މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. ބާރަށް (273 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
273 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ބާރަށްގެ އެންމެ ފަހުގެ ޚަބަރުތައް

273 ޚަބަރުގެ ތެރެއިން
ބާރަށު ކުނިމެނޭޖުކުރާ މަރުކަޒު ޤާއިމު ކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބީލަމަށް 📍 ހއ. ބާރަށް

ބާރަށު ކުނިމެނޭޖުކުރާ މަރުކަޒު ޤާއިމު ކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބީލަމަށް

ހއ. ބާރަށުގައި ކުނިމެނޭޖުކުރާ މަރުކަޒު ޤާއިމު ކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ. އެކައުންސިލުން އިއްޔެ ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އެރަށުގެ ކުނިމެނޭޖުކުރާ މަރުކަޒު ޤާއިމު ކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށާއި އެކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ބީލަމަށް ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން މި ބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެކައުންސިލް އިދާރާގެ އީމެއ...

އައިޝަތު ނަސާޔާ
ބާރަށުން ގޯތި ދޫކުރުމަށް އެކުލަވާލާފައިވާ އުޞޫލަށް ރައްޔިތުންގެ ހިޔާލު ހޯދަނީ 📍 ހއ. ބާރަށް

ބާރަށުން ގޯތި ދޫކުރުމަށް އެކުލަވާލާފައިވާ އުޞޫލަށް ރައްޔިތުންގެ ހިޔާލު ހޯދަނީ

ހއ. ބާރަށުން ބަންޑާރަގޯތި ދޫކުރުމަށްޓަކައި އެކުލަވާލާފައިވާ އުޞޫލަށް ރައްޔިތުންގެ ހިޔާލު ހޯދަން އެރަށު ކައުންސިލުން ފުރުޞަޠު ހުޅުވާލައިފިއެވެ. މިގޮތުން ބާރަށު ކައުންސިލުން ވިދާޅުވީ، އެރަށުން ބަންޑާރަގޯތި ދޫކުރުމަށްޓަކައި އެ ކައުންސިލުން އެކުލަވާލާފައިވާ އުޞޫލަށް ރަތްޔިތުންގެ ހިޔާލާއި މަޝްވަރާ  ބޭނުންވާ ކަމަށެވެ. މިގޮތުން އެ ކައުންސިލުން އާންމު ކުރަށްވާފައިވާ، ބާރަށުން ބަންޑާރަގޯތި ދޫކުރުމަށްޓަކައި އެކުލަވާލާފައިވާ އުޞޫލަށް ހިޔާލުހުށަހެޅުމަށް ބޭނުންފުޅުވާ ފަރާތްތަކުން 26 ޑިސެމްބަރު 2021 ވާ އާދިއް...

ޔުމްނާ ޢަލީ
އިންޑިއާ ސިފައިން ބާލަން ގޮވާލާ ބާރަށުގައި އިހްތިޖާޖުކޮށްފި 📍 ހއ. ބާރަށް

އިންޑިއާ ސިފައިން ބާލަން ގޮވާލާ ބާރަށުގައި އިހްތިޖާޖުކޮށްފި

ހއ. ބާރަށުގައި ތިބި އިދިކޮޅު ޕްރޮގްރެސިވް ޕާޓީގެ ސަޕޯޓަރުން އިސްވެ، ރާއްޖޭގައި ތިބިކަމަށްބުނާ އިންޑިއާ ސިފައިން ބާލަން ގޮވާލައި އެރަށުގައި މިއަދު އިހުތިޖާޖުކޮށްފިއެވެ. މި އިހްތިޖާޖުގައި ބާރަށުގައި ތިބި ޕީޕީއެމް، ޕީއެންސީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ބައިވެރިވެފައެވެ. “އިންޑިއާ މިލިޓަރީ އައުޓް” ޖަހާފައިވާ ޓީޝާޓްތައް ލައިގެން ކުރިއަށް ގެންދިޔަ މި އިހްތިޖާޖުގައި އިސްކޮށް ހުންނެވީ ބާރަށު ދާއިރާގެ ކުރީގެ މެންބަރު، ޕީއެންސީގެ ނައިބު ރައީސް އަދި ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އިބްރާޙީމް ޝުޖާޢު އެވ...

އަލީ އާދިލް
ފިއްލަދޫ ސްޕޯރޓްސް އެކެޑެމީ އާއި ބާރަށު ސުކޫލު ހޭންޑުބޯޅަ ޓީމު އެކުވެރި ކަމުގެ މެޗެއް ކުޅެފި 📍 ހއ. ބާރަށް

ފިއްލަދޫ ސްޕޯރޓްސް އެކެޑެމީ އާއި ބާރަށު ސުކޫލު ހޭންޑުބޯޅަ ޓީމު އެކުވެރި ކަމުގެ މެޗެއް ކުޅެފި

ހއ. ފިއްލަދޫ ސްޕޯރޓްސް އެކެޑެމީ އާއި ހއ. ބާރަށު ސުކޫލު ހޭންޑުބޯޅަ ޓީމު، އެކުވެރި ކަމުގެ މެޗެއް ކުޅެފި އެވެ. މިއަދު ހަވީރު ބާރަށުގައި ކުރިއަށްދިޔަ މި މެޗުގައި ބައްދަލުކޮށްފައިވަނީ ބާރަށު ސުކޫލުގެ 14 އަހަރުންދަށުގެ ހޭންޑުބޯލް ޓީމާއި ފިއްލަދޫ ސްޕޯރޓްސް އެކެޑެމީގެ 14 އަހަރުންދަށުގެ ހޭންޑުބޯޅަ ޓީމެވެ. މި މެޗް 10 ލަނޑު 8 ލަނޑުން ކާމިޔާބު ކުރީ ބާރަށު ސުކޫލް ޓީމެވެ. ފޯރިގަދަ މި މެޗް އިންތިޒާމު ކުރީ ބާރަށު ޕޮލިސް ސުޓޭޝަންއާއި ބާރަށު […]

އަލީ އާދިލް
ހަނިމާދޫ ބަނދަރުގެ މަސައްކަތް ބާރަށް ކުރިއަށް 📍 ހދ. ހަނިމާދޫ

ހަނިމާދޫ ބަނދަރުގެ މަސައްކަތް ބާރަށް ކުރިއަށް

ހދ. ހަނިމާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަރތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން މިއަދު ބުނީ މި މަޝްރޫއުގެ ދަށުން، މިހާރު ކުރިއަށްދަނީ އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތް ކަމަށެވެ. މި މަޝްރޫއުގެ ދަށުން 53,522.50 ކިއުބިކް މީޓަރުގެ އައު ހާބާ ބޭސިން ފުންކުރުމާއި، 31,575.50 ކިއުބިކް މީޓަރުގެސަރަހައްދެއްގެ ބަނދަރަށް ވަދެވެން އޮންނަ ދިމާ ނެރު ފުންކުރުމާއި، 355 […]

އަޙްމަދު ވަހީދު
ބާރަށު ސިނާޢީ ސަރަޙައްދުން ބިން ކުއްޔަށް ދޫކުރަނީ 📍 ހއ. ބާރަށް

ބާރަށު ސިނާޢީ ސަރަޙައްދުން ބިން ކުއްޔަށް ދޫކުރަނީ

ހއ. ބާރަށު ސިނާޢީ ސަރަޙައްދުން ބިން ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ. ބާރަށު ސިނާއީ ސަރަހައްދުން ބިން ކުއްޔަށް ދޫކުރަން ނިންމާފައި ވަނީ، ތެލުގެ ވިޔަފާރިކުރުމާއި، މަހުގެ ބާވަތްތައް އުފެއްދުމާއި، ވޯރކްޝޮޕް ހިންގުމާއި ގުދަން އަދި ވަޑާންގެ ހެދެމަށުމަށެވެ. އެހެންކަމުން އެ ސަރަހައްދުން ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ، ޝަރުތުހަމަވާ ފަރާތްތަކުން، ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ކުރުމަށްފަހު ބީލަން ހުށަހެޅުމަށް ބާރަށު ކައުންސިލުން މިހާރު ވަނީ ފުރުސަތު ހުޅުވާލާފައެވެ....

ޔުމްނާ ޢަލީ
ދެ ކިޑްނީ ފެއިލްވެފައިވާ މަނިކަށް އެހީވާން ބާރަށުން ލައްކައަކަށްވުރެ ގިނަ ރުފިޔާ 📍 ހއ. ބާރަށް

ދެ ކިޑްނީ ފެއިލްވެފައިވާ މަނިކަށް އެހީވާން ބާރަށުން ލައްކައަކަށްވުރެ ގިނަ ރުފިޔާ

ދެ ކިޑްނީ ފެއިލްވެފައިވާ މުހައްމަދު މޫސާ (މަނިކު) އަށް އެހީވާން އޭނާގެ އުފަން ރަށްކަމަށްވާ ހއ. ބާރަށުން 119،542.43 ރުފިޔާ ހޯދައިފިއެވެ. މަނިކަކީ މީގެ އަހަރުތަކެއް ކުރިން ހދ. ހަނިމާދޫއަށް ބަދަލުވެ އެރަށުގައި މިހާރު ދިރިއުޅެމުންދާ ހަނިމާދޫގެ ރައްޔިތެކެވެ. އުމުރުން 55 އަހަރުގެ މަނިކަކީ ހަނިމާދޫ އިންޓަނޭޝަނަލް އެއާރޕޯޓްގެ ވޯކްޝޮޕްގައި މަސައްކަތް ކުރަމުން އަންނަ ހީވާގި މުވައްޒަފެކެވެ. އޭނާ އެ ވަޒީފާ އަދާކުރާތާ 30 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. ދެ ކިޑްނީ ފެއިލްވެ ވޭން އުފުލަމުންދާ […]

ތިލަދުން
ބާރަށު ސްކޫލް ޕްރިސްޕަލްގެ ސައިކަލުގައި ރޯކޮށްލުން ކައުންސިލުން ކުށްވެރިކޮށްފި 📍 ހއ. ބާރަށް

ބާރަށު ސްކޫލް ޕްރިސްޕަލްގެ ސައިކަލުގައި ރޯކޮށްލުން ކައުންސިލުން ކުށްވެރިކޮށްފި

ހއ. ބާރަށު ސްކޫލްގެ ޕްރިންސިޕަލްގެ ސައިކަލު ރޯކޮށްލާފައިވާތީ އެ މައްސަލަ އެރަށު ކައުންސިލުން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. މި ސައިކަލު ރޯ ކޮށްލާފައި މިވަނީ މި ނޮވެމްބަރ މަހުގެ 22 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އަދި މިކަން ކުރި ބަޔަކު ކޮށްފައިވަނީ ޕްރިންސިޕަލް ދިރިއުޅުއްވާ ގެ ކަމަށްވާ މީޒާންގޭގެ ގޯތި ތެރޭގައި ސައިކަލް ބަހައްޓާފައި ވަނިކޮށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ބާރަށު ކައުންސިލުން މައުލޫމާތު ދީފައިވާ ގޮތުގައި ސައިކަލު ރޯކޮށްލުމުގެ އިތުރުން އެގެއަށް ވެސް […]

އައިޝަތު ނަސާޔާ
ބާރަށުގައި ހޭންޑްބޯލް ކޯޗިން ކޭމްޕެއް ފަށައިފި 📍 ހއ. ބާރަށް

ބާރަށުގައި ހޭންޑްބޯލް ކޯޗިން ކޭމްޕެއް ފަށައިފި

ހއ.ބާރަށުގައި ކަނބަލުންނަށް ހާއްސަ ކޮށްގެން ހޭންޑްބޯލް ކޯޗިން ކޭމްޕެއް ފަށައިފިއެވެ. ބާރަށު ސްކޫލާއި ބާރަށު ޕޮލިސްޓޭޝަން ގުޅިގެން ކުރިއަށް ގެންދާ މި ކޭމްޕް، 17 ނޮވެމްބަރ 2021 ވީ ބުދަ ދުވަހު ފަށާފައިވާއިރު މި ކޭމްޕްގައި ޖުމްލަ 78 ފަރާތަކުން ވަނީ ބައިވެރި ވެފައެވެ. ދެ ކެޓަގަރީއަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ކޭމްޕްގައި ބާރަށު ސްކޫލްގެ 36 ދަރިވަރަކު ވަނީ ބައިވެރިވެފައެވެ. އަދި މީގެ އިތުރުން ބާރަށު ޒުވާނުންގް ތެރެއިން 42 ޒުވާނަކު ވެސް ވަނީ […]

އިބްރާހިމް ޚަލީލް
ބާރަށު ޒުވާނުންގެ ދިރުމުން ހއ އަދި ހދ އަތޮޅަށް ހުޅުވާލައިގެން ވޮލީ މުބާރާތެއް ބާއްވަނީ 📍 ހއ. ބާރަށް

ބާރަށު ޒުވާނުންގެ ދިރުމުން ހއ އަދި ހދ އަތޮޅަށް ހުޅުވާލައިގެން ވޮލީ މުބާރާތެއް ބާއްވަނީ

ހއ. ބާރަށުގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ ބާރަށު ޒުވާނުންގެ ދިރުމުގެ ފަރާތުން އިންތިޒާމް ކޮށްގެން އެންމެ އުތުރުގެ ދެ އަތޮޅު ކަމުގައިވާ ހއ އަދި ހދ އަތޮޅަށް (ތިލަދުންމައްޗަށް) ހުޅުވާލައިގެން ބޭއްވުމަށް ނިންމާފައިވާ ވޮލީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. 10 ޑިސެމްބަރ 2021 ގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު ދެ ޖިންސަށް ވެސް ވަނީ ހުޅުވާލާފައެވެ. ބާރަށު ޒުވާނުންގެ ދިރުމުގެ ވާދައިގެ ތައްޓަށް ކުޅޭ މި […]

އިބްރާހިމް ޚަލީލް
ބާރަށު ޕޮލިސްޓޭޝަނުން އެ ރަށު ސްކޫލް ޕްލޭއޭރިއާގައި އަވިދާ ދެމުމުގެ މަސައްކަތްކޮށްދީފި 📍 ހއ. ބާރަށް

ބާރަށު ޕޮލިސްޓޭޝަނުން އެ ރަށު ސްކޫލް ޕްލޭއޭރިއާގައި އަވިދާ ދެމުމުގެ މަސައްކަތްކޮށްދީފި

ހއ. ބާރަށު ޕޮލިސްޓޭޝަންގެ ފަރާތުން އެ ރަށު ސްކޫލުގެ ޕްލޭ އޭރިއާގައި އަވިދާ ދެމުމުގެ މަސައްކަތް ކޮށްފިއެވެ. އެ ސްޓޭޝަންގައި މަސައްކަތް ކުރަމުން އަންނަ ފުލުހުން ވަނީ 20 އޮކްޓޯބަރ 2021 ވީ ބުދަ ދުވަހު އެ މަސައްކަތްކޮށް ނިންމާފައެވެ. މިކަމާއި ގުޅިގެން “ތިލަދުން” އާއި ވާހަކަފުޅު ދައްކަމުން ބާރަށު ސްކޫލުގެ ޕްރިންސިޕަލް އަމްޖަދު ހުސެއިން ވިދާޅުވެފައި ވަނީ ސްކޫލެއް ކުރިއަރާ ދާނީ ރަށުގެ ހުރިހާ މުއައްސަސާތަކާއި ކުލަބް ޖަމްޢިއްޔާ ޖަމާޢަތްތަކާއި އަދި އެންމެހާ ފަރާތްތަކުން ގުޅިގެން […]

އިބްރާހިމް ޚަލީލް
ގުޑުގުޑާ ދޫނި އައިނެއް ތިލަދުންމައްޗަށް! ހިފާ ގޯނާކުރާނަމަ ފިޔަވަޅު އަޅަނީ 📍 ހއ. ބާރަށް

ގުޑުގުޑާ ދޫނި އައިނެއް ތިލަދުންމައްޗަށް! ހިފާ ގޯނާކުރާނަމަ ފިޔަވަޅު އަޅަނީ

ރާއްޖޭން އާއްމުކޮށް ނުފެންނަ މާކަނާގެ އާއިލާގައި ހިމެނޭ ގުޑުގުޑާ ދޫނި “ގުރޭޓަރ ފްލެމިންގޯ” އައިނެއް ތިލަދުންމަތީގެ އެކި ރަށްރަށުން ފެނިއްޖެ އެވެ. ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދުގެ ދަށުން ހިމާޔަތްކޮށްފައިވާ މި ދޫނިތައް ފެނިފައިވަނީ ހއ. ފިއްލަދޫ، ހއ. ބާރަށް އަދި ހދ. ކުޅުދުއްފުށި ސިޓީ އިންނެވެ. އެންމެ ފުރަތަމަ މިދޫނިތައް ފެނި އާންމުންގެ ސަމާލުކަމަށް އައިސްފައިވަނީ ފިއްލަދޫ ފުއްޓަރު ފަރާތު އަތިރިމަތިންނެވެ. މިދިޔަ އާދިއްތަ ދުވަހު މެންދު...

އަޙްމަދު އަރުޝަމް
އައްޑޫގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެ 📍 ހއ. ބާރަށް

އައްޑޫގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެ

އައްޑޫ ސިޓީގައި ރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ޒުވާނަކު ނިޔާވެއްޖެއެވެ. މިހާދިސާ ހިނގާފައި ވަނީ ރޭ އައްޑޫ ސިޓީގެ ހިތަދޫގައެވެ. މި އެކްސިޑެންޓްގައި ނިޔާވެފައި ވަނީ 24 އަހަރުގެ ޒުވާނެކެވެ. ފުލުހުންގެ ހިދުމަތުން ވިދާޅުވި ގޮތުގައި މި ހާދިސާގެ ރިޕޯޓު އެ އިދާރާއަށް ލިބުނީ ރޭ 12:30 ހާއިރު ކަމަށެވެ. އަދި މި އެކްސިޑެންޓް ހިނގާފައި ވަނީ ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލެއް ފާރެއްގައި ޖެހިގެން ކަމަށް އެ އިދާރާއިން މައުލޫމާތު ދެއްވައެވެ. “އެކްސިޑެންޓްގައި ސައިކަލް […]

ޔުމްނާ ޢަލީ
ދުވާފަރު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް

ދުވާފަރު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް

ރ. ދުވާފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި އެ ރަށުގއ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ 37 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެެވެ. މި މަޝްރޫއުގެ ދަށުން، 22.2 ހެކްޓަރުގެ ބިންހިއްކުމާއި 423 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 315 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމުގެ މަސައްކަތް ކު...

އަޙްމަދު ވަހީދު
ނެއްލައިދޫ ފެރީ ސްޓޮޕުގެ މަސައްކަތް ބާރަށް ކުރިއަށް 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ ފެރީ ސްޓޮޕުގެ މަސައްކަތް ބާރަށް ކުރިއަށް

ހދ. ނެއްލައިދޫ ފެރީ ސްޓޮޕުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މި މަޝްރޫއުގެ ދަށުން ކޮންކްރީޓް މަސައްކަތުގެ 70 އިންސައްތަ ވަނީ ނިމިފައެވެ. އަދި މިހާރު ކުރަނީ ފެރީ ސްޓޮޕްގެ ކޮލަމް އަދި މޭޝަނަރީ މަސައްކަތްތައް ކަމަށް އެމްޓީސީސީން ބުންޏެވެ. މި ފެރީ ސްޓޮޕަކީ އިންޓަރގްރޭޓެޑް ޕަބްލިކް ފެރީ ނެޓްވޯކް މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހަދާ ސްޓޮޕެކެވެ. “އިންޓަގްރޭޓެޑް ނޭޝަނަލް […]

އަޙްމަދު ވަހީދު