ސަމްޕްޑޯރިއާގެ އައު ކޯޗަކަށް ޕިރްލޯ
އިޓާލިއަން ސީރިއާ ބީގެ ކުލަބެއް ކަމަށްވާ ސަމްޕްޑޯރިއާގެ އައު ކޯޗަކަށް ކުރިން ޔުވެންޓަސްއަށް ކޯޗުކޮށްދިން އަންދްރޭ ޕިރްލޯ ހަމަޖައްސައިފިއެވެ. އުމުރުން 44 އަހަރުގެ ޕިރްލޯ ސަމްޕްޑޯރިއާ ކޯޗްކަމާއި ހަވާލުވެފައި ވަނީ ދެ އަހަރު ދުވަހުގެ އެއްބަސް ވުމެއްގެ ދަށުންނެވެ. ސަމްޕްޑޯރިއާއަކީ މިދިޔަ ސީޒަންގައި އިޓާލިއަން ސީރިއާ އޭގައި ވާދަކުރި ޓީމެކެވެ. ނަމަވެސް ސީޒަންގެ މެދުތެރެއިން އެ ޓީމްގެ ކޯޗަކަށް ހަމަޖެއްސި ސްޓެންކޮވިޗްގެ އިރުޝާދުގެ ދަށުން ވެސް އެ ޓީމަށް ނަތީޖާ ނުނެރެވި އެ ޓީމުން ލީގު ނިންމާލީ […]