ހައިރާންކުރުވާ ގޮތަކަށް ތަށި ލިބުމުން ގުއެޔެ ބުނީ ﷲ ހުރިހާކަމެއް ބައްލަވާވޮޑިގެންވާ ކަމަށް!
އެފްރިކާ ކަޕް އޮފް ނޭޝަންސް (އެފްކޯން) ފައިނަލްގެ ފަހު ވަގުތުކޮޅުގައި ސެނެގާލާ ދެކޮޅަށް ދިން ޕެނަލްޓީއަކާ ގުޅިގެން، އެ ޓީމުން މެޗު ދޫކޮށްލުމުގެ ތުންފަތްމައްޗަށް ދިޔަ ކަމަށް ސެނެގާލްގެ މިޑްފީލްޑަރު އިދްރީސާ ގަނާ ގުއެޔެ ހާމަކޮށްފިއެވެ. މި ނިންމުމުގެ ސަބަބުން ސެނެގާލްގެ ކޭމްޕުގައި ބޮޑު ނުރުހުމަކާއި ހައިރާންކަމެއް އުފެދިގެން ދިޔައެވެ. ސެނެގާލްގެ އޭރިއާ ތެރޭގައި ހިނގި ހާދިސާއަކާ ގުޅިގެން ދިން މި ފައުލަކީ ބޭއިންސާފު ނިންމުމެއް ކަމަށް ކުޅުންތެރިން ގަބޫލުކުރިއެވެ. މީގެ ސަބަބުން އެފްރިކާގެ ފުޓްބޯޅައިގެ އ...