މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. ބާރަށް (273 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
273 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ބާރަށްގެ އެންމެ ފަހުގެ ޚަބަރުތައް

273 ޚަބަރުގެ ތެރެއިން
ބާރަށުގައި ކުރިއަށް ގެންދިޔަ ފަހާ ކޯސް ނިންމާލައިފި 📍 ހއ. ބާރަށް

ބާރަށުގައި ކުރިއަށް ގެންދިޔަ ފަހާ ކޯސް ނިންމާލައިފި

ތިލަދުންމަތީ އުތުރުބުރީ ބާރަށުގައި ކުރިއަށް ގެންދިޔަ ފަހާ ކޯސް ކާމިޔާބު ކަމާއިއެކު ނިންމާލައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ. ފާއިތުވި އަހަރުގެ ޑިސެމްބަރ މަހުގެ 3 ވަނަ ދުވަހުން ފަށައިގެން މި އަހަރު ޖަނަވަރީ 3 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ކޯސް ފުރިހަމަކޮށް ޖުމްލަ 27 ބައިވެރިން ވަނީ ސެޓްފިކެތް ހާސިލް ކޮށްފައެވެ. އޭގެތެރޭގައި ނުވަ ސްކޫލް ކުދިން ހިމެނެއެވެ. މި ކޯހާއި ގުޅޭގޮތުން މައުލޫމާތު ދެމުން ބާރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ […]

އިބްރާހިމް ޚަލީލް
ބާރަށުގައި ބާއްވާ ކޭކު އެޅުމާއި ކޭކު ޑިޒައިން ކޯހުގައި ބައިވެރިވާން ހުޅުވާލައިފި 📍 ހއ. ބާރަށް

ބާރަށުގައި ބާއްވާ ކޭކު އެޅުމާއި ކޭކު ޑިޒައިން ކޯހުގައި ބައިވެރިވާން ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ ބާރަށުގައި ބާއްވާ ކޭކު އެޅުމާއި ކޭކު ޑިޒައިން ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި މަހުގެ 20 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި ކޯހުގައި ބައިވެރިވުމުގެ ސްކޫލް ކުދިންނަށް ވެސް ދިނުމަށް ނިންމާފައިވާއިރު، ގްރޭޑް ފަހަކުން މަތީގެ ދެ ޖިންސްގެ ކުދިންނަށް ވެސް ބައިވެރިވެވޭނެއެވެ. ދިހަ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޯހުގައި ބައިވެރިން އަތުން އެއްވެސް ފީއެއް ނުނަގާނެއެވެ. މި ކޯހަކީ އެ ރަށު އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ […]

އިބްރާހިމް ޚަލީލް
ބާރަށު އޮފީސްތަކުގެ ދެވަނަ ފުޓްސަލް މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި 📍 ހއ. ބާރަށް

ބާރަށު އޮފީސްތަކުގެ ދެވަނަ ފުޓްސަލް މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ ބާރަށުގެ އޮފީސްތަކުގެ ދެވަނަ ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތް ކުރިއަށް ގެންދަން ރާވާފައި ވަނީ އަންހެން ބަޔާއި ފިރިހެންބައި ހިމެނޭހެންނެވެ. ކޮންމެ އޮފީހަކުން އަންހެން އަދި ފިރިހެން ޓީމް ބައިވެރި ކުރުމުގެ ފުރުޞަތު ހުޅުވާލާފައިވާ މި މުބާރާތް ފެށުމަށް ތާވަލު ކޮށްފައި ވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ. މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ އޮފީސްތަކުން އެކަމަށް ފުރިހަމަ ކުރަންޖެހޭ ފޯމް ފުރިހަމަ ކުރުމަށް ފަހު މި މަހުގެ […]

އިބްރާހިމް ޚަލީލް
މަސްވެރިންގެ ދުވަހު ބާއްވާ، ބާރަށު ކައުންސިލް މަސް ރޭހުގައި ބައިވެރިވާން ހުޅުވާލައިފި 📍 ހއ. ބާރަށް

މަސްވެރިންގެ ދުވަހު ބާއްވާ، ބާރަށު ކައުންސިލް މަސް ރޭހުގައި ބައިވެރިވާން ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލުން އިންތިޒާމް ކޮށްގެން މި އަހަރުގެ މަސްވެރިންގެ ދުވަހާއި ގުޅުވައިގެން އެ ރަށުގައި ބާއްވާ މަސްރޭހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މަސްރޭސް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގެ އިޖުތިމާއީ އެއްބައިވަންތަކަން އިތުރު ކުރުމާއި، މަސްވެރިކަމުގެ ރޫހު އާލާކޮށް ދިރުވައި އަދި މަސްވެރިންގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމެވެ. މި މަސްރޭހުގައި 18 އަހަރުން މަތީގެ ދެ ޖިންސްގެ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި ވާއިރ...

އިބްރާހިމް ޚަލީލް
ކުޅުދުއްފުށީ ރީޖަނަލް ޕޯޓުގެ މަސައްކަތް ބާރަށް ކުރިއަށް

ކުޅުދުއްފުށީ ރީޖަނަލް ޕޯޓުގެ މަސައްކަތް ބާރަށް ކުރިއަށް

ކުޅުދުއްފުށި ސިޓީގެ ރީޖަނަލް ޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން މައުލޫމާތު ދޭ ގޮތުގައި މި މަޝްރޫއުގެ މަސައްކަތުގެ 51 އިންސައްތަ ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށް ދަނީ ސްޓީލް ސްޓްރަކްޗާގެ އެެސެމްބްލިން މަސައްކަތްތަކެވެ. މި މަޝްރޫއުގެ ދަށުން، ވޯކްޝޮޕް އިމާރާތަކާއި ވެހިކަލް ގަރާޖެއް ހެދުމުގެ މަސައްކަތް ކުރާނެއެވެ. މިއީ 24.59 މިލިއަން ރުފިޔާއަށް އެމްޓ...

އަޙްމަދު ވަހީދު
ބާރަށުގައި ސިޓީ ހޮޓާ އެޅުމަށް، 71832 ސްކެއާ މީޓަރު ބިމެއް ދޫކުރަނީ 📍 ހއ. ބާރަށް

ބާރަށުގައި ސިޓީ ހޮޓާ އެޅުމަށް، 71832 ސްކެއާ މީޓަރު ބިމެއް ދޫކުރަނީ

ތިލަދުންމަތީ އުތުރުބުރީ ބާރަށުގައި ޓޫރިޒަމް ފުޅާކުރުމުގެ ގޮތުން ސިޓީ ހޮޓާ ހެދުމަށް 71832 (ހަތްދިހަ އެއްހާސް އަށްސަތޭކަ ބައްތިރީސް) ސްކެއާ މީޓަރ ބިމެއް ދޫކުރަން ނިންމައި އެ ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ބިމުގައި ސިޓީ ހޮޓާ ވިޔަފާރި ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 27 ވަނަ ދުވަހު (މާދަމާ) 11:00 ގައި ވާޗުއަލްކޮށް (ޒޫމް މެދުވެރިކޮށް) ބައްދަލުވުމެއް ބޭއްވުމަށް އެ ކައުންސިލުން ނިންމާފައިވާއިރު، މައުލޫމާތު ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށް ވެސް ބީލަށް ހުށަހެޅުމުގ...

އިބްރާހިމް ޚަލީލް
ބާރަށުގައި ބާއްވާ ނިއަމި ކޯހުގައި ބައިވެރިވާން ހުޅުވާލައިފި 📍 ހއ. ބާރަށް

ބާރަށުގައި ބާއްވާ ނިއަމި ކޯހުގައި ބައިވެރިވާން ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ ބާރަށުގައި ބޭއްވުމަށް ހަމަޖެހިފައިވާ ނިއަމި ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ކޯހަކީ ބާރަށު ކައުންސިލާއި އެ ރަށު ސައުދީމަންޒިލް / އިބްރާހިމް ޝުޖާއު، ގުޅިގެން އެ ރަށު ރައްޔިތުންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ ކޯހެކެވެ. މި ކޯހުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ 18 އަހަރު ފުރިފައިވުމާއި، ލިޔަންކިޔަން އެނގުމާއިއެކު އެއްކޮށް ކަނޑާ ގުނަކުރަން އެނގުމެވެ. ކޯހުގެ ބައިވެރިން އަތުން އެއްވެސް ފީއެއް ނުނަގާނެއެވެ. މި ކޯހުގެ ހުރިހާ ހަރަދެއް ހަމަޖަ...

އިބްރާހިމް ޚަލީލް
ބާރަށާއި އުލިގަމާއި ތުރާކުނުގެ އިތުރުން ހޯރަފުށީގެ ދެވަނަ ފިޔަވަހީގެ މަގުތައް ހަދަން ބަޖެޓް ކޮށްފި 📍 ހއ. ބާރަށް

ބާރަށާއި އުލިގަމާއި ތުރާކުނުގެ އިތުރުން ހޯރަފުށީގެ ދެވަނަ ފިޔަވަހީގެ މަގުތައް ހަދަން ބަޖެޓް ކޮށްފި

ހއ. އަތޮޅުގެ ބާރަށް، އުލިގަމު، ތުރާކުނުގެ މަގު ހެދުމުގެ އިތުރުން ހޯރަފުށީގެ މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހި އަންނަ ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ހިމަނައިފިއެވެ. އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ބަޖެޓުގައި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮޖެކްޓު (ޕީއެސްއައިޕީ) މަޝްރޫޢު ތަކަށް 8.6 ބިލިއަން ރުފިޔާ ހަރަދުކުރުމަށް ވަނީ ހިމަނާފައެވެ. މި މަޝްރޫޢުތަކުގެ ތެރޭގައި ބޮޑު ތިލަދުންމަތިން ހއ. އަތޮޅުގެ ހަތަރު ރަށެއްގެ މަގު ހެދުމަށް ވަނީ ހިމަނާފައެވެ. މީގެ ތެރެ...

ޔުމްނާ ޢަލީ
މާއުނގޫދޫ ބަނދަރުގެ މަސައްކަތް ބާރަށް ކުރިއަށް

މާއުނގޫދޫ ބަނދަރުގެ މަސައްކަތް ބާރަށް ކުރިއަށް

ށ. މާއުނގޫދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން މައުލޫމާތު ދޭ ގޮތުގައި މި މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމެންޓް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. ސައިޓުގައި މިހާރު ކުރިއަށްދަނީ އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތެވެ. މި މަޝްރޫއުގެ ދަށުން އެއްގަމު ތޮށީގެ ބްލޮކް ޖެހުމުގެ މަސައްކަތުގެ 97 އިންސައްތަ ފުރިހަމަކުރެވި...

އަޙްމަދު ވަހީދު
ބުރިޖު މަތީ ގަވައިދާ ހިލާފަށް ބާރަށް ދުއްވާ އުޅަނދުތަކުގެ ވެރިންނަށް ނަސޭހަތުގެ މެސެޖް ފޮނުވަނީ

ބުރިޖު މަތީ ގަވައިދާ ހިލާފަށް ބާރަށް ދުއްވާ އުޅަނދުތަކުގެ ވެރިންނަށް ނަސޭހަތުގެ މެސެޖް ފޮނުވަނީ

ސިނަމާލެ ބްރިޖްގައި ގަވައިދާ ހިލާފަށް ބާރަށް ދުއްވާ އުޅަނދުތަކާއި، ގަވައިދާ ހިލާފަށް ލޭން ބަދަލުކުރާ އުޅަނދުތައް ދެނެގަނެ އެ އުޅަނދުތަކުގެ ވެރިންގެ ފޯނަށް ނަސޭހަތުގެ މެސެޖް ފޮނުވަން މޯލްޑިވްސް ޕޮލިސް ސާވިސް އިން ނިންމައިފިއެވެ. މިއަދު އެ މުއައްސަސާއިން ވިދާޅުވެފައި ވަނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ސިނަމާލެ ބްރިޖުގައި ދުއްވަން ހުއްދަ ކުރެވިފައިވާ ސްޕީޑަށްވުރެ ބާރަށް ދުއްވާ އުޅަނދުތަކާއި ގަވައިދާ ޚިލާފަށް ލޭން ބަދަލުކުރާ އުޅަނދުތައް ދެނެގަނެ އަދި އުޅަނދެއް ދުއްވި ބާރުމިން […]

އިބްރާހިމް ޚަލީލް
މިލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް 📍 ށ. މިލަންދޫ

މިލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް

ށ. މިލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ހަތަރު ވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށެވެ. އަދި ގައު އެތުރުމުގެ މަސައްކަތުގެ 53 ޕަސެންޓް ނިމިއްޖެ ކަމަށް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 17,900 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ […]

އަޙްމަދު ވަހީދު
ޤައުމީ ދުވަސް ފާހަގަކުރުމަށް ބާރަށުގައި ހާއްސަ ހަރަކާތްތަކެއް 📍 ހއ. ބާރަށް

ޤައުމީ ދުވަސް ފާހަގަކުރުމަށް ބާރަށުގައި ހާއްސަ ހަރަކާތްތަކެއް

މިއަހަރުގެ ގައުމީ ދުވަސް ފާހަގަކުރުމަށް ހއ. ބާރަށުގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ. މިހަރަކާތްތަކާއި ގުޅޭގޮތުން ‘ތިލަދުން’ އަށް މައުލޫމާތު ހިއްސާ ކުރައްވަމުން ހއ. އަތޮޅު ކައުންސިލުގެ ރައީސް މޫސާ ޝަފީގް ވިދާޅުވީ މި ހަރަކާތްތައް ފަށާފައިވަނީ އިއްޔެ ހެނދުނު ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތާއި އެކުގައި ކަމަށެވެ. އަދި އިއްޔެ ހެނދުނު 10 ޖެހިއިރު ދުވަހާއި ގުޅިގެން ހާއްސަ ޖަލްސާ އެއް ބާއްވަފައިވާ ކަމަށެވެ. މޫސުން ހުރިގޮތުން ކޮންމެވެސް ވަރެއްގެ ގޮންޖެހުންތަކެއް ހުރިކަން ފާހަގަ ކުރައްވާ...

މުޙައްމަދު އަފްރާޙް
ގެއްލިގެން ހޯދަމުން ދިޔަ ބާރަށު މީހާ ފެނިއްޖެ 📍 ހއ. ބާރަށް

ގެއްލިގެން ހޯދަމުން ދިޔަ ބާރަށު މީހާ ފެނިއްޖެ

ގެއްލިގެން ހޯދަމުން ދިޔަ ހއ. ބާރަށު މީހާ ފެނިއްޖެއެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ ހއ. ބާރަށް/ ސައިނިންސްޓާ، މުހައްމަދު ތައުފީގު ފެނިފައިވާ ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށެވެ. އެހެންނަމަވެސް އިތުރު ތަފްސީލެއް އަދިހާމައެއް ނުކުރައްވައެވެ. އުމުރުން 35 އަހަރުގެ ތައުފީގު އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް އެ އިދާރާ އަށް ރިޕޯޓުކޮށްފައިވަނީ މި އޮގަސްޓު މަހުގެ 26 ވަނަ ދުވަހުގެ މެންދުރު 1:35 ހާއިރު އެވެ. އޭނާ ގެއްލުމުގެކުރިން އެންމެ ފަހުން ފެނިފައިވަނީ […]

މުޙައްމަދު އަފްރާޙް
ބާރަށު މީހަކު ގެއްލިގެން ހޯދަނީ 📍 ހއ. ބާރަށް

ބާރަށު މީހަކު ގެއްލިގެން ހޯދަނީ

ހއ. ބާރަށަށް ނިސްބަތްވާ ފިރިހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ ގެއްލިގެން ހޯދަމުން ދަނީ ބާރަށު ސައިނިންގސްޓަރ، މުހައްމަދު ތައުފީގު ކަމަށެވެ. އެ އިދާރާ އިން ވިދާޅުވީ އުމުރުން 35 އަހަރުގެ ތައުފީގު އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް މި އޮގަސްޓު މަހުގެ 26 ވަނަ ދުވަހުގެ މެންދުރު 1:35 ހާއިރު އެ އިދާރާ އަށް އަންގާފައިވާ ކަމަށެވެ. އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. އޭނާ […]

މުޙައްމަދު އަފްރާޙް
ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް ބާރަށް ކުރިއަށް! އަންނަ މަހު އާ ރަންވޭގެ އެއްބައި ބޭނުންކުރަން ފަށަނީ 📍 ހދ. ހަނިމާދޫ

ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް ބާރަށް ކުރިއަށް! އަންނަ މަހު އާ ރަންވޭގެ އެއްބައި ބޭނުންކުރަން ފަށަނީ

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި އަންނަމަހު ފްލައިޓު ޖައްސާނީ އައު ރަންވޭގައި ކަމަށް އެ އެއާޕޯޓު ހިންގާ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރްއޭސީއެލް) އިން ހާމަކޮށްފިއެވެ. އެ ކުންފުނިން ވިދާޅުވީ އެ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން އަލަށް ގާއިމް ކުރާ ރަންވޭގެ ފުރަތަމަ 1400 މީޓަރު އަންނަ މަހު ބޭނުން ކުރަން ފަށާނެ ކަމަށެވެ. މި މަޝްރޫއުގެ ތެރެއިން އަލަށް ގާއިމްކުރާ 2.7 ކިލޯމީޓަރުގެ ރަންވޭ ޑިޒައިން ކޮށްފައިވާ ގޮތުން، އެ ރަންވޭ އާއި މިހާރު ބޭނުން […]

މުޙައްމަދު އަފްރާޙް