ހާލަންޑްގެ ލަނޑުތަކުން ނޯވޭއިން ސައިޕްރަސް ބަލިކޮށްފި
އަންނަ އަހަރު ޖަރުމަނުގައި ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިންގެ ގްރޫޕް އޭގައި ރޭ ނޯވޭއާއި ސައިޕްރަސް ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ނޯވޭއިން ކާމިޔާބު ކޮށްފިއެވެ. މި މެޗުގައި ނޯވޭއިން ސައިޕްރަސްގެ މައްޗަށް ކުރި ހޯދީ 3-1 ގެ ނަތީޖާއިންނެވެ. މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ވެސް ނޯވޭއިންނެވެ. ފުރަތަމަ ލަނޑު 12 ވަނަ މިނެޓުގައި ސޯލޮތު ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދިނީ އޮލާ ސޮލްބަކެންއެވެ. މެޗުގެ ދެވަނަ ހާފުގައި ހާލަންޑް […]