ޕެނަލްޓީގައި ލިވަޕޫލް ބަލިކޮށް ޕެލަސް އިން ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކޮށްފި
ޕެނަލްޓީގައި ލިވަޕޫލް ބަލިކޮށް ކްރިސްޓަލް ޕެލަސް އިން ފުރަތަމަ ފަހަރަށް ކޮމިއުނިޓީ ޝީލްޑް ކާމިޔާބު ކޮށްފިއެވެ. އިނގިރޭސި ކޮމިއުނިޓީ ޝީލްޑް މެޗަކީ، އިނގިރޭސި ފުޓްބޯޅަ ސީޒަން ފެށުމުގެ ގޮތުން ފާއިތުވި އަހަރުގެ ލީގު ޗެމްޕިއަނާއި އެފްއޭކަޕް ޗެމްޕިއަނުން ބައްދަލުކުރާ މެޗެކެވެ. މިދިޔަ ސީޒަންގައި ޕްރިމިއާ ލީގު ކާމިޔާބު ކުރީ ލިވަޕޫލުންނެވެ. ޕެލަސް އެފްއޭ ކަޕް ކާމިޔާބުކުރީ ފައިނަލުގައި މެންޗެސްޓާ ސިޓީ ބަލިކޮށްގެނެވެ. ރޭ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފުރިހަމަ ވަގުތު ހަމަވިއިރު އޮތީ 2-2 […]