މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. ކެލާ (304 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
304 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ކެލާގެ އެންމެ ފަހުގެ ޚަބަރުތައް

304 ޚަބަރުގެ ތެރެއިން
ކެލާ، ފެނަކަ އަައު އޮފީސް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަނީ 📍 ހއ. ކެލާ

ކެލާ، ފެނަކަ އަައު އޮފީސް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަނީ

ހއ. ކެލާ ފެނަކަ އަައު އޮފީސް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ޢިއުލާން ކޮށްފިއެވެ. ކެލާގައި ފެނަކައިން އަލަށް އިމާރާތް ކުރުމަށް ނިންމާފައި ވަނީ 2 ބުރީގެ ޒަމާނީ އޮފީސް އިމާރާތެކެވެ. މި މަސައްކަތްތައް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމުން ފެނަކައިން ބުނެފައިވަނީ އެ ކުންފުނިން ދޭ ކުރެހުމާއި ބީ.އޯ.ކިޔު އަދި މަޢުލޫމާތާއި އެއްްގޮތަށް ކެލާ، ފެނަކަ 2 ބުރީގެ އަައު އޮފީސް އިމާރާތް ކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ […]

ޔުމްނާ ޢަލީ
ކެލައިން ފެނުނު ގަހުގެ ނަމަކަށް ''ކެލަވަކި" 📍 ހއ. ކެލާ

ކެލައިން ފެނުނު ގަހުގެ ނަމަކަށް ''ކެލަވަކި"

ހއ. ކެލާ ކުޅިން ފެނުނު ދުނިޔެއިން ނެތި ދިޔުމުގެ ބިރު ހީވެފައިވާ ގަސްތަކުގެ ލިސްޓުގެ ކުރީގައި އުޅޭ “ބުރުގެރިއާ ހެނެސީ” ގަހަށް ”ކެލަވަކި” ނަން ދީފިއެވެ. ތިމާވެއްޓާއި ބެހޭ މިނިސްޓްރީއިން ބުނީ ރާއްޖޭގައި ”އަލަށް ރެކޯޑް ކުރެވުނު” މެންގަރޫވްގެ ބާވަތް “ބުރުގެރިއާ ހެނެސީ” އަށް މިހާރު ދިވެހި ބަހުގެ އެކަޑަމީއިން ދިވެހި ނަމެއް ފާސްކޮށްފައި ވާ ކަމަށެވެ. އެ މިނިސްޓްރީއިން އިތުރަށް ބުނީ އެ ގަހަހަށް ”ކެލަވަކި” ކިޔާފައި ވަނީ މިބާވަތުގެ އެހެން ގަސްގަހަށް ކިޔާފައިވާ ނަން ނަމަށާއި، […]

ޝިއުނާ އާދަމް
ކެލާއިން ދަނޑުބިންތަކާއި، ހުސް ބިންތައް ދޫކުރުމާ ބެހޭ ޤަވާއިދަށް ޚިޔާލު ހޯދަނީ 📍 ހއ. ކެލާ

ކެލާއިން ދަނޑުބިންތަކާއި، ހުސް ބިންތައް ދޫކުރުމާ ބެހޭ ޤަވާއިދަށް ޚިޔާލު ހޯދަނީ

ހއ. ކެލާގެ ދަނޑުބިން ބޭނުން ކުރުމާއި، ގޯތިން ބޭރުގައި ރުއްގަސް އިންދުމާއި، އަދި ރަށުތެރޭ ހުރި ހުސްބިންތައް ދޫކުރުމާއި ބެހޭ ޤަވައިދަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ. ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލް އިދާރާއިން ގެޒެޓު ކޮށްފައިވާ ޢާންމު އިޢުލާނެއްގައިވަނީ، މި ޤަވައިދަށް ޚިޔާލު ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން 25 އޮކްޓޯބަރުން ފެށިގެން 7 ދުވަސް ތެރޭގައި އެ އިދާރާއަށް ލިޔުމުން ހުށަހެޅުމަށެވެ. ޚިޔާލު ހުށަހެޅުމަށް ބޭނުންފުޅުވާ ފަރާތްތަކުން އެ ކައުންސިލް އިދާ...

މުޙައްމަދު މާއިލް ހަސަން
ކެލާ ''ލިލީ ހައުސް'' ތަރައްޤީކުރަނީ 📍 ހއ. ކެލާ

ކެލާ ''ލިލީ ހައުސް'' ތަރައްޤީކުރަނީ

ހއ. ކެލާ ”ލިލީ ހައުސް” ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރަން ނިންމަވާފައިވާ ކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް މުޙައްމަދު ޠާރިޤު ވިދާޅުވެއްޖެއެވެ. ޠާރިޤް މިހެންވިދާޅުވީ ކެލާދާއިރާގެ މަޖިލިސް މެންބަރު އިބްރާޙީމް ޝަރީފާއި އަދި ކެލާ ކައުންސިލާއިއެކު އޮންލައިންކޮށް ކުރިއަށް ގެންދެވި ބައްދަލުވުމަކަށް ފަހުގައި އެވެ. ޠާރިޤް ވިދާޅުވީ ކެލާ ”ލިލީ ހައުސް” ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުމުގައި ކެލާދާއިރާގެ މަޖިލިސް މެންބަރު އިބްރާޙީމް ޝަރީފާއި އަދި ކެލާ ކައުންސިލްގެ ފުރ...

ޝިއުނާ އާދަމް
ކެލައިން ފެނުނު ގަހަކީ މީގެ ކުރިންވެސް އުތުރުގެ 3 ރަށަކުން ފެނިފައިވާ ގަހެއް 📍 ހއ. ކެލާ

ކެލައިން ފެނުނު ގަހަކީ މީގެ ކުރިންވެސް އުތުރުގެ 3 ރަށަކުން ފެނިފައިވާ ގަހެއް

ދުނިޔެއިން ނެތި ދިޔުމުގެ ބިރު ހީވެފައިވާ ގަސްތަކުގެ ލިސްޓުގެ ކުރީގައި އުޅޭ “ބުރުގެރިއާ ހެނެސީ” ގަހެއް، ކެލާގެ ކުޅިން ފެނުނު ވާހަކަ އެންވަޔަރަމަންޓް މިނިސްޓްރީންއިން އިޢުލާންކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ ދުވަހު އެމިނިސްޓްރީއިން ބުނީ، ދުނިޔޭގައި ވަރަށް މަދުން ހެދޭ އަދި ނެތިދިއުމުގެ ބިރު ހީވެފައިވާ މެންގްރޫވްގެ ބާވަތެއް ކަމަށްވާ “ބުރުގެރިއާ ހެނެސީ” (Brugueira hainesii) “ދިވެހިރާއްޖެއިން އަލަށް” ފެނިފައިވާކަމަށެވެ. ކަނޑޫއާއިލާއަށް ނިސްބަތްވާ މިގަހުގައި އަޅާ މޭވާ ވައްތަރީ ބޮޑަވަތްކާއ...

މުޙައްމަދު މާއިލް ހަސަން
ކެލައިން ފެނުނު "ބުރުގެރިއާ ހެނެސީ" ގަހަށް ކިޔާނެ ދިވެހި ނަމެއް ހޯދަނީ 📍 ހއ. ކެލާ

ކެލައިން ފެނުނު "ބުރުގެރިއާ ހެނެސީ" ގަހަށް ކިޔާނެ ދިވެހި ނަމެއް ހޯދަނީ

ދުނިޔޭގައި ވަރަށް މަދުން ހެދޭ އަދި ނެތިދިއުމުގެ ބިރު ހީވެފައިވާ މެންގްރޫވްގެ ބާވަތެއް ކަމަށްވާ “ބުރުގެރިއާ ހެނެސީ” ގަހަށް ކިޔާނެ ދިވެހި ނަމެއް ހޯދުމަށް ކަމާއި ގުޅޭ ފަރާތްތަކާއެކު މަޝްވަރާ ކުރަމުންދާކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފި އެވެ. ދުނިޔެއިން ނެތި ދިޔުމުގެ ބިރު ހީވެފައިވާ ބާވަތެއްގެ 4 ކަނޑޫގަސް ކެލާ ކަނޑޫފަލުން ފެނިފައިވާލަމަށް އެންވަޔަރަމަންޓް މިނިސްޓްރީން އިޢުލާން ކޮށްފައިވަނީ ރޭގެ ވަގުތެއްގަ އެވެ. އެމިނިސްޓްރީން އިއްޔެ ވިދާޅުވީ ދުނިޔޭގައި ވަރަށް މަދުން ހެދޭ އަދި ނެތިދިއުމުގެ ބ...

ޝިއުނާ އާދަމް
ދުނިޔެއިން ނެތި ދިޔުމުގެ ބިރު ހީވެފައިވާ ބާވަތެއްގެ ކަނޑޫ ގަސްތަކެއް ކެލާއިން ފެނިއްޖެ 📍 ހއ. ކެލާ

ދުނިޔެއިން ނެތި ދިޔުމުގެ ބިރު ހީވެފައިވާ ބާވަތެއްގެ ކަނޑޫ ގަސްތަކެއް ކެލާއިން ފެނިއްޖެ

ދުނިޔެއިން ނެތި ދިޔުމުގެ ބިރު ހީވެފައިވާ ބާވަތެއްގެ 4 ކަނޑޫގަސް ކެލާ ކަނޑޫފަލުން ފެނިއްޖެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއްޖެ އެވެ. އެމިނިސްޓްރީން މިއަދު ވިދާޅުވީ ދުނިޔޭގައި ވަރަށް މަދުން ހެދޭ އަދި ނެތިދިއުމުގެ ބިރު ހީވެފައިވާ މެންގްރޫވްގެ ބާވަތެއް ކަމަށްވާ “ބުރުގެރިއާ ހެނެސީ” (Brugueira hainesii) ދިވެހިރާއްޖެއިން އަލަށް ފެނިފައިވާކަމަށެވެ. އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ، ކެލާ ކަނޑޫފަލުން އެބާވަތުގެ 4 ގަސް ވަނީ ފެނިފައިވާކަމަށާއި މީގެ ކުރިން ކުރެވިފައިވާ ސާރވޭތަކުން ދައްކާ...

ޝިއުނާ އާދަމް
ކެލާ ތުނޑިއަކީ ސަރުކާރުތަކުން ކުޅެން ގެންގުޅޭ ބޯޅައަކަށް ނަހަށްދަވާ: އިބްރޭ 📍 ހއ. ކެލާ

ކެލާ ތުނޑިއަކީ ސަރުކާރުތަކުން ކުޅެން ގެންގުޅޭ ބޯޅައަކަށް ނަހަށްދަވާ: އިބްރޭ

ހއ. ކެލާ ތުނޑިއަކީ ސަރުކާރުތަކުން ކުޅެން ގެންގުޅުއްވާ ބޯޅައަކަށް ނަހަށްދަވާ، ފަތުރުވެރިކަމަށް ތަރައްޤީ ކުރުމަށް ކެލާ ތުނޑި ހުޅުވާލަ ދިނުމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ގޮވައި ލަށްވައިފިއެވެ. މެންބަރު އިބްރޭ މިހެން ވިދާޅުވީ ވޭތުވި ކުރީގެ ދެ ސަރުކާރަކުން ވެސް ފަތުރުވެރިކަމަށް ތަރައްޤީ ކުރުމަށް ހއ. ކެލާ ތުނޑި ހުޅުވާލާނެ ކަމަށް ޢިއުލާން ކުރި، ޢިއުލާން ކުރުމަށް އިޝާރާތް ކުރަށްވައެވެ. ރައީސް މައުމޫންގެ ވެރިކަމުގައި މިހާރުގެ ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް، އެ […]

އަޙްމަދު ވަހީދު
އަނެއްކާވެސް ކެލާއިން މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ 📍 ހއ. ކެލާ

އަނެއްކާވެސް ކެލާއިން މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ

ހއ. ކެލާގައި ހޯމް ކަރަންޓީނުގައި ހުރި މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. ކެލާ ކައުންސިލުން ބުނީ އެމީހާ ޕޮޒިޓިވްވެފައި ވާކަން އެނގުނީ އެރަށު ގެއެއްގައި ހޯމް ކަރަންޓީންގައި ތިބި 6 މީހެއް ކޯވިޑަށް ޓެސްޓް ކުރުމަށް ނެގުނު ސާމްޕަލްތަކުގެ ތެރެއިން އެމީހާގެ ސާމްޕަލް ކޯވިޑަށް ޕޮޒިޓިވް ވުމުން ކަމަށެވެ. ޕޮަޒިޓިވް ވެފައިވާ މީހާއަށް އަވަސް ޝިފާއަކަށް އެދޭ ކަމަށް ކެލާ ކައުންސިލުން ބުންޏެވެ. ” ހޯމް ކަރަންޓީނަށް މާލެއިން އައިސް ތިބޭ ފަރާތްތަކަށް ޒިޔާރަތް ކުރުމަކީ ރައްކާތެރި […]

ޝިއުނާ އާދަމް
ތިލަދުންމަތީގެ ފަތުރުވެރިކަމުގެ މުހިންމު ބައިވެރިއަކަށް ކެލާ ހެދުމަށް މަސައްކަތް ކުރަނީ 📍 ހއ. ކެލާ

ތިލަދުންމަތީގެ ފަތުރުވެރިކަމުގެ މުހިންމު ބައިވެރިއަކަށް ކެލާ ހެދުމަށް މަސައްކަތް ކުރަނީ

ތިލަދުންމަތީގައި ފަތުރުވެރިކަން ކުރިއަރުވައި، ފުޅާ ކުރުމުގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި ހއ. ކެލާ ހެދުމަށް މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށް ކެލާ ދާއިރާގެ މަޖިލިސް މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެ އެވެ. މެންބަރު އިބްރޭ ވިދާޅުވީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީވެގެން އަންނައިރު، އެ ސަރަޙައްދުގައި ފަތުރުވެރިކަމަށް 8000 އެނދު ތަރައްޤީ ކުރުމަކީ ސަރުކާރުން އަމާޒު ހިފާފައިވާ ކަމަކަށްވީއިރު، އެ މަސައްކަތުގެ ތެރެއިން ކެލާގައި މަދުވެގެން 500 އެނދު ތަރައްޤީ ވެގެން...

ޝިއުނާ އާދަމް
ދިއްދޫން ކޯވިޑަށް ޕޮޒިޓިވްވި މީހުންނާއި، ކެލާއިން ޕޮޒިޓިވްވި މީހާ ރަނގަޅުވެއްޖެ 📍 ހއ. ދިއްދޫ

ދިއްދޫން ކޯވިޑަށް ޕޮޒިޓިވްވި މީހުންނާއި، ކެލާއިން ޕޮޒިޓިވްވި މީހާ ރަނގަޅުވެއްޖެ

ހއ. ދިއްދޫއިން ކޯވިޑް-19 އަށް ޕޮޒިޓިވް މީހުންނާއި، ހއ. ކެލާއިން ކޯވިޑްއަށް ޕޮޒިޓިވް މީހާ ބަލިން ރަނގަޅު ވެއްޖެއެވެ. ދިއްދޫއިން ކޯވިޑްއަށް ޕޮޒިޓިވް މީހުންނާއި، ކެލާއިން ކޯވިޑްއަށް ޕޮޒިޓިވް މީހާ ބަލިން ރަނގަޅު ވެފައިވާ ކަން އެރަށް ރަށުގެ ކައުންސިލުން ހާމަ ކުރީ އިއްޔެއެވެ. މި ގޮތުން ދިއްދޫ ކައުންސިލުން ބުނީ އެރަށުގައި ހޯމް ކަރަންޓީނުގައި ތިއްބާ ކޯވިޑަށް ޕޮޒިޓިވްވި މީހުން އެޗްޕީއޭގެ ގައިޑްލައިންގައިވާ މުއްދަތު ހަމަކޮށް ހެދި ޓެސްޓުން ނެގެޓިވްވެފައި ވާ ކަމަށެވެ. އެމީހުން ބަލިން […]

ޝިއުނާ އާދަމް
"ތިލަދުންމަތީގެ ދަރިން އަވަސްވެ ގަންނަންވީ، އިންޑިއާ ފެރީއާއިއެކު އުފެދޭ ވިޔަފާރީގެ ފުރުޞަތުތައް ހޯދަން"

"ތިލަދުންމަތީގެ ދަރިން އަވަސްވެ ގަންނަންވީ، އިންޑިއާ ފެރީއާއިއެކު އުފެދޭ ވިޔަފާރީގެ ފުރުޞަތުތައް ހޯދަން"

ތިލަދުންމަތީގެ ދަރިން އަވަސްވެ ގަންނަންވީ، އިންޑިއާ ފެރީއާއިއެކު އުފެދޭ ވިޔަފާރީގެ ފުރުޞަތުތައް ހޯދަން ކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެއެވެ. މެންބަރު އިބްރޭ މިހެން ވިދާޅުވިއިރު ކުޅުދުއްފުށި-ކޮޗިން ފެރީގެ ފުރަތަމަ ދަތުރުގައި މިއަދު ހެނދުނު ވަނީ ކުޅުދުއްފުށީގައި ބަނދަރު ކޮށްފައެވެ. މެންބަރު އިބްރޭ ވިދާޅުވީ ވިހި ވަނަ ގަރުނު ތިލަދުންމަތީ ކުރާ އެންމެ ކާމިޔާބު ވިޔަފާރިއަކީ އޮޑި ދޯނިފަހަރުގައި ރައްރަށަށް ދުއްވައިގެން ކުރާވިޔަފާރި ކަމަށެވެ. ”މިގޮތުން ކުޅުދުފުށިނ...

އަލީ އާދިލް
ކެލާ ކަނޑޫފަލުން އާދަޔާއި ހިލާފަށް މަސް މަރުވަނީ 📍 ހއ. ކެލާ

ކެލާ ކަނޑޫފަލުން އާދަޔާއި ހިލާފަށް މަސް މަރުވަނީ

ހއ. ކެލާ ކަނޑޫފަލުން އާދަޔާއި ހިލާފަށް މަސް މަރުވާން ފަށައިފި އެވެ. ކެލާ ކައުންސިލްގެ ރައީސް އާދަމް ގުފްރާން “ތިލަދުން” އަށް މަޢުލޫމާތުދެމުން ވިދާޅުވީ ކެލާ ކަނޑުފަލުން ގިނަ އަދަދެއްގެ މަސް މަރުވެފައިވާކަމަށެވެ. މަސް މަރުވާ ވަކި ސަބަބެއް އަދި ދެނެގަނެވިފައިނުވާކަމަށާއި ލަފާކުރެވޭ ގޮތުގައި އެއީ ފެންގަނޑު ހޫނުވުމުގެ ސަބަބުން ނުވަތަ ފެންގަނޑު ހިނދުމުގެ ސަބަބުން ދިމާވާ މައްސަލައެއްކަމަށް ވިދާޅުވި އެވެ. ގުފްރާން އިތުރަށް ވިދާޅުވީ ދޭތެރެ ދޭތެރެއިން މަސްމަރުވުމުގެ މައްސަލަ ދިމާވާކަމަށެވެ. އެމައްސަލަ ހައ...

އިބްރާހިމް އަސްވާޤް
ކެލާ ހޯމް ކަރަންޓީނުގައި ހުރި މީހެއް ކޯވިޑަށް ޕޮޒިޓިވްވެއްޖެ 📍 ހއ. ކެލާ

ކެލާ ހޯމް ކަރަންޓީނުގައި ހުރި މީހެއް ކޯވިޑަށް ޕޮޒިޓިވްވެއްޖެ

ހއ. ކެލާގައި ހޯމް ކަރަންޓީނުގައި ހުރި މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. ކެލާ ކައުންސިލުން ބުނީ އެރަށުގައި ހޯމް ކަރަންޓީނުގައި ހުރި މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައި ވާކަމަށެވެ. ކެލާ ކައުންސިލުން ބުނީ އެމީހާ ޕޮޒިޓިވްވެފައި ވާކަން އެނގުނީ އެރަށު ގެއެއްގައި ހޯމް ކަރަންޓީންގައި ތިބި 5 މީހެއް ކޯވިޑަށް ޓެސްޓް ކުރުމަށް ނެގުނު ސާމްޕަލްތަކުގެ ތެރެއިން އެމީހާގެ ސާމްޕަލް ކޯވިޑަށް ޕޮޒިޓިވް ވުމުން ކަމަށެވެ. ޕޮަޒިޓިވް ވެފައިވާ މީހާއަށް އަވަސް ޝިފާއަކަށް އެދޭ ކަމަށް […]

ޝިއުނާ އާދަމް
ނޭނގުމާ އެނގުމާ އެއީ އައްޔާ އަނދިރިފަދަ އެއްޗެކޭ 📍 ހއ. ކެލާ

ނޭނގުމާ އެނގުމާ އެއީ އައްޔާ އަނދިރިފަދަ އެއްޗެކޭ

ނޭނގުމާ އެނގުމާ އެއީ އައްޔާ އަނދިފަދަ އެއްޗެކޭ އޭގެ ދެ ފަރާތް ބުނެދެވޭން އޮންނާނެ ހޭ؟ ނޯންނާނެޔޭ! ދުވަސްވަރަކީ ހއ. ކެލާގައި އިނގިރޭސީން ތިބި ދުވަސްވަރެވެ. އެ މީހުން ބަނޑަހަޖަހައިގެން ތިބީ ކެލާ ތުނޑީކޮޅުގައެވެ. “ރަސްކަން” ކުރަމުން ދަނީ ކެލާގެ ހިތްގައިމު ތުނޑީގައެވެ. އެ ތަނުގައި ދެ ފަންގިފިލާއަށް ވާ ގޮތަށް ޢިމާރާތްކޮށްފައިވާ ރާޑަރު ގެއެއް ހުރެއެވެ. އަދި ހަތިޔާރުތައް ލައި ރައްކާކޮށްފައިވާ ބަޑި ގުދަނެއް ވެސް ހުރެއެވެ. މީގެއިތުރުން، އިނގިރޭސީން ދިރިއުޅުމަށް ޓަކައި ގެދޮރު އަޅާފައި […]

ޢާޠިފާ ޒަކަރިއްޔާ