މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. ބާރަށް (273 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
273 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ބާރަށްގެ އެންމެ ފަހުގެ ޚަބަރުތައް

273 ޚަބަރުގެ ތެރެއިން
އުފަންވީއްސުރެ ވޭން ތަހައްމަލު ކުރަމުން އަންނަ ނާފް އަށް އެހީތެރިވަމާ! 📍 ހއ. ބާރަށް

އުފަންވީއްސުރެ ވޭން ތަހައްމަލު ކުރަމުން އަންނަ ނާފް އަށް އެހީތެރިވަމާ!

ދަރިންގެ މައްޗަށް މައިން ނުވާނެ ގުރުބާނީއެއް ނޯންނާނެއެވެ. އެއީ ތަކުލީފުތަކުން ފުރިގެންވާ ޤުރުބާނީއަކަށް ވީ ނަމަވެސް މެއެވެ. ދަރިންގެ މައްޗަށް މައިންބަފައިންގެ ހިތުގައި އޮންނަ ކުލުނަކީ އެހާވެސް ހާއްސަ އެހާމެ ބާރުގަދަ ގުޅުމެކެވެ. ހއ.ބާރަށު އިސާމާއާއި މުޙައްމަދު ޠާހާގެ ފަރާތުން ވެސް ފެންނަން އޮތީ އެކަމެވެ. ދެ މީހުންގެ ތިންވަނަ ދަރިފުޅު ނާފް މުޙައްމަދު ޠާހާ އުފަންވެފައި ވަނީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 22 ވަނަ ދުވަހުއެވެ. ނާފް އުފަންކުރުމަށް ހުޅުމާލޭ ހޮސްޕިޓަލުން ސިޒޭރިއަން ހެދުމުގެ […]

އިބްރާހިމް ޚަލީލް
ބާރަށުން ސިޔާސީ ޕާޓީތަކަށް ބިން ދޫކުރަން ނިންމައިފި 📍 ހއ. ބާރަށް

ބާރަށުން ސިޔާސީ ޕާޓީތަކަށް ބިން ދޫކުރަން ނިންމައިފި

ތިލަދުންމަތީ އުތުރުބުރީ ބާރަށުން ސިޔާސީ ޕާޓީތަކަށް ބިން ދޫކުރަން ނިންމައި އެކަމާއި ގުޅޭ އުސޫލް އާންމުކޮށްފިއެވެ. ސިޔާސީ ޕާޓީތަކަށް ބާރަށުން ބިން ދޫކުރުމުގެ އުޞޫލުގެ ދަށުން ދޫކުރުމަށް ނިންމާފައި ވަނީ 1000 އަކަފޫޓަށް ވުރެ ކުޑަނޫން އަދި 2000 އަކަފޫޓަށްވުރެ ބޮޑު ނޫން ބިމެވެ. ބިން ދޫކުރާނީ ގިނަވެގެން 15 އަހަރުގެ މުއްދަތަށެވެ. އުސޫލުގައި ބުނެފައިވާގޮތުން ބާރަށުން ސިޔާސީ ޕާޓީއަކަށް ބިން ލިބޭނީ އެ ޕާޓީއެއްގައި 25000 (ފަންސަވީސް ހާސް) މެމްބަރުން ހަމަވާނަމައެވެ. މީގެ އިތުރުން ބާރަށުގައި […]

އިބްރާހިމް ޚަލީލް
ވިލިނގިލި ބަނދަރުގެ މަސައްކަތް ބާރަށް ކުރިއަށް

ވިލިނގިލި ބަނދަރުގެ މަސައްކަތް ބާރަށް ކުރިއަށް

ގއ. ވިލިނގިލީ ބަނދަރު ތަރައގީ ކުރުމުގެ މަޝްރޫއޫގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މި މަޝްރޫއުގެ ދަށުން، އައު ހާބަ ފުންކުރުމުގެ މަސައްކަތް މިހާރު ވަނީ 45 އިންސައްތަ ފުރިހަމަކޮށްފައެވެ. އަދި، އެއްގަމު ތޮށި ލުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ. މި މަޝްރޫއުގެ ދަށުން، 59,536.80 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ހާބަ ބޭސިން ފުންކުރުމާއި، 275 […]

އަޙްމަދު ވަހީދު
ބާރަށުގައި ކުރިއަށް ގެންދިޔަ ސްވިމިން އިންސްޓްރަކްޓަރ ތަމްރީން ޕްރޮގްރާމް ނިންމާލައިފި 📍 ހއ. ބާރަށް

ބާރަށުގައި ކުރިއަށް ގެންދިޔަ ސްވިމިން އިންސްޓްރަކްޓަރ ތަމްރީން ޕްރޮގްރާމް ނިންމާލައިފި

ތިލަދުންމަތީ އުތުރުބުރީ ބާރަށުގައި ކުރިއަށް ގެންދިޔަ ސްވިމިން އިންސްޓްރަކްޓަރ ތަމްރީން ޕްރޮގްރާމް ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ. މި މަހުގެ 03 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ބާރަށު ކައުންސިލާއި ސްވިމިން އެސޯސިއޭޝަނާއި ބާރަށު ޕޮލިސްޓޭޝަން އަދި ބާރަށު ސްކޫލް ގުޅިގެން ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ފުރިހަމަކޮށް ސްވިމިން އިންސްޓްރަކްޓަރުންގެ ގޮތުގައި 12 ބައިވެރިން ސެޓްފިކެޓް ހާސިލް ކޮށްފައެވެ. މި ޕްރޮގްރާމްގައި ފަތަން ދަ...

އިބްރާހިމް ޚަލީލް
ތެލުގެ ވިޔަފާރިއަށް ބާރަށުން ބިން ދޫކުރަނީ 📍 ހއ. ބާރަށް

ތެލުގެ ވިޔަފާރިއަށް ބާރަށުން ބިން ދޫކުރަނީ

ތެލުގެ ވިޔަފާރި ކުރުމަށް ތިލަދުންމަތީ އުތުރުބުރީ ބާރަށުން ބިން ދޫކުރުމަށް އެ ރަށު ކައުންސިލުން ނިންމައި، ބިން ކުއްޔަށް ހިފުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފިއެވެ. ބާރަށުގައި ތެލުގެ ވިޔަފާރި ކުރުމަށް އެ ރަށުގެ ސިނާއީ ސަރަހައްދުން ދޫކުރުމަށް ހަމަޖެހިފައި ވަނީ 2000 (ދެހާސް) އަކަފޫޓުގެ އެއް ބިމެވެ. ތެލުގެ ވިޔަފާރި ކުރުމަށް ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ، ޝަރުތުހަމަވާ ފަރާތްތަކުން، މި މަހުގެ 9 ވަނަ ދުވަހުގެ 11:00 ގެ ކުރިން، ބީލަމުގައި ރަޖިސްޓަރީވުމަށް […]

އިބްރާހިމް ޚަލީލް
އިހަވަންދޫ ބިން ހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށް 📍 ހއ. އިހަވަންދޫ

އިހަވަންދޫ ބިން ހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށް

ހއ. އިހަވަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުތެ ދަށުން، ބިން ހިއްކުމުގެ މަސައްކަތުގެ 54 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫއުގެ މަސައްކަަތަށް ބޭނުންވާ ބޮޑުހިލައިގެ ހުރިހާ ޝިޕްމަންޓެއް ވެސް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. މި މަޝްރޫއުގެ ދަށުން، 25 ހެކްޓަރުގެ ބިން […]

އަޙްމަދު ވަހީދު
ލަހުފާންގެ އަމާޒު ހުރީ ސީނިއާ ޤައުމީ ޓީމުން ފުރުޞަތު ހޯދަން! 📍 ހއ. ބާރަށް

ލަހުފާންގެ އަމާޒު ހުރީ ސީނިއާ ޤައުމީ ޓީމުން ފުރުޞަތު ހޯދަން!

ރާއްޖެތެރޭ ރަށެއްގައި ނަމަ ފުރަތަމަ ފުޓްބޯޅަ ދަނޑަކީ ގޭ ދޮށުގައި އޮންނަ ހުސްތަންކޮޅެވެ. ނުވަތަ ގޭ ކުރިމަތީ އޮންނަ މަގެވެ. އެއަށްފަހު އަތިރިމަތީ ރުއްވަލެވެ. މިއީ ރާއްޖެތެރޭ ގިނަ ކުދިން ފުޓްބޯޅަ ކުޅުން ފެށިގެން އަންނަ ގޮތެވެ. ހަގު އުމުރުގައި، ލަހުފާން އަޙްމަދު ޝަހީމް އަށް ވެސް ފުޓްބޯޅައިގެ ފެށުން އޮތީ މިގޮތަށެވެ. ލަހުފާން އަޙްމަދު ޝަހީމް ނިސްބަތްވަނީ ތިލަދުންމަތީގެ ދެ ރަށަކަށެވެ. ބައްޕަ ހދ. ވައިކަރަދޫ އަށް ނިސްބަތްވާއިރު މަންމަގެ ރަށަަކީ ހއ. ބާރަށެވެ. އުމުރުން ހަތް […]

އިބްރާހިމް ޚަލީލް
ހއ. އަތޮޅު ކައުންސިލުން ހަތް ރަށަކަށް މާލީ އެހީ، ރަށަކަށް ލައްކައެއް 📍 ހއ. ބާރަށް

ހއ. އަތޮޅު ކައުންސިލުން ހަތް ރަށަކަށް މާލީ އެހީ، ރަށަކަށް ލައްކައެއް

ހއ. އަތޮޅު ކައުންސިލުން އެއަތޮޅުގެ ހަތް ރަށަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. އެކައުންސިލުން ވިދާޅުވީ، މާލީ އެހީގެ ގޮތުގައި ކޮންމެ ރަށަކަށް -/100،000ރ (އެއްލައްކަ ރުފިޔާ) ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މާލީ އެހީދިނުމުގެ އެއްބަސްވުމުގައި، މިއަދު ސޮއިކުރެވުނު ހަތްރަށަކީ، ތުރާކުނު، އިހަވަންދޫ، ވަށަފަރު، ދިއްދޫ، މާރަންދޫ، އުތީމު، އަދި ބާރަށެވެ. އެކައުންސިލުން ވިދާޅުވީ، މިއީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ގާނޫނުގައިވާ...

އިބްރާހިމް އަސްވާޤް
ކުޅުދުއްފުށީ އެއާޕޯޓުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް

ކުޅުދުއްފުށީ އެއާޕޯޓުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް

ކުޅުދުއްފުށީ އެއާޕޯޓް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއަށް ބޭނުންވާ ބޮޑުހިލައިގެ ތިންވަނަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ގޮނޑުދޮށަށް ވެލި އެޅުމުގެ މަސައްކަތާއި ބެޑް ޕްރިޕަރޭޝަން މަސައްކަތްތަކެވެ. މި މަޝްރޫއުގެ ދަށުން، 882 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހ...

އަޙްމަދު ވަހީދު
ބާރަށުގެ އެކި ސަރަހައްދުތަކުގައި ދީނީ މެސެޖް ފޯރުކޮށްދޭ ޝިއާރު ބޯޑުތައް ހަރުކޮށްފި 📍 ހއ. ބާރަށް

ބާރަށުގެ އެކި ސަރަހައްދުތަކުގައި ދީނީ މެސެޖް ފޯރުކޮށްދޭ ޝިއާރު ބޯޑުތައް ހަރުކޮށްފި

ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލުން އިސްނަގައިގެން އެ ރަށުގެ އެކި ސަރަހައްދުތަކުގައި ދީނީ މެސެޖް ފޯރުކޮށްދޭ ޝިއާރު ބޯޑުތައް ހަރުކޮށްފިއެވެ. ކައުންސިލު ޚަރަދުގައި ބޯޑު ހަދައި، ބާރަށުގެ 20 ސަރަހައްދެއްގައި މި ބޯޑުތައް ވަނީ ހަރުކޮށްފައެވެ. މި ބޯޑުތައް ހަރުކުރުމުގެ އަމަލީ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ ބާރަށު ފެނަކަ ބްރާންޗްގެ މުވައްޒަފުންނެވެ. މިކަމާއި ގުޅޭގޮތިން “ތިލަދުން” އާއި ވާހަކަފުޅު ދައްކަވަމުން ބާރަށު ކައުންސިލުގެ ރައީސް ޞައްފަތު މުޙައްމަދު ވިދާޅުވެފައި ވަނީ ރަށުގެ އެކި ސަރަހ...

އިބްރާހިމް ޚަލީލް
ބާރަށު ކައުންސިލުގެ ރަސްމީ ލޯގޯ އިފްތިތާހް ކޮށްފި 📍 ހއ. ބާރަށް

ބާރަށު ކައުންސިލުގެ ރަސްމީ ލޯގޯ އިފްތިތާހް ކޮށްފި

ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލް އިދާރާގެ ރަސްމީ ލޯގޯ އިފްތިތާހް ކޮށްފިއެވެ. ބާރަށު ކައުންސިލުގެ ރަސްމީ ލޯގޯ އިފްތިތާހް ކޮށްފައި ވަނީ އެކަމަށްޓަކައި މި މަހު 19 ވީ ބުރާސްފަތި ދުވަހުގެ ރޭ އެ ކައުންސިލުގައި ބޭއްވި ހާއްސަ ހަފްލާއެއްގައެވެ. އެ ހަފްލާގައި ވަނީ ލޯގޯގެ އިތުރުން އެ ކައުންސިލުގެ ދިދައާއި، ސްޓާފް ކާޑާއި ލެޓަހެޑުގެ އިތުރުން ޔުނީފޯމް ވެސް އިފްތިތާހް ކޮށްފައެވެ. އެ ހަފްލާ ޝަރަފްވެރި ކޮށްދެއްވާފައި ވަނީ ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުގެ ރައީސް […]

އިބްރާހިމް ޚަލީލް
ކޫއްޑޫ ބަނދަރުގެ މަސައްކަތް ބާރަށް ކުރިއަށް

ކޫއްޑޫ ބަނދަރުގެ މަސައްކަތް ބާރަށް ކުރިއަށް

ގއ. ކޫއްޑޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، އީއައިއޭ ހެދުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. މި މަޝްރޫއުގެ ދަށުން، 90 މީޓަރުގެ ޝީޓް ޕައިލް އެޅުމުގެ މަސައްކަތާއި، 365 މީޓަރުގެ އެއްގަމުތޮށި ލުމާއި، 33,300 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ކުރާނެއެވެ. އަދި، […]

އަޙްމަދު ވަހީދު
ބާރަށުގައި ނިއުގެ ފުޓްބޯޅަ އެކަޑަމީއެއް، ބައިވެރިވާން ހުޅުވާލައިފި 📍 ހއ. ބާރަށް

ބާރަށުގައި ނިއުގެ ފުޓްބޯޅަ އެކަޑަމީއެއް، ބައިވެރިވާން ހުޅުވާލައިފި

ހއ. ބާރަށުގައި ފުޓްބޯޅަ އެކަޑަމީ އެއް ހިންގަން ނިންމައި، ބައިވެރިވުމަށް ހުޅުވާލައިފި އެވެ. ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ އިން ވިދާޅުވީ މިއީ ނިއުރޭޑިއަންޓް ސްޕޯރޓްސް ކްލަބްގެ ފަރާތުން ދިވެހި ފުޓްބޯޅަ ކުރިއަރުވާ ތަރައްގީ ކުރުމުގެ ދުރުރާސްތާ ޕްލޭނެއްގެ ދަށުން، ފުޓްބޯޅައަށް މޮޅު، ކުޅަދާނަ ދަރިންތަކެއް އުފެއްދުމުގެ މަތިވެރި މަގުސަދުގައި، ހިންގާ އެކަޑަމީއެއް ކަމަށެވެ. އެ ކުލަބްގެ ފަރާތުން ރާއްޖޭގެ އެކި ސަރަހައްދުތަކުއި ފުޓްބޯޅަ އެކަޑަމީ ހިންގުމަށް އެއްމެ ފުރަތަމަ ފަށާ ރަށްތަކުގެ ތ...

މުޙައްމަދު އަފްރާޙް
ހިތަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް

ހިތަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް

ސ. ހިތަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމެންޓް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. މި މަޝްރޫއުގެ ދަށުން ސައިޓުގައި މިހާރު ކުރިއަށްދަނީ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތެވެ. މި މަޝްރޫއުގެ ދަށުން، 975 ކިއުބިކް މީޓަރުގެ ފަތާ ސަރަހައްދު ފުންކުރުމާއި، […]

އަޙްމަދު ވަހީދު
ބުރުނީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް

ބުރުނީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް

ތ. ބުރުނީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ތިންވަނަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. މި މަޝްރޫއުގެ ދަށުން، 21,181.80 ކިއުބިކް މީޓަރުގެ ވެލި ގިރާ ސަރަހައްދަށް އެޅުމުގެ މަސައްކަތާއި، 220 މީޓަރު ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ. މީގެ އިތުރުން، 369 […]

އަޙްމަދު ވަހީދު