މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. ހޯރަފުށި (343 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
343 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހޯރަފުށިގެ އެންމެ ފަހުގެ ޚަބަރުތައް

343 ޚަބަރުގެ ތެރެއިން
ހޯރަފުށި، އިހަވަންދޫ އަދި ދިއްދޫއަށް 7 ކައުންސިލަރުން 📍 ހއ. ދިއްދޫ

ހޯރަފުށި، އިހަވަންދޫ އަދި ދިއްދޫއަށް 7 ކައުންސިލަރުން

އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލު އިންތިޚާބުގައި 7 ކައުންސިލަރުން އިންތިޚާބުކުރާ ރަށްތަކުގެ ތެރޭގައި ހއ. ހޯރަފުށި، ހއ. އިހަވަންދޫ، ހއ. ދިއްދޫ ހިމެނިއްޖެއެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ހަތް ކައުންސިލަރުން އިންތިޚާބު ކުރަނީ 14 ރަށުގައި ކަމަށެވެ. މިދިޔަ ޑިސެންބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ރަށްރަށުގެ އާބާދީ ހިމެނޭ އަދަދުތަކާއި އެ ރަށްރަށަށް އިންތިޚާބު ކުރަންޖެހޭ ކައުންސިލަރުންގެ އަދަދު އެ […]

އިބްރާހިމް އަސްވާޤް
📍 ހއ. ހޯރަފުށި

ހޯރަފުށި ގިރާމައްސަލާގައި ކުރީގެ އެމްޕީގެ ތުހުމަތު މިހާރުގެ އެމްޕީގެ ބޮލަށް

ހޯރަފުށި ގިރާމައްސަލާގައިގެ ތުހުމަތު ހޯރަފުށި ދާއިރާގެ ކުރީގެ ރައްޔިތުންގެ މަޖިލިސްގެ މެމްބަރު މުހައްމަދު އިސްމާއިލް، މިހާރު އެ ދާއިރާގެ ރައްޔިތުންގެ މަޖިލިސްގެ މެމްބަރުގެ މައްޗަށް ކޮށްފިއެވެ. ހޯރަފުށި ދާއިރާގެ ކުރީގެ ރައްޔިތުންގެ މަޖިލިސްގެ މެމްބަރު، މިހާރު އެ ދާއިރާގެ ރައްޔިތުންގެ މަޖިލިސްގެ މެމްބަރު އަހުމަދު ސަލީމްގެ މައްޗަށް އެގޮތަށް އެމައްސަލާގައި ތުހުމަތު ކުރެއްވީ، މުހައްމަދު އިސްމާއިލް ކުރައްވާފައިވާ ޓުވީޓެއްގައެވެ. ހޯރަފުށި ގޮނޑުދޮށް ގިރާ ސަރަހައްދުގެ ފޮޓޯތަކެއް ހިމަނުއްވައި، މުހައްމަދު...

ޔުމްނާ ޢަލީ
ހޯރަފުށީ ކުޑަކުދިންގެ ޕާކުގެ ބިންގާ މިނިސްޓަރ ނަހުލާ އަޅުއްވައިދެއްވައިފި 📍 ހއ. ހޯރަފުށި

ހޯރަފުށީ ކުޑަކުދިންގެ ޕާކުގެ ބިންގާ މިނިސްޓަރ ނަހުލާ އަޅުއްވައިދެއްވައިފި

ހއ. ހޯރަފުށީގައި ކުޑަކުދިންގެ ޕާކެއް ހެދުމަށް އެރަށަށް ނިސްބަތްވެވަޑައިގަންނަވާ ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ބިންގާ އަޅުއްވާދެއްވައިފިއެވެ. ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް ފަށްޓަވަފައިވާއިރު މިރަސްމިއްޔާތުގައި އެ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު އަހުމަދު ސަލީމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީވުމުގެ ގޮތުން ބޭންކް...

ޔުމްނާ ޢަލީ
ހޯރަފުށި އެއާޕޯޓު ފެހި ކުރުމަށް އެއްލައްކަ ގަސް އިންދުމުގެ ހަރަކާތް ފަށައިފި 📍 ހއ. ހޯރަފުށި

ހޯރަފުށި އެއާޕޯޓު ފެހި ކުރުމަށް އެއްލައްކަ ގަސް އިންދުމުގެ ހަރަކާތް ފަށައިފި

ހޯރަފުށި އެއާޕޯޓު ފެހި ކުރުމަށް އެއްލައްކަ ގަސް އިންދުމުގެ ހަރަކާތް ފަށައިފިއެވެ. ހޯރަފުށީ އެއަރޕޯޓް ހެދުމަށް ހާއްސަކޮށްގެން ހިއްކި ބިމުގެ ހޭޅިފަށުގައި މިއަދު ހަވީރު މިހަރަކާތް ފައްޓަވައި ދެއްވީ ހޯރަ ފުއްޓަށް ނިސްބަތްވާ ޓްރާންސަޕޯޓް މިނިސްޓަރ އައިޝަތު ނަހުލާއެވެ. We launched 100,000 trees planting program today in #Hoarafushi. Thank you Hon. Minister Nahla for gracing the event. Thank you #Hoarafushi #Uligan #Thuraakunu for the excellent effort […]

ޔުމްނާ ޢަލީ
ހޯރަފުށީ ކައުންސިލް އިދާރާގެ އައު ޢިމާރާތް ފަރުމާކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހއ. ހޯރަފުށި

ހޯރަފުށީ ކައުންސިލް އިދާރާގެ އައު ޢިމާރާތް ފަރުމާކޮށްދޭނެ ފަރާތެއް ހޯދަނީ

ހޯރަފުށީ ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ހޯރަފުށީ ކައުންސިލްގެ އިދާރާގެ އައު ޢިމާރާތް ފަރުމާކޮށް ބިލް އޮފް ކުއަންޓިޓީސް (ބީ.އޯ.ކިއު) ހަދައިދޭނެ ފަރާތެއް ހޯދުމަށް ޢިއުލާންކޮށްފިއެވެ. މިކަމަށް ފުރުޞަތު ފުރަތަމަ ހުޅުވާލާފައި ވަނީ ހުސްވި ޑިސެމްބަރު 22 ވަނަ ދުވަހުއެވެ. އެދުވަހު ފުރުޞަތު ހުޅުވާލި ޓައިމް ލައިން ބަދަލުކޮށް މިއަދު އެކައުންސިލުން ކުރި ޢިއުލާނެއްގައި ބުނެފައިވަނީ 22 ޑިސެމްބަރ 2019 ގެ އިޢުލާނުގައިވާ މަޢުލޫމާތު ސާފުކުރުމާއި  އަންދާސީ ހިސާބު ހުށަހެޅުމުގެ ދުވަހާއި ވަގުތަށް ބަދަލު ގެނެވ...

ޔުމްނާ ޢަލީ
ހޯރަފުށި އެއާޕޯޓު ފެހި ކުރުން، އަހަރުމެން އެންމެންގެ ޒިންމާ: ޝިއާރުގެ ދަށުން ގަސް އިންދަނީ 📍 ހއ. ހޯރަފުށި

ހޯރަފުށި އެއާޕޯޓު ފެހި ކުރުން، އަހަރުމެން އެންމެންގެ ޒިންމާ: ޝިއާރުގެ ދަށުން ގަސް އިންދަނީ

“ހޯރަފުށި އެއާޕޯޓު ފެހި ކުރުން، އަހަރުމެން އެންމެންގެ ޒިންމާ” މިޝިއާރުގެ ދަށުން ގަސް އިންދުމުގެ ހަރަކާތެއް ހިންގުމަށް ނިންމައިފިއެވެ. އެއްލައްކަ ގަސް އިންދުމަށް އަމާޒު ކޮށްފައިވާ މިހަރަކާތުގައި ގަސް އިންދުމަށް ހަމަޖައްސާފައިވަނީ ހޯރަފުށީ އެއާޕޯޓް ހެދުމަށް ހާއްސަކޮށްގެން ހިއްކި ބިމުގެ ހޭޅިފަށުގަ އެެވެ. މިހަރަކާތް ކުރިއަށް ގެންދަނީ ރަށުގެ ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަށް ފެނިގެންދާ ގޮތަކަށް ކަމަށްވާތީ ވީހާވެސް ގިނަ ރައްޔިތުން މިކަމުގައި ބައިވެރިވުމަށް ހޯރަފުށީ ކައުންސިލ...

ޔުމްނާ ޢަލީ
📍 ހއ. ހޯރަފުށި

ހޯރަފުށީގައި ކޮމިއުނިޓީ ފަސްޓް އެއިޑް ކޯހެއް ފަށައިފި

ހއ. ހޯރަފުށީ ޕޮލިސް ސްޓޭޝަނާއި މޯލްޑިވްސް ސްވިމިންގ އެންޑް ލައިފް ސޭވިންގ ސްކިލްސް ޓްރެއިނިންގ ސްކޫލް ގުޅިގެން ހޯރަފުށީ ރައްޔިތުންނަށް އަމާޒުކޮށްގެން ” ކޮމިއުނިޓީ ފަސްޓް އެއިޑް ކޯސް” ގެ ނަމުގައި ޕްރޮގްރާމެއް ފަށައިފިއެވެ. ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުން ފެށިގެން ހަތް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ ރައްޔިތުންނާ ފުލުހުންނާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުންނާއި ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ކުރިއަށް ގެންދާ ކޯހެއްކަމަށް ފުލުހުން ބުނެއެވެ. ހޯރަފުށީ ޕޮލިސ...

ޔުމްނާ ޢަލީ
📍 ހއ. ހޯރަފުށި

ހޯރަފުށީ އެއާޕޯޓުގެ މުހިންމު ކަންކަން މިނިސްޓަރ އައިޝާ އާއި ހިއްސާކޮށްފި

ހއ. ހޯރަފުށީ އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު، އެ އެއާޕޯޓުގެ މުހިންމު ކަންކަމުގެ މަޝްވަރާތައް، ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ އާއެކު ހިއްސާކޮށްފިއެވެ. ހޯރަފުށީ ދާއިރާގެ މެންބަރާއެކު މިއަދު، މިނިސްޓަރ އާއި ބައްދަލު ކުރައްވާ ހިއްސާ ކުރެއްވި ވާހަކަ ތަކުގެ ތެރޭގައި އީއައިއޭ ރީޕޯޓްގައިވާ ގޮތަށް އެއާޕޯޓް ހުޅަނގު ފަރާތް ގިރާ ގިރުން ހިމާޔާތް ކުރުމަށް މަޝްވަރާކޮށްފައިވެވެ. އަދި އެއާޕޯޓް 1800 ފޫޓަށް ދިގުކުރުމަށާއި ހޯރަފުށީ އެއާޕޯޓަކީ ގްރީން އެއާޕޯޓަކަށް ހެދުމަށް ވަނީ މަޝ...

މަރްޔަމް ސިމާނާ
ހޯރަފުށިން އިހަވަންދޫއަށް މަސްތުވާތަކެތި އެތެރެކުރި ބަޔަކު ރޭ ހައްޔަރުކޮށްފި 📍 ހއ. ހޯރަފުށި

ހޯރަފުށިން އިހަވަންދޫއަށް މަސްތުވާތަކެތި އެތެރެކުރި ބަޔަކު ރޭ ހައްޔަރުކޮށްފި

ހއ. ހޯރަފުށިން، ހއ. އިހަވަންދޫއަށް މަސްތުވާތަކެތި އެތެރެކޮށް ވިއްކުމަށް މަސައްކަތް ކުރި ބަޔަކު ހޯދުމަށް ފުލުހުން ރޭ ކުރިއަށް ގެންދިޔަ އޮޕަރޭޝަނަކަށް ފަހު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ މީޑިއާ އޮފިސަލް މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ހއ. އިހަވަންދޫ އަށް މަސްތުވާތަކެތި އެތެރެކޮށް ވިއްކާކަމުގެ މައުލޫމާތެއް ފުލުހުންގެ އިންޓެލިޖެންސް އަށް ލިބުމާ ގުޅިގެން ފުލުހުން 9 ޑިސެމްބަރ ދުވަހުގެރޭ އިހަވަންދޫގައި ހިންގި އޮޕަރޭޝަނެއްގައި ހއ. ހޯރަފުށިން އައި ޑިންގީއަކުން ފޭބި 3 މީހުން ހުއްޓުވައި ބަލައި ފާސ...

ފާތިމަތު ސިނާޒާ
📍 ހއ. ހޯރަފުށި

ހޯރަފުށި ގިރަމުން ދަނީ، ހައްލެއް ނުލިބޭ!

ހއ. ހޯރަފުށީގެ އުތުރު ފަރާތް ގިރަމުންދާއިރު އަދިވެސް އެކަމަށް ހައްލެއް ނުލިބެއެވެ. މިހާރު މޫސުމް ގޯސްވުމުގެ ސަބަބުން ރަށްގިރުމުގެ މައްސަލަ ވަނީ އިތުރަށް ބޮޑުވެފައެވެ. Sad! Case of #Hoarafushi – trees have started to fall as predicted, more land lost, yet no one was able to even take a temporary measure to stop waves attacking the sensitive areas @MTCCPlc @MoEnvmv @MoHUDmv @UNEP […]

މަރްޔަމް ސިމާނާ
ކީރިތި ގުރުއާނާބެހޭ މަރުކަޒުގެ ކޯސްތައް ތިލަދުންމަތީގެ 4 ރަށެއްގައި 📍 ހއ. ދިއްދޫ

ކީރިތި ގުރުއާނާބެހޭ މަރުކަޒުގެ ކޯސްތައް ތިލަދުންމަތީގެ 4 ރަށެއްގައި

ކީރިތި ޤުރުއާނާބެހޭ މަރުކަޒުގައި 2020 ވަނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ ކޯސްތައް އިޢުލާން ކޮށްފިއެވެ. އެގޮތުން 12 އަތޮޅެއްގައި ކޯސްތައް ފެށުމަށް ހަމަޖެހިފައި ވާއިރު މި ހުރިހާ ކޯހެއް ހއ،ދިއްދޫ، ހޯރަފުށި، އުތީމް ގެ އިތުރުން ކުޅުދުއްފުށީގައިވެސް ފެށުމަށް ވަނީ ހަމަޖެހިފައެވެ. ޖުމްލަ ފަސް ކޯހެއް އިޢުލާން ކޮށްފައިވާއިރު ކޮންމެ ކޯހަކަށްވެސް ޖުމްލަ 60 ޖާގަ ވަނީ ހުޅުވާލާފައެވެ. އަންނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި ޤިރާއަތު ސެޓްފިކެޓް 1،2،3 އަދި ޤާރީކަމުގެ އެޑްވާންސް ސެޓްފިކެޓް ގެ [...

ފާތިމަތު ސިނާޒާ
ހޯރަފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި 📍 ހއ. ހޯރަފުށި

ހޯރަފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހއ. ހޯރަފުށީ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއެކު ހޯރަފުށިން މީހަކު ހައްޔަރުކޮށްފިއެވެ. މިމައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ފިރިހެނެކެވެ. މިމީހާ ހައްޔަރުކޮށްފައިވަނީ ކުޅުދުއްފުށިން ފުރައިގެން ހޯރަފުއްޓަށް ދަތުރުކުރަމުންދާ ލޯންޗަކުން މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނު...

އިބްރާހިމް އަސްވާޤް
ހޯރަފުށި ޕޮލިސް ސްޓޭޝަންގެ އާއިމާރާތް ހުޅުއްވައިފި 📍 ހއ. ހޯރަފުށި

ހޯރަފުށި ޕޮލިސް ސްޓޭޝަންގެ އާއިމާރާތް ހުޅުއްވައިފި

ހޯރަފުށި ޕޮލިސް ސްޓޭޝަންގެ އާއިމާރާތް ހުޅުއްވައްދެއްވީ މިނިސްޓަރ ޢިމްރާން ޢަބްދުﷲއާއި ކޮމިޝަނރ އޮފް ޕޮލިސް މުޙައްމަދު ހަމީދެވެ. ޢިމާރާތް ހުޅުއްވައިދެއްވުމަށްފަހު އިމާރާތުގައި ޤައުމީ ދިދައާއި ފުލުހުންގެ މުއައްސަސާގެ ދިދަ ދެބޭފުޅުން ނަންގަވައިދެއްވިއެވެ. އަދި އިމާރާތް ބައްލަވާލެއްވިއެވެ. މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ ދެއްކެވި ވާހަކަފުޅުގައި ހޯރަފުށީގައި ފުލުހުންގެ އައު އިމާރާތެއް ހުޅުވިގެންދާކަމަކީ ރަށުގެ ރައްޔިތުންނަށް ލިބިގެންދާ ވަރަށް ބޮޑު ހަދިޔާއެއްކަމަށާއި...

ޔުމްނާ ޢަލީ
ފާތުމާފުޅު ދައްތަގެ މަރާއިއެކު މުޅި ހޯރަފުށި ރޮއްވާލައިފި 📍 ހއ. ހޯރަފުށި

ފާތުމާފުޅު ދައްތަގެ މަރާއިއެކު މުޅި ހޯރަފުށި ރޮއްވާލައިފި

ހޯރަފުށީ އެންމެންގެ ލޯބި ލިބިފައިވި ފާތުމާފުޅު ދައްތަގެ މަރާއި އެކު ހޯރަފުށީ ރައްޔިތުންނަށް ލިބުނީ ގަބޫލުކުރަން ދަތި ހަބަރެކެވެ. ގަބޫލުކުރަން ދަތިވި ނަމަވެސް މީގެ އެތައް އަހަރެއް ކުރިން ފާތުމާފުޅު ދައްތަ ގެ ފިރިމީހާ ބުނިފަދައިން ”ﷲއޭ ދެއްވީ، ﷲއޭ ގެންދެވީ. ކެތްތެރިވާށޭ، ﷲ ނޫން އެހެން ފަރާތެއް ނެތޭ،” ހިތުގެ އަޑިން ގަބޫލު ކުރަން ޖެހޭނީ މިހެންނެވެ. މުސްކުޅި ބަލީގައި އުޅޭތާ މަސްތަކެއް ފަހުން އުމުރުން 79 އަހަރުގައި ފާތުމާފުޅު މަރުވިއިރު އޭނާގެ 85 އަހަރުގެ […]

ފާތިމަތު ސިނާޒާ
ލިބުނު 12 ދަރިންނާއި ފާތުމާފުޅު ވެސް އެދިޔައީ ހޯރަފުށީ ދޮންކޮއްކޮ އެކަނިކޮށްފަ 📍 ހއ. ހޯރަފުށި

ލިބުނު 12 ދަރިންނާއި ފާތުމާފުޅު ވެސް އެދިޔައީ ހޯރަފުށީ ދޮންކޮއްކޮ އެކަނިކޮށްފަ

ހޯރަފުށީ ފާތުމާފުޅާއި ދޮންކޮއްކޮ އަކީ އެކަކު އަނެކަކަށް ވަރަށް އަޅާލި، ވަރަށް އޯގާތެރި ދެމަފިރިންނެވެ. ލިބުނު 12 ދަރިން ވެސް ގޮތް ނޭނގޭ ބަލިތަކެއްގައި ނިޔާވި ހއ. ހޯރަފުށީ ދެމަފިރިންގެ ތެރެއިން ފާތުމާފުޅު އިއްޔެވަނީ ނިޔާވެފަ އެވެ. Hoarafushi Faathumafulhaai Dhonkokkobe ge hayaathakee ethah ibratheh libey hayaatheh. Libunu 12 dharin ves vakivegen dhiyaee.Miadhu fathumafulhu ves vakivegen e dhiyaee Dhonkokkobey ekani kollumahfahu. Dhuniye akee mifadha vaguthee thaneh. Marhooma […]

ޔުމްނާ ޢަލީ