މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ބިންހެލުމުގެ ޚަބަރު ޖަޕާނަށް M5.7 ގެ ބިންހެލުމެއް އަތުވެއްޖެ - 24 މިނިޓު ކުރިން

ކުޅިވަރު

2,740 ޝާއިޢުކުރެވިފައިވާ ލިޔުން

ކުޅިވަރު - 51 ވަނަ ޞަފްޙާ

ބާސާ އާއި އިންޓަ އެއްވަރު، މޮޅުވާ ޓީމް ކަނޑައެޅުން އިޓަލީގައި

ބާސާ އާއި އިންޓަ އެއްވަރު، މޮޅުވާ ޓީމް ކަނޑައެޅުން އިޓަލީގައި

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގެ މެޗުގައި ރޭ ބާސެލޯނާއާއި އިންޓަ މިލާން ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ރޭ ބާސާގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވީ 3-1 ގެ ނަތީޖާއިންނެވެ. ސެމީ ފައިނަލް ކާމިޔާބުކޮށް ފައިނަލަށް ދަތުރުކުރާނެ ޓީމެއް ކަނޑައެޅިގެންދާނީ އަންނަ އަންގާރަ ދުވަހުގެ ރޭ އިޓަލީގެ އިންޓަ މިލާން ދަނޑުގައި ކުޅޭ ދެވަނަ ލެގުގެ މެޗަށް ފަހުއެވެ. އެ ރޭ ރާއްޖެ ގަނޑިން ދަންވަރު 0000 ގައި ފަށާ މި […]

އިބްރާހިމް ޚަލީލް
ފުރަތަމަ ލެގުގައި އާސެނަލް ބަލިކޮށް ޕީއެސްޖީން ފައިނަލުގެ އުންމީދު ބޮޑުކޮށްފި

ފުރަތަމަ ލެގުގައި އާސެނަލް ބަލިކޮށް ޕީއެސްޖީން ފައިނަލުގެ އުންމީދު ބޮޑުކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ އާސެނަލާއި ޕީއެސްޖީ ބައްދަލުކުރި މެޗު ހަނިގޮތަކަށް ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުގެ ފުރުސަތު ޕީއެސްޖީން ބޮޑުކޮށްފިއެވެ. ރޭ އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗު ޕީއެސްޖީން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއިންނެވެ. މި ދެ ޓީމްވާދަކުރާ ދެވަނަ ލެގުގެ މެޗު އަންނަ ހަފްތާގައި އޮންނާނީ ޕީއެސްޖީގެ ދަނޑުގައެވެ. ރޭ މެޗުގެ ފެނިގެންދިޔަ ހަމައެކަނި ލަނޑު ހަތަރު ވަނަ މިނެޓުގައި ޕީއެސްޖީއަށް ޖަހައިދިނީ ޑެމްބެލޭއެވެ. އަރިމަތިން ބޯޅަ ހިފައިގެނ...

އިބްރާހިމް ޚަލީލް
ސިޓީއާއި ޕެލަސް އެފްއޭ ކަޕް ފައިނަލަށް

ސިޓީއާއި ޕެލަސް އެފްއޭ ކަޕް ފައިނަލަށް

އިނގިރޭސި އެފްއޭ ކަޕް ފައިނަލުން މެންޗެސްޓާ ސިޓީއާއި ކްރިސްޓަލް ޕެލަސް ޖާގަ ހޯދައިފިއެވެ. ސިޓީން ފައިނަލުން ޖާގަ ކަށަވަރުކޮށްފައި ވަނީ ރޭ ކުޅުނު ސެމީ ފައިނަލުގައި 2-0 ގެ ނަތީޖާއިން ނޮޓިންހަމް ފޮރެސްޓް ބަލިކޮށްގެންނެވެ. މިއީ އެފްއޭ ކަޕް ފައިނަލުން ޖެހިޖެހިގެން ސިޓީން ޖާގަ ހޯދި ތިންވަނަ ފަހަރެވެ. ފާއިތުވި ސީޒަންގައި ސިޓީ ވަނީ ފައިނަލުގައި ޔުނައިޓެޑް އަތުން ބަލިވެފައެވެ. ނަމަވެސް އޭގެ ކުރީ ސީޒަންގައި އެފްއޭ ކަޕް އުފުލައިލީ ސިޓީންނެވެ. ސިޓީން ވަނީ ޖުމްލަ ހަތްފަހަރެއްގެ […]

އިބްރާހިމް ޚަލީލް
20 ވަނަ ފަހަރަށް ލީގު ކާމިޔާބުކޮށް ލިވަޕޫލުން ޔުނައިޓެޑާއި އަރާ ހަމަކޮށްފި

20 ވަނަ ފަހަރަށް ލީގު ކާމިޔާބުކޮށް ލިވަޕޫލުން ޔުނައިޓެޑާއި އަރާ ހަމަކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން 20 ވަނަ ފަހަރަށް ކާމިޔާބުކޮށް، ލީގުގެ އެންމެ ކާމިޔާބު ޓީމް ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލުން އަރާ ހަމަކޮށްފިއެވެ. ލިވަޕޫލުން ވިހިވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފައި މިވަނީ ރޭ ލީގުގައި 5-1 ގެ ނަތީޖާއިން ޓޮޓެންހަމް ބަލިކޮށްގެންނެވެ. ރޭ މެޗަށް ނުކުތްއިރު ލީގު ކަށަވަރު ކުރުމަށް ލިވަޕޫލަށް ބޭނުންވެފައި އޮތީ ވެސް އެންމެ ޕޮއިންޓެކެވެ. އަދި ލީގުގައި ބާކީ ލިވަޕޫލަށް ހަތަރު މެޗު އެބައޮތެވެ. ލިވަޕޫލުން ލީގު ޗެމްޕިއަންކަން ކަށަވަރު […]

އިބްރާހިމް ޚަލީލް
ރެއާލް ބަލިކޮށް ބާސާއިން ކޮޕް ޑެލް ރޭ ކާމިޔާބުކޮށްފި

ރެއާލް ބަލިކޮށް ބާސާއިން ކޮޕް ޑެލް ރޭ ކާމިޔާބުކޮށްފި

ސްޕެނިޝް ލީގު ކަޕް (ކޮޕަ ޑެލް ރޭ) ފައިނަލް މެޗުގައި ރޭ ރެއާލް މެޑްރިޑް ބަލިކޮށް، މުބާރާތުގެ ޗެމްޕިއަންކަން ބާސެލޯނާއިން ހޯދައިފިއެވެ. ރޭ ސެވިއްޔާގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ 2-2 ގެ ނަތީޖާއިން އެއްވަރުވެފައެވެ. ބާސާއިން މެޗު ކާމިޔާބު ކޮށްފައި ވަނީ ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ދެހާފުގެ ތެރެއިން ދެވަނަ ހާފުގެ ފަހުވަގުތު ކޫންޑޭ ޖަހައިދިން ލަނޑުންވެ. މެޗު ނިމިގެން ދިޔައީ 3-2 އިން […]

އިބްރާހިމް ޚަލީލް
ޕީއެސްޖީން ލީގުގައި ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑް ނިމުމަކަށް

ޕީއެސްޖީން ލީގުގައި ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑް ނިމުމަކަށް

ނީސް އަތުން ބަލިވެ، ޕީއެސްޖީން މި ސީޒަނުގައި ލީގުގައި ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑް ނިމުމަކަށް އަތުވެއްޖެއެވެ. ޕީއެސްޖީން ފްރާންސް ލީގުގެ ޗެމްޕިއަންކަން މިހާރު ކަށަވަރު ކޮށްފައިވާއިރު، އެ ޓީމުން ލީގުގެ ޗެމްޕިއަންކަން ކަށަވަރުކުރީ، ލީގުގައި ފުރަތަމަ ކުޅުނު 30 މެޗުން ވެސް ބަލިނުވެއެވެ. ރޭ 31 ވަނަ މެޗުގައި އެ ޓީމް ވަނީ ނީސް އަތުންބަލިވެ ލީގުގައި ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑް ނިމުމަކަށް އައިސްފައެވެ. ޕޮއިންޓް ތާވަލުގެ އެއްވަނާގައި ޕީއެސްޖީ އޮތީ 31 މެޗުން […]

އިބްރާހިމް ޚަލީލް
ގެޓާފޭ އަތުން މޮޅުވެ ރެއާލުން އުންމީދު ދަމަހައްޓައިފި

ގެޓާފޭ އަތުން މޮޅުވެ ރެއާލުން އުންމީދު ދަމަހައްޓައިފި

ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި ގެޓާފޭ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ރެއާލުން ޗެމްޕިއަންކަން ހޯދުމަށް ކުރަމުން އަންނަ އުންމީދު ދަމަހައްޓައިފިއެވެ. ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް ބާސެލޯނާއިން ވަނީ އަންގާރަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ރެއާލް މަޔޯކާ ބަލިކޮށް، ތާވަލުގެ އެއްވަނާގައި 7 ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. ރޭ ރެއާލާއި ގެޓާފޭ ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބުކޮށް ޕޮއިންޓްގެ ފަރަގު ރެއާލުން ވަނީ ކުޑަކޮށްފައެވެ. ޕޮއިންޓް ތާވަލުގެ އެއްވަނާގައި ބާސާ އޮތީ […]

އިބްރާހިމް ޚަލީލް
އާސެނަލް އެއްވަރުވުމުން ލިވަޕޫލަށް ބާކީ އެއް ޕޮއިންޓް

އާސެނަލް އެއްވަރުވުމުން ލިވަޕޫލަށް ބާކީ އެއް ޕޮއިންޓް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލްއާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗު 2-2 ގެ ނަތީޖާއިން އެއްވަރުވުމުން، ލީގު ހޯދުމުގެ ފުރުސަތު ލިވަޕޫލަށް އިތުރަށް ތަނަވަސް ވެއްޖެއެވެ. މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި ލިވަޕޫލް އޮތީ 33 މެޗުން 79 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނާގައި އޮތް އާސެނަލަށް 34 މެޗުން 67 ޕޮއިންޓް ލިބިފައިވާއިރު، އަންނަ ހަފްތާ ބަންދުގައި ލިވަޕޫލާއި ޓޮޓެންހަމް ބައްދަލުކުރާ މެޗުން ޕޮއިންޓެއް ހޯދައިގެން ވެސް ލިވަޕޫލަށް 20 ވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން […]

އިބްރާހިމް ޚަލީލް
ޓޮޓެންހަމް ބަލިކޮށް ފޮރެސްޓް ތިންވަނައަށް

ޓޮޓެންހަމް ބަލިކޮށް ފޮރެސްޓް ތިންވަނައަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމްއާއި ނޮޓިންހަމް ފޮރެސްޓް ބައްދަލުކުރި މެޗު ކާމިޔާބުކޮށް، ފޮރެސްޓުން ޗެމްޕިއަންސް ލީގުގެ އުންމީދު ދަމަހައްޓައިފިއެވެ. ރޭ ރަށުން ބޭރުގައި ފޮރެސްޓުން ވަނީ 2-1 ގެ ނަތީޖާއިން ޓޮޓެންހަމްގެ މައްޗަށް ކުރި ހޯދާފައެވެ. ލީގުގެ ގަދަހަތަރަކަށް ވާދަކުރާ ހުރިހާ ޓީމަކަށް ވެސް ލީގުގައި ބާކީ އޮތީ ފަސް މެޗެވެ. ރޭ ލިބުނު މޮޅާއިއެކު ފޮރެސްޓް ވަނީ 33 މެޗުން 60 ޕޮއިންޓް ހޯދައިގެން ތިންވަނައަށް ޖެހިލާފައެވެ. ހަތަރުވަނާގައި 33 މެޗުން 59 ޕޮއިންޓް ހޯދައިގެން […]

އިބްރާހިމް ޚަލީލް
އިތުރު ވަގުތުގައި ވަލްވަޑޭ ޖެހި ހިތްގައިމު ލަނޑުން ރެއާލަށް މުހިންމު މޮޅެއް

އިތުރު ވަގުތުގައި ވަލްވަޑޭ ޖެހި ހިތްގައިމު ލަނޑުން ރެއާލަށް މުހިންމު މޮޅެއް

ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި އެތުލެޓިކް ބިލްބާއޯ ބައްދަލުކުރި މެޗު އެއްވަރުވާން ދަނިކޮށް އިތުރު ވަގުތުގައި، ފެޑެރިކޯ ވަލަވަޑޭ ޖެހި ހިތްގައިމު ލަނޑުން ރެއާލުން މުހިންމު މޮޅެއް ހޯދައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ރެއާލުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއިންނެވެ. ޕޮއިންޓް ތާވަލުގެ އެއްވަނާގައި މިވަގުތު އޮތީ ބާސެލޯނާއެވެ. އެ ޓީމަށް 32 މެޗުން 73 ޕޮއިންޓް ލިބިފައިވާއިރު ދެވަނާގައި ރެއާލް އޮތީ 32 މެޗުން 69 ޕޮއިންޓް ހޯދައިގެންނެވެ. މި […]

އިބްރާހިމް ޚަލީލް
ފަހަތުންއަރާ މެޗު ކާމިޔާބުކޮށް ބާސާއިން ލީޑު ފުޅާކޮށްފި

ފަހަތުންއަރާ މެޗު ކާމިޔާބުކޮށް ބާސާއިން ލީޑު ފުޅާކޮށްފި

ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއާއި ސެލްޓަ ވީގޯ ބައްދަލުކުރި މެޗު، ފަހަތުންއަރާ ކާމިޔާބުކޮށް ޕޮއިންޓް ތަވަލުގެ އެއްވަނާގައި ބާސާއިން ލީޑު ފުޅާކޮށްފިއެވެ. ރޭ ބާސާގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 4-3 ގެ ނަތީޖާއިންނެވެ. ރޭ މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ބާސާއިންނެވެ. މި ލަނޑު 12 ވަނަ މިނެޓުގައި ފެރާންސް ޓޯރޭސް ޖަހައިދިންއިރު، އޭގެ ތިން މިނެޓް ފަހުން ސެލްޓަގެ އިގްލީސިއަސް ވަނީ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. […]

އިބްރާހިމް ޚަލީލް
ބަޔާން ކަޓުވާލައި އިންޓަ މިލާން ސެމީއަށް

ބަޔާން ކަޓުވާލައި އިންޓަ މިލާން ސެމީއަށް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ބަޔާން މިއުނިކް ބަލިކޮށް އިންޓަ މިލާނުން ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ. މި ދެ ޓީމް ވާދަކުރި ފުރަތަމަ ލެގުގެ މެޗު ފާއިތުވި ހަފްތާގައި ކުޅެފައި ވަނީ ބަޔާންގެ ދަނޑުގައެވެ. އެ މެޗު އިންޓަ މިލާން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއިންނެވެ. ދެވަނަ ލެގުގެ މެޗު ރޭ ކުޅުނީ އިންޓަގެ ދަނޑުގައެވެ. ރޭ މެޗު ނިމިގެން ދިޔައީ 2-2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. އިންޓަ ސެމީން […]

އިބްރާހިމް ޚަލީލް
ދެލެގުގައި ވެސް ރެއާލް ބަލިކޮށް އާސެނަލް ސެމީއަށް

ދެލެގުގައި ވެސް ރެއާލް ބަލިކޮށް އާސެނަލް ސެމީއަށް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ލެގުގެ މެޗުގައި ވެސް ރެއާލް މެޑްރިޑް ބަލިކޮށް، މުބާރާތުގެ ސެމީ ފައިނަލުން އާސެނަލް ޖާގަ ހޯދައިފިއެވެ. މި ދެ ޓީމް ވާދަކުރި ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގެ މެޗު ފާއިތުވި ހަފްތާގައި ކުޅެފައިވަނީ އާސެނަލްގެ ދަނޑުގައެވެ. މޮޅު ކުޅުމެއް ދައްކައި އާސެނަލުން އެ މެޗުގައި ރެއާލުގެ މައްޗަށް ކުރި ހޯދީ 3-0 ގެ ނަތީޖާއިންނެވެ. ދެވަނަ ލެގުގެ މެޗު ރޭ ރެއާލުގެ ދަނޑުގައި ކުޅުނުއިރު، އާސެނަލުން ވަނީ 2-1 ގެ ނަތީޖާއިން […]

އިބްރާހިމް ޚަލީލް
ބަލިވި ނަމަވެސް ބާސާއާއި ޕީއެސްޖީ ސެމީއަށް

ބަލިވި ނަމަވެސް ބާސާއާއި ޕީއެސްޖީ ސެމީއަށް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި އެސްޓަންވިލާ އަތުން ޕީއެސްޖީ، އަދި ބްރޫޝިއާ ޑޯޓްމަންޑް އަތުން ބާސެލޯނާ ބަލިވި ނަމަވެސް އެގްރިގޭޓް ނަތީޖާއިން ކުރި ހޯދައި މުބާރާތުގެ ސެމީ ފައިނަލުން ބާސާއާއި ޕީއެސްޖީ ޖާގަ ކަށަވަރުކޮށްފިއެވެ. ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި ރޭ ބާސާއާއި ޑޯޓްމަންޑް ބައްދަލުކުރި މެޗު، 3-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައިވަނީ ޑޯޓްމަންޑުންނެވެ. ނަމަވެސް ފުރަތަމަ ލެގުގައި ބާސާއިން ވަނީ އަމިއްލަ ދަނޑުގައި 4-0 ގެ ނަތީޖާއިން ޑޯޓްމަންޑް ބަލިކޮށްފައެވެ. […]

އިބްރާހިމް ޚަލީލް
އޮނާނާ ބާކީކޮށްގެން ވެސް ޔުނައިޓެޑް މޮޅެއްނުވި

އޮނާނާ ބާކީކޮށްގެން ވެސް ޔުނައިޓެޑް މޮޅެއްނުވި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑް އަތުން މެންޗެސްޓާ ޔުނައިޓެޑް ތަފާތު ބޮޑުކޮށް ބަލިވެއްޖެއެވެ. ރޭ އަމިއްލަ ދަނޑުގައި ނިއުކާސަލުން ވަނީ 4-1 ގެ ނަތީޖާއިން ޔުނައިޓެޑް ބަލިކޮށްފައެވެ. ރޭ މެޗަށް ޔުނައިޓެޑް ނެރުނު ފުރަތަމަ އެގާރާގައި އެ ޓީމްގެ އެއްވަނަ ކީޕަރު އަންދްރޭ އޮނާނާ ހިމަނާފައިނުވެއެވެ. ސަބަބަކީ މެޗުތަކުގައި ތަކުރާރުކޮށް އޭނާ ބޮޑެތި ގޯސްތައް ހަދަމުން އަންނާތީއެވެ. ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ލިޔޯންއާއި 2-2 ގެ ނަތީޖާއިން މިދިޔަ ހަފްތާގައި […]

އިބްރާހިމް ޚަލީލް