މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. ހޯރަފުށި (343 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
343 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހޯރަފުށިގެ އެންމެ ފަހުގެ ޚަބަރުތައް

343 ޚަބަރުގެ ތެރެއިން
އިހަވަންދިއްޕޮޅަށް އައު ފެށުމެއް، ހޯރަފުށީ އެއާޕޯޓް ހުޅުވައިފި 📍 ހއ. ހޯރަފުށި

އިހަވަންދިއްޕޮޅަށް އައު ފެށުމެއް، ހޯރަފުށީ އެއާޕޯޓް ހުޅުވައިފި

ހއ. ހޯރަފުށީގައި ސަރުކާރުން ތަރައްޤީ ކުރި އެއާޕޯޓް ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ. މިއަދު އެ އެއާޕޯޓް ރަސްމީކޮށް ހުޅުއްވައި ދެއްވީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙެވެ. މިއީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދެކެވެ. ހޯރަފުށީ އެއާޕޯޓު ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޞާލިޙްގެ އިތުރުން، ހޯރަފުށީ ދާއިރާ ރައްޔިތުންގެ މަޖިލިސްގައި ތަމްސީލް ކުރަށްވާ މެންބަރު، އަޙްމަދު ސަލީމާއި، ދައުލަތުގެ ވަޒީރުންނާއި، މަޖިލިސްމެންބަރުންގެ އިތުރުން ސަރުކާރާއި އާންމު ރައްޔިތުންގެ ތެރެއިން...

ޝިއުނާ އާދަމް
ހޯރަފުށީ އެއާޕޯޓް ހުޅުވަން ރައީސް ހޯރަފުށީގައި 📍 ހއ. ހޯރަފުށި

ހޯރަފުށީ އެއާޕޯޓް ހުޅުވަން ރައީސް ހޯރަފުށީގައި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ހއ. ހޯރަފުއްޓަށް ވަޑައިގެންފި އެވެ. ރާއްޖޭގެ އެންމެ އުތުރުގައި ތަރައްޤީކުރި ހޯރަފުށީ އެއަރޕޯޓް ހުޅުވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެރަށަށް ވަޑައިގެންފައިވަނީ މިއަދު 13:00 ގަ އެވެ. ހޯރަފުށިން ރައީސް ސޯލިހަށް މަރުހަބާ ދެންނެވީ ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމާއި ސަރުކާރުގެ ބައެއް އިސް ބޭފުޅުންނެވެ. ރައީސްގެ މި ދަތުރުފުޅުގައި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވެސް ވަނީ ބައިވެރިވެވަޑައިގެންނެވި އެވެ. މިއީ، ވޭތުވެދިޔަ ނުވަ މަސް […]

ޔުމްނާ ޢަލީ
އެހާރުގެ ހުވަރަފުށި މިހާރުގެ ހޯރަފުށި - މުޅިރާއްޖެއިން މިސާލީ ރަށެއް 📍 ހއ. ހޯރަފުށި

އެހާރުގެ ހުވަރަފުށި މިހާރުގެ ހޯރަފުށި - މުޅިރާއްޖެއިން މިސާލީ ރަށެއް

ހޯރަފުށީގެ އަސްލު ނަމަކީ، ހޯރަފުށި ކަމަށްވެއެވެ. މިނަން ޢަރަބިބަހުން ކިޔެނީ ހުވަރަފުށި ކަމަށްވާތީ، ހުވަރަފުށި ރަސްމީ ނަމެއްގެ ގޮތުގައި ކަނޑައެޅިފަައި އޮތީ ކަމަށްވެއެވެ. މިއިން ދޭހަވަނީ ހޯރަފުށީގެ ޤަދީމީ ތާރީޚާއި ޢަރަބިންނާއި ގުޅުންހުރި ކަމެވެ. މިގޮތަށް 1980ގެ އަހަރުތަކާ ހަމަޔަށް ރަސްމީ ނަމަކީ ހުވަރަފުށި ކަމުގައިވިއެވެ. މީގެ 30 އަހަރުކުރން 1990 ފެށުނުއިރު ރަސްމީ ނަމަކީ ހޯރަފުށި ކަމަށް ސަރުކާރުން ހަމަޖެއްސެވިއެވެ. ހޯރަފުށްޓަކީ ފަންނުވެރިކަމާއި ހުނަރުވެރިކަމުގެ ގޮތުން މުޅިރާއްޖެއަށް މަޝްހޫރު މަޤްބޫ...

ތިލަދުން
ހޯރަފުށި އެއާޕޯޓަށް މުވައްޒަފުން ހޯދަން އިޢުލާން ކޮށްފި 📍 ހއ. ހޯރަފުށި

ހޯރަފުށި އެއާޕޯޓަށް މުވައްޒަފުން ހޯދަން އިޢުލާން ކޮށްފި

ހޯރަފުށީ އެއާޕޯޓް ހިންގާ ރީޖަނަލް އެއާރޕޯޓްސް ކުންފުނިން ހޯރަފުށީ އެއާޕޯޓަށް ބޭނުންވާ ދާއިމީ މުވައްޒަފުން ހޯދުމަށް އިޢުލާން ކޮށްފިއެވެ. މަސައްކަތު މީހުންނާއި ޑިރެކްޓަރުން އަދި އެޑްމިން ދާއިރާގެ މުވައްޒަފުންނާއި އެކައުންޓްސްގެ އިތުރުން ޑްރައިވަރުންނާއި ފަޔަރ ފައިޓަރ ފަދަ ދާއިރާތައް ހިމެނޭގޮތުން ހޯރަފުށީ އެއާޕޯޓަށް ބާރަ ދާއިރާއަކުން ނަވާރަ މުވައްޒަފުން ނެގުމަށް ވަނީ ހަމަޖެހިފައެވެ. މި ވަޒީފާތަކަށް ފޯމު ހުށައެޅޭނެ ސުންގަޑިއަކީ މި ހިނގާ ނޮވެމްބަރ މަހުގެ 26 ވަނަ ދުވަހު، 14:00 ގެ ކުރިން ރީޖަނަލް އެއާޕ...

އިބްރާހިމް ޚަލީލް
ހޯރަފުށީ ރައްޔިތުންގެ ބަދަހި ގުޅުމުގެ އުފާވެރި ވަގުތުކޮޅު، ޓެސްޓް ފްލައިޓް ހޯރަފުށީ އެއާޕޯޓްގައި 📍 ހއ. ހޯރަފުށި

ހޯރަފުށީ ރައްޔިތުންގެ ބަދަހި ގުޅުމުގެ އުފާވެރި ވަގުތުކޮޅު، ޓެސްޓް ފްލައިޓް ހޯރަފުށީ އެއާޕޯޓްގައި

ހއ. ހޯރަފުށީގައި ސަރުކާރުން ތަރައްޤީ ކުރި އެއާޕޯޓަށް މިއަދު ހެނދުނު 9:10 ހާއިރު ޓެސްޓް ފްލައިޓް ޖެއްސި ވަގުތަކީ ތަރައްޤީއަށް އެދިގެން ރަށެއްގެ ރައްޔިތުން ދައްކަމުންދިޔަ ބަދަހިކަމާއި، އެކުވެރިކަމުގެ ނަތީޖާ ފެނިގެން ދިޔަ އުފާވެރި ވަގުތު ކޮޅެވެ. އެމަންޒަރު ދެކިލަން ހޯރަފުށީގެ އެތައް ރައްޔިތުންނެއް ތިބީ ހޯރަފުށީ އެއާޕޯޓް ސަރަޙައްދަށް ޖަމާވެފައެވެ. ޤައުމީ އެއާލައިންގެ ފްލައިޓް ހޯރަފުށީ އެއާޕޯޓްގައި ޖެއްސިވަގުތަކީ އެތައް އަހަރެއްވަންދެން އެމަންޒަރު ދުށުމުގެ އިންތިޒާރުގައި ތިބި ހޯރަފުށީގެ އެތައް ރައްޔި...

ޝިއުނާ އާދަމް
އެއާޕޯޓު ހުޅުވާ ދުވަހަށް މުޅި ހޯރަފުށި ތައްޔާރުވެފައި 📍 ހއ. ހޯރަފުށި

އެއާޕޯޓު ހުޅުވާ ދުވަހަށް މުޅި ހޯރަފުށި ތައްޔާރުވެފައި

ހއ. ހޯރަފުށީގައި ސަރުކާރުން ތަރައްޤީ ކުރަށްވަމުން ގެންދަވާ އެއާޕޯޓު ހުޅުވާ ދުވަހަށް މަރުޙަބާ ކިޔުމަށް ހޯރަފުށި ވަނީ ވަރަށް ބޮޑަށް ތައްޔާރު ވެފައެވެ. އެރަށުގެ އެއާޕޯޓުގެ މަޝްރޫޢު ފެށުނީއްސުރެ، މިއަދާއި ހަމައަށް ވެސް ހޯރަފުށީގެ ރައްޔިތުންގެ ކިބައިން ފެންނަމުންދާ އެއްބައި ވަންތަކަމާއި، ޖޯޝާއި، ހިތްވަރަށް ކުޑަވެސް ބަދަލެއް ނައިސް މިހާރު ދަނީ އެއާޕޯޓު ހުޅުވާ ދުވަހަށް، މަރުޙަބާ ކިޔުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. މިމަހުގެ 16ވާ ހޯމަ ދުވަހު ހޯރަފުށީ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސާނެ […]

ޝިއުނާ އާދަމް
ހޯރަފުށި އެއާޕޯޓަށް އަންނަ ހޯމަދުވަހު ޓެސްޓް ފްލައިޓް ޖައްސަނީ 📍 ހއ. ހޯރަފުށި

ހޯރަފުށި އެއާޕޯޓަށް އަންނަ ހޯމަދުވަހު ޓެސްޓް ފްލައިޓް ޖައްސަނީ

ސަރުކާރުން މިމަހުގެ 17ގައި ރަސްމީކޮށް ހޯރަފުށީ އެއާރޕޯޓް ހުޅުވުމަށް އަމާޒު ހިފާފައިވާއިރު، މިމަހުގެ 16 ވާ ހޯމަ ދުވަހު، އެ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސަން ނިންމައިފިއެވެ. ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޒުހައިރާއި ހަވާލާދީ ދައުލަތުގެ މީޑިއާ ”ޕީއެސްއެމްނިއުސް”ގައި ބުނެފައިވަނީ އަންނަ ހަފްތާގެ ހޯމަދުވަހު ހޯރަފުށީގައި ތަރައްޤީކޮށްފައިވާ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސާނެކަމަށެވެ. އަދި އެ އެއާޕޯޓް ރަސްމީކޮށް މިމަހުގެ 17 ވަނަ ދުވަހު ހުޅުވަން ނިންމާފައިިވާކަމަށެވެ. މީގެއިތުރުނ...

ޔުމްނާ ޢަލީ
ހޯރަފުށީގައި އޮޑިއެހެލާ ސަރަޙައްދަކާއި ސްލިޕްވޭއެއް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހއ. ހޯރަފުށި

ހޯރަފުށީގައި އޮޑިއެހެލާ ސަރަޙައްދަކާއި ސްލިޕްވޭއެއް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދަނީ

ހޯރަފުށީގެ ލޭންޑްޔޫސް ޕްލޭންގައި ކަނޑައަޅާފައިވާ ގޮތަށް ހޯރަފުށީ އެއާރޕޯޓުން ފެށިގެން ރަށުގެ އިރު ދެކުނު ސަރަޙައްދުގައި އަމިއްލަ ޚަރަދުގައި ބިން ހިއްކައިގެން އޮޑި ދޯނިފަހަރު އެހެލާ ސަރަޙައްދަކާއި އަދި ސްލިޕްވޭއެއް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނު ކޮށްފިއެވެ. އެކަމަށް ޝަޢުގުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލައި، ހޯރަފުށީ ކައުންސިލުންކުރި އިޢުލާނުގައި ވަނީ، އެ ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް އެމަސައްކަތް ކުރުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކަށް މިކަމާއި ގުޅޭގޮތުން މަޢުލޫމާތު...

މުޙައްމަދު އިނާން
ހޯރަފުށީގެ ތާރީޚު ރަމްޒުކޮށްދޭ މޮނިއުމަންޓެއް ހަދައިދޭނެ ބަޔަކު ހޯދަނީ 📍 ހއ. ހޯރަފުށި

ހޯރަފުށީގެ ތާރީޚު ރަމްޒުކޮށްދޭ މޮނިއުމަންޓެއް ހަދައިދޭނެ ބަޔަކު ހޯދަނީ

ހއ. ހޯރަފުށީގެ ތާރީޚު ރަމްޒުކޮށްދޭ މޮނިއުމަންޓެއް ފަރުމާކޮށް އަމިއްލަތަކެތީގައި ހަދައިދިދޭނެ ފަރާތެއް ހޯދުމަށް ހޯރަފުށީ ކައުންސިލުން އިޢުލާނު ކޮށްފިއެވެ. އެކަމަށް ޝަޢުގުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލައި، ހޯރަފުށީ ކައުންސިލުންކުރި އިޢުލާނުގައި ވަނީ، އެ ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް އެމަސައްކަތް ކުރުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކަށް މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުން މިމަހުގެ 10 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި އެ ކައުންސިލްގެ އިދާރާގައި އޮންނާނެ ކަމަށެވެ. މި މަސައްކަ...

މުޙައްމަދު އިނާން
އުރީދޫ ސުޕަނެޓްގެ ހިދުމަތް ހޯރަފުއްޓަށް ތައާރަފްކޮށްފި 📍 ހއ. ހޯރަފުށި

އުރީދޫ ސުޕަނެޓްގެ ހިދުމަތް ހޯރަފުއްޓަށް ތައާރަފްކޮށްފި

ހަލުވި ސްޕީޑްތަކާއި އެކު އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ހއ. ހޯރަފުއްޓަށް ތައާރަފްކޮށްފި އެވެ. އުރީދޫގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ ހޯރަފުށީ ރައްޔިތުންނަށް މި ހިދުމަތް ފޯރުކޮށްދެވުމަކީ އެ ރަށު ރައްޔިތުންނަށް އިތުރު ފުރިހަމަކަމަކާއެކު އިންޓަނެޓް ބޭނުން ކުރުމުގެ ފުރުސަތު ލިބޭނެ ކަމެއް ކަމަށެވެ. ހަމައެއާ އެކު މިހާރު 100 އެމްބީޕީއެސްއާ ހަމައަށް ހޯރަފުށީގައި ސުޕަނެޓްގެ ހިދުމަތް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް […]

އިބްރާހިމް އަސްވާޤް
ހޯރަފުށީ އެއާރޕޯޓް ނޮވެމްބަރު އަށެއްގައި ނިންމައި އެގާރާގައި ހުޅުވަނީ 📍 ހއ. ހޯރަފުށި

ހޯރަފުށީ އެއާރޕޯޓް ނޮވެމްބަރު އަށެއްގައި ނިންމައި އެގާރާގައި ހުޅުވަނީ

ސަރުކާރުން އަންނަ ނޮވެމްބަރު މަހުގެ އެގާރާގައި ރަސްމީކޮށް ހޯރަފުށީ އެއާރޕޯޓް ހުޅުވުމަށް އަމާޒު ހިފާފައިވާއިރު، އެ މަސައްކަތް އެމަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް އެއްކޮށް ނިންމުމަށް އެމްޓީސީސީއިން މަސައްކަތް ކުރަމުން އަނަން ކަމުގައި އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. ހޯރަފުށީ އެއާރޕޯޓްގެ ރަންވޭއާއި ފްލައިޓް ޕާކިން އޭރިއާ(އޭޕްރަން)ގެ ހުރިހާ މަސައްކަތްތަކެއްހެން މިހާރު ގާތްގަނޑަކަށް ނިމުމަކަށް ގޮސްފައިވާއިރު މިހާރު ކުރިއަށްދަނީ ޓަރމިނަލާއި ފަޔަރ ބިލްޑިންގެ މަސައްކަތެވެ. ހޯރަފުށި އ...

އިބްރާހިމް ޚަލީލް
މޫސާ ފަޟްލީން ކުއްލި ގޮތަކަށް ނިޔާވުމާ އެކު، ހޯރަފުއްޓަށް ހިތާމައެއް! 📍 ހއ. ހޯރަފުށި

މޫސާ ފަޟްލީން ކުއްލި ގޮތަކަށް ނިޔާވުމާ އެކު، ހޯރަފުއްޓަށް ހިތާމައެއް!

ހއ. ހޯރަފުށި، މޫސާ ފަޟްލީން ރޭ މިދުޔެއާއި ވަކިވެގެން ދިޔުމުން މުޅި ހޯރަފުއްޓަށް ވަނީ މޮޅިވެރިކަމާއި، ފުން ހިތާމައެއް ލިބިފައެވެ. ހޯރަފުށި ދާއިރާގެ މަޖިލިސް މެންބަރ އަޙްމަދު ސަލީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މޫސާ ފަޟްލީން ކުއްލި ގޮތަކަށް ނިޔާވުމަކީ ހޯރަފުއްޓަށް ލިބުނު ހިތާމައެއް ކަމަށެވެ. މި ހިތާމައިގައި އަޅުގަނޑާއި ޢާއިލާ ބައިވެރިވަން. މަރްހޫމް އަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މާތްﷲ މިންވަރު ކުރަށްވާށި. އަމީން ސަލީމް ކުރެއްވި ޓުވީޓްގައި ވިދާޅުވެފައި ވެއެވެ. އަޅުގަނޑުގެ އަޚު މޫސާ ފަޟުލީން ކު...

އަލީ އާދިލް
ހޯރަފުށީ ބޮޓެލިން ޕްލާންޓް ބަހައްޓައިދޭނެ ބަޔަކު ހޯދަނީ 📍 ހއ. ހޯރަފުށި

ހޯރަފުށީ ބޮޓެލިން ޕްލާންޓް ބަހައްޓައިދޭނެ ބަޔަކު ހޯދަނީ

ހއ. ހޯރަފުށީގައި ފެން ބަންދު ކުރާ ބޮޓެލިން ޕްލާންޓެއް ބަހައްޓައި ދޭނެ ބަޔަކު ހޯދަމަށް ފެނަކަ ކޯޕަރޭޝަން ހުޅުވާލައިިފި އެވެ. ފެނަކައިން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ ކުންފުންޏަށް ބޮޓްލިން ޕްލާންޓެއް ގަތުމަށް ޝައުގުވެރިކަން ފާޅުކުރަން ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާ ކަމަށެވެ. މި މަސައްކަތް ކުރަން ޝައުގުވެރިވާ ފަރާތް ތަކުން މި މަހުގެ 15 ގެ ކުރިން މައުލޫމާތު ސާފު ކުރުމަށްފަހު، ޝައުގުވެރިކަން ފާޅު ކުރުމުގެ ފުރުސަތު މިމަހުގެ 22 ގެ ކުރިން […]

އިބްރާހިމް އަސްވާޤް
އުތުރުގެ ތިން ރަށެއް މޮނިޓަރިން ހާލަތުން ނަގައިފި 📍 ހއ. ބާރަށް

އުތުރުގެ ތިން ރަށެއް މޮނިޓަރިން ހާލަތުން ނަގައިފި

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޯވިޑް-19 އާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންތައްތައް ބެލުމަށް މޮނިޓަރިން ހާލަތަށް ގެނައި އުތުރުގެ ތިން ރަށެއް މޮނިޓަރިން ހާލަތުން ނަގައިފިއެވެ. މި ރަށްތަކަކީ ހއ. ބާރަށް، ހޯރަފުށި، އަދި ހދ. ކުރިނބީ އެވެ. މިރަށްތައް މޮނިޓަރިން ހާލަތަށް ގެނައީ ކުޅުދުއްފުށި ސިޓީގެ ފުލުހަކު ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ރޭގައި އެވެ. އެޗްޕީއޭއިން ވަނީ ކުޅުދުއްފުށީ ސިޓީވެސް މޮނިޓަރިން ހާލަތުން ނަގާފައި އެވެ. އެ ސިޓީ މޮނިޓަރިން ހާލަތުންނެގީ މިއަދު […]

ޔުމްނާ ޢަލީ
ތިލަދުންމަތީގެ 5 ރަށެއްގެ ދަނޑުގައި ޓާރފް އަޅަން ސޮއިކޮށްފި 📍 ހއ. ހޯރަފުށި

ތިލަދުންމަތީގެ 5 ރަށެއްގެ ދަނޑުގައި ޓާރފް އަޅަން ސޮއިކޮށްފި

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކުރުމަށް ނިންމާފައިވާ ޓާރފް ދަނޑުގެ ތެރެއިން ތިލަދުންމަތީގެ 5 ރަށެއްގެ ދަނޑުގައި ޓާރފް އެޅުމަށް މިއަދު ސޮއިކޮށްފިއެވެ. މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކޮށްފައިވަނީ މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ ވެލޯސިޓީ ސްޕޯޓްސް އިކުއިޕްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ. މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ މިނިސްޓަރ އަޙްމަދު މަޙްލޫފްއެވެ. މި 5 ރަށުގެ...

ޝިއުނާ އާދަމް