މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. ކެލާ (304 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
304 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ކެލާގެ އެންމެ ފަހުގެ ޚަބަރުތައް

304 ޚަބަރުގެ ތެރެއިން
މިއަދަކީ ކެލާގެ ތާރީޚްގައި ރަންއަކުރުން ލިޔެވޭނެ ދުވަހެއް: އިބްރޭ 📍 ހއ. ކެލާ

މިއަދަކީ ކެލާގެ ތާރީޚްގައި ރަންއަކުރުން ލިޔެވޭނެ ދުވަހެއް: އިބްރޭ

ހއ. ކެލާގައި ފަތުރުވެރިކަން ތަރައްގީ ކުރަން 14 ބިމެއް ދޫކުރަން އެ ރަށު ކައުންސިލާއި ޓޫރިޒަމް މިނިސްޓަރީއާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކުރެވިގެން ދިޔައިރު މިއަދަކީ ކެލާގެ ތާރީޚްގައި ރަން އަކުރުން ލިޔެވޭނެ ދުވަހެއް ކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެ އެވެ. އިބްރޭ މިހެން ވިދާޅުވީ ކެލާއިން ފަތުރުވެރިކަމަށް ބިންތަކެއް ދޫކުރަން ޓޫރިޒަމް މިނިސްޓްރީއާއި ކެލާ ކައުންސިލާއެކު އެއްބަސްވުމުގައި ސޮއިކުރަން މިއަދު އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައ...

ޙުސައިން ޝަހުދީ
ކެލައިން ފަތުރުވެރިކަމަށް 14 ބިން ދޫކުރަން ސޮއިކޮށްފި 📍 ހއ. ކެލާ

ކެލައިން ފަތުރުވެރިކަމަށް 14 ބިން ދޫކުރަން ސޮއިކޮށްފި

ހއ. ކެލާގައި ފަތުރުވެރިކަން ތަރައްގީ ކުރަން 14 ބިމެއް ދޫކުރަން އެ ރަށު ކައުންސިލާއި ޓޫރިޒަމް މިނިސްޓަރީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ޒޫމް މެދުވެރިކޮށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވީ ސީނިޔަ ޕޮލިސީ ޑިރެކްޓަރު މުހައްމަދު ޚުއްސާނެވެ. ކެލާ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އާދަމް ޣުފްރާނެވެ. މި އެއްބަސްވުމުގެ ދަށުން ގެސްޓްހައުސް އެޅުމަށް 5،000 އަކަފޫޓުގެ 12 ބިމާއި ޓޫރިސްޓް ހޮޓާ ހަދަން 10،000 އަކަފޫޓުގެ ދެ ބިން ދޫކުރާނެއެވ...

އަޙްމަދު ވަހީދު
އުތުރުގެ 4 ރަށެއްގައި އައު ސިއްޙީ މަރުކަޒު ޢިމާރާތްކުރާނެ ބަޔަކު ހޯދަނީ 📍 ހއ. ކެލާ

އުތުރުގެ 4 ރަށެއްގައި އައު ސިއްޙީ މަރުކަޒު ޢިމާރާތްކުރާނެ ބަޔަކު ހޯދަނީ

އުތުރުގެ 6 ރަށެއްގެ ސިއްޙީ މަރުކަޒު ހިންގުމަށް އައު އިމާރާތެއް ހަދައިދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީއިން އިޢުލާންކޮށްފިއެވެ. މިނިސްޓްރީ އޮފް ހެލްތްގެ އެދިވަޑައިގަތުމަށް ސިއްޙީ މަރުކަޒުގެ އާ އިމާރާތް ހެދުމަށް ފިނޭންސް މިނިސްޓްރީއިން އިޢުލާނުކުރައްވާފައިވާ އުތުރުގެ 4 ރަށަކީ ހދ.މަކުނުދޫ، ނ.މާފަރު، ށ.ކަނޑިތީމު، އަދި ހއ.ކެލާ އެވެ. މީގެ އިތރުން  ފ.ފީއަލި އަދި އއ.ތޮއްޑޫވެސް ވަނީ އިޢުލާން ކޮށްފަ އެވެ. މި މަޝްރޫޢުތަކަކީ ސިއްޙީ މަރުކަޒު ހިންގަމުންއަންނަ ކުދި އަދި ބާ އިމާތްތައްތަކުގެ ބަދަލުގައި ޖާ...

އަލީ އާދިލް
ކެލާއިން މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ 📍 ހއ. ކެލާ

ކެލާއިން މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ

ހއ. ކެލާގައި ހޯމް ކަރަންޓީނުގައި ހުރި މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. ކެލާ ކައުންސިލުން ބުނީ، ހއ ކެލާ ވީވަރު ގޭގައި ހޯމް ކަރަންޓީންގައި ހުރި ފަރާތެއްގެ ގައިން ބަލީގެ އަލާމާތްތައް ފެނިގެން ނެގުނު ސާމްޕަލްގެ ނަތީޖާ ވަނީ ޕޮޒިޓިވް ވެފައިކަމަށެވެ. ޕޮޒިޓިވް ވެފައިވާ މީހާއަށް އަވަސް ޝިފާއަކަށް އެދޭ ކަމަށް ކެލާ ކައުންސިލުން ބުންޏެވެ. “ހޯމް ކަރަންޓީނަށް މާލެއިން އައިސް ތިބޭ ފަރާތްތަކަށް ޒިޔާރަތް ކުރުމަކީ ރައްކާތެރި ކަމެއްނޫން އަދި އެޗްޕީއޭ އިން މަނާވެސް ކޮށްފައިވާ […]

އިބްރާހިމް އަސްވާޤް
ގެސްޓްހައުސް އަޅަން ބިން ދޫކުރާއިރު ކެލާ ރައްޔިތުންނަށް ފަހިވާގޮތަށް އުސޫލު އެކުލަވާލަން އެދެފި 📍 ހއ. ކެލާ

ގެސްޓްހައުސް އަޅަން ބިން ދޫކުރާއިރު ކެލާ ރައްޔިތުންނަށް ފަހިވާގޮތަށް އުސޫލު އެކުލަވާލަން އެދެފި

ހއ. ކެލާގައި ގެސްޓްހައުސް ތަރައްގީކޮށް ހިންގަން ބިން ދޫކުރާއިރު އެރަށުގެ ރައްޔިތުންނަށް އެ ބިންތައް ކާމިޔާބު ކުރެވޭނެ ގޮތަށް ބިންތައް ދޫކުރުމުގެ މަރުހަލާގެ ކަންކަން ބައްޓަންކޮށްދިނުމަށް ހއ. އަތޮޅު ކައުންސިލްގައި ކެލާ ދާއިރާ ތަމްސީލް ކުރަށްވާ، ހއ. އަތޮޅު ކައުންސިލް ޕީޕީއެމް މެންބަރު ޢަބުދުﷲ އިންފާޒް ރަޝީދު އެދި ވަޑައިގެންފިއެވެ. އޭނާ މިގޮތަށް އެދި ވަޑައިގަތީ އިއްޔެ ކެލާ ކައުންސިލަށް ފޮނުވި ސިޓީއެއްގަ އެވެ. އެސިޓީގައި އޭނާ ވަނީ 2014 ވަނަ އަހަރުން ފެށިގެން އޭނާއާއި، ކެލާ […]

އަލީ އާދިލް
ކެލާއަށް ޗައިނާގެ ހަދިޔާއެއް 📍 ހއ. ކެލާ

ކެލާއަށް ޗައިނާގެ ހަދިޔާއެއް

ޗައިނާ ސަރުކާރުން ހއ. ކެލާއަށް ހަދިޔާކުރި ފަތާ ޓްރެކް އެރަށަށް ގެންގޮސްފިއެވެ. މި ފަތާ ޓްރެކަކީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް، 2019 ވަނަ އަހަރުގެ ތެރޭގައި ހއ. އަތޮޅުގެ ތިން ރަށަކަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ކެލާއަށް ކުރެއްވި ޒިޔާރަތުގައި އެ ރަށުގެ ޒުވާނުން، އެރަށުގައި ފަތާޓްރެކެއް ހެދުމަށް އެހީތެރިކަމަށް އެދުމުން ހަދިޔާ ކުރެއްވި ފަތާ ޓްރެކެކެވެ. ކެލާ ކައުންސިލްގެ ރައީސް އާދަމް ޣުފްރާން ”ތިލަދުން” ވިދާޅުވީ މިއަދު އެ ޓްރެކް އެރަށަށް ލިބިފައިވާ ކަމަށެވެ...

ޙުސައިން ޝަހުދީ
ކެލާގައި ގެސްޓްހައުސް ތަރައްގީ ކުރަން 12 ބިމެއް، ސިޓީ ހޮޓާ އަޅަން 2 ބިމެއް ބީލަމަށް ހުޅުވާލަނީ 📍 ހއ. ކެލާ

ކެލާގައި ގެސްޓްހައުސް ތަރައްގީ ކުރަން 12 ބިމެއް، ސިޓީ ހޮޓާ އަޅަން 2 ބިމެއް ބީލަމަށް ހުޅުވާލަނީ

ހއ. ކެލާގައި ގެސްޓްހައުސް ތަރައްގީކޮށް ހިންގަން 12 ބިމެއް އަދި ސިޓީ ހޮޓާ ތަރައްގީކޮށް ހިންގަން 2 ބިމެއް، ބީލަމަށް ހުޅުވާލާނަން ނިންމާފައިވާ ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ. ކެލާ ކައުންސިލުން ވިދާޅުވީ، އެ ރަށުގެ ޓޫރިޒަމް ޒޯނުން، ފަތުރުވެރިކަމަށް ހުޅުވާލާ މި ބިންތައް ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަސް ތެރޭގައި ބީލަމަށް ހުޅުވާލެވޭ ވަރުވަރު ވާނެ ކަމަށެވެ. އެރަށުން ގެސްޓްހައުސް ތަރައްގީކުރަން ހުޅުވާލާ ބިމެއްގެ ބޮޑު މިނަކީ، ބިމެއް 5 ހާސް އަކަފޫޓެވެ. އަދި […]

ޙުސައިން ޝަހުދީ
ކެލާގައި މެޑިކަލް ފެސިލިޓީއެއް ގާއިމްކޮށް ހިންގައި ދޭނެ ފަރާތެއް ހޯދަނީ 📍 ހއ. ކެލާ

ކެލާގައި މެޑިކަލް ފެސިލިޓީއެއް ގާއިމްކޮށް ހިންގައި ދޭނެ ފަރާތެއް ހޯދަނީ

ހއ. ކެލާ ކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތަށް އެރަށުގައި މެޑިކަލް ފެސިލިޓީއެއް ގާއިމްކޮށް ހިންގައި ދޭނެ ފަރާތެއް ހޯދަން ޢިއުލާން ކޮށްފިއެވެ. މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 14 ފެބްރުއަރީ 2021 އިން 23 ފެބްރުއަރީ 2021 އަށް، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު 09:00 އިން 14:00 އާއި ދެމެދު ކެލާ ކައުންސިލަށް ދިޔުމުން އެކަމަށްއެދި ރަޖިސްޓްރީ ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެ ކަމަށް އެ ކައުންސިލުން ބުނެއެވެ. އަދި ޕްރޮޕޯސަލް ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށް […]

ޙުސައިން ޝަހުދީ
މިދިޔަ އަހަރު ކެލައިން ދޫކުރި ގޯތިތައް ރަޖިސްޓްރީ ނުކުރާނަމަ ބާޠިލްކުރަނީ 📍 ހއ. ކެލާ

މިދިޔަ އަހަރު ކެލައިން ދޫކުރި ގޯތިތައް ރަޖިސްޓްރީ ނުކުރާނަމަ ބާޠިލްކުރަނީ

މިދިޔަ އަހަރު ހއ. ކެލައިން ދޫކުރި ގޯތިތައް ރަޖިސްޓްރީ ނުކުރާނަމަ ބާޠިލްކުރާނެކަމަށް ކެލާ ކައުންސިލުން ބުނެފި އެވެ. ކެލާ ކައުންސިލުން މިއަދުކުރި އިޢުލާނެއްގައި ބުނެފައިވަނީ 2020 ވަނަ އަހަރު ހއ. ކެލާ އިން ދޫކުރި 68 ގޯތި ތަކުގެ ތެރެއިން މިހާތަނަށް ރަޖިސްޓްރީ ނުކުރާ ގޯތިތައް 2021 ފެބްރުއަރީ 15 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީ ކުރުމަށް ދަންނަވާކަމަށެވެ. އަދި މިމުއްދަތުގައި ރަޖިސްޓްރީ ނުކުރާ ބަންޑާރަ ގޯތިތައް އިތުރު އެންގުމަކާނުލާ ބާޠިލްކުރެވޭނެ ވާހަކަ އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ. ކެލާ ކައުންސި...

ޔުމްނާ ޢަލީ
ފިއްލަދޫ ބޭރުގައި އާ ކަނދުފައްޗެއް ހަރުކޮށްފި 📍 ހއ. ފިއްލަދޫ

ފިއްލަދޫ ބޭރުގައި އާ ކަނދުފައްޗެއް ހަރުކޮށްފި

ހއ. ފިއްލަދޫ ބޭރުގައި ހަރުކޮށްފައިވާ އޮއިވާލި ކަނދުފަތި ކަނޑައިގެން ދިއުމުގެ ސަބަބުން އާ ކަނދުފައްޗެއް ހަރުކޮށްފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ކަނދުފަތިވެސް ހަރުކޮށްފައިވަނީ ކަނޑައިގެން ދިޔަ ކަނދުފަތި އޮތް ސަރަހައްދުގައި އެވެ. ފިއްލަދޫއާއި ދިމާ ބޭރުގައި މަސްވެރިކަމަށް އަޅާފައި އޮންނަ ކަނދުފަތި އިއްޔެގެ ވަގުތެއްގައި އަލުން ހަރުކުރެވިގެން ދާނެ ކަމަށް، ކެލާ ދާއިރާގެ މަޖިލިސް މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވެސް ވަނީ ވިދާޅުވެފައެވެ. ”ފިއްލަދޫއާއި ދިމާ ބޭރުގައި މަސްވެރިކަމަށް އަޅާފ...

ޝިއުނާ އާދަމް
ކެލާގައި ޤުރުއާން އަދި އިސްލާމިކް އިންސްޓިޓިއުޓެއް ގާއިމު ކުރަނީ 📍 ހއ. ކެލާ

ކެލާގައި ޤުރުއާން އަދި އިސްލާމިކް އިންސްޓިޓިއުޓެއް ގާއިމު ކުރަނީ

ކެލާގައި ގާއިމުކުރާ ޤުރުއާން އަދި އިސްލާމިކް އިންސްޓިޓިއުޓްގެ ބިންގާ އަޅައިފިއެވެ. މި އިންސްޓިޓިއުޓަކީ ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ)ގެ ހެޔޮ އެދުންތަކާއިއެކު، އޭނާގެ ޚަރަދުގައި ކެލާގައި ގާއިމުކުރާ އިންސްޓިޓިއުޓް އެކެވެ. މި އިންސްޓިޓިއުޓްގެ ބިންގާ އަޅާފައި ވަނީ، 2020 ވަނަ އަހަރުގެ ޑިސެމްބަރު 31 ވަނަ ދުވަހު ކެލާގައި އޮތް ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި މި އިންސްޓިޓިއުޓްގެ ބިންގާ އަޅައިދެއްވީ ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފާއި، ފެނަކައިގެ މެނޭޖިން ޑައިރެކްޓ...

ޔުމްނާ ޢަލީ
ކެލާ ''ވައިލެޓް ޕާކު'' ހުޅުވައިފި 📍 ހއ. ކެލާ

ކެލާ ''ވައިލެޓް ޕާކު'' ހުޅުވައިފި

ކެލާ ކައުންސިލާއި، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމަންޓް ގުޅިގެން ހއ. ކެލާގައި ތަރައްގީކުރި ޕާކު ހުޅުވައިފިއެވެ. ”ވައިލެޓް ޕާކު”ގެ ނަން ދީފައިވާ މި ޕާކު ހުޅުވުން އޮތީ މިދިޔަ ހުކުރު ދުވަހުގެ ހަވީރު، 16:30ގައި އެ ޕާކުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ކެލާގެ ކުދިބޮޑު ގިނަ ބަޔަކު ބައިވެރިވެފައިވާއިރު، އެ ރަސްމިއްޔާތަށް ދައުވަތު ދެމުން ކެލާ ކައުންސިލުން ވަނީ އެ ރަސްމިއްޔާތުގައި ބައިވެރިވާ އެންމެންވެސް އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް އަމަލުކޮށް ދޭން...

ޔުމްނާ ޢަލީ
"ފްރީ ޑައިވް ކެލާ" ގެ ފަރާތުން "ޕަލްސް" ގެ ނަމުގައި ފްރީ ޑައިވް ކޯހެއް 📍 ހއ. ކެލާ

"ފްރީ ޑައިވް ކެލާ" ގެ ފަރާތުން "ޕަލްސް" ގެ ނަމުގައި ފްރީ ޑައިވް ކޯހެއް

މި ހިނގާ ޖެނުއަރީ މަހުގެ ތެރޭގައި ފްރީޑައިވް ކެލާގެ ފަރާތުން ޕަލްސްގެ ނަމުގައި ފްރީޑައިވް ކޯހެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ. ނޭވާ ލުމަށް ބޭނުން ކުރާ އެއްވެސް އާލާތެއް ނެތި މޫދު އަޑިއަށް ފީނުން ނުވަތަ ފްރީޑައިވްގެ މި ކޯސް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުއެވެ. މި ކޯހަކީ، އަލަށް ފްރީ ޑައިވިންގްއަށް ވަންނަ ބޭފުޅުންނަށްވެސް ބައިވެރިވެވޭނެހެން ފަރުމާކޮށްގެން ކުރިއަށް ގެންދާ ކޯހެކެވެ. މި ގޮތުން، ފްރީޑައިވިންގް ލެވަލް 1 އަދި ލެވަލް 2 […]

މުޙައްމަދު މާއިލް ހަސަން
ކެލާ އަންހެނުންގެ ކޮމެޓީން ތަރައްޤީކުރި ''އޮޑި ބަން ޕާކު'' ވަރަށްޗާލު 📍 ހއ. ކެލާ

ކެލާ އަންހެނުންގެ ކޮމެޓީން ތަރައްޤީކުރި ''އޮޑި ބަން ޕާކު'' ވަރަށްޗާލު

ހއ. ކެލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އިން، އެރަށު ގޮނޑު ދޮށުގައި ތަރައްޤީ ކުރި ”އޮޑި ބަން ޕާކު” ހުޅުވައިފިއެވެ. ކެލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން މި ޕާކު ތަރައްޤީކޮށްފައި ވަނީ އެރަށުގެ ”އޮޑި ބަން މަގު”ގެ ގޮނޑުދޮށު ސަރަޙައްދުގައެވެ. އެ ކޮމެޓީގެ ރައީސާ، ހައްވާ ޝަހުމާ ”ތިލަދުން”އަށް ވިދާޅުވީ، މި ޕާކު ތަރައްޤީކޮށް ނިންމާލީ ތިން ހަފުތާއެއްހާ ދުވަހުން ކަމަށާއި، މި މަސައްކަތް ފުރިހަމަ ކުރުމުގައި ގިނަ ބަޔެއްގެ އެއްބާރުލުން ލިބިގެން ގޮސްފައިވާ […]

ޙުސައިން ޝަހުދީ
ނޫސްވެރިކަމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ކެލާ ސަމްޢާން އަށް 📍 ހއ. ކެލާ

ނޫސްވެރިކަމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ކެލާ ސަމްޢާން އަށް

ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއިން؛ ނޫސްވެރިކަން ކުރިއެރުވުމާއި، މަޢުލޫމާތު ފެތުރުމުގެ ރޮނގުން ސަރުކާރުން ދެއްވާ ހިތްވަރު ދިނުމުގެ ޤައުމީ އިނާމު، ހއ. ކެލާ، ފެހިވިލާގެ، ޢަލީ ސަމްޢާންއަށް ލިބިވަޑައިގެންފިއެވެ. ސަމްޢާންއަށް އެ އިނާމު ހަވާލުކޮށް ދެއްވީ ދިވެހި ދައުލަތުން ދެއްވާ އެކިއެކި އިނާމުތައް ދެއްވުމަށާއި، އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވެވި ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދ...

ޙުސައިން ޝަހުދީ