ޕީއެސްޖީގެ ކޯޗަކަށް އެންރީކޭ ހަމަޖައްސައިފި
ކުރިން ބާސެލޯނާއަށާއި ސްޕެއިންގެ ގައުމީ ޓީމަށް އިރުޝާދުދިން ލުއިސް އެންރީކޭ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީގެ ކޯޗަކަށް ހަމަޖައްސައިފިއެވެ. އުމުރުން 53 އަހަރުގެ އެންރީކޭ ޕީއެސްޖީގެ ކޯޗުކަމަށް ހަމަޖައްސާފައި މިވަނީ މިދިޔަ ސީޒަންގައި ޕީއެސްޖީއަށް ފްރާންސް ލީގު ކާމިޔާބު ކޮށްދިން ކްރިސްޓޮފަރ ގަލްޓިއާ ސީޒަން ނިމުމާއިއެކު އެ ޓީމްގެ ކޯޗުކަމުން ވަކިކުރުމުން އެ މަގާމު ހުސްވެފައި ވަނިކޮށެވެ. އެންރީކޭ ޕީއެސްޖީގެ ކޯޗުކަމާއި ހަވާލުވެފައި މި ވަނީ ދެ އަހަރު ދުވަހުގެ އެއްބަސް ވުމެއްގެ ދަށުންނެވެ. އެންރީކޭ ކޯޗިން...