📍 ހއ. އިހަވަންދޫ
އިހަވަންދޫ ބިން ހިއްކާ ސައިޓުގައި މަސައްކަތް ކުރާނެ މީހުން ހޯދަނީ
ހއ. އިހަވަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ކުރާ ސައިޓުގައި ދުވަހު މުސާރައަށް މަސައްކަތް ކުރާނެ މީހުން ހޯދަން އިއުލާންކޮށްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ކުރި އިއުލާނެއްގައި ބުނީ އެ މަސައްކަތަށް ބޭނުންވަނީ ހީވާގި، މަސައްކަތަށް ޝައުގުވެރިކަން ހުރި މީހުން ކަމަށެވެ. އެގޮތުން 4 މަގާމަކަށް މީހުން ހޯދަން ވަނީ އިއުލާން ކޮށްފައެވެ. އެމްޓީސީސީން ހޯދަނީ ދުވަހު މުސާރައަށް މަސައްކަތް ކުރާނެ ލޭބަރުންނާއި މޭސަނުންނާއި ކާޕެން...