މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ކުޅިވަރު

2,740 ޝާއިޢުކުރެވިފައިވާ ލިޔުން

ކުޅިވަރު - 50 ވަނަ ޞަފްޙާ

ބާސެލޯނާއިން ލަލީގާގެ ޗެމްޕިއަންކަން ހޯދައިފި

ބާސެލޯނާއިން ލަލީގާގެ ޗެމްޕިއަންކަން ހޯދައިފި

ސްޕެނިޝް ލަލީގާގައި ރޭ އެސްޕަނިޔޯލް ބަލިކޮށް ބާސެލޯނާއިން ލަލީގާގެ ޗެމްޕިއަންކަން ހޯދައިފިއެވެ. ރޭ ރަށުން ބޭރުގައި ކުޅުނު މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. މިދިޔަ ސީޒަނުގައި ތަށްޓެއް ނުލިބި ނިންމާލަން ޖެހުނު ބާސެލޯނާ އިން މި ފަހަރު މި ވަނީ، ސްޕެނިޝް ލީގާއި ކަޕްގެ އިތުރުން ސުޕަ ކަޕް ކާމިޔާބުކޮށްފައެވެ. ސުޕަ ކަޕާއި ސްޕެނިޝް ކަޕް ފައިނަލުގައި ރެއާލް މެޑްރިޑް ބަލިކޮށް ކާމިޔާބުކުރިއިރު، ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފައި މި ވަނީ ބާކީ […]

އިބްރާހިމް ޚަލީލް
ބައިގަރުނު ފަހުން ބޮލޯނިއާ އަށް ހާއްސަ އުފަލެއް

ބައިގަރުނު ފަހުން ބޮލޯނިއާ އަށް ހާއްސަ އުފަލެއް

އިޓާލިއަން ކަޕް ފައިނަލުގައި އޭސީ މިލާން ބަލިކޮށް، ޗެމްޕިއަންކަން ހޯދައި ބޮލޯނިއާ އިން ބައި ގަރުނަށް ފަހު ތަށްޓެއް ކާމިޔާބު ކޮށްފިއެވެ. ރޭ ކުޅުން ފައިނަލް މެޗު ބޮލޯނިއާއިން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. އެންމެ ފަހުން ބޮލޯނިއާއަށް ތައްޓެއް ކާމިޔާބު ކުރެވިފައި ވަނީ 1974 ވަނަ އަހަރުއެވެ. އެ އަހަރު ވެސް އެ ޓީމުން ކާމިޔާބުކުރީ އިޓާލިއަން ކަޕެވެ. އޭގެ ފަހުން ފާއިތުވެގެން ދިޔަ ބައި ގަރުނެއްހާ ދުވަހު އެ ޓީމަށް އޮތީ […]

އިބްރާހިމް ޚަލީލް
މަޔޯކާ އަތުން ރެއާލަށް އުނދަގޫ މޮޅެއް

މަޔޯކާ އަތުން ރެއާލަށް އުނދަގޫ މޮޅެއް

ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑާއި ރެއާލް މަޔޯކާ ބައްދަލުކުރި މެޗުން ހަނިގޮތަކަށް ރެއާލް މޮޅުވެއްޖެއެވެ. ރޭ ރެއާލުގެ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުން މަޔޯކާގެ މައްޗަށް ކުރި ހޯދީ ފަހަތުން އަރާ 2-1 ގެ ނަތީޖާއިންނެވެ. މިވަގުތު ޕޮއިންޓް ތާވަލުގެ ދެވަނާގައި ރެއާލް އޮތީ 36 މެޗުން 78 ޕޮއިންޓް ހޯދައިގެންނެވެ. އެއްވަނާގައި އޮތް ބާސެލޯނާއަށް 35 މެޗުން 82 ޕޮއިންޓް ލިބިފައިވާއިރު، މިރޭ ރަށުން ބޭރުގައި ބާސާ ނުކުންނާނީ އެސްޕަނިޔޯލްއާއި ދެކޮޅަށެވެ. އެ […]

އިބްރާހިމް ޚަލީލް
ފްރާންސް ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ޑެމްބެލޭއަށް

ފްރާންސް ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ޑެމްބެލޭއަށް

ފްރާންސް ލީގުގެ މި ސީޒަންގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ޕީއެސްޖީއަށް ކުޅެމުން އަންނަ ފްރާންސް ފޯވާޑް އޮސްމާން ޑެމްބެލޭއަށް ލިބިއްޖެއެވެ. މުޅި ސީޒަންގައި ވެސް ޕީއެސްޖީގައި މޮޅު ކުޅުމެއް ދެއްކި ޑެމްބެލޭވަނީ ހުރިހާ މުބާރާތެއް ހިމެނޭހެން ކުޅުނު 46 މެޗުގައި 33 ލަނޑު ޖަހައިދީފައެވެ. އޭގެތެރޭގައި ލީގުގައި ކުޅުނު 28 މެޗުން ޖެހި 21 ލަނޑު ވެސް ހިމެނެއެވެ. ޕީއެސްޖީން ފްރާންސް ލީގާއި ފްރެންޗް ކަޕް ވެސް ކާމިޔާބު ކޮށްފައިވާއިރު އެ ޓީމް ވަނީ ޗެމްޕިއަންސް […]

އިބްރާހިމް ޚަލީލް
އެމްބާޕޭ ހެޓްރިކް ހެދިނަމަވެސް ބާސާއިން މެޗު ކާމިޔާބުކޮށް ލީގު ހޯދުމާއި ގާތަށް

އެމްބާޕޭ ހެޓްރިކް ހެދިނަމަވެސް ބާސާއިން މެޗު ކާމިޔާބުކޮށް ލީގު ހޯދުމާއި ގާތަށް

ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި ބާސެލޯނާ ބައްދަލުކުރި އެލް ކްލެސިކޯ މެޗްގައި ކިލިއަން އެމްބާޕޭ ހެޓްރިކް ހެދި ނަމަވެސް މެޗުން ބާސާ މޮޅުވެ ލީގު ޗެމްޕިއަންކަން ހޯދުމާއި ވަރަށް ގާތަށް ޖެހިލައިފިއެވެ. ރޭ ބާސާގެ ދަނޑުގައި އެ ޓީމުން ރެއާލްގެ މައްޗަށް ކުރި ހޯދީ 4-3 ގެ ނަތީޖާއިންނެވެ. މި ސީޒަންގައި މި ދެ ޓީމް ހަތަރުފަހަރު ވާދަކޮށްފައިވާއިރު އެ ހުރިހާ މެޗެއް ވެސް ކާމިޔާބު ކޮށްފައި ވަނީ ބާސާއިންނެވެ. މި މެޗުން ލިބުނު ތިން […]

އިބްރާހިމް ޚަލީލް
ލަލީގާގެ އެންމެ އަވަސް ހެޓްރިކް ހެދުމުގެ ރެކޯޑް ސޯލޯތު އަށް

ލަލީގާގެ އެންމެ އަވަސް ހެޓްރިކް ހެދުމުގެ ރެކޯޑް ސޯލޯތު އަށް

ސްޕެނިޝް ލަލީގާގައި އެންމެ އަވަސް ހެޓްރިކް ހެދުމުގެ ރެކޯޑް އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ނޯވޭގެ ފޯވާޑް އެލެކްސެންޑަރ ސޯލޯތު މުގުރާލައިފިއެވެ. ރޭ ލީގުގައި އެތުލެޓިކޯ މެޑްރިޑާއި ރެއާލް ސޮސިއެޑާޑް ބައްދަލުކުރި މެޗު 4-0 ގެ ނަތީޖާއިން އެތުލެޓިކޯ ކާމިޔާބުކުރި އިރު، މެޗުގައި ހަތަރު ލަނޑު ވެސް ޖެހީ ސޯލޯތެވެ. މެޗުގެ 11 ވަނަ މިނެޓުގައި އޭނާގެ ހެޓްރިކް ފުރިހަމަ ކުރިއިރު، އޭނާ ހެޓްރިކް ހަދަން ހޭދަވީ އެންމެ ފަސްވަރަކަށް މިނެޓެވެ. އޭނާ ފުރަތަމަ ލަނޑު 7 […]

އިބްރާހިމް ޚަލީލް
ތަފާތު ބޮޑުކޮށް މޮޅުވެ ޔުނައިޓެޑާއި ޓޮޓެންހަމް ޔޫރޮޕާ ލީގްގެ ފައިނަލަށް

ތަފާތު ބޮޑުކޮށް މޮޅުވެ ޔުނައިޓެޑާއި ޓޮޓެންހަމް ޔޫރޮޕާ ލީގްގެ ފައިނަލަށް

ޔުއެފާ ޔޫރޮޕާ ލީގުގެ ފައިނަލުން މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ޖާގަ ހޯދައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި ޔުނައިޓެޑުން އެތުލެޓިކް ބިލްބާއޯގެ މައްޗަށް ކުރިހޯދީ ފަހަތުން އަރައި 4-1 ގެ ނަތީޖާ އިންނެވެ. ޔުނައިޓެޑުން ފުރަތަމަ ލެގުގައި، މިދިޔަ ހަފްތާގައި އެތުލެޓިކްގެ މައްޗަށް ކުރިހޯދީ 3-0 ގެ ނަތީޖާ އަކުންނެވެ. ވުމާއިއެކު ޔުނައިޓެޑަށް ފައިނަލުން ޖާގަ ލިބިފައިވަނީ 7-1 ގެ އެގްރިގޭޓް ނަތީޖާއިންނެވެ. ޔޫރޮޕާ ލީގު ކާމިޔާބު ކުރާ ޓީމަކަށް އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުން ފުރުސަތު ލިބޭނެއެވެ. […]

އިބްރާހިމް ޚަލީލް
އާސެނަލް ކަޓުވާލައި ޕީއެސްޖީ ފައިނަލަށް

އާސެނަލް ކަޓުވާލައި ޕީއެސްޖީ ފައިނަލަށް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ދެވަނަ ލެގުގެ މެޗު ވެސް ކާމިޔާބުކޮށް ޕީއެސްޖީން މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ. މި ދެ ޓީމް ބައްދަލުކުރި ސެމީ ފައިނަލުގެ ފުރަތަމަ ލެގުގެ މެޗު ކުރީ ހަފްތާގައި ކުޅުނީ އާސެނަލްގެ ދަނޑުގައެވެ. އެ މެޗު ޕީއެސްޖީ ކާމިޔާބުކުރީ 1-0 ގެ ނަތީޖާއިންނެވެ. ދެވަނަ ލެގުގެ މެޗު ރޭ ޕީއެސްޖީގެ ދަނޑުގައި ކުޅެފައިވާއިރު، ރޭ މެޗު ޕީއެސްޖީން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއިންނެވެ. ޕީއެސްޖީއަށް ފައިނަލުން ޖާގަ ލިބިފައިވަނީ 3-1 […]

އިބްރާހިމް ޚަލީލް
ފަހުވަގުތު ބާސާ ރޮއްވާލުމަށް ފަހު އިންޓަ ފައިނަލަށް

ފަހުވަގުތު ބާސާ ރޮއްވާލުމަށް ފަހު އިންޓަ ފައިނަލަށް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ދެވަނަ ލެގުގެ މެޗުގައި ހިތްދަތިގޮތަކަށް ބާސެލޯނާ ބަލިކޮށް އިންޓަ މިލާނުން ފައިނަލުން ޖާގަ ކަށަވަރު ކޮށްފިއެވެ. މިދިޔަ ހަފްތާގައި ސެމީ ފައިނަލުގެ ފުރަތަމަ ލެގުގެ މެޗު ކުޅުނީ ބާސާގެ ދަނޑުގައެވެ. އެ މެޗު ނިމުނީ 3-3 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. ރޭ އިންޓަ ދަނޑުގައި ކުޅުނު ދެވަނަ ލެގުގެ މެޗު އިންޓައިން ކާމިޔާބުކުރީ 4-3 ގެ ނަތީޖާއިންނެވެ. އިންޓައަށް ސެމީން ޖާގަ ލިބިފައިވަނީ 7-6 ގެ […]

އިބްރާހިމް ޚަލީލް
އެމްބާޕޭގެ ލަނޑުތަކުން މޮޅުވެ ރެއާލުން ފަރަގު ކުޑަކޮށްފި

އެމްބާޕޭގެ ލަނޑުތަކުން މޮޅުވެ ރެއާލުން ފަރަގު ކުޑަކޮށްފި

ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި ސެލްޓަ ވީ ގޯ ބައްދަލުކުރި މެޗު ކާމިޔާބުކޮށް، ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް ބާސެލޯނާއާއި އޮތް ފަރަގު ރެއާލުން ކުޑަކޮށްފިއެވެ. ރޭ އަމިއްލަ ދަނޑުގައި ރެއާލުން ސެލްޓަ ބަލިކޮށްފައި ވަނީ 3-2 ގެ ނަތީޖާއިންނެވެ. މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި ބާސާ އޮތީ 34 މެޗުން 79 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނާގައި ރެއާލް އޮތީ 34 މެޗުން 75 ޕޮއިންޓް ހޯދައިގެންނެވެ. ދެ ޓީމްގެ ދެމެދު ހަތަރު ޕޮއިންޓްގެ ފަރަގެއް […]

އިބްރާހިމް ޚަލީލް
ބަޔާނުން ލީގު ކާމިޔާބުކޮށްފި، މިއީ ކޭން އަށް ކެރިއާގައި ހޯދުނު ފުރަތަމަ ތަށި

ބަޔާނުން ލީގު ކާމިޔާބުކޮށްފި، މިއީ ކޭން އަށް ކެރިއާގައި ހޯދުނު ފުރަތަމަ ތަށި

ޖަރުމަނު ލީގުގެ ޗެމްޕިއަންކަން ބަޔާން މިއުނިކުން ކަށަވަރުކޮށްފިއެވެ. ބަޔާނަށް ލީގުގެ ޗެމްޕިއަންކަން ކަށަވަރުވެފައި މިވަނީ، ޕޮއިންޓް ތާވަލުގެ ދެވަނާގައި އޮތް ބަޔާން ލެވަކޫސަންއާއި ފްރެއިބާގް ރޭ ބައްދަލުކުރި މެޗު (2-2) އެއްވަރުވެ، ލެވަކޫސަންއަށް ދެ ޕޮއިންޓް ގެއްލުމާއި ގުޅިގެންނެވެ. ހޮނިހިރު ދުވަހުގެ ރޭ ބަޔާން މިއުނިކާއި އާރުބީ ލައިޕްޒިގް ބައްދަލުކުރި މެޗު ކާމިޔާބު ކޮށްގެން ވެސް ލީގު ޗެމްޕިއަންކަން ކަށަވަރު ކުރުމުގެ ފުރުސަތު ބަޔާނަށް އޮތެވެ. ނަމަވެސް އެ މެޗުން ބަޔާން މޮޅުވާން ދަނިކޮށް މެޗުގެ ފުރިހަ...

އިބްރާހިމް ޚަލީލް
ފުލުގައި އޮތް ވަޔަޑޮލިޑް ބަލިކޮށް ބާސާއިން ލީޑު ފުޅާކޮށްފި

ފުލުގައި އޮތް ވަޔަޑޮލިޑް ބަލިކޮށް ބާސާއިން ލީޑު ފުޅާކޮށްފި

ސްޕެނިޝް ލީގުގެ ޕޮއިންޓް ތާވަލުގެ ފުލުގައި އޮތް ރެއާލް ވަޔަޑޮލިޑް 2-1 ގެ ނަތީޖާއިން ބަލިކޮށް ބާސެލޯނާއިން ޕޮއިންޓް ތާވަލުގެ އެއްވަނާގައި ހަތް ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ. ޕޮއިންޓް ތާވަލުގެ އެއްވަނާގައި ބާސާއޮތީ 34 މެޗުން 79 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނާގައި އޮތް ރެއާލަށް 33 މެޗުން ލިބިފައި ވަނީ 72 ޕޮއިންޓެވެ. މިރޭ ރެއާލުން އަމިއްލަ ދަނޑުގައި ނުކުންނާނީ ސެލްޓަ ވީގޯއާއި ދެކޮޅަށެވެ. އެ މެޗު ކާމިޔާބު ކޮށްގެން ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް ބާސާއާއި […]

އިބްރާހިމް ޚަލީލް
ބޯންމައުތު އަތުން ބަލިވެ އާސެނަލް ޕްރެޝަރާއި ދިމާލަށް

ބޯންމައުތު އަތުން ބަލިވެ އާސެނަލް ޕްރެޝަރާއި ދިމާލަށް

އިނިގިރޭސި ޕްރިމިއާ ލީގުގައި ރޭ ބޯންމައުތުގެ އަތްދަށުވެ ގެއްލުނު ތިން ޕޮއިންޓާއިއެކު އާސެނަލަށް ޕޮއިންޓް ތާވަލުގެ ދެވަނާގައި ޕްރެޝަރާއި ކުރިމަތިލާން ޖެހިއްޖެއެވެ. އާސެނަލްގެ ދަނޑުގައި ރޭ ކުޅުން މެޗު ބޯންމައުތުން ކާމިޔާބު ކޮށްފައި ވަނީ އާސެނަލުން ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުން އަރާ ދެލަނޑު (2-1) ޖަހައިގެންނެވެ. ލިވަޕޫލުން ލީގު ޗެމްޕިއަނަކަން ކަށަވަރު ކޮށްފައިވާއިރު، ދެވަނާގައި އާސެނަލް އޮތީ 35 މެޗުން 67 ޕޮއިންޓް ހޯދައިގެންނެވެ. ތިންވަނާގައި ސިޓީ އޮތީ 35 މެޗުން 64 ޕޮއިންޓް ހޯދައިގެންނެވެ. ތިންވ...

އިބްރާހިމް ޚަލީލް
ވުލްވްސް ބަލިކޮށް ތިންވަނައަށް ޖެހިލައި ސިޓީން ޗެމްޕިއަންސް ލީގުގެ އުންމީދު ބޮޑުކޮށްފި

ވުލްވްސް ބަލިކޮށް ތިންވަނައަށް ޖެހިލައި ސިޓީން ޗެމްޕިއަންސް ލީގުގެ އުންމީދު ބޮޑުކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވުލްވްސް މައްޗަށް ކުރި ހޯދައި ޕޮއިންޓް ތާވަލުގެ ތިންވަނައަށް ޖެހިލައި މެންޗެސްޓާ ސިޓީން ޗެމްޕިއަންސް ލީގުގެ އުންމީދު ބޮޑުކޮށްފިއެވެ. ރޭ އަމިއްލަ ދަނޑުގައި ސިޓީން ވަނީ 1-0 ގެ ނަތީޖާއިން ވުލްވްސް މައްޗަށް ކުރި ހޯދާފައެވެ. ލިވަޕޫލުން ލީގު ޗެމްޕިއަންކަން ކަށަވަރު ކޮށްފައިވާއިރު، ދެވަނާގައި އޮތީ އާސެނަލެވެ. އާސެނަލަށް 34 މެޗުން 67 ޕޮއިންޓް ލިބިފައިވާއިރު ތިންވަނާގައި ސިޓީ އޮތީ 35 މެޗުން 64 ޕޮއިންޓް ހޯދައިގެންނެވެ. ލީގުގެ ޗެމްޕިއަންކަން ކަށަވަރުވެފައިވީ […]

އިބްރާހިމް ޚަލީލް
އިނގިރޭސި ދެ ޓީމުން ޔޫރޮޕާ ލީގުގެ ފައިނަލާއި ގާތަށް ޖެހިލައިފި

އިނގިރޭސި ދެ ޓީމުން ޔޫރޮޕާ ލީގުގެ ފައިނަލާއި ގާތަށް ޖެހިލައިފި

ޔުއެފާ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގެ މެޗުތައް ފަސޭހަކަމާއިއެކު ކާމިޔާބުކޮށް، އިނގިރޭސި ޕްރިމިއާ ލީގަށް ނިސްބަތްވާ ދެ ޓީމްކަމަށްވާ ޓޮޓެންހަމްއާއި މެންޗެސްޓާ ޔުނައިޓެޑުން ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ރޭ ޔުނައިޓެޑުން ވަނީ ރަށުން ބޭރުގައި 3-0 ގެ ނަތީޖާއިން އެތުލެޓިކް ބިލްބާއޯ ބަލިކޮށްފައެވެ. މި މެޗުގައި ފެނިގެންދިޔަ ތިން ލަނޑު ވެސް ޖަހާފައިވަނީ ފުރަތަމަ ހާފުގައެވެ. ފުރަތަމަ ލަނޑު 30 ވަނަ މިނެޓުގައި ޖަހައިދިނީ ކަސެމީރޯއެވެ. ޔުނައިޓެޑްގެ ދެވަނަ ލަނޑު 37 ވަނަ މިނެޓުގައި […]

އިބްރާހިމް ޚަލީލް