މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. ކެލާ (304 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
304 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ކެލާގެ އެންމެ ފަހުގެ ޚަބަރުތައް

304 ޚަބަރުގެ ތެރެއިން
ކެލާ ސިމެންތި ޖެޓީގެ ބޭނުން ނުކުރުމަށް އިލްތިމާސްކޮށްފި 📍 ހއ. ކެލާ

ކެލާ ސިމެންތި ޖެޓީގެ ބޭނުން ނުކުރުމަށް އިލްތިމާސްކޮށްފި

ހއ.ކެލާގައި ބަނދަރު ހެދުމުގެ ކުރިން ހަދާފައިވާ ސިމެންތި ޖެޓީ ގިނަދުވަސްވެ ހަލާކުވަމުންދާތީ އެތަން ބޭނުން ނުކުރުމަށް ކެލާ ކައުންސިލުން އިލްތިމާސް ކޮށްފިއެވެ. މިކަން ހާމަކޮށް 15 ފެބްރުއަރީ 2022 ވީ އަންގާރަ ދުވަހު އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ އެ ރަށުގައި ބޭނުން ކުރަމުން އަންނަ ސިމެންތި ޖެޓީއަށް ގިނަ ދުވަސް ވުމުގެ ސަބަބުން ވީރާނާވެ، ހަލާކުވަމުން ދާކަން އެ ކައުންސިލަށް ފާހަގަކުރެވިފައިވާ ކަމަށެވެ. މިކަމަކީ އޭގެ ސަބަބުން ބޮޑު ގެއްލުމެއް ލިބިދާނެ ކަމަކަށް […]

އިބްރާހިމް ޚަލީލް
ކުދި އަދި މެދު ފަންތީގެ ވިޔަފާރިއަކީ އިޤުތިޞާދުގެ މުހިންމު އެއް އިންޖީނު: އިބްރޭ 📍 ހއ. ކެލާ

ކުދި އަދި މެދު ފަންތީގެ ވިޔަފާރިއަކީ އިޤުތިޞާދުގެ މުހިންމު އެއް އިންޖީނު: އިބްރޭ

ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކަކީ ޤައުމެއްގެ އިޤުތިޞާދުގެ މުހިންމު އެއް އިންޖީނު ކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެއެވެ. އިބްރޭ މިހެން ވިދާޅުވީ، މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި، ސަރުކާރުގެ ފަރާތުން މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޟާ ހުށަހަޅުއްވާފައިވާ ކުދި އަދި މެދު ފަންތީގެ ޤާނޫނަށް އިޞްލާޙް ގެނައުމުގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. އިބްރޭ ވިދާޅުވީ އެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާޙަކީ މި ދަނޑިވަޅަށް […]

ޙުސައިން ޝަހުދީ
ކެލާގައި ލޯކަލް މާރުކޭޓެއް އަޅައިދޭނެ ފަރާތެއް ހޯދަނީ 📍 ހއ. ކެލާ

ކެލާގައި ލޯކަލް މާރުކޭޓެއް އަޅައިދޭނެ ފަރާތެއް ހޯދަނީ

ހއ. ކެލާ ބަނދަރު ސަރަހައްދުގައި ލޯކަލް މާރުކޭޓް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ. ކެލާ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތަށް ކަމަށް މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި ފެބުރުއަރީ މަހުގެ 17 ވަނަ ދުވަހުގެ 13:00 އަށް އެއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފު ކުރުމަށް އެދޭކަމަށެވެ. މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން، މިމަހުގެ 28 ވަނަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު […...

އައިޝަތު ނަސާޔާ
ވައިކަރަދޫ އާއި ކެލާގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ އަމަލީ މަސައްކަތް ފަށައިފި 📍 ހއ. ކެލާ

ވައިކަރަދޫ އާއި ކެލާގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ހދ. ވައިކަރަދޫ އާއި ހއ. ކެލާގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. ޕްލޭނިން މިނިސްޓްރީން އިން ހާމަކޮށްފައިވާ ގޮތުގައި ވައިކަރަދޫގައި މި މަޝްރޫޢު ފެށީ އިއްޔެއެވެ. ކެލާގައި ފެށީ މިއަދު އެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޔޫ.އެސް ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ އެއްބަސްވުމުގެ ދަށުން ކުރިއަށްދާ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ ދެ މަޝްރޫޢު އެކެވެ. އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޔޫ.އެސް ޑޮލަރުގެ ލައިން […]

އަޒްފާ ރަޝީދު
"ކެލާ ސްޕަރ ލީގު 2022" ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ހއ. ކެލާ

"ކެލާ ސްޕަރ ލީގު 2022" ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ހއ. ކެލާގައި “ކެލާ ސްޕަރ ލީގު 2022” ގެ ނަމުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ފުޓްބޯޅަ މުބާރާތުގައި ޓީމްތައް ރަޖިސްޓަރީ ކުރުމަށް ފުރުޞަތު ހުޅުވާލައިފިއެވެ. ކެލާ ސްޕަރ ލީގަކީ އެ ރަށު ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ މުބާރާތެކެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ 15 ޖުލައި 2022 ވާ ހުކުރު ދުވަހު ކެލާ ފުޓްބޯޅަ ދަނޑުގައެވެ. މި މުބާރާތުގައި ޓީމްތައް ރަޖިސްޓަރީ ކުރުމަށް ފުރުޞަތު ހުޅުވާލައި އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި […]

އިބްރާހިމް ޚަލީލް
ކެލާ ކައުންސިލް އިދާރާގެ ބައެއް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހއ. ކެލާ

ކެލާ ކައުންސިލް އިދާރާގެ ބައެއް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަނީ

ހއ.ކެލާ ކައުންސިލް އިދާރާގެ ބައެއް މަރާމާތު މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ. އެކައުންސިލްއިން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިމަސައްކަތް ކުރުމަށް ބޭނުންވަނީ އެއިދާރާއިންދޭ މައުލޫމާތާއި އެއްގޮތަށް ކަމަށެވެ. އެގޮތުން މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް މާދަމާއިން ފެށިގެން އަންނަ ފެބުރުއަރީ މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ފެށިގެން މެންދުރުފަހު 13:00 އާ ހަމައަށް ރަޖިސްޓްރީވުމުގެ ފުރުސަތ...

އައިޝަތު ނަސާޔާ
ކެލާގެ ހިތްގައިމު ކަނޑޫފަލުގައި ތަރައްޤީކުރި "ކެލަވަކި ބަގީޗާ" ހުޅުވައިފި 📍 ހއ. ކެލާ

ކެލާގެ ހިތްގައިމު ކަނޑޫފަލުގައި ތަރައްޤީކުރި "ކެލަވަކި ބަގީޗާ" ހުޅުވައިފި

ހއ. ކެލާގެ ހިތްގައިމު ކަނޑޫފަލުގައި ތަރައްޤީކުރި “ކެލަވަކި ބަގީޗާ” ހުޅުވައިފި އެވެ. މި ޕްރޮގްރާމަކީ ޔުނައިޓެޑް ނޭޝަންސް ޑިވޮލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އިން ހިންގާ ގްލޯބަލް އެންވައިރަމެންޓް ފެސިލިޓީ، ސްމޯލް ގްރާންޓް ޕްރޮގްރާމުގެ ދަށުން ކެލާ ޔޫތު ފޯރަމުން ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ. ކެލާ ޔޫތް ފޯރަމް އިން މައުލޫމާތު ދީފައިވާ މިޕްރޮގްރާމް ނިންމާ “ކެލަވަކި ބަގީޗާ” ގެ ނަމުގައި އިއްޔެ ވަނީ އެ ސަރަހައްދު ރަސްމީކޮށް ހުލުވާލާފައެވެ. މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ސަރަޙައްދު ހުޅުވަ...

އައިޝަތު ނަސާޔާ
ކެލައިން، ކަނޑުގެ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ނެގޭގޮތް ހަދައިފި 📍 ހއ. ކެލާ

ކެލައިން، ކަނޑުގެ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ނެގޭގޮތް ހަދައިފި

ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ހއ. ކެލައިން ނެގޭގޮތަށް ހަމަޖައްސައިފިއެވެ. އެކަމުގެ އެއްބަސްވުމުގައި ހއ. އަތޮޅު ކައުންސިލާއި ކެލާ ކައުންސިލާ ދެމެދު ސޮއިކޮށްފައި ވަނީ މިއަދުއެވެ. އަތޮޅު ކައުންސިލް އިދާރާގައި ބޭއްވުނު މި ރަސްމިއްޔާތުގައި އަތޮޅު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީޤެވެ. ކެލާ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކެލާ ކައުންސިލްގެ ރައީސް ޢަބްދު ﷲ އިންފާޒެވެ. އެ އަތޮޅުގައި މީގެކުރިން ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވ...

ޔުމްނާ ޢަލީ
ކެލާ ކައުންސިލާއި ގުޅިގެން ވިޔަފާރި ކުރުމުގެ ފުރުސަތު ހުޅުވާލައިފި 📍 ހއ. ކެލާ

ކެލާ ކައުންސިލާއި ގުޅިގެން ވިޔަފާރި ކުރުމުގެ ފުރުސަތު ހުޅުވާލައިފި

ހއ. ކެލާާ ކައުންސިލުންނާއި ގުޅިގެން ވިޔަފާރި ކުރުމުގެ ފުރުސަތު އެކައުންސިލުން ހުޅުވާލައިފިއެވެ. އެ ފުރުސަތު ހުޅުވާލައި، ކެލާ ކައުންސިލުން ވިދާޅުވެފައި ވަނީ، މި ފަދަ ފުރުސަތެއް ހުޅުވާލުމުގެ އެންމެބޮޑު ބޭނުމަކީ، އެ ކައުންސިލަށް ލިބޭ ޢާންމުދަނީ އިތުރުވުމަކީ ކެލާގެ ތަރައްޤީއަށާއި ރައްޔިތުންނަށް އޭގެ ސަބަބުން ނަފާލިބޭނެ ކަމަކަށް ވީނަމަވެސް ކައުންސިލްތަކަށް ކަނޑައެޅިފައިވާ ބަޖެޓްގެ ތެރެއިން ތަރައްޤީގެ މިފަދަ ޕްރޮގްރާމްތައް ހިންގުމަކީ ވަރަށް ދަތި ކަމަކަށްވާތީ، ކެލާގައި ކައުންސިލްގެ ފަރާތުން ތަރައްގީގެ...

އައިޝަތު ނަސާޔާ
ހަގީގަތް ގަބޫލު ކުރާނަމަ "އިންޑިޔާ އައުޓެއް" ނުގޮވާނެ: އިބްރޭ

ހަގީގަތް ގަބޫލު ކުރާނަމަ "އިންޑިޔާ އައުޓެއް" ނުގޮވާނެ: އިބްރޭ

އަވަށްޓެރި އިންޑިއާއިން ދިވެހި ރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަން ވަރަށް ބޮޑުކަމަށާއި، މި ހަގީގަތް ގަބޫލު ކުރާނަމަ “އިންޑިޔާ އައުޓެއް” ނުގޮވާނެ ކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެއެވެ. އިދިކޮޅު ކޯލިޝަނުން އިސްވެއޮވެ އަންނަނީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލަން ގޮވާލާ “އިންޑިއާ މިލިޓަރީ އައުޓް” ނަމުގައި ކެމްޕޭނެއް ހިންގަމުންނެވެ. އެ ހަރަކާތަށް އިޝާރާތް ކުރައްވަމުން ރާއްޖޭގެ މައި ހޮސްޕިޓަލް، އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ފޮޓޯ ހ...

އަލީ އާދިލް
ހއ. އަތޮޅުގެ ކުރީގެ މެންބަރު ކެލާ އަލިބެ އަވަހާރަވެއްޖެ 📍 ހއ. ކެލާ

ހއ. އަތޮޅުގެ ކުރީގެ މެންބަރު ކެލާ އަލިބެ އަވަހާރަވެއްޖެ

ތިލަދުންމަތީ އުތުރުބުރި (ހއ) އަތޮޅުގެ ރައްޔިތުން މަޖިލިސްގެ ކުރީގެ މެންބަރު އަލްއުސްތާޛް އަލީ އިބްރާހިމް މަނިކު (ކެލާ އަލިބެ) އަވަހާރަވެއްޖެއެވެ. ރައްޔިތުންގެ ޚާއްޞަ މަޖިލިސްގެ މެންބަރުކަން ކުރައްވާފައިވާ، ކެލާ އަލިބެ އަވަހާރަވީ ރޭ ފަތިހުގެ ވަގުތެއްގައެވެ. އަލިބެ އަވަހާރަވެފައި ވަނީ ގިނަ ދުވަސްތަކަކު އާލާސްކަންފުޅާ އުޅުއްވުމަށްފަހު އެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އަލިބެވަނީ ގިނަ ދުވަސްތަކެއް ވަންދެން ހޮސްޕިޓަލްގައި އެނދުމަތިކުރެވިގެން ވެސް ފަރުވާ ހޯއްދަވާފައެވެ. އަލިބެ އަވަހާރަވީ ވެރިރަށް މާ...

ޙުސައިން ޝަހުދީ
ކެލާ ސްކޫލް ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް ނިންމާލައިފި 📍 ހއ. ކެލާ

ކެލާ ސްކޫލް ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް ނިންމާލައިފި

ހއ. ކެލާ ޝައިޚް އިބްރާހީމް ސްކޫލް ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް ނިންމާލައިފި އެވެ. މިއީ ކެލާ ޕޮލިސް ސްޓޭޝަނާއި އެ ސްކޫލް ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. އޮކްޓޯބަރ 25 އިން ނޮވެމްބަރ 28 އަށް ކުރިއަށް ގެންދިޔަ ފަތަން ދަސްކޮށްދިނުމުގެ އެ ޕްރޮގްރާމުގައި އެ ސްކޫލްގެ 99 ދަރިވަރުން ބައިވެރިވެ 95 ދަރިވަރުން ފަތަން ދަސްކޮށްފައިވެއެވެ. މި ޕްރޮގްރާމް ނިންމާލުމަށް ޝައިޚް އިބްރާހީމް ސްކޫލްގައި ވަނީ ރަސްމިއްޔާތެއްބާވާ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފަ އެވެ....

އިބްރާހިމް އަސްވާޤް
ޔޫތު މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަޤާމަށް ޠޫބާ 📍 ހއ. ކެލާ

ޔޫތު މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަޤާމަށް ޠޫބާ

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަޤާމަށް އަދާލަތު ޕާޓީގެ ޠޫބާ ރަޝީދު އައްޔަނުކޮށްފިއެވެ. އެ މަގާމަށް ތޫބާ އައްޔަން ކޮށްފައިވަނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މަގާމަށް ޠޫބާ އައްޔަނުކޮށްފައި ވަނީ މި މަހުގެ 2 ވަނަ ދުވަހުއެވެ. އަދި އޭނާ މިއަދު އެ ވަޒީފާއަށް ރަސްމީކޮށް ނުކުންނަވަން ފައްޓަވާނެ ކަމަށް ވެސް މައުލޫމާތު ލިބިފަވެއެވެ. […]

އަލީ އާދިލް
އެހުންތެރިންގެ ވޯޓުން ރާއްޖޭގެ އެންމެ މަޤްބޫލް މަންޒިލަކަށް ކެލާ 📍 ހއ. ކެލާ

އެހުންތެރިންގެ ވޯޓުން ރާއްޖޭގެ އެންމެ މަޤްބޫލް މަންޒިލަކަށް ކެލާ

ދިވެހިރާއްޖޭގެއަޑުން ކުރިޔަށް ގެންދިޔަ “އެންމެ މަޤްބޫލު މަންޒިލް 2020” ޕްރޮގްރާމުގެ އެހުންތެރިންގެ އެންމެ ގިނަ ވޯޓު ލިބިގެން، އެ ޕްރޮގްރާމުން ހޮވާ ރާއްޖޭގެ އެންމެ މަޤްބޫލު މަންޒިލްގެ ގޮތުގައި ހއ. ކެލާ ހޮވިއްޖެއެވެ. ދިވެހިރާއްޖޭގެއަޑުގެ “އެންމެ މަޤްބޫލު މަންޒިލް 2020” ޕްރޮގްރާމަކީ 2020 ވަނަ އަހަރުގެ ޖެނުއަރީން އެ އަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުން ހޮވާ އެންމެ މަގްބޫލް މަންޒިލް ހޮވަނީ އެހުން ތެރިންގެ ވޯޓުންނެވެ. މިގޮތުން ކެލާ މި […]

ޝިއުނާ އާދަމް
ކަނޑޫ ހޮވުން މަނާކޮށް، މަރުވެ ހިކިފައިވާ ކަނޑޫގަސްތައް ކެލާ ކައުންސިލުން ވިއްކަނީ 📍 ހއ. ކެލާ

ކަނޑޫ ހޮވުން މަނާކޮށް، މަރުވެ ހިކިފައިވާ ކަނޑޫގަސްތައް ކެލާ ކައުންސިލުން ވިއްކަނީ

ހއ. ކެލާ ކަނޑޫ ފަލުން ކަނޑޫ ހޮވުން މަނާކޮށް، މަރުވެ ހިކިފައިވާ ކަނޑޫގަސްތައް ވިއްކުމަށް އެރަށު ކައުންސިލުން ނިންމައިފި އެވެ. ކެލާ ކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، އެރަށު ކަނޑޫފަލުގައި ހިކިފައިވާ ކަނޑޫ ގަސްތައް ނަގާ އަލުން ކަނޑޫ ގަސްތައް އިންދުމަށްޓަކައި މިހާރު ހުރި ހިކި ކަނޑޫގަސްތައް ވިއްކުމަށް ނިންމާފައިވާ ކަމަށެވެ. އެ އިޢުލާނުގައި ބުނެފައިވާ ގޮތުގައި މި ކަނޑޫ ގަސްތައް ވިއްކުމަށް ނިންމާފައިވަނީ އެންވަޔަރމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ކަނޑައަޅާފައިވާ “ކަނޑޫފާތަ...

އައިޝަތު ނަސާޔާ