އާސެނަލުން ޑެކްލަން ރައިސްގެ ޑީލް ނިންމާލައިފި
ޕްރިމިއާ ލީގުގެ ވެސްޓްހޭމްއަށް ކުޅެމުންއައި އިންގްލެންޑްގެ މިޑްފީލްޑަރ ޑެކްލަން ރައިސްގެ ސޮއި އާސެނަލުން ހޯދައިފިއެވެ. އުމުރުން 24 އަހަރުގެ ރައިސް އާސެނަލަށް ސޮއި ކޮށްފައި ވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 138 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީއެއްގައެވެ. އާސެނަލުން ރައިސްއާއިއެކު އެއްބަސްވުން ހަދާފައި ވަނީ ކުލަބުން ބޭނުންވެއްޖެނަމަ އިތުރު އެއް އަހަރު އެއްބަސްވުމަށް އިތުރު ކުރެވޭ ގޮތަށެވެ. ރައިސްވެފައި ވަނީ އެންމެ އަގުބޮޑު ޓްރާންސްފާއެއްގައި ޓީމް ބަދަލުކުރި އިނގިރޭސި ކުޅުންތެރިޔާއަށ...