މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ކުޅިވަރު

2,739 ޝާއިޢުކުރެވިފައިވާ ލިޔުން

ކުޅިވަރު - 39 ވަނަ ޞަފްޙާ

މަނަދޫ ބަލިކޮށް އޭދަފުށި ތާވަލުގެ ދެވަނަ އަށް

މަނަދޫ ބަލިކޮށް އޭދަފުށި ތާވަލުގެ ދެވަނަ އަށް

ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގުގައި އިއްޔެ 5-0 އިން މަނަދޫ ބަލިކޮށް އޭދަފުށި ތާވަލުގެ ދެވަނަ އަށް ޖެހިލައިފިއެވެ. 16 މެއިގައި ހަނިމާދޫ 2-1 އިން ބަލިކުރުމުން ދިއްދޫ އަށް އޮތީ ލީގު ކަށަވަރުވެފައެވެ. ދިއްދޫ އަށް ލީގު ކަށަވަރުވިއިރު، އިއްޔެ އޭދަފުށި މެޗަށް ނުކުތްއިރު އެޓީމު އޮތީ ގޯލުގެ ތަފާތުން ތާވަލުގެ ތިން ވަނާގައެވެ. އިއްޔެގެ މެޗާއި ހަމައަށް އޭދަފުއްޓާއި ހަނިމާދޫ އަށް ވެސް ކޮންމެ ޓީމަކަށް ލިބިފައި އޮތީ ހަ ޕޮއިންޓެވެ. […]

އަޙްމަދު ވަހީދު
ހަނިމާދޫ، އޭދަފުއްޓާއި ދެކޮޅަށް ނުކުންނަ އިރު މޯޑު ''ވާނުވާ ސަސްޕެންޝަން''އެއްގައި ހުރުމުން ކަންބޮޑުވުން

ހަނިމާދޫ، އޭދަފުއްޓާއި ދެކޮޅަށް ނުކުންނަ އިރު މޯޑު ''ވާނުވާ ސަސްޕެންޝަން''އެއްގައި ހުރުމުން ކަންބޮޑުވުން

ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގު ހަތް ވަނަ މެޗުގައި ހަނިމާދޫ މިއަދު އޭދަފުއްޓާ ދެކޮޅަށް ނުކުންނައިރު، ހަނިމާދޫ ޓީމުގެ ކެޕްޓަން މުހައްމަދު ހަސަން ”ވާނުވާ ސަސްޕެންޝަން”ގައި ހުރުމަކީ ކަންބޮޑުވުމެއްކަމަށް ޓީމް ހަނިމާދޫ އިން ބުނެފިއެވެ. ޓީމް ހަނިމާދޫގެ އޮފިޝަލަކު ”ތިލަދުން” އަށް ބުނީ ހަނިމާދޫ ޓީމު މިއަދުގެ މެޗަށް ތައްޔާރުވެފައިވާ ކަމަށާއި، ނަމަވެސް ޓީމުގެ ކެޕްޓަން މުހައްމަދު ހަސަން (މޯޑު) ސަސްޕެންޝަންގައި ހުރުމަކީ ޓީމަށް ލިބޭނެ އުނިކަމެއް ކަމަށެވެ. ނަމަވެސް މޯޑު ނެތްތަން ފޫބައްދައި […]

ޔުމްނާ ޢަލީ
ޔަމާލް ލަލީގާ ކާމިޔާބުކުރުމުގެ އުފާފާޅުކުރީ ފަލަސްތީނުގެ ދިދަ ހޫރުވަމުން

ޔަމާލް ލަލީގާ ކާމިޔާބުކުރުމުގެ އުފާފާޅުކުރީ ފަލަސްތީނުގެ ދިދަ ހޫރުވަމުން

އެފްސީ ބާސެލޯނާއިން ލަލީގާގެ ތަށި ކާމިޔާބުކުރުމުގެ އުފާފާޅުކުރުމަށް ހޯމަ ބޭއްވި ހާއްސަ ބަސް ބުރުގެ ތެރޭގައި، އެ ޓީމުގެ ޒުވާން ތަރި ލަމީން ޔަމާލް ފަލަސްތީނުގެ ދިދަ ހޫރުވައިފިއެވެ.  ބާސެލޯނާއިން ލަލީގާ ކާމިޔާބުކުރީ އޭގެ ކުރީ ދުވަހު ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު އެލް ކްލަސިކޯ މެޗު 2-0 އިން ކާމިޔާބުކޮށްގެންނެވެ. އުފާފާޅުކުރުމަށް ބޭއްވި ހާއްސަ ބަސް ބުރުގައި 18 އަހަރުގެ ޔަމާލް ފަލަސްތީނުގެ ދިދަ ހޫރުވަމުންދާ މަންޒަރު ފެންނަ ވީޑިއޯތަކާއި ފޮޓޯތައް ސޯޝަލް މީޑިއާގައި ވަނީ […]

ޔުމްނާ ޢަލީ
ފަހަތުން އަރައި އޭދަފުށި ބަލިކޮށް ހަނިމާދޫ ތާވަލުގެ އެއްވަނަ އަށް

ފަހަތުން އަރައި އޭދަފުށި ބަލިކޮށް ހަނިމާދޫ ތާވަލުގެ އެއްވަނަ އަށް

ރާއްޖޭގެ ފުޓްބޯޅައިގެ އާ އޮނިގަނޑުގެ ދަށުން، ކުރިއަށް އޮތް 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުޅޭ ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގު ފަސް ވަނަ މެޗުގައި ހަނިމާދޫ އިން އޭދަފުށި ބަލިކޮށްފިއެވެ. ތަޖުރިބާކާރު ކޯޗު، އިސްމާއީލް އާސިފް (ކުޑަ ހީނާ)ގެ ބެލުމުގެ ދަށުން  ކުޅުނު އޭދަފުށި ހަނިމާދޫ އަތުން ބަލިވީ 1-2 އިންނެވެ. ހަނިމާދޫގައި ކުޅުނު، މިއަދުގެ މެޗުގައި އޭދަފުށިން ވަނީ މެޗުގެ ދެވަނަ މިނިޓްގައި ލަނޑެއްޖަހައި ލީގު ނަގާފައެވެ. އެއީ އޭދަފުށީގެ […]

ޔުމްނާ ޢަލީ
ސައުދީ ކިންގްސް ކަޕްގެ ޗެމްޕިއަންކަން އަލް ހިލާލުން ހޯދައިފި

ސައުދީ ކިންގްސް ކަޕްގެ ޗެމްޕިއަންކަން އަލް ހިލާލުން ހޯދައިފި

ހުކުރު ދުވަހު ކުޅުނު ސައުދީ ކިންގްސް ކަޕްގެ ފޯރިގަދަ ފައިނަލް މެޗުގައި އަލް ޚުލޫދު 2-1 އިން ބަލިކޮށް، މުބާރާތުގެ ތަށި އަލް ހިލާލުން އުފުލާލައިފިއެވެ. މިއީ އެ ޓީމުގެ ކޯޗު ސިމޯން އިންޒާގީ އެ ކުލަބާ ހަވާލުވި ފަހުން ހޯދި ފުރަތަމަ ކާމިޔާބީއެވެ. މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި އަލް ޚުލޫދުން ވަނީ ލަނޑެއް ޖަހައި ސިއްސުވާލާފައެވެ. އާޖެންޓީނާގެ ފޯވާޑް ރާމީރޯ އެންރީކޭ މި ލަނޑު ކާމިޔާބުކުރީ އަލް ހިލާލްގެ ގޯލްކީޕަރު ޔާސީން ބޫނޫ ކައިރިން […]

ނާޒިމާ އަލީ
ފުޓްސަލް ކުރިއެރުވުމަށް އެފްއޭއެމް އާއި ކްލަބް މޯލްޑިވްސް އިން އެއްބަސްވުމެއް

ފުޓްސަލް ކުރިއެރުވުމަށް އެފްއޭއެމް އާއި ކްލަބް މޯލްޑިވްސް އިން އެއްބަސްވުމެއް

ދިވެހިރާއްޖޭގެ ފުޓްސަލް އިތުރަށް ހަރުދަނާކޮށް، މުޅި ރާއްޖޭގައި ފުޓްސަލްގެ ފެންވަރު މަތިކުރުމަށްޓަކައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ކްލަބް މޯލްޑިވްސް އިން ރަސްމީކޮށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި ޕާޓްނަޝިޕްގެ ދަށުން، ކްލަބް މޯލްޑިވްސް އިން އިންތިޒާމުކުރާ ކްލަބް މޯލްޑިވްސް ކަޕް އަދި 18/30 ފުޓްސަލް ފިއެސްޓާ އަކީ އެފްއޭއެމް އިން ރަސްމީކޮށް ބަލައިގަންނަ (އެންޑޯޒްކުރާ) މުބާރާތްތަކެއްގެ ގޮތުގައި ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން، މިއަހަރުން ފެށިގެން އަތޮޅު ފެންވަރު...

އަލީ އާދިލް
ނޯތު ރީޖަން ލީގު: އޭދަފުށިން މަނަދޫގެ ބަލިކޮށް އުންމީދު އާކޮށްފި

ނޯތު ރީޖަން ލީގު: އޭދަފުށިން މަނަދޫގެ ބަލިކޮށް އުންމީދު އާކޮށްފި

ރާއްޖޭގެ ފުޓްބޯޅައިގެ އާ އޮނިގަނޑުގެ ދަށުން، ކުރިއަށް އޮތް 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުޅޭ ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގު ހަތަރު ވަނަ މެޗުގައި އޭދަފުށިން މަނަދޫ ބަލިކޮށް ތިން ޕޮއިންޓް ކަށަވަރުކޮށްފިއެވެ. މިއަދު ހަވީރު އޭދަފުށީގައި ކުޅުނު މި މެޗު ފުރަތަމަ ހާފުގެ 45 މިނިޓާއި ހަމައަށް ދެ ޓީމުން ކުރެ އެއް ޓީމަކަށް ވެސް ލަނޑެއް ޖެހިފައެއްނުވެއެވެ. ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މި ހާފުގެ 45 ވަނަ […]

ޔުމްނާ ޢަލީ
އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް އަންނަ ހަފްތާގައި ހުޅުވާލަނީ

އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް އަންނަ ހަފްތާގައި ހުޅުވާލަނީ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަލަށް ބާއްވާ ފުޓްސަލް ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުސަތު އަންނަ ހަފްތާގެ ތެރޭގައި ހުޅުވާލާނެ ކަމަށް އެ އިދާރާގެ ރައީސް އަހްމަދު ތޯރިގް މިއަދު އިއުލާނު ކުރައްވައިފިއެވެ. މި މުބާރާތާ ގުޅޭގޮތުން މަހިބަދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރަށްވާ ތޯރިގް ވިދާޅުވީ، މިއީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މުބާރާތެއް ކަމަށެވެ. މި މުބާރާތް ކުރިއަށްދާނީ ކުރިންވެސް އިއުލާނުކޮށްފައިވާ ގޮތަށް، ރާއްޖެ ހަތަރު ސަރަހައްދަކަށް ބަހާލައިގެން ލާމަރުކަޒީ އ...

ޔުމްނާ ޢަލީ
ވޯލްޑް ކަޕް މެޗުތައް ޓީވީއެމް އާއި ޔެސް ޓީވީން ހިލޭ ބަލާލެވޭނެ

ވޯލްޑް ކަޕް މެޗުތައް ޓީވީއެމް އާއި ޔެސް ޓީވީން ހިލޭ ބަލާލެވޭނެ

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕްގެ މެޗުތައް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ފުޓުބޯޅަ ސަޕޯޓަރުންނަށް މީޑިއާނެޓުގެ ނެޓުވޯކް މެދުވެރިކޮށް ހިލޭ ބަލާލެވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ. ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އާއި މީޑިއާނެޓް ގުޅިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، މިއަހަރުގެ ވޯލްޑް ކަޕްގެ ހުރިހާ މެޗެއް ޓީވީއެމް އަދި ޔެސް ޓީވީ މެދުވެރިކޮށް ދިވެހި ރައްޔިތުންނަށް ފެންނާނެއެވެ. މީޑިއާނެޓުގެ ކޭބަލް ޓީވީގެ އިތުރުން، އެ ކުންފުނީގެ މޯބައިލް އެޕްލ...

ޔުމްނާ ޢަލީ
ވޯލްޑް ކަޕުން އީރާނު ބާކީކުރަން އިޓަލީން ދެކޮޅު ހަދައިފި

ވޯލްޑް ކަޕުން އީރާނު ބާކީކުރަން އިޓަލީން ދެކޮޅު ހަދައިފި

2026 ވަނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕްގައި އީރާނުގެ ބަދަލުގައި އިޓަލީ ބައިވެރިކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މަންދޫބަކު ހުށަހެޅި ހުށަހެޅުމަށް އިޓަލީ ސަރުކާރާއި އެގައުމުގެ ކުޅިވަރުގެ އިސް ބޭފުޅުން ރަސްމީކޮށް އިންކާރުކުރައްވައިފިއެވެ. 23 އެޕްރީލް 2026 ގައި އިޓަލީން މިކަމަށް ދެކޮޅު ހަދާފައިވަނީ، ދުނިޔޭގެ ގުޅުންތަކާ ބެހޭ އެމެރިކާގެ ހާއްސަ މަންދޫބު އަދި ރައީސް ޓްރަމްޕްގެ ގާތް އެކުވެރިއެއް ކަމަށްވާ ޕައޮލޯ ޒަމްޕޮލީ މިފަދަ ހުށަހެޅުމެއް ހުށަހަޅާފައި ވަނިކޮށެވެ. ޒަމްޕޮލީ ވަނީ އީރާނުގައި...

ނާޒިމާ އަލީ
އީރާނުގެ ވޯލްޑް ކަޕް ޖާގަ އަތުލައި އިޓަލީއަށް ދިނުމަށް އެމެރިކާއިން މަސައްކަތް ފަށައިފި

އީރާނުގެ ވޯލްޑް ކަޕް ޖާގަ އަތުލައި އިޓަލީއަށް ދިނުމަށް އެމެރިކާއިން މަސައްކަތް ފަށައިފި

އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބޭއްވުމަށް ހަމަޖެހިފައިވާ ކުރިއަށް އޮތް ފީފާ ވޯލްޑް ކަޕުން، ހަނގުރާމައިގެ ހާލަތުގައި އޮތް އީރާނަށް ލިބިފައިވާ ޖާގަ އަތުލައި، އެ ޖާގަ އިޓަލީއަށް ދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްސަ މަންދޫބަކު ފީފާއަށް ގޮވާލައިފިއެވެ. މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅުން ފެށިގެން އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަންތައް ފަށާފައިވާއިރު، މިވަގުތު ސުލްހައިގެ ވާހަކަތަކަށް ފުރުސަތު ދިނުމުގެ ގޮތުން ހަމަލާބަދަލުކުރުން ވަނީ މެދުކަނޑާލާފައެވެ. ރައ...

ނާޒިމާ އަލީ
ވޯލްޑް ކަޕްގައި ބައިވެރިވުމަށް ފުރިހަމައަށް ތައްޔާރު: އީރާން

ވޯލްޑް ކަޕްގައި ބައިވެރިވުމަށް ފުރިހަމައަށް ތައްޔާރު: އީރާން

އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި އެ ގައުމުގެ ގައުމީ ފުޓްބޯޅަ ޓީމު ބައިވެރިވުމަށް، ދައުލަތުގެ މުއައްސަސާތައް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް އީރާނުން ބުނެފިއެވެ. މިކަން ހާމަކުރެއްވީ އީރާނު ސަރުކާރުގެ ތަރުޖަމާނު ފާތިމާ މުހާޖިރާނީ، ބުދަ ދުވަހު ދައުލަތުގެ ބްރޯޑްކާސްޓަރު އައި.އާރު.އައި.ބީ އަށް ދެއްވި ބަޔާނެއްގައެވެ. އައި.އާރު.އައި.ބީ އަށް ދެއްވި ބަޔާނުގައި އީރާން ތަރުޖަމާނު ވިދާޅުވީ، މުބާރާތުގައި ޓީމު ފުރިހަމައަށް ބައިވެރިވުމަށް...

ނާޒިމާ އަލީ
ދެ ޗެމްޕިއަންގެ މެޗުން ނޯތު ރީޖަން ލީގު ކޮލިފަޔާސް މިއަދު ފަށަނީ

ދެ ޗެމްޕިއަންގެ މެޗުން ނޯތު ރީޖަން ލީގު ކޮލިފަޔާސް މިއަދު ފަށަނީ

ރާއްޖޭގެ ފުޓްބޯލައިގެ އާ އޮނިގަނޑުގެ ދަށުން، ކުރިއަށް އޮތް 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުޅޭ ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގުގެ ކޮލިފައިންގެ މެޗުތައް މިއަދު ފަށާނެއެވެ. ނޯތު ރީޖަން ލީގުގެ ކޮލިފައިންގައި މިއަދު ކުޅޭ މެޗުގައި ބައްދަލުކުރާނީ ހއ. އަތޮޅުގެ ޗެމްޕިއަން ދިއްދޫ އާއި ހދ. އަތޮޅުގެ ޗެމްޕިއަން ކުޅުދުއްފުށީ ސިޓީއެވެ. މި ރީޖަންގެ މެޗުތައް ކުޅޭނީ ހއ.ގެ ވެރިރަށް ދިއްދޫގައެވެ. ދިއްދޫ ފުޓްބޯޅަ ދަނޑުގައި މިއަދު ދެ ޗެމްޕިއަންގެ ކުރިމަތިލުން […]

ޔުމްނާ ޢަލީ
އީރާން ''ޔަގީނުން ވެސް'' ވޯލްޑް ކަޕްގައި ކުޅޭނެ: ފީފާގެ ރައީސް

އީރާން ''ޔަގީނުން ވެސް'' ވޯލްޑް ކަޕްގައި ކުޅޭނެ: ފީފާގެ ރައީސް

އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނާއި ދެކޮޅަށް ހަނގުރާމައެއް ކުރަމުންދިޔަ ނަމަވެސް، މި އަހަރުގެ އޮންނަ ވޯލްޑް ކަޕްގައި އީރާން “ޔަގީނުންވެސް” ބައިވެރިވާނެ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ބުދަ ދުވަހު ވިދާޅުވެއްޖެއެވެ. ފެބްރުއަރީ 28 ގައި ފެށުނު މި ހަނގުރާމަ އާއި ގުޅިގެން، އޭޝިއާގެ އެންމެ މޮޅު އެއް ޓީމުގެ ގޮތުގައި 2025 ވަނަ އަހަރުގެ މާރިޗު މަހު ވޯލްޑް ކަޕުން ޖާގަ ހޯދި އީރާނަށް، އެ މުބާރާތުގައި ކުޅުމުގެ ގާބިލުކަމާއި އިޚްތިޔާރު އޮތްތޯ ވަނީ ސުވާލު އުފެދިފައެވެ. […]

ނާޒިމާ އަލީ
އީރާން ވޯލްޑްކަޕްގައި ކުޅޭނެ، އެއީ ވަރަށް ވަރުގަދަ ޓީމަކަށް ވާތީ ވަރަށް އުފާވޭ: އިންފަންޓީނޯ

އީރާން ވޯލްޑްކަޕްގައި ކުޅޭނެ، އެއީ ވަރަށް ވަރުގަދަ ޓީމަކަށް ވާތީ ވަރަށް އުފާވޭ: އިންފަންޓީނޯ

2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕްގައި އީރާނުގެ ގައުމީ ޓީމު ބައިވެރިވާނެކަން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރަސްމީކޮށް ކަށަވަރުކޮށްދެއްވައިފިއެވެ. އިންފަންޓީނޯ ވިދާޅުވީ މުބާރާތުގެ ރަސްމީ ތާވަލާ އެއްގޮތަށް އީރާނުގެ މެޗުތައް އެމެރިކާގައި ކުރިއަށްދާނެ ކަމަށެވެ. ތުރުކީގެ އަންޓަލްޔާގައި ކޮސްޓަރީކާ އަތުން 5-0 އިން އީރާން މޮޅުވި އެކުވެރިކަމުގެ މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން އިންފަންޓީނޯ ވިދާޅުވީ، އީރާން ވޯލްޑް ކަޕްގައި ކުޅޭނެ ކަމަށެވެ. ”އީރާން ވޯލްޑްކަޕްގައި ކުޅޭ...

ނާޒިމާ އަލީ