މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ކުޅިވަރު

2,740 ޝާއިޢުކުރެވިފައިވާ ލިޔުން

ކުޅިވަރު - 48 ވަނަ ޞަފްޙާ

އަހަރުތަކުގެ ހަމަނުޖެހުންތަކަށްފަހު ކޮންގޯއާއި ރުވާންޑާއިން އެއްބަސްވުމަކަށް

އަހަރުތަކުގެ ހަމަނުޖެހުންތަކަށްފަހު ކޮންގޯއާއި ރުވާންޑާއިން އެއްބަސްވުމަކަށް

އަހަރުތަކުގެ ހަމަނުޖެހުންތަކަށްފަހު ޑިމޮކްރަޓިކް ރިޕަލްކް އޮފް ކޮންގޯއާއި ރުވާންޑާއިން ހަމަޖެހުމުގެ އެއްބަސްވުމަކަށް އައިސްފިއެވެ. މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ އެމެރިކާގައި އިއްޔެއެވެ. އެމެރިކާ އަދި ޤަތަރު މެދުވެރިއެއްގެ ގޮތުގައި އޮވެ ވެވުނު މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ ކޮންގޯ އާއި ރުވާންޑާގެ ޚާރިޖީ ވަޒީރުންނެވެ. މި އެއްބަސްވުމުގެ ދަށުން އިގްތިސާދީގޮތުން ގުޅުން ބަދަހިކުރުމުގެ ފްރޭމްވޯކެއް 90 ދުވަހުގެ ތެރޭގައި ހަދާނެއެވެ. އަދި ދެ ޤައުމު ގުޅިގެން ސެކިއުރިޓީ ދާއިރާއިން މަސައްކަތް...

އަޙްމަދު ވަހީދު
ރޮނާލްޑޯ، އަލް ނަސްރުގައި އިތުރު ދެ އަހަރު މަޑުކުރަން ނިންމައިފި

ރޮނާލްޑޯ، އަލް ނަސްރުގައި އިތުރު ދެ އަހަރު މަޑުކުރަން ނިންމައިފި

ސައުދީ ޕްރޮފެޝަނަލް ލީގުގެ އަލް ނަސްރަށް މިހާރު ވެސް ކުޅެމުން އަންނަ، އަލް ނަސްރާއި ޕޯޗުގަލްގެ ކެޕްޓަން ކުރިސްޓިއާނޯ ރޮނާލްޑޯ، އިތުރު ދެ އަހަރު ދުވަހު އެ ޓީމުގައި މަޑުކުރަން ނިންމައި އެއްބަސްވުން އައުކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން 2027 ވަނަ ސީޒަންގެ ނިޔަލަށް އޭނާ އަލް ނަސްރުގައި މަޑުކުރާނެއެވެ. ރޮނާލްޑޯ އަލް ނަސްރާއި ގުޅިފައިވަނީ 2022 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑް ދޫކޮށްލުމަށް ފަހުއެވެ. އަންނަ ޖުލައިމަހުގެ ނިޔަލަށް ރޮނާލްޑޯ މިހާރު އަލް ނަސްރާއިއެކު ހަދާފައިވާ […]

އިބްރާހިމް ޚަލީލް
އިންޓަ މިލާނާއި ޑޯޓްމަންޑް ދެވަނަ ބުރަށް

އިންޓަ މިލާނާއި ޑޯޓްމަންޑް ދެވަނަ ބުރަށް

ފީފާ ކްލަބް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ރޭ އިންޓަ މިލާނާއި ބްރޫޝިއާ ޑޯޓްމަންޑުން ކުޅުނު މެޗުތައް ކާމިޔާބުކޮށް މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ. ގްރޫޕް އީގައި އިންޓަ މިލާނާއި ރިވަޕްލޭޓް ބައްދަލުކުރި މެޗު 2-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ އިންޓަ މިލާނުންނެވެ. މި މެޗަށް ނުކުތްއިރު، މެޗު ކާމިޔާބު ކޮށްގެން ދެވަނަ ބުރުން ޖާގައެއް ކަށަވަރު ކުރުމުގެ ފުރުސަތު ދެ ޓީމަށް ވެސް އޮތީ ފަހިކޮށެވެ. ވާދަވެރިކަން ބޮޑުކޮށް ފެނުނު މި […]

އިބްރާހިމް ޚަލީލް
ފްލެމިންގޯ އާއި ޗެލްސީ ދެވަނަ ބުރަށް

ފްލެމިންގޯ އާއި ޗެލްސީ ދެވަނަ ބުރަށް

ފީފާ ކްލަބް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުން ފްލެމިންގޯއާއި ޗެލްސީ ޖާގަ ހޯދައިފިއެވެ. ގްރޫޕް ޑީގައި މިއަދު ހެނދުނު ތޫނިސްއާއި ޗެލްސީ ބައްދަލުކުރި މެޗު 3-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ޗެލްސީއެވެ. މި ގްރޫޕްގައި ފްލެމިންގޯއާއި ލޮސް އެންޖެލަސް ކުޅުނު މެޗު ނިމުނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރުވެގެންނެވެ. މި ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ދެވަނަ ބުރުން ޖާގަ ހޯދީ ފްލެމިންގޯއެވެ. އެއީ ތިން މެޗުން ހަތް […]

އިބްރާހިމް ޚަލީލް
ބަޔާން ބަލިކޮށް ބެންފީކާއިން އެއްވަނަ ޓީމްގެ ގޮތުގައި ދެވަނަ ބުރަށް

ބަޔާން ބަލިކޮށް ބެންފީކާއިން އެއްވަނަ ޓީމްގެ ގޮތުގައި ދެވަނަ ބުރަށް

ފީފާ ކްލަބް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސީގެ ރޭ ބަޔާން މިއުނިކާއި ބެންފީކާ ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބުކޮށް ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ބެންފީކާ ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ. ރޭ މެޗަށް ބަޔާން ނުކުއިތް އިރު ވެސް އެ ޓީމަށް އޮތީ ދެވަނަ ބުރު ކަށަވަރުވެފައެވެ. ވުމާއިއެކު ރޭ މެޗަށް ބަޔާނުން ނުކުމެފައިވަނީ ބައެއް މުހިންމު ކުޅުންތެރިން ފުރަތަމަ އެގާރާގައި ނުހިމަނައެވެ. މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ […]

އިބްރާހިމް ޚަލީލް
އެތުލެޓިކޯ މެޑްރިޑް ކަޓައިފި، ޕީއެސްޖީއާއި ބޮޓަފޮގޯ ދެވަނަ ބުރަށް

އެތުލެޓިކޯ މެޑްރިޑް ކަޓައިފި، ޕީއެސްޖީއާއި ބޮޓަފޮގޯ ދެވަނަ ބުރަށް

ފީފާ ކްލަބް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުން އެތުލެޓިކޯ މެޑްރިޑް ކެޓިއިރު، ފްރާންސްގެ ޕީއެސްޖީ ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ. ރޭ ގްރޫޕް ބީގައި ޕީއެސްޖީން ވަނީ އެމެރިކާގެ ސައުންޑާސް 2-0 ގެ ނަތީޖާއިން ބަލިކޮށްފައެވެ. މި މެޗުން ޕީއެސްޖީ މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ޖުމްލަ ހަ ޕޮއިންޓާއެކު އެއްވަނަ މަގާމް ލިބިފަ އެވެ. މި މެޗުން ބަލިވި ސައުންޑާސް އަށް ތިން މެޗުން ޕޮއިންޓެއް ލިބިފައިނުވާއިރު އެ […]

އިބްރާހިމް ޚަލީލް
ދިހަ ކުޅުންތެރިންނާއިއެކު ކުޅެ ރެއާލުން ޕަޗޫކާ ބަލިކޮށް ފުރަތަމަ މޮޅު ހޯދައިފި

ދިހަ ކުޅުންތެރިންނާއިއެކު ކުޅެ ރެއާލުން ޕަޗޫކާ ބަލިކޮށް ފުރަތަމަ މޮޅު ހޯދައިފި

ފީފާ ކްލަބް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެޗްގައި ރޭ ރެއާލް މެޑްރިޑާއި މެކްސިކޯގެ ޕަޗޫކާ ބައްދަލުކުރި މެޗު، 3-1 ގެ ނަތީޖާއިން ރެއާލުން ކާމިޔާބު ކޮށްފިއެވެ. މިއީ މި މުބާރާތުގައި ރެއާލުން ކުޅުނު ދެވަނަ މެޗެވެ. މިއީ އެ ޓީމަށް މުބާރާތުގައި ހޯދުނު ފުރަތަމަ މޮޅެވެ. އެ ޓީމުން މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ އެފްރިކާގެ ޗެމްޕިއަން އަލް ހިލާލް އާއެވެ. އެ މެޗު ނިމުނީ 1-1 ގެ ނަތީޖާއިން ދެ […]

އިބްރާހިމް ޚަލީލް
ޖަޕާންގެ އުރުވާ ރެޑްސް އަތުން އިންޓަ ސަލާމަތްވީ ހަމަ ކިރިޔާ

ޖަޕާންގެ އުރުވާ ރެޑްސް އަތުން އިންޓަ ސަލާމަތްވީ ހަމަ ކިރިޔާ

ފީފާ ކްލަބް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އީ ގައި ރޭ ޖަޕާންގެ އުރުވާ ރެޑްސްއާއި އިންޓަ މިލާން ބައްދަލުކުރި މެޗުގައި، އުރުވާއިން ލަނޑެއްޖަހައި ލީޑުނަގާފައި ވަނިކޮށް ފަހަތުން އަރާ ދެ ލަނޑު ޖަހައިގެން (2-1) އިންޓައިން މެޗު ކާމިޔާބު ކޮށްފިއެވެ. މުބާރާތުގައި ފުރަތަމަ ކުޅުނު މެޗުން އިންޓަ އެއްވަރުވެފައި އޮތުމުން، މުބާރާތުގެ ދެވަނަ ބުރަށް ކޮލިފައިވުމަށް ރޭ މެޗުގެ ތިން ޕޮއިންޓް އިންޓައަށް އޮތީ ވަރަށް މުހިންމުވެފައެވެ. ރޭ މެޗު ފަށައިގެން އުރުވާގެ ފަރާތުން […]

އިބްރާހިމް ޚަލީލް
24 އަހަރަށް ފަހު ރެއާލް އޮވިއޭޑޯ ސްޕެނިޝް ލީގަށް

24 އަހަރަށް ފަހު ރެއާލް އޮވިއޭޑޯ ސްޕެނިޝް ލީގަށް

24 އަހަރަށް ފަހު ރެއާލް އޮވިއޭޑޯ ސްޕެނިޝް ލަލީގާއަށް ކޮލިފައިވެއްޖެއެވެ. ޕްލޭއޮފް ފައިނަލުގައި ރޭ އޮވިއޭޑޯއާއި މިރަންޑެސް ބައްދަލުކުރި މެޗު، އޮވިއޭޑޯއިން ކާމިޔާބު ކޮށްފައި ވަނީ މިރަންޑެސް އިން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރާ ތިން ލަނޑު (3-1) ޖަހައިގެންނެވެ. ޕްލޭއޮފް ސެމީ ފައިނަލާއި، ޕްލޭއޮފް ފައިނަލުގައި އޮވިއޭޑޯ ޓީމުގައި އެންމެ ބޮޑު ތަފާތެއް ދައްކާފައި ވަނީ މިހާރު އުމުރުން 40 އަހަރު ފުރިފައިވާ ކުރީގެ ސްޕެއިން މިޑްފީލްޑަރ ސަންޓި ކަޒޯލާއެވެ. އޭނާ ވަނީ ސެމީ […]

އިބްރާހިމް ޚަލީލް
ޗެލްސީ ބަލިކޮށް ފްލެމިންގޯ ބަޔާން މިއުނިކާއިއެކު ދެވަނަ ބުރަށް

ޗެލްސީ ބަލިކޮށް ފްލެމިންގޯ ބަޔާން މިއުނިކާއިއެކު ދެވަނަ ބުރަށް

ފީފާ ކްލަބް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުން ބްރެޒިލްގެ ފްލެމިންގޯއާއި ޖަރުމަނުގެ ބަޔާން މިއުނިކް ޖާގަ ހޯދައިފިއެވެ. ރޭ ގްރޫޕް ޑީ ގައި ޗެލްސީއާއި ފްލެމިންގޯ ބައްދަލުކުރި މެޗު 3-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ފްލެމިންގޯއިންނެވެ. ރޭ ހޯދި މޮޅާއިއެކު ފުލެމިންގޯއިން ވަނީ ކުޅުނު ދެ މެޗުން ވެސް މޮޅުވެ ހަ ޕޮއިންޓް ހޯދާފައެވެ. އެއްވަނާގައި އެ ޓީމް އޮތްއިރު ދެވަނާގައި ތިން ޕޮއިންޓް ހޯދައިގެން އޮތީ ޗެލްސީއެވެ. ރޭ މެޗުގައި […]

އިބްރާހިމް ޚަލީލް
އަލް ހިލާލުން ރެއާލް މެޑްރިޑް ހިފަހައްޓައިފި

އަލް ހިލާލުން ރެއާލް މެޑްރިޑް ހިފަހައްޓައިފި

ފީފާ ކްލަބް ވޯލްޑް ކަޕްގެ ގްރޫޕް އެޗްގައި ރޭ ރެއާލް މެޑްރިޑާއި އަލް ހިލާލް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. މި މެޗު އެއްވަރުވެފައި ވަނީ 1-1 ގެ ނަތީޖާއިންނެވެ. ވަރުގަދަ ރޯގާއެއް ޖެހުމުގެ ސަބަބުން ރޭ މެޗަށް ރެއާލުން ނުކުތީ އެ ޓީމްގެ އެންމެ އިތުބާރު ފޯވާޑް ކިލިއަން އެމްބާޕޭ ނުލައެވެ. ރޭ މެޗަކީ ދާދި ފަހުން ރެއާލުގެ ކޯޗުކަމާއި ހަވާލުވި ޒަބީ އެލަންސޯގެ އިރުޝާދުގެ ދަށުން އެ ޓީމުން ކުޅުނު ފުރަތަމަ މެޗެވެ. މެޗުގައި […]

އިބްރާހިމް ޚަލީލް
ކްލަބް ވޯލްޑް ކަޕް ފެށި މެޗުގައި މެސީގެ އިންޓަ މަޔާމީއާއި އަލް އަހްލީ އެއްވަރު

ކްލަބް ވޯލްޑް ކަޕް ފެށި މެޗުގައި މެސީގެ އިންޓަ މަޔާމީއާއި އަލް އަހްލީ އެއްވަރު

ފީފާ ކްލަބް ވޯލްޑް ކަޕް ފެށި މެޗުގައި، އާޖެންޓީނާގެ ތަރި ލައޮނަލް މެސީ ކުޅެމުން އަންނަ އިންޓަ މަޔާމީއާއި އެފްރިކާގެ ޗެމްޕިއަން އަލް އަހްލީ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ރޭ މަޔާމީގެ ހާޑްރޮކް ސްޓޭޑިއަމްގައި ކުޅުނު މި މެޗު އެއްވަރުވެފައި ވަނީ 0-0 ގެ ނަތީޖާއިންނެވެ. ފީފާއިން އިންތިޒާމް ކޮށްގެން މުޅިން އައު ފޯމެޓަކަށް ކުރިއަށް ގެންދާ ކްލަބް ވޯލްޑް ކަޕުގައި ޖުމްލަ 32 ޓީމް އަންނަނީ ވާދަކުރެއެވެ. ރޭ މެޗުގެ ފުރަތަމަ ހާފުގައި އަލް އަހްލީގެ […]

އިބްރާހިމް ޚަލީލް
ރެއާލަށް ބަދަލުވެވުނީތީ އާނޯލްޑް ހުރީ އުފަލުން

ރެއާލަށް ބަދަލުވެވުނީތީ އާނޯލްޑް ހުރީ އުފަލުން

ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކްލަބް ކަމަށްވާ ރެއާލް މެޑްރިޑަށް ކުޅުމުގެ ފުރުސަތު ލިބުމަކީ ކޮންމެ ކޮންމެ އިރަކު ވާނެކަމެއް ނޫން ކަމަށާއި، ރެއާލަށް ބަދަލުވެވުނީތީ ވަރަށް އުފަލުން ހުރިކަމުގައި ލިވަޕޫލް ދޫކޮށް ރެއާލަށް ބަދަލުވި އިންގްލެންޑްގެ ފުލްބެކް ޓްރެންޓް އަލެކްސަންޑަ އާނޯލްޑް ބުނެފިއެވެ. އުމުރުން 26 އަހަރުގެ އާނޯލްޑް ރަސްމީކޮށް ރެއާލްގެ ކުޅުންތެރިއެއްގެ ގޮތުގައި ދައްކާލާފައި ވަނީ އިއްޔެއެވެ. އޭނާ ރެއާލްގައި ބޭނުންކުރާނީ 12 ނަންބަރު ޖޯޒީއެވެ. ލިވަޕޫލްގައި އޭނާ ބޭނުން ކޮށްފައި ވަނީ 66 […]

އިބްރާހިމް ޚަލީލް
އެފްއޭއެމް އާއި އެކު، ކްލަބްތަކުގެ ފައިސާ ވެސް ހިޔާނާތްތެރި ވެރިންގެ ޖީބަށް!

އެފްއޭއެމް އާއި އެކު، ކްލަބްތަކުގެ ފައިސާ ވެސް ހިޔާނާތްތެރި ވެރިންގެ ޖީބަށް!

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކްލަބުތަކަށް ސަބްސިޑީގެ ގޮތުގައި ދޫކުރި ފައިސާއަށް އެ ކްލަބްތަކުގެ ވެރިން ހިޔާނާތްތެރިވެފައިވާ މައްސަލަތަކެއް ތަހުގީގު ކުރަމުންދާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ހާމަކޮށްފިއެވެ. ފުލުހުން ހާމަކުރި ގޮތުގައި، އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ހިއްސާ އޮންނަ ކުންފުންޏަކަށާއި، އެފްއޭއެމްގައި އޭރު މަސައްކަތްކުރި މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް އެފްއޭއެމްގެ ފައިސާ ޖަމާކޮށް، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަ...

އަލީ އާދިލް
ޕެނަލްޓީގައި ސްޕެއިން ބަލިކޮށް ޕޯޗުގަލުން ޔުއެފާ ނޭޝަންސް ލީގު ކާމިޔާބުކޮށްފި

ޕެނަލްޓީގައި ސްޕެއިން ބަލިކޮށް ޕޯޗުގަލުން ޔުއެފާ ނޭޝަންސް ލީގު ކާމިޔާބުކޮށްފި

ޔުއެފާ ނޭޝަންސް ލީގުގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިން ބަލިކޮށް، ޕޯޗުގަލުން މުބާރާތް ކާމިޔާބު ކޮށްފިއެވެ. ރޭ ޖަރުމަނުގެ ބަޔާން މިއުނިކްގެ ސްޓޭޑިއަމް ކަމަށްވާ އެލިއަންޒް އެރީނާގައި ކުޅުނު ފައިނަލު މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ދެހާފު ކުޅެ ނިމުނު އިރުވެސް މެޗުގެ ނަތީޖާ އޮތީ 2-2 އިން އެއްވަރުވެފައެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ޕޯޗުގަލުން ކުރި ހޯދީ 5-3 ގެ ނަތީޖާއިންނެވެ. މިއީ ޕޯޗުގަލް މި މުބާރާތް ކާމިޔާބުކުރި […]

އިބްރާހިމް ޚަލީލް