މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. ކެލާ (304 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
304 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ކެލާގެ އެންމެ ފަހުގެ ޚަބަރުތައް

304 ޚަބަރުގެ ތެރެއިން
ޢީދާއި ގުޅުވައިގެން ކެލާގައި ގިނަ މީހުން އެއްވެގެން އެއްވެސް ކުޅިވަރު ހަރަކާތެއް ނުހިންގޭނެ 📍 ހއ. ކެލާ

ޢީދާއި ގުޅުވައިގެން ކެލާގައި ގިނަ މީހުން އެއްވެގެން އެއްވެސް ކުޅިވަރު ހަރަކާތެއް ނުހިންގޭނެ

1442 ވަނަ އަހަރުގެ އަޟްޙާ ޢީދާއި ގުޅުވައިގެން ގިނަ މީހުން އެއްވެގެން އެއްވެސް ކުޅިވަރު ހަރަކާތެއް ހއ. ކެލާގައި ނުހިންގުމަށް، ކެލާ ކޯވިޑް-19 ޓާސްކް ފޯރސްއިން އަންގައިފިއެވެ. މިވަގުތަކީ، ދިވެހިރާއްޖެގައި ކޯވިޑް ބަލި ފެތުރެމުން ދިއުމާއި ގުޅިގެން އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާ ވަގުތަކަށް ވީނަމަވެސް މި ދުވަސްވަރު އެ ރަށަށް ގިނަ އަދަދަކަށް ރަށުން ބޭރުން މީހުން އައިސްފައި ވާކަން ކެލާ ކޯވިޑް ޓާސްކްފޯރސްއިން ވަނީ ފާހަގަ ކޮށްފައެވެ. ރާއްޖޭގައި ކޯވިޑްގެ ހާލަތު […]

އިބްރާހިމް ޚަލީލް
އިބްރޭގެ އެހީތެރިކަން ފިއްލަދޫ ރައްޔިތުންނަށް 📍 ހއ. ފިއްލަދޫ

އިބްރޭގެ އެހީތެރިކަން ފިއްލަދޫ ރައްޔިތުންނަށް

ކޯވިޑްގެ ހާލަތުގެ ސަބަބުން ފުރަބަންދުގެ ހާލަތުގައި އޮތް ހއ. ފިއްލަދޫ ރައްޔިތުންނަށް، ރައްޔިތުންގެ މަޖިލީހުގައި ފިއްލަދޫ ހިމެނޭ ދާއިރާ ތަމްސީލް ކުރަށްވާ، ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ރޯ މަސް ހަދިޔާ ކުރަށްވައިފިއެވެ. ފުރަބަންދުގެ ސަބަބުން ފިއްލަދޫގެ ރައްޔިތުންނަށް ދަތިތައް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި މެންބަރު އިބްރޭ މިއަދު ވަނީ 975 ކިލޯ ރޯމަސް އެރަށަށް ހަދިޔާ ކުރަށްވާފައެވެ. ފިއްލަދޫ ކައުންސިލްގެ ރައީސް ފަޠުޙުﷲ ޙަސަން “ތިލަދުން”އަށް ވިދާޅުވީ، މެންބަރު އިބްރޭ މިއަދު...

ޔުމްނާ ޢަލީ
ކެލާ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ބަކަރިތައް ބަލަހައްޓައިދޭނެ ބަޔަކު ހޯދަނީ 📍 ހއ. ކެލާ

ކެލާ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ބަކަރިތައް ބަލަހައްޓައިދޭނެ ބަޔަކު ހޯދަނީ

ހއ. ކެލާ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ބަކަރިތައް ބަލަހައްޓައިދޭނެ ބަޔަކު ހޯދަން ޢިއުލާންކޮށްފިއެވެ. ކެލާ ކައުންސިލުން މިއަދުކުރި ޢިއުލާނެއްގައި ބުނީ، އެ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ބަކަރިތައް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. އެ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ބަކަރިތައް ބަލަހައްޓައިދޭނެ ބަޔަކު ހޯދަނީ 10 އަހަރު ދުވަހުގެ މުއްދަތަށެވެ. މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ކެލާ ކައުންސިލްގެ އިދާރާއަށް ގޮސް މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު އަންދާސީ ހިސާބު...

ޔުމްނާ ޢަލީ
ރަށުގައިތިބި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ހާލަތު ދެނެގަތުމުގެ ޕްރޮގްރާމެއް ކެލާ ކައުންސިލުން ފަށައިފި 📍 ހއ. ކެލާ

ރަށުގައިތިބި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ހާލަތު ދެނެގަތުމުގެ ޕްރޮގްރާމެއް ކެލާ ކައުންސިލުން ފަށައިފި

ހއ. ކެލާގައި ތިބި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ގާތަށް ޒިޔާރަތްކޮށް އެ މީހުންގެ ހާލަތު ދެނެގަތުމުގެ ޕްރޮގްރާމެއް ކެލާ ކައުންސިލުން ފަށައިފިއެވެ. މި ޕްރޮގްރާމަކީ ކެލާ ކައުންސިލުން އިސްނަގައިގެން އެ ރަށުގައި ތިބި ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި އެ މީހުންގެ ބެލެނިވެރިންނާއި ބައްދަލުކޮށް އެ ފަރާތްތަކުގެ ޝަކުވާތައް އަޑައަހައި، އެ ޝަކުވާތަކަށް ލުއި ހޯދައި ދިނުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އެކި ދުވަސްމަތިން ބަހާލައިގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ މި ޕްރޮގްރާމްގެ ދަށުން […]

އިބްރާހިމް ޚަލީލް
އިސްލާމީ މުހިންމު ވާޖިބުތަކަށް ހުރަސް އެޅޭ ގޮތަކަށް ޤާނޫނެއް ވޫޖޫދުވުމަކަށް ނޭދެން: ކެލާ ކައުންސިލް 📍 ހއ. ކެލާ

އިސްލާމީ މުހިންމު ވާޖިބުތަކަށް ހުރަސް އެޅޭ ގޮތަކަށް ޤާނޫނެއް ވޫޖޫދުވުމަކަށް ނޭދެން: ކެލާ ކައުންސިލް

އިސްލާމީ މުހިންމު ވާޖިބުތަކަށް ހުރަސް އެޅޭފަދަ ގޮތަކަށް ޤާނޫނެއް ވޫޖޫދަށް ގެނައުމަކީ ކެލާ ރައްޔިތުން އެދޭނެ ކަމެއް ނޫންކަމަށް ހއ. ކެލާ ކައުންސިލުން ބުނެފިއެވެ. ކެލާ ކައުންސިލުން މިހެން ބުނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ “ނަފްރަތުގެ އަމަލު” ބަޔާންކޮށް، ޤާނޫނުލްޢުޤޫބާތަށް މާއްދާއެއް އިތުރުކުރާ ބިލާމެދު ކަންބޮޑުވުން ފާޅުކޮށް ނެރެފައިވާ ނޫސް ބަޔާނެއްގައެވެ. ކެލާ ކައުންސިލްގެ 5 މެންބަރުން ސޮއި ކުރަށްވާ ނެރެފައިވާ އެ ނޫސް ބަޔާނުގައި ބުނީ، ދިވެހި ރާއްޖޭގެ ޤާނޫނުލްއުޤޫބާތު އިސްލާޙު ގެނައުމު...

އަލީ އާދިލް
ފަލަސްތީނަށް އެހީތެރިވުމަށް ކެލާ ރައްޔިތުން 26،900 ރުފިޔާ ހަދިޔާކޮށްފި 📍 ހއ. ކެލާ

ފަލަސްތީނަށް އެހީތެރިވުމަށް ކެލާ ރައްޔިތުން 26،900 ރުފިޔާ ހަދިޔާކޮށްފި

ހއ. ކެލާ ރައްޔިތުން ވެސް ފަލަސްތީނުގެ ލޮބުވެތި ރައްޔިތުންނާއެކު ތިބިކަން ހާމަކޮށްދީ، އެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން 26،900 ރުފިޔާ ހަދިޔާކޮށްފިއެވެ. މިފައިސާއަކީ، ކެލާ ރައްޔިތުންގެ ފަރާތުން ފަލަސްތީނުގެ އަޚުންނާއި އުޚުތުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ކެލާ ކައުންސިލުން އިސްނަގައިގެން ހިންގި ފައިސާއެއްކުރުމުގެ ހަރަކާތުން ލިބުނު ފައިސާއެވެ. މިގޮތުން ކެލާ ކައުންސިލުން ވަނީ އެ ކައުންސިލް އިދާރާގައި ބެހެއްޓި ފަންޑު ފޮށްޓަށް ލިބުނު 26900 ރުފިޔާ އިންޓަނޭޝަނަކް އެއިންޕޭންގެ އެކައުންޓަށް އި...

ޙުސައިން ޝަހުދީ
ކެލާ ކަނޑޫފާ ނެތިދަނީ 📍 ހއ. ކެލާ

ކެލާ ކަނޑޫފާ ނެތިދަނީ

ހއ. ކެލާ ކަނޑޫފާގެ ބައެއް މަރުވެ، ނެތެމުންދާކަމަށް ކެލާ ކައުންސިލުން ވިދާޅުވެއްޖެއެވެ. ކެލާގެ ކަނޑޫފަލުގައި ދުނިޔޭގެ ނެތިދާނެކަމަށް ބެލެވޭ ބަވާތުގެ ކަނޑޫ ގަސްތަކެއް ހުރިއިރު، އެ ކަނޑޫފާގެ ތިންބައިކުޅަ އެއްބަައި އެއްކޮށް މިހާރު މަރުވެފައިވާކަމަށް “ތިލަދުން”އަށް އެ މައުލޫމާތު ދެއްވަމުން ކެލާ ކައުންސިލްގެ ރައީސް އަބުދުﷲ އިންފާޒް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެ ކަނޑޫފަލުން މިހާރު މަރުވަމުންދަނީ ކުރިން ރަނގަޅަށް ހުރި ބޮޑުވަކި ގަސްތައް ހިމެނޭ ސަރަހައްދުގައި ހުރި ކަނޑޫ ގަސްތައް ކަަމަށެވެ. “ވާނުވާ ނޭނގި...

އައިޝަތު އިލްމާ އަދުނާން
އިދިކޮޅުން ކަންބޮޑުވެގެން އުޅުނީ ޔާމީނަށް ކޯވިޑް ޖެހިދާނެތީ: އިބްރޭ

އިދިކޮޅުން ކަންބޮޑުވެގެން އުޅުނީ ޔާމީނަށް ކޯވިޑް ޖެހިދާނެތީ: އިބްރޭ

ރާއްޖޭގެ އިދިކޮޅު ފަރާތްތައް ކަންބޮޑުވެގެން އުޅުނީ ރާއްޖޭގައި އޮތް ކޯވިޑްގެ ހާލަތުގެ ސަބަބުން ނޫންކަމަށާއި، އިދިކޮޅުން ބޭނުންވީ އިދިކޮޅު ލީޑަރު، ކުރީގެ ރައީސް ޔާމީން އަބުދުލްގައްޔޫމަށް ކޯވިޑް ޖެހިދާނެތީ ޖަލުން ގެޔަށް ބަދަލުކުރަން ކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (އިބްރޭ) ވިދާޅުވެއްޖެއެވެ. އިބްރޭ މިހެން ވިދާޅުވީ، މަޖިލީހުގެ 2021 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 5 ވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުން ނެވެ. އިބްރޭ ވިދާޅުވީ، މިއީ ވާދަވެރި ފަރާތްތަކުން ވެސް އެކުވެރިވާންވީ ވަގުތު […]

ތިލަދުން
މިއީ ހަމައެކަނި ރާއްޖޭގައި އޮތް ހާލަތެއް ނޫން: އިބްރޭ

މިއީ ހަމައެކަނި ރާއްޖޭގައި އޮތް ހާލަތެއް ނޫން: އިބްރޭ

ދިވެހިރާއްޖެ ތަޖުރިބާ ކުރަމުންދާ ކޯވިޑްގެ ހާލަތު ދުނިޔޭގެ އެތައް ގައުމެއް ތަޖުރިބާ ކޮށްފިކަމަށާއި، މިއީ ހަމައެކަނި ރާއްޖޭގައި އޮތް ހާލަތެއް ނޫންކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (އިބްރޭ) ވިދާޅުވެއްޖެއެވެ. އިބްރޭ މިހެން ވިދާޅުވީ، ރާއްޖެއާއި މާވަށު ދާއިރާގެ ކޯވިޑްގެ ހާލަތާއި ގުޅިގެން މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު މިއަދު މަޖިލިސްއަށް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސްގައި ވާހަކަ ދައްކަވަމުން ނެވެ. އިބްރޭ ވިދާޅުވީ، ސަރުކާރުން ރާއްޖޭގެ ކޯވިޑުގެ ހާލަތު މެނޭޖުކުރަމުން ގެ...

ތިލަދުން
ކެލާ ޓޫރިސްޓް ހޮޓަލުގެ ސާވޭގެ ފުރަތަމަ މަރުހަލާ ނިންމާލައި، އީއައިއޭގެ މަސައްކަތް ފަށަނީ 📍 ހއ. ކެލާ

ކެލާ ޓޫރިސްޓް ހޮޓަލުގެ ސާވޭގެ ފުރަތަމަ މަރުހަލާ ނިންމާލައި، އީއައިއޭގެ މަސައްކަތް ފަށަނީ

ހއ. ކެލާ ތުނޑީގައި ތަރައްގީކުރާ ޓޫރިސްޓް ހޮޓަލުގެ ބިމުގެ ސާވޭގެ ފުރަތަމަ މަރުހަލާ ނިއްމާލައި، އީއައިއޭގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ. އަލަށް އިންތިޚާބުވެ، މަސައްކަތް ފަށާފައިވާ ކެލާ ކައުންސިލުން އިއްޔެ ވަނީ ކެލާ ތުނޑީގައި ޓޫރިސްޓް ހޮޓެލެއް ތަރައްގީކޮށް ހިންގަން ހަވާލުވެފައިވާ ފެޑޯ އިންވެސްޓްމެންޓާއި ބައްދަލުކުރަށްވައި، އެ ހޮޓަލުގެ މަސައްކަތް ގޮސްފައިވާ ހިސާބުގެ ފަހުގެ މައުލޫމާތު ހޯއްދަވާފައެވެ. އޮންލައިންކޮށް ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި ފެޑޯގެ ފަރާތުން ވަނީ، ކެލާގައި ތަރައްގީ...

ޔުމްނާ ޢަލީ
ކެލާ ފުޓްބޯޅަ ދަނޑުގެ ރޮސްޓްރަމް ގާއިމުކުރަން ހަވާލުކޮށްފި 📍 ހއ. ކެލާ

ކެލާ ފުޓްބޯޅަ ދަނޑުގެ ރޮސްޓްރަމް ގާއިމުކުރަން ހަވާލުކޮށްފި

ހއ. ކެލާ ފުޓްބޯޅަ ދަނޑުގައި ރޮސްޓްރަމެއް ގާއިމުކުރުމުގެ މަސައްކަތް ހަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން މި މަސައްކަތް ހަވާލުކުރީ، ރަފް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ. ރަފް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި މިި މަސައްކަތް ހަވާލުކުރުމަށް ބުރާސްފަތި ދުވަހު ޔޫތު މިނިސްޓްރީގައި އޮތް ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު އަހްމަދު މަޚްލޫފާއި، ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ބައިވެރިވެ ވަޑައިގަތެވެ. މި މަސައްކަތުގެ އަގަކީ 3.8 މިލި...

ޔުމްނާ ޢަލީ
މަޖިލީހުން ބޮޑު ހިޔާނާތުގެ މައްސަލަ ބަލަން މާބޮޑަށް ލަސްވެއްޖެ: އިބްރޭ

މަޖިލީހުން ބޮޑު ހިޔާނާތުގެ މައްސަލަ ބަލަން މާބޮޑަށް ލަސްވެއްޖެ: އިބްރޭ

މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ބޮޑު ޚިޔާނާތުގެ މައްސަލަ ބެލުން މާބޮޑަށް ލަސް ވެސް ވެއްޖެކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެއެވެ. އިބްރާ މިހެން ވިދާޅުވީ، މިއަދު ކުރިއަށް ދިޔަ މަޖިލިސްގެ ޖަލްސާގައި “މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ) ބޭނުންކޮށްގެން ހިންގާފައިވާ ކޮރަޕްޝަނާއި ޚިޔާނާތާގުޅޭ ރިޕޯޓު”އަށް ބަހުސް ކުރަށްވަމުންނެވެ. އެ ރިޕޯޓަށް ތާއީދު ކުރަށްވާ ވާހަކަ ދައްކަވަމުން އިބްރޭ ވިދާޅުވީ، ދިވެހި...

އަލީ އާދިލް
ކެލާއިން ދެމީހަކު ޕޮޒިޓިވް ވެއްޖެ 📍 ހއ. ކެލާ

ކެލާއިން ދެމީހަކު ޕޮޒިޓިވް ވެއްޖެ

ހއ. ކެލާގައި ހޯމް ކަރަންޓީނުގައި ތިބި ދެމީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. ކެލާ ކައުންސިލުން ވިދާޅުވީ، އެރަށުގައި ހޯމް ކަރަންޓީނުގެ ފުރިހަމަކުރި 3 މީހެއްގެ ސާމްޕަލްގެ ތެރެއިން 2 މީހެއްގެ ސާމްޕަލް ކޯވިޑްއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެމީހުން ޕޮޒިޓިވްވިކަން އެނގުނީ މިއަދު ހަވީރުގެ ވަގުތެއްގަ އެވެ. ކެލާ ކައުންސިލުން ވަނީ ޕޮަޒިޓިވް ވެފައިވާ މީހުންނަށް އަވަަސް ޝިފާއަކަށް ވެސް އެދިފައެވެ. އަދި، ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ފަރުދީ ޒިންމާ އަދާކުރުމަށާއި ހޯމް ކަރަންޓީނުގައި ތިބޭ ފަރާތްތަކަށް ޒ...

އައިޝަތު އިލްމާ އަދުނާން
ކެލާއިން މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ 📍 ހއ. ކެލާ

ކެލާއިން މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ

ހއ. ކެލާގައި ހޯމް ކަރަންޓީނުގައި ހުރި މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. ކެލާ ކައުންސިލުން ވިދާޅުވީ، ކެލާއިން މީހަކު ކޯވިޑްއަށް ޕޮޒިޓިވްވެފަ ވާކަމަށެވެ. އަދި އެމީހާއަކީ އެރަށު ގެއެއްގައި ހޯމް ކަރަންޓީންގައި ހުރި މީހެއް ކަމަށެވެ. އެމީހާ ކޯވިޑަށް ޕޮޒިޓިވްވެފައި ވާކަން އެނގުނީ، އޭނާ ހޯމް ކަރަންޓީނުގައި ހުއްޓާ ބަލީގެ އަލާމާތްތައް ފެނުމުން ކޯވިޑްއަށް ޓެސްޓް ކުރުމުން ކަމަށް ވެސް އެ ކައުންސިލުން ވިދާޅުވެއެވެ. “ހޯމް ކަރަންޓީނަށް މާލެއިން އައިސް ތިބޭ ފަރާތްތަކަށް ޒިޔާރަތް ކުރުމަކީ ރައްކާތެރި […]

ޔުމްނާ ޢަލީ
ކެލާ ލިލީ ހައުސް މަރާމާތުކޮށް ތަރައްޤީ ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް 📍 ހއ. ކެލާ

ކެލާ ލިލީ ހައުސް މަރާމާތުކޮށް ތަރައްޤީ ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް

ހއ. ކެލާ ލިލީ ހައުސް މަރާމާތުކޮށް ރަށު މިއުޒިއަމް/ގެލެރީއެއް ގާއިމް ކުރުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއިއެކު ކުރިއަށް ދާކަމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ބުނެފި އެވެ. ކެލާ ލިލީ ހައުސް މަރާމާތުކޮށް ތަރައްޤީ ކުރުމުގެ މަސައްކަތް ނިމުމުން އެ ޢިމާރާތް ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ކެލާ ރަށު ކައުންސިލުން ކަމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ބުނެފައި ވެއެވެ. އެމަރުކަޒުން މި މަސައްކަތް ކުރިއަށް ދާގޮތް ހިއްސާ ކުރަމުން އިތުރަށް ބުނެފައިވަނީ މިތަން […]

އާއިޝަތު ރަފާހް ޢަލީ