިވާ ބަޖެޓުން 2019 އިން 2020 އަށް ކަނޑައަޅާފައިވާ ޙަރަކާތްތަށް ހިންގުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ޖުމްލަ 7 ދާއިރާ އަކުން 10 ހަރަކާތް ހިންގުމަށްށެވެ، އެގޮތުން ތިމާވެށި ދާއިރާއިން ރަށުގެ ގޮނޑުދޮށް ސާފުކުރުމުގެ ބޮޑު ޙަރަކާތެއް ގެންދިއުމާއި ތިމާވެއްޓާއި މެދު މީހުން ހޭލުންތެރި ކުރުމަށް ޕްރޮގްރާމެއް ހިންގުމާއި ރަށުގެ އެކި ހިސާ...

ފާތިމަތު ސިނާޒާ
ދުނިޔޭގެ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށް ފުލުހުން ހއ އަތޮޅުގައި ގިނަ ހަރަކާތްތަކެއް 📍 ހއ. އިހަވަންދޫ

ދުނިޔޭގެ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށް ފުލުހުން ހއ އަތޮޅުގައި ގިނަ ހަރަކާތްތަކެއް

ދުނިޔޭގެ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ފުލުހުން އިސްނަގައިގެން ހއ.އިހަވަންދޫ އަދި ހޯރަފުށީގައި ކުޑަކުދިންގެ ހަވީރެއް ބާއްވައިފިއެވެ. އެރަށްރަށުގެ ގިނަ އަދަދެއްގެ ކުޑަކުދިންނާއި ބެލެނިވެރިންގެ އިތުރުން އާންމު ބައިވެރިވި މި ހަރާކާތުގައި ފުުލުހުންގެ މަގުސަދަކީ އާންމުންނާއި ގުޅިގެން ކުރިއަށް ގެންދާ މި ފަދަ ހަރަކާތް ތަކާއި އެކު ކުށް މަދުކުރުން ކަމަށް އެފަރާތުން ވަނީ ބުނެފައެވެ. #WorldChildrensDay faahaga kurumah November 15 vana dhuvahu HA. Atholhuge 5 rasheggai beyvvi Jumula 15 event eg...

ފާތިމަތު ސިނާޒާ
އިހަވަންދޫ ސްކޫލްގެ ދަރިވަރުން ސްކައުޓް ކޭމްޕްއަށް ތުރާކުނަށް 📍 ހއ. ތުރާކުނު

އިހަވަންދޫ ސްކޫލްގެ ދަރިވަރުން ސްކައުޓް ކޭމްޕްއަށް ތުރާކުނަށް

ހއ. އިހަވަންދޫ ސްކޫލްގެ ހަ ވަނަ ސްކައުޓް ކޭމްޕް ތުރާކުނުގައި ފަށައިފިއެވެ. ކޭމްޕް ޖަހާފައި ވަނީ ތުރާކުނު ސްކޫލްގެ ގޯތި ތެރޭގައި ޚާއްޞަކޮށްފައިވާ ސަރަހައްދެއް ގައެވެ. ކޮންމެ ދެ އަހަރަކުން އެއް އަހަރު އިހަވަންދޫ ސްކޫލުން އަންނަނީ ސްކައުޓް ކޭމްޕް ރަށުން ބޭރުގައި ބާއްވަމުންނެވެ. މި އަހަރުގެ ކޭމްޕްގައި 40 ސްކައުޓުން ބައިވެރިވާއިރު މީގެ ތެރޭގައި އަންނަ އަހަރު ސްކައުޓަށް ބަދަލުވާނެ ދިހަ ކަބްސްކައުޓަކު ހިމެނެއެވެ. ތުރާކުނު ސްކޫލްގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ މި ކޭމްޕްގައި ދިރިއުޅުމަށް ބޭނުންވާ ތަފ...

ޔުމްނާ ޢަލީ
މިނިސްޓަރ ޢިމްރާން ޢަބްދުﷲ އިހަވަންދޫ ކައުންސިލާ ބައްދަލުކުރައްވައިފި 📍 ހއ. އިހަވަންދޫ

މިނިސްޓަރ ޢިމްރާން ޢަބްދުﷲ އިހަވަންދޫ ކައުންސިލާ ބައްދަލުކުރައްވައިފި

މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން ޢަބްދުﷲ އަދި މޯލްޑިވްސް ޕޮލިސް ސާރވިސް ގެ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ހއ. އިހަވަންދޫ ކައުންސިލާއި ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި ހއ.އިހަވަންދޫގައި ފުލުހުންގެ އައު އިދާރާއެއް އެޅުމަށް ފުޅާދާއިރާއެއްގައި ވަނީ މަޝްވަރާ ކޮށްފައެވެ. މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން ޢަބްދުﷲ ހއ.އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުގައި އިހަވަންދޫއަށް ވަޑައިގެން އެރަށު ކައުންސިލާ ބައްދަލުކުރައްވައިފި. pic.twitter.com/6A2gq4bQeL — Home Ministry, MV...

ފާތިމަތު ސިނާޒާ
އިހަވަންދޫ ސްކޫލްގެ ރަންޔޫބީލް ފާހަގަ ކުރަން މޮނިއުމެންޓެއް ހަދައިދޭނެ ފަރާތެއް ހޯދަނީ 📍 ހއ. އިހަވަންދޫ

އިހަވަންދޫ ސްކޫލްގެ ރަންޔޫބީލް ފާހަގަ ކުރަން މޮނިއުމެންޓެއް ހަދައިދޭނެ ފަރާތެއް ހޯދަނީ

ހއ. އިހަވަންދޫ ސްކޫލް ރަންޔޫބީލް ރަންޔޫބީލް މޮނިއުމެންޓެއް ހަދައި ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެގެން އެ ސްކޫލުން އިޢުލާންކޮށްފިއެވެ. އެސްކޫލުން ދެއްވާ ނަމޫނާއަކަށް އަމިއްލަ ތަކެތީގައި، މި މަސައްކަތް ކޮށްދެއްވަން ޝަޢުގުވެރިވާ ފަރާތްތަކުން 7 ނޮވެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 9:30 އަށް އިހަވަންދޫ ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 12 ނޮވެމްބަރ 2019 ވާ އަންގާރަ 12:00 ގެ ކުރިން އެ ސްކޫލަށް، އެމަސައްކަތް ކޮށްދެވޭނެ އަގު ހުށަހަޅައި ދެއްވުމަށް އެސކޫލުން […]

ޔުމްނާ ޢަލީ