މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. ކެލާ (304 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
304 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ކެލާގެ އެންމެ ފަހުގެ ޚަބަރުތައް

304 ޚަބަރުގެ ތެރެއިން
'އެންޒެޑް އެމާ ކެލާ އިންވިޓޭޝަން' ވޮލީ މުބާރާތުގެ ގުރުވަތުލުން ބާއްވައިފި 📍 ހއ. ކެލާ

'އެންޒެޑް އެމާ ކެލާ އިންވިޓޭޝަން' ވޮލީ މުބާރާތުގެ ގުރުވަތުލުން ބާއްވައިފި

ހއ. ކެލާގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ‘އެންޒެޑް އެމާ ކެލާ އިންވިޓޭޝަން’ ވޮލީ މުބާރާތުގެ ގުރުވަތުލުން ބާއްވައިފި އެވެ. މި މުބާރަތަކީ ކެލާގައި ހުންނަ އެމާ ފިހާރަ އަދި ޖާރޒީ އާއި ބެނާ ފަދަ ތަކެތި ޕްރިންޓްކުރާ އޮންލައިން ވިޔަފާރިއެއް ކަމަށްވާ އެންޒެޑް އާއި ގުޅިގެން އިންތިޒާމް ކޮށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އަންހެން ވޮލީބޯޅަ މުބާރާތެކެވެ. މުބާރާތުގައި ކެލާގެ އަންހެން 4 ޓީމު ވާދަކުރާއިރު ހއ. ވަށަފަރުގެ އަންހެން ވޮލީ ޓީމުވެސް ވާދަކުރާނެ އެވެ. ޖުމްލަ 5 […]

އަޙްމަދު އަރުޝަމް
ކެލާއިން ބަންޑާރަ ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި ހުރި ރުއްގަހުގެ ވެރިފަރާތް ހޯދަނީ 📍 ހއ. ކެލާ

ކެލާއިން ބަންޑާރަ ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި ހުރި ރުއްގަހުގެ ވެރިފަރާތް ހޯދަނީ

ހއ. ކެލާއިން ދޫކޮށްފައިވާ ބަންޑާރަ ގޯތިތަކުގެ ތެރެއިން ގޯތި ލިބުނު ފަރާތްތަކުން ދޫކޮށްލައިފައިވާ ގޯތިތައް އަލުން ދޫކުރުމަށްޓަކައި އެ ހުސްގޯތި ތަކުގައި ހުރި ރުއްގަހުގެ ވެރިފަރާތް ހޯދުމަށް ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލުން އިޢުލާން ކޮށްފިއެވެ. މިކަމާއި ގުޅިގެން އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ އެ ސަރަހައްދުގައި ހުރި ރުއްގަހުގެ ވެރީން، އެ ކައުންސިލުން ދޫކުރާ “ރުއްގަހުގެ ވެރިފަރާތް އަންގާ ފޯމް” ފުރިހަމަ ކުރުމަށްފަހު 13 އޮކްޓޯބަރު 2021 ބުދަ ދުވަހުގެ 14:00 އެ ކައުންސިލަށް [...

އިބްރާހިމް ޚަލީލް
ކޮމެންޓްކޮށް އެންމެ ގިނަ ރިއެކްޝަން ހޯދައިގެން، ކެލާ ބަލާލަން ދިއުމުގެ ފުރުޞަތު! 📍 ހއ. ކެލާ

ކޮމެންޓްކޮށް އެންމެ ގިނަ ރިއެކްޝަން ހޯދައިގެން، ކެލާ ބަލާލަން ދިއުމުގެ ފުރުޞަތު!

ފަތުރުވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، 2 މީހަކަށް 2 ދުވަހުގެ އޯލް އިންކްލޫސިވް ޕެކޭޖެއް ދިނުމަށް ހއ. ކެލާ ކައުންސިލުން ނިންމައިފި އެވެ. ކެލާ ކައުންސިލުން އާންމުކުރި ފޭސްބުކް ޕޯސްޓެއްގައި ވަނީ ކެލާގެ ހިތްގައިމު މޫދާއި ގޮނޑުދޮށްތައް ތަޖުރިބާކޮށްލަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައެވެ. އެގޮތުން، ކެލާގެ ހިތްގައިމުކަން ތަޖުރިބާކޮށްލަން ބޭނުންވާ ފަރާތްތަކުން ކައުންސިލްގެ ޕޯސްޓަށް ކޮމެންޓު ކުރުމަށް ވަނީ ހުޅުވާލާފައެވެ. އަދި ކުރާ ކޮމެންޓުތަކުގެ ތެރެއިން ކެލާގައި 2 ރޭ މަޑުކުރުމުގެ ފުރ...

އަޙްމަދު އަރުޝަމް
އެންޒެޑް އެމާ ކެލާ އިންވިޓޭޝަން ވޮލީ މުބާރާތް އޮކްޓޯބަރު 13 ގައި ފަށަނީ 📍 ހއ. ކެލާ

އެންޒެޑް އެމާ ކެލާ އިންވިޓޭޝަން ވޮލީ މުބާރާތް އޮކްޓޯބަރު 13 ގައި ފަށަނީ

ހއ. ކެލާގައި އަންނަ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު ‘އެންޒެޑް އެމާ ކެލާ އިންވިޓޭޝަން’ ވޮލީ މުބާރާތް ފަށަން ތައްޔާރުވެއްޖެ އެވެ. މި މުބާރަތަކީ ކެލާގައި ހުންނަ އެމާ ފިހާރަ އަދި ޖާރޒީ އާއި ބެނާ ފަދަ ތަކެތި ޕްރިންޓްކުރާ އޮންލައިން ވިޔަފާރިއެއް ކަމަށްވާ އެންޒެޑް އާއި ގުޅިގެން އިންތިޒާމް ކޮށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އަންހެން ވޮލީބޯޅަ މުބާރާތެކެވެ. ‘ތިލަދުން’ އަށް މައުލޫމާތުދެމުން ކެލާގައި ހުންނަ އެމާ ފިހާރަ ހިންގުމާއި ހަވާލުވެ ހުރި އަލީ ޒިޔާމް […]

އަޙްމަދު އަރުޝަމް
ކެލާ ކައުންސިލުން ސީއައިޓީއެމް ގޮވައިގެން ކޯޓަށް 📍 ހއ. ކެލާ

ކެލާ ކައުންސިލުން ސީއައިޓީއެމް ގޮވައިގެން ކޯޓަށް

ހއ. ކެލާގައި ކޮމްޕިއުޓަރު ކޯހެއް ހިންގާފައިވާ، ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޮލޮޖީ މެނޭޖްމެންޓް (ސީ.އައި.ޓީ.އެމް) ގޮވައިގެން ކޯޓަށް ދާން ކެލާ ކައުންސިލުން ނިންމައިފި އެވެ. ކެލާ ކައުންސިލުން ވިދާޅުވި ގޮތުގައި މި ގޮތަށް މިކަން ކުރަން ނިންމެވީ އެރަށުގައި އެ ސެންޓަރުގެ ފަރާތުން ކޮމްޕިއުޓަރ ކޯސްތައް ހިންގުމަށް އެ ކައުންސިލާއި ދެމެދު ވެވިފައިވާ އެއްބަސްވުމުގައިވާ ގޮތުގެ މަތިން ކައުންސިލަށް ދައްކަންޖެހޭ ފައިސާ ދައްކާފައިނުވާތީއެވެ. މީގެއިތުރުން އެ ކޯސްތައް ފުރިހަމަކޮށްފައި ނުވުމާއި އަދި ކޯހުގެ ސެޓްފިކ...

އަޙްމަދު އަރުޝަމް
ކެލާ ތުނޑީގައި ޕިކްނިކް ދާނެ ސަރަހައްދެއް ތަރަށްޤީ ކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހއ. ކެލާ

ކެލާ ތުނޑީގައި ޕިކްނިކް ދާނެ ސަރަހައްދެއް ތަރަށްޤީ ކޮށްދޭނެ ފަރާތެއް ހޯދަނީ

ހއ. ކެލާ ތުނޑީގައި ޕިކްނިކް ދާނެ ސަރަހައްދެއް ތަރަށްޤީ ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާކަމަށް އެރަށު އަންހެނުންގެ ތަރަށްގީއަށް މަސައްކަތްކުރާ ކޮމިޓީން ވިދާޅުވެއްޖެ އެވެ. އެ ކޮމިޓީން ނެރުއްވި އިއުލާނެއްގައި ވިދާޅުވީ އެ ސަރަހައްދު ތަރަށްގީ ކޮށްދެން ޖެހޭނީ އެ ކޮމިޓީން ދެއްވާ މައުލޫމާތާއި އެއްގޮތަށް އެ ފަރާތެއްގެ އަމިއްލަ ތަކެތީގައި ކަމަށެވެ. މިފަދައިން އެ މަސައްކަތް ކޮށްދެން ޝައުގުވެރިވާ ފަރާތްތަކުން ކެލާ ކައުންސިލްގެ އިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފު ކުރުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުމަށް އެ...

އަޙްމަދު އަރުޝަމް
މެންބަރު އިބްރޭ ފިއްލަދޫއަށް ވަޑައިގަތުމުން އަޑު އުފުލައިފި 📍 ހއ. ފިއްލަދޫ

މެންބަރު އިބްރޭ ފިއްލަދޫއަށް ވަޑައިގަތުމުން އަޑު އުފުލައިފި

ފިއްލަދޫ ކައުންސިލްގެ އިހްތިސާސްގެ ދަށުން ދައްޕަރު ވަކިކޮށް، އެތަނުގައި ހިންގަން އުޅޭ މަޝްރޫޢާއި ގުޅިގެން ފިއްލަދޫގެ ޒުވާނުންގެ ބަޔަކު މިއަދު ޝުއޫރު ފާޅުކޮށް އަޑު އުފުލައިފިއެވެ. ފިއްލަދޫ ޒުވާނުންގެ ބަޔަކު މިއަދު ޝުއޫރު ފާޅުކުރީ ރައްޔިތުންގެ މަޖިލިސްގައި އެރަށް ތަމްސީލް ކުރައްވާ ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) މިއަދު އެރަށަށް ވަޑައިގަތުމުންނެވެ. އިބްރޭ އެރަށަށް ވަޑައިގަތީ ކުރިއަށް އޮތް އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ކެމްޕެއިންގެ ތެރެއިން ކުރެއްވި ޒިޔާރަތެއްގައެވެ. ފިއްލަ...

އަލީ އާދިލް
މިދިޔަ ސަރުކާރުގައި ޖަނަވާރަށް ވެސް އިންސާފެއް ނުލިބުނު: ކެލާ އިބްރޭ 📍 ހއ. ކެލާ

މިދިޔަ ސަރުކާރުގައި ޖަނަވާރަށް ވެސް އިންސާފެއް ނުލިބުނު: ކެލާ އިބްރޭ

އިބްރޭ ވިދާޅުވީ އެ މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ ހެޔޮ ނިޔަތުގައި ކަންތައްތައް އިސްލާޙް ކުރުމަށް އަޅުއްވާ ފިޔަވަޅެއްގެ ގޮތުގައި ކަމަށެވެ. އަދި މި ސަރުކާރަކީ މިފަދަ ހުރިހާ މައްސަލައެއް ތަހުގީގުކޮށް ބަލައި، އެޅެންހުރި ހުރިހާ ފިޔަވަޅުތަކެއް އަޅާ ސަރުކާރެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެމްޑީޕީގެ 65 މެންބަރުންގެ ތެރެއިން އެ މައްސަލަ ބަލައިގަންނަން ވޯޓު ދެއްވި ހުރިހާ މެންބަރުން ވެސް ވޯޓު ދެއްވީ ހެޔޮ ނިޔަތުގައި ނަމަވެސް، މައްސަލަ ހުށަހެޅުއްވި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް […]

އަލީ އާދިލް
ކެލާގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް ރަޖިސްޓްރީ ވުމަށް ފުރުޞަތު ހުޅުވާލަނީ 📍 ހއ. ކެލާ

ކެލާގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް ރަޖިސްޓްރީ ވުމަށް ފުރުޞަތު ހުޅުވާލަނީ

ޤަވައިދާ ހިލާފަށް ޑޮކިއުމަންޓުނެތި ހއ.ކެލާގައި ދިރިއުޅެމުންދާ ބިދޭސީންގެ ތެރެއިން ރަޖިސްޓްރީ ވުމަށް ބޭނުންވާ ބިދޭސީން ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު ހުޅުވާލުމަށް ކެލާ ކައުންސިލުން ނިންމައިފިއެވެ. ކެލާ ކައުންސިލާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން އެ ރަށުގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ރަޖިސްޓަރީ ކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ މި ހިނގާ ސެޕްޓެމްބަރ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައެވެ. މިކަމާއި ގުޅިގެން އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ ބި...

އިބްރާހިމް ޚަލީލް
ކެލާ ސުޕަރލީގު ފުޓު ބޯޅަ މުބާރާތް، އަންނަ އަހަރަށް ފަސްކޮށްފި 📍 ހއ. ކެލާ

ކެލާ ސުޕަރލީގު ފުޓު ބޯޅަ މުބާރާތް، އަންނަ އަހަރަށް ފަސްކޮށްފި

ހއ. ކެލާގައި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ސުޕަރލީގު ފުޓު ބޯޅަ މުބާރާތް އަންނަ އަހަރަށް ފަސްކޮށްފި އެވެ. ސުޕަރލީގު ފުޓުބޯޅަ މުބާރާތަކީ 2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ރަށުފެންވަރުގެ މުބާރާތެކެވެ. ނަމަވެސް، 2020 ވަނަ އަހަރު ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19 ގެ ޕެންޑެމިކާއި ގުޅިގެން އެ އަހަރުގެ މުބާރާތް ބޭއްވޭ ގޮތް ވަނީ ނުވެފައެވެ. މި މުބާރާތަކީ ކެލާ ކައުންސިލާ އެރަށުގައި ހިންގާ ކުލަބް ޖަމިއްޔާތައް ގުޅިގެން އިންތިޒާމް ކުރާ މުބާރާތެކެވެ. […]

އަޙްމަދު އަރުޝަމް
ކެލާ ބަނދަރު ސަރަހައްދުގައި ފިހާރައާއި ގުދަން ހަދައިދޭނެ ފަރާތެއް ހޯދަން އަނެއްކާ ވެސް އިޢުލާންކޮށްފި 📍 ހއ. ކެލާ

ކެލާ ބަނދަރު ސަރަހައްދުގައި ފިހާރައާއި ގުދަން ހަދައިދޭނެ ފަރާތެއް ހޯދަން އަނެއްކާ ވެސް އިޢުލާންކޮށްފި

ހއ.ކެލާ ބަނދަރުމަތީ ސަރަހައްދުގައި ފިހާރަ، ގުދަން ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ޑިޒައިންކޮށް ބިނާ ކޮށްދޭނެފަރާތެއް ހޯދުމަށް މި މަހުގެ 20 ވަނަ ދުވަހު އެ ކައުންސިލުން ކޮށްފައިވާ އިޢުލާނާއި ގުޅިގެން އެކަށީގެން ވާވަރަށް ފަރާތްތަކުން ސައުގުވެރިކަން ފާޅުކޮފައި ނުވާތީވެ، އެ އިޢުލާން ބާތިލުކޮށް އެ ކައުންސިލުން އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަނެއްކާ ވެސް އިޢުލާން ކޮށްފިއެވެ. އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 29 އޯގަސްޓް 2021 ވީ އާދީއްތަ ދުވަހު އެ ކައުންސިލުން […]

އިބްރާހިމް ޚަލީލް
ކެލާގައި ދަނޑުވެރިކަން ކުރަން ބިން ރަޖިސްޓަރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފި 📍 ހއ. ކެލާ

ކެލާގައި ދަނޑުވެރިކަން ކުރަން ބިން ރަޖިސްޓަރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފި

ހއ. ކެލާގައި ދަނޑުވެރިކަން ކުރުން ބިން ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު އެރަށުގެ ދަނޑުވެރިންނަށް ހުޅުވާލައިފިއެވެ. މިގޮތުން ކެލާ ކައުންސިލުން ވިދާޅުވީ، ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާޢަތު ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން އެގްރޯ ނޭޝަނަލް ކޯޕަރޭޝަން އާއި ގުޅިގެން ކޮންޓްރެކްޓް ފާމިންގ ކުރުމުގެ ފުރުޞަތު ކެލާގެ ދަނޑުވެރިންނަށް ހުޅުވާލާފައިވާ ކަމަށެވެ. މި މަޝްރޫޢުގެ ދަށުން ރާއްޖޭގައި ހައްދާ ދަނޑުވެރިކަމުގެ 17 ބާވަތެއް އެގްރޯ ނޭޝަނަލް ކޯޕަރޭޝަނާއި ދަނޑުވެރިޔާއާއި ދެމެދުވެވޭ...

ޔުމްނާ ޢަލީ
ކެލާ މާބަނޑު މީހުންނަށް ހާއްސަކޮށްގެން ހިންގާ "ނުވަ އުފާ" ޕްރޮގްރާމްގެ ހަދިޔާ ޕެކް ބަހަން ފަށައިފި 📍 ހއ. ކެލާ

ކެލާ މާބަނޑު މީހުންނަށް ހާއްސަކޮށްގެން ހިންގާ "ނުވަ އުފާ" ޕްރޮގްރާމްގެ ހަދިޔާ ޕެކް ބަހަން ފަށައިފި

ހއ. ކެލާ މާބަނޑު މީހުންނަށް ހާއްސަކޮށްގެން ކެލާ ކައުންސިލާއި، ކެލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ކުރިއަށް ގެންދާ “ނުވަ އުފާ” ޕްރޮގްރާމްގެ ދަށުން މަންތުލީ ހަދިޔާ ޕެކް ބަހަން ފަށައިފިއެވެ. މި ޕްރޮގާމް އިފްތިތާޙް ކޮށްފައި ވަނީ މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. ކެލާ ކައުންސިލްގެ ރައީސް ޢަބުދުﷲ އިންފާޒް “ތިލަދުން”އަށް ވިދާޅުވީ، މި ޕްރޮގްރާމްގެ ދަށުން ޖުލައި މަހު އުފަންވި އެރަށުގެ ކުދިންނަށް ހަދިޔާ ޕެކް ދެވިފައިވާ ކަމަށެވެ. އަދި […]

ޙުސައިން ޝަހުދީ
ޓޫރިޒަމް މިނިސްޓްރީން ތިލަދުންމަތީ އުތުރުބުރިއަށް 📍 ހއ. ބާރަށް

ޓޫރިޒަމް މިނިސްޓްރީން ތިލަދުންމަތީ އުތުރުބުރިއަށް

ޓޫރިޒަމް މިނިސްޓްރީން ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށް، ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްތަކަށް ޒިޔާރަތްކޮށްފިއެވެ. މި މަހުގެ 18 ވަނަ ދުވަހު އެ މިނިސްޓްރީން ފެށި މި ދަތުރުގައި މިނިސްޓަރ އަބްދުﷲ މައުސޫމް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ދަތުރުފުޅުގައި މިނިސްޓަރ މައުސޫމް އާ އެކު މިނިސްޓްރީގެ ޓީމް ވަނީ ހއ. ބާރަށާއި، ވަށަފަރުގެ އިތުރުން އުތީމާއި، ކެލާ، އަދި ދިއްދޫގެ އިތުރަށް، ފިއްލަދޫ އަށް ވެސް ވަނީ ޒިޔާރަތްކުރައްވާފައެވެ. މިނިސްޓަރގެ އެ ދަތުރުފުޅުގައި ޓޫރިޒަމް ސިންދަފާތު ކުރުމާއި، ލޯކަލް...

ޝިއުނާ އާދަމް
ކެލާ މާބަނޑު މީހުންނަށް ހާއްސަ، "ނުވަ އުފާ" ޕްރޮގްރާމް އިފްތިތާހްކޮށްފި 📍 ހއ. ކެލާ

ކެލާ މާބަނޑު މީހުންނަށް ހާއްސަ، "ނުވަ އުފާ" ޕްރޮގްރާމް އިފްތިތާހްކޮށްފި

ހއ. ކެލާ މާބަނޑު މީހުންނަށް ހާއްސަކޮށްގެން ކެލާ ކައުންސިލާއި، ކެލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ހިންގާ “ނުވަ އުފާ” ޕްރޮގްރާމް ރޭ އިފްތިތާހްކޮށްފި އެވެ. އެ ޕްރޮގްރާމް އިފްތިތާހްކޮށް ދެއްވީ، ރައްޔިތުންގެ މަޖިލިސްގެ ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (ކެލާ އިބްރޭ) އެވެ. މި ޕްރޮގްރާމް އިފްތިތާހްކޮށްދެއްވައި މެންބަރު އިބްރޭ ވިދާޅުވީ މި ޕްރޮގްރާމަކީ ކެލާއަށް އަދި ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް މުހިންމު ޕްރޮގްރާމެއް ކަމަށް ދެކި ވަޑައިގަންނަވާ ކަމަށެވެ. ކެލާ […]

ޝިއުނާ އާދަމް