މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. އިހަވަންދޫ (513 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
513 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

އިހަވަންދޫގެ އެންމެ ފަހުގެ ޚަބަރުތައް

513 ޚަބަރުގެ ތެރެއިން
މޮނިޓަރިންގައި އޮތް އިހަވަންދޫގައި ފިޔަވަޅުތައް ވަރުގަދަކޮށްފި 📍 ހއ. އިހަވަންދޫ

މޮނިޓަރިންގައި އޮތް އިހަވަންދޫގައި ފިޔަވަޅުތައް ވަރުގަދަކޮށްފި

ކޯވިޑް-19ގެ ސަބަބުން ހއ. އިހަވަންދޫ މޮނިޓަރިން ހާލަތުގައި އޮތްއިރު، އެ އެރަށުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅު އިތުރަށް ވަރުގަދަކޮށްފިއެވެ. އިހަަވަންދޫ މޮނިޓަރިން ހާލަތަށް އިއްޔެ ގެނެސްފައި މިވަނީ އެރަށުގެ ކޯވިޑްގެ ހާލަތު އިތުރަށް ގޯސްވަމުންދާތީ ކަމަށް އެރަށު ކައުންސިލުން ވަނީ ވިދާޅުވެފައެވެ. އަދި މިކަމާއި ގުޅިގެން އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް ފިޔަވަޅުތައް އެޅުމަށް އީއޯސީ އިން ނިންމާފައިވާ ކަމަށްވެސް އެކައުންސިލުން އިއްޔެ ނެރެފައިވާ އިއުލާނެއްގައި ބުނެފައިވެއެވެ. އެގޮތުން ރައ...

އައިޝަތު ނަސާޔާ
އިހަވަންދޫއިން ކޮވިޑްއަށް ޕޮޒިޓިވްވި 91 އަހަރުގެ މީހަކަށް، އެރަށު މަރުކަޒުގައި ފަރުވާދޭން ފަށައިފި 📍 ހއ. އިހަވަންދޫ

އިހަވަންދޫއިން ކޮވިޑްއަށް ޕޮޒިޓިވްވި 91 އަހަރުގެ މީހަކަށް، އެރަށު މަރުކަޒުގައި ފަރުވާދޭން ފަށައިފި

ހއ. އިހަވަންދޫއިން ކޮވިޑްއަށް ޕޮސިޓިވްވި ހައިރިސްކު މީހަކަށް، އެރަށު މަރުކަޒުގައި ފަރުވާދޭން ފަށައިފި އެވެ. އެރަށު އާމިނޯ ދިޔޯ ސިއްޙީ މަރުކަޒުން މައުލޫމާތު ދީފައިވާ ގޮތުގައި އެރަށުން ކޮވިޑްއަށް ޕޮޒިޓިވް ވެފައިވާ މީހަކު ހާލު ގޯސްވުމުގެ ސަބަބުން މިހާރު ވަނީ  އެމަރުކަޒުގައި ގާއިމް ކޮށްފައިވާ ކޮވިޑް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދޭން ފަށާފައެވެ. އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ސޮބާޙް މިނޫހަށް މަޢުލޫމާތުދެމުން ވިދާޅުވީ ހާލުދެރަވެ ފަރުވާދެމުން ދަނީ 91 އަހަރުގެ އަންހެނަކަށް ކަމަށެވެ. އިހަ...

އައިޝަތު ނަސާޔާ
މަސްވެރިންގެ ދުވަސް ފާހަގަކުރަން އިހަވަންދޫ އިމަގުން ކުރީ ނަމޫނާ މަސައްކަތެއް 📍 ހއ. އިހަވަންދޫ

މަސްވެރިންގެ ދުވަސް ފާހަގަކުރަން އިހަވަންދޫ އިމަގުން ކުރީ ނަމޫނާ މަސައްކަތެއް

އާދެ! އިހަވަންދޫ މަސްވެރިނެގެ ގުޅުން (އިމަގު) އެވެ. ޖަމްޢިއްޔާގެ ނަން ބުނެލުމުން ވެސް ޖަމްޢިއްޔާއާއި މަސްވެރިކަމާއި އޮތް ގުޅުމާއި މެދު އިތުރު ސުވާލެއް ނުއުފެދޭނެކަން ޔަޤީނެވެ. ވުމާއެކު މަސްވެރިކަމުގެ ދުވަހެއް އަންނަނަމަ، އެ ދުވަހެއް ވެގެންދާނީ އެ ޖަމްޢިއްޔާއަށް ވަރަށް ވެސް ހާއްސަ ދުވަހަކަށެވެ. އެ ހާއްސަކަން އިމަގު ޖަމްޢިއްޔާއިން ވަނީ މި އަހަރުގެ މަސްވެރިންގެ ދުވަހު ވެސް އަމަލާއި ބަހުން ދައްކުވައިދީފައެވެ. ދިވެހިރާއްޖޭގައި މަސްވެރިންގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ ޑިސެމްބަރ މަހުގެ 10 ވަނަ...

އިބްރާހިމް ޚަލީލް
އިހަވަންދޫއަށް ބަނދަރު ކޮށްފައިވާ މަސްވެރި އުޅަނދުތަކަށް ފަރިވަޅު އެރުވުމަށް އިމަގުގެ ކަނބަލުން ތައްޔާރު 📍 ހއ. އިހަވަންދޫ

އިހަވަންދޫއަށް ބަނދަރު ކޮށްފައިވާ މަސްވެރި އުޅަނދުތަކަށް ފަރިވަޅު އެރުވުމަށް އިމަގުގެ ކަނބަލުން ތައްޔާރު

ހއ. އިހަވަންދޫއަށް ބަނދަރު ކޮށްފައިވާ ކޮންމެ މަސްވެރި އުޅަނދަކަށް ފަރިވަޅެއް އެރުވުމަށް އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު)ގެ ކަނބަލުން ތައްޔާރު ވަމުން އެބަދެއެވެ. މިއަދަކީ ރާއްޖޭގައި މަސްވެރިންނަށް ޚާއްޞަކޮށްގެން ފާހަގަކުރަމުން އަންނަ މަސްވެރިންގެ ދުވަހެވެ. މިދުވަހަށް އިމަގުގެ މަސްވެރިންގެ ގޮފިން ވަނީ ގިނަ ހަރަކާތްތަކެއް ރާވާފައެވެ. އިހަވަންދޫއަށް ބަނދަރުކޮށްފައިވާ ކޮންމެ މަސްވެރި އުޅަނދަކަށް ފަރިވަޅު އެރުވުމަކީ އެ ހަރަކާތްތަކުގެ ތެރެއިން އެއް ހަރަކާތެވެ. އިމަގުގެ މީޑިއާ ކޯޓޑިނޭޓަރު ސައުދުﷲ...

ޙުސައިން ޝަހުދީ
އިމަގުން، އިހަވަންދޫގައި މަސްވެރިންގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރަނީ 📍 ހއ. އިހަވަންދޫ

އިމަގުން، އިހަވަންދޫގައި މަސްވެރިންގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރަނީ

ހއ. އިހަވަންދޫގައި ފާހަގަ ކޮށްލެވޭފަދަ ބޭނުންތެރި ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ އިހަވަންދޫ މަސްވެރިންގެ ގުޅުން “އިމަގު” އިންތިޒާމް ކޮށްގެން މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެ ރަށުގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމައިފިއެވެ. ރާއްޖޭގައި މަސްވެރިންގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރަކު ވެސް ފާހަގަކުރަނީ ޑިސެމްބަރ މަހުގެ 10 ވަނަ ދުވަހެވެ. ސަރުކާރުން މި އަހަރު ރަސްމީކޮށް މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުނަ ބާއްވާ އިހުތިފާލުތައް ބޭއްވުމަށް ހަމަޖެހިފައި...

އިބްރާހިމް ޚަލީލް
މިފްކޯއިން އިހަވަންދޫގައި ހިންގަމުން އަންނަ އައިސްޕުލާންޓް ހުއްޓުމުން، މަސްވެރިންގެ ޝަކުވާ ބޮޑުވެއްޖެ 📍 ހއ. އިހަވަންދޫ

މިފްކޯއިން އިހަވަންދޫގައި ހިންގަމުން އަންނަ އައިސްޕުލާންޓް ހުއްޓުމުން، މަސްވެރިންގެ ޝަކުވާ ބޮޑުވެއްޖެ

ހއ. އިހަވަންދޫގައި ހިންގަމުން އަންނަ މިފްކޯ އައިސްޕުލާންޓް ހުއްޓުމުން މަސްވެރިންގެ ޝަކުވާ ބޮޑުވެއްޖެ އެވެ. އިހަވަންދޫ މިފްކޯ އައިސްޕުލާންޓަށް މައްސަލަ ޖެހި ޚިދުމަތް މެދުކެނޑިފައިވަނީ މިމަހުގެ 2 ވަނަދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. މައްސަލައެއްދިމާވެ ހިދުމަތް މެދުކެނޑިފައި އޮންނަތާ މިއަދަށް 3 ދުވަސް ވެފާވާއިރު އެފަރާތުން އަންނަނީ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންނެވެ. އެ އައިސް ޕްލާންޓް ހިންގުމާއި އެރަށުން ހަވާލުވެހުރި އެންމެ އިސް ފަރާތްކަމުގައިވާ ރާޢުފު މިނޫހަށް މަޢުލޫމާތު ދެމުން ވިދާޅުވ...

އިބްރާހިމް އަސްވާޤް
އިހަވަންދޫ މާއިޒްގެ އަޞަރުގަދަ ތަޤުރީރުން އެންމެން ރޮއްވާލައިފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ މާއިޒްގެ އަޞަރުގަދަ ތަޤުރީރުން އެންމެން ރޮއްވާލައިފި

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކިބައިގައި ހުރި ތަފާތު ހުނަރުތަކާއި އެ ހުނަރުތައް ދައްކާލާ، ހިތްވަރުދީ، ކުރިއެރުވުމުގެ މަޤުޞަދުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް އިން ދެމުން އަންނަ ރިވެލި އެވޯޑް ރޭގައި ދީފައިވާއިރު، އެ އެ ވޯޑުދިން ރަސްމިއްޔާތުގައި ހއ. އިހަވަންދޫ ސްކޫލްގެ ޑައިމަންޑް ކްލާހުގެ ދަރިވަރު މުޙައްމަދު މާޢިޒު ދިނީ އަސަރުގަދަ މެސެޖްތަކެކެވެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާ އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ބައިވެރިވެވަޑައ...

ޙުސައިން ޝަހުދީ
"ރިވެލި ތަރި 2021" އިހަވަންދޫ ގެ ތިން ދަރިއަކަށް 📍 ހއ. އިހަވަންދޫ

"ރިވެލި ތަރި 2021" އިހަވަންދޫ ގެ ތިން ދަރިއަކަށް

“ރިވެލި ތަރި 2021” އިހަވަންދޫ ގެ ތިން ދަރިއަކަށް ލިބިއްޖެ އެވެ. “ރިވެލި ތަރި” އެވޯޑަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކިބައިގައި ހުރި ތަފާތު ހުނަރުތަކާއި އެ ހުނަރުތައް ދައްކާލާ، ހިތްވަރުދީ، ކުރިއެރުވުމުގެ މަޤުޞަދުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް އިން ދެމުން އަންނަ އެވޯޑެކެވެ. ރޭ ކުރިއަށް ދިޔަ ރަސްމިއްޔާތެއްގައި މިއެވޯޑް ލިބިފައިވަނީ، ތަޢުލީމީ ދާއިރާ އިން، ރަޔާން ރިޔާޟް ޢަބްދުލްވާޙިދު / ވަފާ އަދި މުޙައްމަދު މާޢިޒު / ދުންތަރި […]

އިބްރާހިމް އަސްވާޤް
އިހަވަންދޫ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރު ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހއ. އިހަވަންދޫ

އިހަވަންދޫ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރު ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދަނީ

ހއ. އިހަވަންދޫ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރު ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދަން ޢިއުލާން ކޮށްފިއެވެ. މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން ކުރި ޢިއުލާނެއްގައި ވިދާޅުވީ، އިހަވަންދޫ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރު ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. މިގޮތުން މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމަށް މިހާރު ވަނީ ފުރުޞަޠު ހުޅުވާލާފައެވެ. އަންދާސީ ހިސާބު ހުށަހަޅަން ޖެހެނީ، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވ...

ޔުމްނާ ޢަލީ
އިހަވަންދޫ ކައުންސިލްގެ ކުރީގެ ރައީސް، މުޙައްމަދު ރަޝީދަަށް ސިޔާސީ މަޤާމެއް 📍 ހއ. އިހަވަންދޫ

އިހަވަންދޫ ކައުންސިލްގެ ކުރީގެ ރައީސް، މުޙައްމަދު ރަޝީދަަށް ސިޔާސީ މަޤާމެއް

ހއ. އިހަވަންދޫ ކައުންސިލްގެ ކުރީގެ ރައީސް، މުޙައްމަދު ރަޝީދު، ސިޔާސީ މަޤާމަކަށް އައްޔަން ކުރައްވައިފި އެވެ. ރަޝީދު އައްޔަން ކުރައްވާފައިވަނީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާންސްޓްރަކްޗާގެ ސީނިއަރ އެކްސެކެޓިވް ޑިރެކްޓަރުގެ މަގާމަށެވެ. ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، އެމަގާމަށް ރަޝީދު އައްޔަން ކުރައްވާފައިވަނީ މިއަދު އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ރަޝީދު މަސައ...

އަލީ އާދިލް
ވާހަކަ: އިހަވަންދޫ ތުނޑު ހަސަނާއި ޖެހުނު ގައްލަންދޫ މީދާ 📍 ހއ. އިހަވަންދޫ

ވާހަކަ: އިހަވަންދޫ ތުނޑު ހަސަނާއި ޖެހުނު ގައްލަންދޫ މީދާ

ރަށަކީ ދިވެހިރާއްޖޭގެ ހިތްގައިމު ރަށްތަކުގެ ތެރެއިން ހަމަ އެހާމެ ހިތްގައިމު ރަށެކެވެ. ތިލަދުންމަތީ ގައްލަންދުއެވެ. ރަށުގެ ގޮނޑުދޮށާ، މާ ދުރުނޫން ހިސާބެއްގައި ހުރި ބޮޑުގަހެއްގެ ދޮށުގައި ދެ މީދާ ތިއްބެވެ. ހީވާ ގޮތުން އެއީ ދެމައިންނެވެ. އެ ދެމީދާ އެތާ ތިބެގެން ވާހަކައެއްދައްކަނީއެވެ. އެ ތަނުން ކުޑަ މީދާ އޭތީގެ މަންމަ ކުރެން އެއްޗެއް އަހަނީއެވެ. އެކުރި ސުވާލެއްގެ ސަބަބުން ނުވަތަ އެ އެހި ވާހަކައެއްގެ ސަބަބުން އެތަނުން ބޮޑު މީދަލަށް ވަރަށް ފުން އަސަރެއްކޮއްފިއެވެ. އަދި […]

ތިލަދުން
އިހަވަންދޫ އިމަގުން ލިޔުންތެރިން އުފެއްދުމަށް "މުސައްނިފު"ގެ ނަމުގައި ޕްރޮގްރާމެއް ފަށައިފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ އިމަގުން ލިޔުންތެރިން އުފެއްދުމަށް "މުސައްނިފު"ގެ ނަމުގައި ޕްރޮގްރާމެއް ފަށައިފި

ހއ. އިހަވަންދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ގެ ފަރާތުން އެ ރަށުގައި ލިޔުތެރިކަން ދަސްކޮށްދޭ ޕްރޮގްރާމެއް ފަށައިފިއެވެ. “މުސައްނިފު” ގެ ނަމުގައި ކުރިއަށް ގެންދާ ލިޔުންތެރިކަން ދަސްކޮށްދޭ މި ޕްރޮގްރާމް ފަށާފައި ވަނީ 10 ނޮވެމްބަރ 2021 ވީ ބުރާސްފަތި ދުވަހުއެވެ. އިމަގު ޖަމްޢިއްޔާގެ ހޯލުގައި ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރްގޮރާމް ނިންމާލުމަށް ހަމަޖެހިފައި ވަނީ 13 ނޮވެމްބަރ 2021 ވާ ހޮނިހިރު […]

އިބްރާހިމް ޚަލީލް
އަންނަ އަހަރަށް ލަފާކުރާ ބަޖެޓަކީ ރައްޔިތުމީހާގެ ބަޖެޓްކަމަށް ޝިފާޢު ސިފަކުރެއްވި ސަބަބުތައް 📍 ހއ. އިހަވަންދޫ

އަންނަ އަހަރަށް ލަފާކުރާ ބަޖެޓަކީ ރައްޔިތުމީހާގެ ބަޖެޓްކަމަށް ޝިފާޢު ސިފަކުރެއްވި ސަބަބުތައް

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަކީ ރައްޔިތުންނަށް އިޖުތިމާއީ ރައްކާތެރިކަމާއި، އިގްތިސާދީ ފުދުންތެރިކަން އިތުރުކުރުކޮށް، އުމްރާނީ ތަރައްގީ ގެނެސްދޭނެ ބަޖެޓެއްކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގެ ބަހުސްގައި ވާހަކަ ދައްކަވަމުން ޝިފާޢު ވިދާޅުވީ، 2022ވަނަ އަހަރުގެ ބަޖެޓަކީ މިއީ، ހާސްކަންމަތީގައި ދިރިއުޅެމުންދާ ދިވެހި ރައްޔިތުންނަށް، ދިވެހި ޒުވާނުންނަށް، ދިވެހި ޖިންސުންލަޠީފުންނަށް އުއްމީދާއި، އާރ...

ތިލަދުން
އިހަވަންދޫ ހިރިގަލު މިސްކިތުގެ ވަޅު މަރާމާތުކޮށް، މުންނާރުގައި އުވަލައިފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ ހިރިގަލު މިސްކިތުގެ ވަޅު މަރާމާތުކޮށް، މުންނާރުގައި އުވަލައިފި

ހއ. އިހަވަންދޫގައި ހުންނަ ހިރިގަލު މިސްކިތުގެ ވަޅު މަރާމާތުކޮށް، އެ މިސްކިތުގެ މުންނާރުގައި އުވަލުމުގެ މަސައްކަތް ނިމިއްޖެއެވެ. އުތީމުގައި ހުންނަ ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒުން ވިދާޅުވި ގޮތުގައި، މި މަސައްކަތް ކޮށްފައިވަނީ ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ދެއްވި ފަންނީ ލަފަޔާ އެއްގޮތަށް އެ މަރުކަޒުގެ މުއައްޒަފުން ނެވެ. މިމަސައްކަތުގައި އެއްބާރުލުން ދެއްވި މެރިޓައިމް އޭސިއާ ހެރިޓޭޖް ސާރވޭ ޓީމަށާއި، އިހަވަންދޫ ކައުންސިލާއި އަދި ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒަށް، ބޮޑުތ...

ތިލަދުން
އިހަވަންދޫ "ޖޭ ސްޕޯޓްސް އެކަޑަމީ" އިފްތިތާހުކޮށްފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ "ޖޭ ސްޕޯޓްސް އެކަޑަމީ" އިފްތިތާހުކޮށްފި

ހއ.އިހަވަންދޫގައި ކުޅިވަރު ކުރިއެރުވުމަށް “ޖޭ ސްޕޯޓްސް އެކަޑަމީ” ގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ އެކަޑަމީ އިފްތިތާޙް ކޮށްފިއެވެ. މި އެކަޑަމީ އިފްތިތާޙް ކުރުމުގެ ޚަފްލާ 28 އޮކްޓޯބަރ 2021 ވީ ބުރާސްފަތި ދުވަހުގެ ރޭ އިހަވަންދޫ ހުރަވީ ފުޓްބޯޅަ ދަނޑުގައި ބާއްވާފައިވާއިރު މި ޚަފްލާ ޝަރަފްވެރި ކޮށްދެއްވާފައި ވަނީ ދިވެހިރާއްޖެއަށް ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ޓީމުގެ ކެޕްޓަން އައްސަދު ޢަބްދުލްޣަނީއެވެ. މި ޚަފުލާގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަން...

އިބްރާހިމް ޚަލީލް