މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. ބާރަށް (273 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
273 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ބާރަށްގެ އެންމެ ފަހުގެ ޚަބަރުތައް

273 ޚަބަރުގެ ތެރެއިން
ހިންމަފުށީ ބަނދަރުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ބާރަށް ކުރިއަށް

ހިންމަފުށީ ބަނދަރުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ބާރަށް ކުރިއަށް

ކ. ހިންމަފުށީ ބަނދަރު ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، އާ ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް މިހާރު ވަނީ ނިންމާލައިފައެވެ. އަދި މިހާރު ކުރިއަށްދަނީ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން ބުންޏެވެ. މި މަޝްރޫޢުގެ ދަށުން، 28,760 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 38 މީޓަރުގެ ބޭރުތޮށ...

އަޙްމަދު ވަހީދު
އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބު: ބާރަށު ދާއިރާގެ ރައީސްކަމަށް ނައުޝާދު 📍 ހއ. ބާރަށް

އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބު: ބާރަށު ދާއިރާގެ ރައީސްކަމަށް ނައުޝާދު

އިއްޔެ ބޭއްވި ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ހއ. ބާރަށު ދާއިރާގެ ރައީސްކަން ނަޢުޝާދު އިބްރާހިމް ކާމިޔާބު ކުރައްވައިފި އެވެ. ފަސް އަހަރަށް އިންތިހާބުކުރާ އެމްޑީޕީގެ ގައުމީ މަޖިލީސް އިންތިހާބުގައި ބާރަށު ދާއިރާގެ ރައީސްކަމަށް ނަޢުޝާދު އިބްރާހިމްގެ އިތުރުން 3 ކެނޑިޑޭޓަކު ވާދަކޮށްފައިވެއެވެ. އެއީ ޝިހާމް އަބްދުލްއަޒީޒް އާދަމް އާއި މުހައްމަދު އަބްދުލް ސަލާމް އަދި ދާޢޫދު އިބްރާހިމް އެވެ. ނަޢުޝާދު އިބްރާހިމް އަށް ލިބިފައިވަނީ 273 ވޯޓްއެވެ. ޝިހާމް […]

އަލީ އާދިލް
ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތް ބާރަށް ކުރިއަށް

ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތް ބާރަށް ކުރިއަށް

ފަރެސްމާތޮޑާ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަަސައްކަތް ބާރަށް ކުރިއަށް ދާ ކަމަށް މޯލްޑިވްސް ޓްްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން، އެއާޕޯޓް ރަންވޭއާއި ޓެކްސީވޭ، އޭޕްރަން އަދި ފަޔާ ޕެޑް އާއި ފަޔާ ރޯޑްގެ ސަބްބޭސް އަދި ސަބްގްރޭޑް މަސައްކަތްތައް މިހާރު ނިންމާލާފައި ވާކަމަށެވެ. އަދި އެއާޕޯޓް ފަޔާ ބިލްޑިންގްގެ ކޮންކްރީޓް މަސައްކަތުގެ 58 އިންސައްތަ ނިމިފައި ވާކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. […]

އަޙްމަދު ވަހީދު
އިންނަމާދޫ ފެނުގެ ނިޒާމުގެ މަސައްކަތް ބާރަށް ކުރިއަށް

އިންނަމާދޫ ފެނުގެ ނިޒާމުގެ މަސައްކަތް ބާރަށް ކުރިއަށް

ރ. އިންނަމާދޫގައި ފެނުގެ ނިޒާމު ގާއިމު ކުރުމުގެ އަމަލީ މަސައްކަތް ފަށާފައި ވާކަމަށް މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށް ދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމުގެ މަސައްކަތް ކަމަށެވެ. މިމަޝްރޫއަށް ބޭނުންވާ ހޮށިއާއި އެހެނިހެން ތަކެތި އެރަށަށް ގެންގޮސްފައި ވާކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އިންނަމާދޫ ފެނުގެ ނިޒާމް ގާއިމު ކުރުމުގެ މަސައްކަތުގެ […]

އަޙްމަދު ވަހީދު
ތިލަދުންމަތީ ހުނަރުވެރިން: ދެ ރުއް ދޭތެރޭގައި ރޯނެއް ދަމާލައިގެން ވޮލީކުޅެންފެށި ބާރަށު ރައްޒާން އެންމެ އުހަށް 📍 ހއ. ބާރަށް

ތިލަދުންމަތީ ހުނަރުވެރިން: ދެ ރުއް ދޭތެރޭގައި ރޯނެއް ދަމާލައިގެން ވޮލީކުޅެންފެށި ބާރަށު ރައްޒާން އެންމެ އުހަށް

މިއީ ލިޔުމުގައި އޮންނަ ނަމަވެސް ކިއުމުގައި ނޯންނަ ނަމެކެވެ. އެންމެން ކިޔަނީ އަދި ލިޔަނީ ރަޒާންއެވެ. ނަމަވެސް ފުރިހަމަ ގޮތަކީ ހއ. ބާރަށު މޫދުމާގޭ ހުސައިން ރައްޒާންއެވެ. ރައްޒާން ނިސްބަތްވަނީ ވޮލީގެ އާއިލާއަކަށެވެ. ރާއްޖޭގެ ވޮލީބޯޅައިގައި މިހާތަނަށް އުފެދުނު އެންމެ މޮޅެތި ސެންޓަރ ބްލޮކަރުންގެ ތެރޭގައި ހިމެނޭ އަދި 2009 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރުގެ ނިޔަލަށް ބަރާބަރަށް ރާއްޖޭގެ ޤައުމީ ވޮލީ ޓީމުގައި ހިމެނި ކުޅެފައިވާ ބާރަށު މޫދުމާގޭ އަލީ އާމިރަކީ ރައްޒާންގެ […]

އިބްރާހިމް ޚަލީލް
ޓޫރިޒަމް މިނިސްޓްރީން ތިލަދުންމަތީ އުތުރުބުރިއަށް 📍 ހއ. ބާރަށް

ޓޫރިޒަމް މިނިސްޓްރީން ތިލަދުންމަތީ އުތުރުބުރިއަށް

ޓޫރިޒަމް މިނިސްޓްރީން ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށް، ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްތަކަށް ޒިޔާރަތްކޮށްފިއެވެ. މި މަހުގެ 18 ވަނަ ދުވަހު އެ މިނިސްޓްރީން ފެށި މި ދަތުރުގައި މިނިސްޓަރ އަބްދުﷲ މައުސޫމް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ދަތުރުފުޅުގައި މިނިސްޓަރ މައުސޫމް އާ އެކު މިނިސްޓްރީގެ ޓީމް ވަނީ ހއ. ބާރަށާއި، ވަށަފަރުގެ އިތުރުން އުތީމާއި، ކެލާ، އަދި ދިއްދޫގެ އިތުރަށް، ފިއްލަދޫ އަށް ވެސް ވަނީ ޒިޔާރަތްކުރައްވާފައެވެ. މިނިސްޓަރގެ އެ ދަތުރުފުޅުގައި ޓޫރިޒަމް ސިންދަފާތު ކުރުމާއި، ލޯކަލް...

ޝިއުނާ އާދަމް
ފައިނުގެ ފެނާއި ނަރުދަމާގެ މަސައްކަތް ބާރަށް ކުރިއަށް

ފައިނުގެ ފެނާއި ނަރުދަމާގެ މަސައްކަތް ބާރަށް ކުރިއަށް

ރ.ފައިނުގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތްތައް ބާރަށް ކުރިޔަށްދާކަމަށް އެމަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ވޯޓާ އެންޑް ސުވަރޭޖްކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އިން ބުނެފިއެވެ. އެކުންފުނީން ބުނީ މި މަޝްރޫއުގެ ދަށުން މިހާރު ކުރިޔަށްދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގެ މަސައްކަތް ކަމަށެވެ. އަދި ފެނާއިނަރުދަމާ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު ފައިނަށް ގެންގޮސްފައިވާ ކަމަށްވެސް އެކުންފުނިން ބުންޏެވެ.   މި މަޝްރޫޢ...

އަޙްމަދު ވަހީދު
ޢީދަށް ދާންވީ ބާރަށަށް 📍 ހއ. ބާރަށް

ޢީދަށް ދާންވީ ބާރަށަށް

1442 ވަނަ އަހަރުގެ ބާރަށުގެ އަޟްޙާ ޢީދު ޝެޑިއުލް މިފަހަރު މި ފެނުނީ މާ ފަހުންނެވެ. މިހެން ހިތަށްނޭރިއްޔާ ދެރަތާއެވެ. ޢީދު ދުވަހުން ފަށައިގެން ޖުމްލަ ހަ ދުވަހުގެ ނިޔަލަށް އަތުރާލާފައިވާ ތަފާތު ކުޅިވަރުތަކާއި އެ ކުޅިވަރުތަކުގެ މާހައުލުގެ ހިތްގައިމު ފޮޓޯތައްފެނި މިކަމަށް ޢިތުރު ޝަޢުޤެއް އުފައްދައިފިއެވެ. ޢީދުދުވަހު ޢީދު ނަމާދުން ފޭބުމާއެކު ކުޅިވަރުތައް ފެށުނީއެވެ. ދެން ހަމަ ހުއްޓިލާ ހުންނާނެ ވަގުތެއް ނެތޭ ބުނުން ވެސް ދޮގަކަށް ނުވާނެއެވެ. ޢީދު ނަމާދަށް ފަހު ރަށުގެ ކުދިބޮޑު […]

އިބްރާހިމް ޚަލީލް
ކަމަދޫ ފެނާއި ނަރުދަމާގެ މަސައްކަތް ބާރަށް ކުރިއަށް

ކަމަދޫ ފެނާއި ނަރުދަމާގެ މަސައްކަތް ބާރަށް ކުރިއަށް

ބ. ކަމަދޫ ފެނާއި ނަރުދަމާ މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށްދާ ކަމަށް މޯލްޑިވްސް ވޯޓާ އެންޑް ސުވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ފެން ޕްލާންޓް ބެހެއްޓުމަށް ބޭނުންވާ ފެސިލިޓީ އިމާރާތުގެ މަސައްކަތް ކަމަށެވެ. މި މަޝްރޫއަށްބޭނުންވާ ހޮޅި އާއި އެހެނިހެން ސާމާނު މިހާރު އެ ރަށަށް ގެންގޮސްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ […]

އަޙްމަދު ވަހީދު
ބިލުން އިސްލާމް ދީނާއި ދެކޮޅު ގާނޫނީ ބާގަނޑެއް އުފެދޭ، ބިލާއި ފާޅުގައި ދެކޮޅު: ބާރަށު ކައުންސިލް 📍 ހއ. ބާރަށް

ބިލުން އިސްލާމް ދީނާއި ދެކޮޅު ގާނޫނީ ބާގަނޑެއް އުފެދޭ، ބިލާއި ފާޅުގައި ދެކޮޅު: ބާރަށު ކައުންސިލް

“ނަފްރަތުގެ އަމަލު” ބަޔާންކޮށް، ޤާނޫނުލްޢުޤޫބާތަށް މާއްދާއެއް އިތުރުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލުގައިވާ އިޞްލާޙް ފާސްކޮށް ތަސްދީޤް ކޮށްފިނަމަ، އިސްލާމްދީނާއި ޙިލާފަށް ޢަމަލްތަކާއި، ވާހަކަތައް ދެއްކުމާއި އަދި އެފަދަމަލްތައް ހިންގުމަށް ޤާނޫނީ ބާގަނޑެއް ހެދިގެންދާނެތީ އެފަދަ އިޞްލާހެއް ގެނައުމަށް ފާޅުގައި ދެކޮޅުހަދާ ކަމަށް ބާރަށު ކައުންސިލުން ބުނެފިއެވެ. ބާރަށުގެ ކައުންސިލްގެ ރައީސް ފިޔަވާ އަނެއް 4 މެންބަރުން ސޮއި ކުރަށްވާ ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، ޤާނޫނުލްޢުޤޫބާތަށް މާއ...

އަލީ އާދިލް
ބާރަށު ސްކޫލް: އެއްދަންފަޅިއަށް ބަދަލުކުރުމުގެ އުންމީދުގައި 9 އަހަރު! 📍 ހއ. ބާރަށް

ބާރަށު ސްކޫލް: އެއްދަންފަޅިއަށް ބަދަލުކުރުމުގެ އުންމީދުގައި 9 އަހަރު!

ތިލަދުންމަތީ އުތުރުބުރީ ބާރަށުގައި މިހާރު ތަޢުލީމް ފޯރުކޮށްދެމުން އަންނަ ބާރަށު ސްކޫލަކީ 27 ޖުލައި 1995 ވަނަ އަހަރު އިމާރާތް ކުރެވިފައިވާ ސްކޫލެކެވެ. ގްރޭޑް 10 އަށް ކިޔަވައިދެމުން އަންނަ މި ސްކޫލުގައި މިހާރު ޖުމްލަ 292 ދަރުވަރުން ތަޢުލީމަ ހާޞިލް ކުރަމުންދެއެވެ. ބާރަށު ސްކޫލުގައި 23 ދިވެހި މުދައްރިސުންނާއި 11 ބިދޭސީ މުދައްރިސުން ހިމެނޭހެން ޖުމްލަ 34 މުދައްރިސުން ދަރިވަރުންނަށް އުނގައްނައި ދިނުމުގައި މަސައްކަތް ކުރަމުން އާދެއެވެ. 1995 ވަނަ އަހަރުން ފެށިގެން ޖުމްލަ 8 […]

އިބްރާހިމް ޚަލީލް
ގޯތިތަކާއި، މަގުފަޅިތައް ސާފުކުރުމަށް ބާރަށު ކައުންސިލުން އެރަށު ރައްޔިތުންނަށް އަންގައިފި 📍 ހއ. ބާރަށް

ގޯތިތަކާއި، މަގުފަޅިތައް ސާފުކުރުމަށް ބާރަށު ކައުންސިލުން އެރަށު ރައްޔިތުންނަށް އަންގައިފި

ހއ. ބާރަށުގައި ހުރި ގޯތިތަކާއި، މަގުފަޅިތައް ސާފުކުރުމަށް އެރަށު ކައުންސިލުން، ރަށުގައި ދިރިއުޅޭ ރައްޔިތުންނަށް އަންގައިފިއެވެ. އެކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ވަނީ އެ ރަށުގައި ހުރި މީހުން ދިރިއުޅޭ ގޯތިތަކާއި، ދިރިނޫޅޭ ގޯތިތަކާއި، އަދި  އަލަށް ދޫކޮށްފައިވާ ގޯތިތަކުގައި ހިމެނޭ މަގުފަޅިތަކާއި، ވާވެފައިވާ ގޯތިތައް ނޮޅާ ސާފުކޮށް ބޭއްވުމަށް އެފަދަ ގޯތިތަކުގެ ވެރިންނާއި، ގޯތިތަކާއި ޙަވާލުވެތިއްބެވި ފަރާތްތަކަށް ހަނދާންކޮށްލަދީފިއެވެ. އަދި ގޯތިތަކާއި މަގުތައް ވާވެފައި އޮތުމަކީ ހިނގާ ބިނގާވެ...

އަޙްމަދު އަރުޝަމް
ފެނަކައިގެ އަހަރީ ދުވަހާއި ގުޅިގެން ބާރަށު ބްރާންޗުގައި ގިނަ ހަރަކާތްތަކެއް 📍 ހއ. ބާރަށް

ފެނަކައިގެ އަހަރީ ދުވަހާއި ގުޅިގެން ބާރަށު ބްރާންޗުގައި ގިނަ ހަރަކާތްތަކެއް

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ 9 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހއ.ބާރަށު ފެނަކަ ބްރާންޗުން އިސްނަގައިގެން އެ ރަށުގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ. ފެނަކަ ކޯޕަރޭޝަން ލިމިޓެޑަކީ، މާލެ ސަރަހައްދު ފިޔަވާ ރާއްޖޭގައި މީހުން ދިރިއުޅޭ އާބާދީއަށް ކަރަންޓާއި ފެނާއި އަދި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމަށް އުފައްދައިފައިވާ ސަރުކާރުގެ ޔޫޓިލިޓީ ކުންފުންޏެކެވެ. ފެނަކަ ކޯޕަރޭޝަން އުފައްދާފައި ވަނީ 2012 ވަނަ އަހަރުގެ ޖޫން މަހުގެ 18 ވަނަ ދުވަހުއެވެ. ފެނަކައިގެ ނުވަވަނަ އަހަރީ […]

އިބްރާހިމް ޚަލީލް
ތިލަދުންމަތީ ދިއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް 📍 ހއ. ދިއްދޫ

ތިލަދުންމަތީ ދިއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް

ހއ. ދިއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ(އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުނންފުނިން ބުނީ މި މަޝްރޫއުގެ ދަށުން، މިހާރު ކުރިއަށް ދަނީ ޖިއޯ ބޭގުތަކަށް ވެލިއެޅުމުގެ މަސައްކަތް ކަމަށެވެ. މި މަޝްރޫއުގެ ދަށުން، ކޮނުމަށްފަހު ބިންގަޑު އެއްވަރުކުރަން 7،750 ކިއުބިކް މީޓަރުގެ ވެލިބޭނުންކުރުމާއި، ޖިއޯ ބޭގްސްއަށް އެޅުމަށް 1،926 ކިއުބިކް މީޓަރުގެ ވެލިބޭނުންކުރުމާއި، ރަށްގިރުމުން ސަލާމަތްކުރުމަށްޓަކައި 3...

އަޙްމަދު ވަހީދު
ބާރަށުގައި ކުނިމެނޭޖްކުރާ މަރުކަޒު ގާއިމުކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހއ. ބާރަށް

ބާރަށުގައި ކުނިމެނޭޖްކުރާ މަރުކަޒު ގާއިމުކޮށްދޭނެ ފަރާތެއް ހޯދަނީ

ހއ. ބާރަށުގައި ކުނިމެނޭޖްކުރާ މަރުކަޒު ގާއިމުކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ. އަމިއްލަ ތަކެތީގައި ކުނިމެނޭޖްކުރާ މަރުކަޒު ގާއިމުކުރަން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމަށް ރަޖިސްޓަރކޮށް މައުލޫމާތު ސާފުކުރުމަށްފަހު ބީލަން ހުށަހެޅުމުގެ ފުރުސަތުވަނީ ހުޅުވައިލާފައެވެ. ބީލަން ހުށަހެޅޭނީ ވިޔަފާރިކުރުމުގެ ގާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން މިމަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިފ...

އައިޝަތު އިލްމާ އަދުނާން