📍 ހއ. ބާރަށް
ބާރަށުގައި ފަތުރުވެރިކަން ތަރައްގީކުރަން ކުރިއާލާ ތައްޔާރުވެތިބުމަށް ރައީސް އެދިވަޑައިގެންފި
ތިލަދުންމަތީ އުތުރުބުރި ބާރަށުގައި ފަތުރުވެރިކަން ތަރައްގީކުރަން ކުރިއާލާ ވިސްނަވާ، ތައްޔާރުވެތިބުމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު އެދިވަޑައިގެންފިއެވެ. ކެމްޕެއިން ދަތުރުފުޅުގައި އެރަށަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރަށު ފަތުރުވެރިކަން ތަރައްގީކުރުމަށް ބާރަށަށް ވުރެ “ފައްކާ” ރަށެއް އޮތް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ. ބާރަށަކީ ހަނިމާދޫގައި ވަރަށް ކައިރީ...