މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. އިހަވަންދޫ (513 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
513 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

އިހަވަންދޫގެ އެންމެ ފަހުގެ ޚަބަރުތައް

513 ޚަބަރުގެ ތެރެއިން
އަންހެނުންގެ ވޮލީ މުބާރާތެއް އިހަވަންދޫގައި ފަށައިފި 📍 ހއ. އިހަވަންދޫ

އަންހެނުންގެ ވޮލީ މުބާރާތެއް އިހަވަންދޫގައި ފަށައިފި

ސީ ކިންގް އަންހެނުންގެ ވޮލީ މުބާރާތުގެ ނަމުގައި ހއ. އިހަވަނދޫގައި މުބާރާތެއް ފަށައިފި އެވެ. އިހަވަންދޫ ކައުންސިލާއި އިހަވަންދޫ މަސްވެރިންގެ ގުޅުން ( އިމަގު ) ޖަމިއްޔާ ގުޅިގެން ބޭއްވޭ އަންހެނުންގެ ވޮލީ މުބާރާތް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރޭގަ އެވެ.، މި ރަސްމިއްޔާތު ބާއްވާފައިވަނީ، ޔޫތު މިނިސްޓްރީގެ އެހީތެރިކަމާއެކު އަދި ކައުންސިލްގެ ބަޖެޓުން ބޮޑު ހަރަދެއްކޮށްގެން އިހަވަންދޫގައި އަލަށް ތަރައްޤީކުރެވުނު ވޮލީ ކޯޓުގައި ކަމަށް އިހަވަންދޫ ކައުންސިލުން މަޢުލޫމާތުދެއެވެ. މުބާރަތް ފެށުމުގެ ގޮތުނ...

އިބްރާހިމް އަސްވާޤް
އިހަވަންދޫ އަދި މަނަދޫ ފުޓްބޯޅަ ދަނޑުގެ ބިން އެއްވަރުކުރުމަށް ހަވާލުކޮށްފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ އަދި މަނަދޫ ފުޓްބޯޅަ ދަނޑުގެ ބިން އެއްވަރުކުރުމަށް ހަވާލުކޮށްފި

ހއ. އިހަވަންދޫ އާއި ނ. މަނަދޫ ފުޓްބޯޅަ ދަނޑުގެ ބިން އެއްވަރުކުރުމުގެ މަސައްކަތް ހަވާލުކޮށްފިއެވެ. އިއްޔެ މެންދުރުފަހު ކުޅިވަރާ ބެހޭ ވުޒާރާގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މި ދެ ރަށުގެ ފުޓްބޯޅަ ދަނޑުގެ ބިން އެއްވަރުކުރުމަށް ހަވާލުކުރީ އާރްކޭއެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑާއި އެވެ. މި ރަސްމިއްޔާތުގައި ކުޅިވަރާއި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު އަޙްމަދު އިބްރާހިމެވެ. އަދި އާރްކޭއެލް ގްރޫޕުގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ހުޒައިމާ އާސިރެވެ. އ...

ޝިއުނާ އާދަމް
އިހަވަންދޫ ފެނަކަ އައު އޮފީސް އިމާރާތުގެ ބިންގާ އަޅައިފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ ފެނަކަ އައު އޮފީސް އިމާރާތުގެ ބިންގާ އަޅައިފި

ހއ. އިހަވަންދޫ ފެނަކަ ކޯޕަރޭޝަންގެ އައު އޮފީސް އިމާރާތުގެ ބިންގާ އަޅައިފިއެވެ. ފެނަކަ އިހަވަންދޫބުރާންޗުގެ އައު އޮފީސް އިމާރާތުގެ ބިންގާ އަޅުއްވާ ދެއްވީ މިއަދު ހެނދުނު 8:45 ގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުޙައްމަދު އަދި ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރ މުޙައްމަދު ޝިފާޢު އެވެ މިރަސްމިއްޔާތު ބާއްވާފައި ވަނީ އައު އޮފީސް އިމާރާތް އެޅުމަށް ޓަކައި ފެނަކަ އަށް ދޫކޮށްފައިވާ ބިމުގައެވެ. ބިންގާ އަޅުއްވައި ދެއްވުމަށްފަހު މިރަސްމިއްޔާތުގައި ވާހަކ...

އަލީ އާދިލް
އިހަވަންދޫ ފެނަކަ އޮފީސް އަޅަން ބަޔަކާ ހަވާލުކޮށްފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ ފެނަކަ އޮފީސް އަޅަން ބަޔަކާ ހަވާލުކޮށްފި

ހއ، އިހަވަންދޫގައި ޤާއިމްކޮށްފައިވާ ފެނަކައިގެ އޮފީސް އެޅުމަށް އޯޝަން ގޭޓްސް ޕްރައިވެޓް ލިމިޓެޑްއާއި އިއްޔެ ހަވާލުކޮށްފިއެވެ. މި ޢިމާރާތް އެޅުމަށް ބިން އެ ރަށުގެ ކައުންސިލުން ހަމަޖައްސައިދީފައިވާ އިރު، މި ޢިމާރާތް އެޅުމަށް ހަޖެހިފައިވަނީ، މިހާރުގެ އިންޖީނުގޭގެ ހުޅަނގު އުތުރު ކަންމަތިން، އާމިނާ ދިޔޯ ހެލްތު ސެންޓަރު ކުރިމަތީގައެވެ. އިހަވަންދޫގެ ކަރަންޓު ޙާލަތު ރަނގަޅު ކުރުމަށް ހިންގާ ޕްރޮޖެކްޓުތަކުގެ ތެރޭގައި ހިމެނޭ މި އޮފީސް އެޅުމާއި އެކު، އިހަވަންދޫގެ ރައްޔިތުންނަށް ޚިދުމަތް ހޯދުމަށް ހިތްފަސޭހަ...

މުޙައްމަދު މާއިލް ހަސަން
އިހަވަންދޫގައި ޒަމާނީ ބޮޑު މިސްކިތެއް އެޅުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި 📍 ހއ. އިހަވަންދޫ

އިހަވަންދޫގައި ޒަމާނީ ބޮޑު މިސްކިތެއް އެޅުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި

ހއ. އިހަވަންދޫގައި ޒަމާނީ ބޮޑު މިސްކިތެއް އެޅުމާއި ގުޅޭގޮތުންނާއި، އެރަށުގައި ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގެ ގޮތްޕެއް ގާއިމު ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފިއެވެ. މިމަޝްވަރާ ކުރައްވާފައިވަނީ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު އާއި އިހަވަންދޫ ކައުންސިލްގެ މެމްބަރުންނާއެކު އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ މިއަދު ކުރިއަށް ގެންދެވި އޮންލައިން ބައްދަލު ވުމެއްގައި އެވެ. މިއަދު ހެނދުނު 9:30 ގައި ބޭއްވި އެ ބައްދަލުވުމާއި ގުޅޭގޮތުން އިހަވަންދޫ ކައުންސިލުން ބުނީ އެ ބައްދަލުވ...

އަޙްމަދު ވަހީދު
އިހަވަންދޫގައި އައު ޕޮލިސް ސްޓޭޝަނެއް އެޅުމަށް ބޭނުންވާ ބިން ހަވާލުކޮށްފި 📍 ހއ. އިހަވަންދޫ

އިހަވަންދޫގައި އައު ޕޮލިސް ސްޓޭޝަނެއް އެޅުމަށް ބޭނުންވާ ބިން ހަވާލުކޮށްފި

ހއ. އިހަވަންދޫގައި އައު ޕޮލިސް ސްޓޭޝަނެއް އެޅުމަށް ބޭނުންވާ ބިން މޯލްޑިވްސް ޕޮލިސް ސާރވިސަސް އާއި ހަވާލުކޮށްފި އެވެ. އިހަވަންދޫ ކައުންސިލުން ބުނެފައިވަނީ ހއ. އަތޮޅުގައި އެއްރަށެއްގައި އެއްމެ ގިނަ ރައްޔިތުން އުޅެމުން އަންނަ އިހަވަންދޫގައި އައު ޕޮލިސް ސްޓޭޝަނެއް އެޅުމަށް ނިންމާ އެކަމަށްބޭނުންވާ ބިން ވަނީ ކައުންސިލްގެ ފަރާތުން ހަމަޖައްސާފައިވާކަމަށެވެ. އިހަވަންދޫ ކައުންސިލުން ބުނެފައިވަނީ މިހާރު ބޭނުން ކުރަމުންދާ އިމާރާތުގެ ޖާގައިގެ ތަނަވަސްކަން ކުޑަވުމާއި، އިތުރު ވަޞީލަތްތައް ގާއިމް ކުރުމަށް ދަތިވ...

އިބްރާހިމް އަސްވާޤް
ހއ.އަތޮޅުގެ ރަށަކަށް ގެނެވުނު އެންމެބޮޑު ޖަނަރޭޓަރ ސެޓް، އިހަވަންދޫއަށް 📍 ހއ. އިހަވަންދޫ

ހއ.އަތޮޅުގެ ރަށަކަށް ގެނެވުނު އެންމެބޮޑު ޖަނަރޭޓަރ ސެޓް، އިހަވަންދޫއަށް

އެންމެ ފުރަތަމަ ހއ. އަތޮޅައް ގެނެވުނު 1 މެގަވޯޓްގެ ޖަނަރޭޓަރު ހއ. އިހަވަންދޫއަށް ގެނެސްފިއެވެ. އިހަވަންދޫއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުކުރުމުގެ ގޮތުން 1 މެގަވޯޓްގެ ޖަނަރޭޓަރ ސެޓެއް ގެނެސްފައިވަނީ އިއްޔެ ހަވީރު ގެ ވަގުތެއްގަ އެވެ. މި ޖަނަރޭޓަރ ބެހެއްޓި ހިދުމަތް ދޭން ފެށުމުން ފެނަކަ ކޯޕަރޭޝަން އިހަވަންދޫ ބުރާންޗުން ފޯރުކޮށްދެމުންދާ ކަރަންޓްގެ ހިދުމަތް ވަރަށް ބޮޑަށް ރަނގަޅު ވެގެން ދާނެކަމަށް ފެނަކަ ކޯޕަރޭޝަން އިހަވަންދޫ ބުރާންޗުން މައުލޫމާތު ދެއްވައެވެ. ފެނަކަ ކޯޕަރެޝަނުން އިހަވަންދޫގ...

އިބްރާހިމް އަސްވާޤް
އިހަވަންދޫ ބަނދަރުގެ %24 މަސައްކަތް ނިމިއްޖެ: އެމްޓީސީސީ 📍 ހއ. އިހަވަންދޫ

އިހަވަންދޫ ބަނދަރުގެ %24 މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

‏ހއ. އިހަވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 24 ޕަސެންޓް ނިމިއްޖެ ކަމަށް އެ މަޝްރޫޢުގެ މަސައްކަތް ކުރަމުންދާ ކުންފުނި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ތެރެއިން އެރަށު ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 38 ޕަސެންޓް މިހާރު މިފައިވާ ކަމަށެވެ. މި މަޝްރޫޢު ފެށުމަށް އިހަވަންދޫއަށް، މަޝްރޫޢުއަށް ބޭނުންވާ ސާމާނު މޮބިލައިޒް ކުރެވިފައިވަނީ 30 މެއި 2020 ގައި އެވެ. މި މަޝްރޫއުގެ ދަށުން […]

އަޙްމަދު ވަހީދު
ތިލަދުންމަތީގެ 5 ރަށެއްގެ ދަނޑުގައި ޓާރފް އަޅަން ސޮއިކޮށްފި 📍 ހއ. ހޯރަފުށި

ތިލަދުންމަތީގެ 5 ރަށެއްގެ ދަނޑުގައި ޓާރފް އަޅަން ސޮއިކޮށްފި

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކުރުމަށް ނިންމާފައިވާ ޓާރފް ދަނޑުގެ ތެރެއިން ތިލަދުންމަތީގެ 5 ރަށެއްގެ ދަނޑުގައި ޓާރފް އެޅުމަށް މިއަދު ސޮއިކޮށްފިއެވެ. މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކޮށްފައިވަނީ މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ ވެލޯސިޓީ ސްޕޯޓްސް އިކުއިޕްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ. މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ މިނިސްޓަރ އަޙްމަދު މަޙްލޫފްއެވެ. މި 5 ރަށުގެ...

ޝިއުނާ އާދަމް
އިހަވަންދޫއިން ލޮނުމަސް އެޅުމުގެ މަސައްކަތަށް ކުލީ ބިން ދޫކުރަނީ

އިހަވަންދޫއިން ލޮނުމަސް އެޅުމުގެ މަސައްކަތަށް ކުލީ ބިން ދޫކުރަނީ

ލޮނުމަސް އެޅުމުގެ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އިތުރަށް ފުރުޞަތު ދިނުމުގެ ގޮތުން ހއ. އިހަވަންދޫއިން ބިން ކުށްޔަށްދޭން ޢިއުލާން ކޮށްފިއެވެ. އެ ފުރުޞަތު ހުޅުވާލައި، އިހަވަންދޫ ކައުންސިލުން ކުރި ޢިއުލާނުގައި ވާގޮތުން ލޮނުމަސް އެޅުމުގެ މަސައްކަތް ކުރުމަށް އެރަށުގެ ބަނދަރު ސަރަޙައްދުން އިތުރު 2 ކުލީ ބިން ދޫ ކުރުމަށް ވަނީ ނިންމާފައެވެ. މިގޮތުން އިހަވަންދޫ ބަނދަރުގެ އިރުމަތީ ފަރާތުން ދޫކުރަން ނިންމާފައިވަނީ 1600 އަކަފޫޓުގެ 2 ކުލީ ބިމެވެ. މި ބިންތައް ދޫކުރަން އިހަވަންދޫ […]

ޝިއުނާ އާދަމް
އިހަވަންދޫގައި ކުނި މެނޭޖްކުރުމަށް ޕިކަޕެއް ގަންނަނީ 📍 ހއ. އިހަވަންދޫ

އިހަވަންދޫގައި ކުނި މެނޭޖްކުރުމަށް ޕިކަޕެއް ގަންނަނީ

ހ.އ އިހަވަންދޫ ގެތަކުން ކުނި އުކައިދިނުމުގެ ޙިދުމަތް ފޯރުކޮށްދިނުމަށް ޕިކަޕެއް ގަތުމަށް ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާއިން އިޢުލާން ކޮށްފި އެވެ.   އެކައުންސިލުން މިއަދު ކުރި އިޢުލާނުގައި ބުނެފައިވަނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުން އޮންނާނީ 24 ސެޕްޓެމްބަރ 2020 ވާ އާދިއްތަ ދުވަހު މެންދުރުފަހު 13:00 ގައި އިހަވަންދޫ ކައުންސިލް އިދާރާގައި ކަމަށެވެ. އަދި އަންދާސީ ހިސާބު ހުށައެޅުން 28 ސެޕްޓެމްބަރ 2020 ވާ ހޯމަ ދުވަހު މެންދުރުފަހު 13:00 ގައި އެ އިދާރާގައި...

މުޙައްމަދު އިނާން
އިހަވަންދޫ ފުޓްބޯޅަދަނޑުގެ ސަބްބޭސް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހއ. އިހަވަންދޫ

އިހަވަންދޫ ފުޓްބޯޅަދަނޑުގެ ސަބްބޭސް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަނީ

ހއ.އިހަވަންދޫ ފުޓްބޯޅަދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން އިޢުލާންކޮށްފި އެވެ. ހއ. އިހަވަންދޫ ފުޓްބޯޅަދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިމަހުގެ 20 ވަނަ ދުވަހުގެ 12:00 އަށް މަޢުލޫމާތު ސާފުކުރުން އޮންނާނީ މާފަންނު އިޖުތިމާއީ މަރުކަޒުގައި ކަމަށް އެއިޢުލާނުގައި ވަނީ ބުނެފައެވެ. އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 29 ސެޕްޓެމްބަރު 2020 ވާ ބުދަ ދ...

ޔުމްނާ ޢަލީ
އިހަވަންދޫ ކައުންސިލް ކަޕް 2020 ފުޓްސެލް މުބާރާތުގެ ޗެމްޕިއަންކަން އެންވީކޭއަށް 📍 ހއ. އިހަވަންދޫ

އިހަވަންދޫ ކައުންސިލް ކަޕް 2020 ފުޓްސެލް މުބާރާތުގެ ޗެމްޕިއަންކަން އެންވީކޭއަށް

އިހަވަންދޫ ކައުންސިލުން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދިޔަ ބާބަކިޔު ހަޓް ކައުންސިލް ކަޕް 2020 ގެ ޗެންމްޕިއަންކަން އެންވީކޭއިން ހޯދައިފިއެވެ. އެންވީކޭ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ވާދަވެރި ކުޅުމަކަށްފަހު ޖަންގަލް ޓީމް ބަލިކުރުމަށް ފަހުއެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗު ކާމިޔާބުކޮށް އެންވީކޭ އިން މުބާރާތުގެ ތަށި އުފުލައިލީ މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމުނުއިރު 3-3ން ދެ ޓީމް އެއްވަރުވުމުން، ޕެނަލްޓީ ޖަހައިގެން 8-7 އިން ޖަންގަލް ބަލިކޮށްފައެވެ. ފައިނަލް މެޗުގެ […]

ޔުމްނާ ޢަލީ
އިހަވަންދޫގައި ހޯމް ކަރަންޓީނުގައި ތިބި 7 މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ 📍 ހއ. އިހަވަންދޫ

އިހަވަންދޫގައި ހޯމް ކަރަންޓީނުގައި ތިބި 7 މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ

ހއ. އިހަވަންދޫގައި ހޯމް ކަރަންޓީނުގައި ތިބި 7 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. އިހަވަންދޫގައި ހޯމް ކަރަންޓީނުގައި ތިބި 7 މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައި ވާކަން އިހަވަންދޫ އާމިނާ ދިޔޯ ޞިއްޙީ މަޒުކަޒުން ވަނީ ކަށަވަރުކޮށް ދެއްވާފައެވެ. އިހަވަންދޫ އާމިނާ ދިޔޯ ޞިއްޙީ މަޒުކަޒުގެ މެނޭޖަރު މުޙައްމަދު އަކްރަމް “ތިލަދުން”އަށް ވިދާޅުވީ އެ ހަތް މީހުންނަކީ ވެސް ހޯމް ކަރަންޓީނު ނިންމައި، ދޫކޮށްލުމުގެ ކުރިން ނެގުނު ސާމްޕްތަކުން ޕޮޒިޓިވްވި 7 މީހުން ކަމަށެވެ. ” ހޯމް ކަރަންޓީނުގައި […]

ޔުމްނާ ޢަލީ
އިހަވަންދޫ ޔުނައިޓެޑް ޔޫތުން އީ.ޕީ.އެލް ފެންޓަސީ ލީގެއް ކުރިއަށް ގެންދަނީ 📍 ހއ. އިހަވަންދޫ

އިހަވަންދޫ ޔުނައިޓެޑް ޔޫތުން އީ.ޕީ.އެލް ފެންޓަސީ ލީގެއް ކުރިއަށް ގެންދަނީ

ހއ.އިހަވަންދޫގެ ފެންޓަސީ މެނޭޖަރުންނަށް ހުޅުވާލައިގެން އީ.ޕީ.އެލް ފެންޓަސީ ލީގެއް ،މައި ކަޕް ފުޓްބޯޅަ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޔުނައިޓެޑް ޔޫތުން އިއުލާން ކޮށްފިއެވެ. އެ ޓީމުގެ ރަސްމީ ފޭސްބުކް ޕޭޖު މެދުވެރިކޮށް މި މަހުގެ ދެވަނަ ދުވަހު ހުޅުވާލި ބައިވެރިވުމުގެ ފުރުސަތު މާދަމާ އަށް ހަމަވާނެއެވެ.  މި ލީގުގައި ބައިވެރިވުމަށްޓަކައި މާދަމާ ރާއްޖޭ ގަޑިން 1630 ގައި ފަށާ އިނގެރޭސި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗު ފެށުމުގެ ދޮޅު ގަޑިއިރު ކުރިން ފެންޓަސީ ޓީމެއް ހަދައި […]

Thiladhun