މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ކުޅިވަރު

2,739 ޝާއިޢުކުރެވިފައިވާ ލިޔުން

ކުޅިވަރު - 37 ވަނަ ޞަފްޙާ

އުރީދޫ "ފުޓުބޯޅަ ފޯރި" ދުލެއްނުކުރާނެ، ގިނަ އޮފާތަކެއް ފަށައި މާދަމާ ކުޑަކުދިންގެ ހަވީރެއް

އުރީދޫ "ފުޓުބޯޅަ ފޯރި" ދުލެއްނުކުރާނެ، ގިނަ އޮފާތަކެއް ފަށައި މާދަމާ ކުޑަކުދިންގެ ހަވީރެއް

ރާއްޖޭގެ އެންމެ މަގުބޫލު މުވާސަލާތީ ކުންފުނި، އުރީދޫ މޯލްޑިވްސްއިން އެ ކުންފުނީގެ މޮބައިލް އަދި ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ޚާއްސަ ގިނަ އޮފާތަކެއް ހިމެނޭހެން “ފުޓުބޯޅަ ފޯރި” ކެމްޕޭނު މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި ކެމްޕޭނުގެ ދަށުން ފުޓުބޯޅައަށް ލޯބިކުރާ ފަރާތްތަކަށް ޚާއްސަ ހަރަކާތްތަކެއް ރޭވިފައިވާއިރު، މާދަމާ ހުޅުމާލޭގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ވެސް ވަނީ ނިންމާފައެވެ. އުރީދޫން ބުނި ގޮތުގައި ފީފާ ވޯލްޑް ކަޕަށް މަރުހަބާ ކިޔުމުގެ ގޮތުން ބާއްވާ މި ކުޑަކުދިންގެ ހަވީރު އޮންނާނީ މާދަމާ...

އަޙްމަދު ވަހީދު
މި ވޯލްޑް ކަޕްގައި މަރުގެ ގްރޫޕަކީ ގްރޫޕް ''އެލް'' ކަމުގައި ވެދާނެ

މި ވޯލްޑް ކަޕްގައި މަރުގެ ގްރޫޕަކީ ގްރޫޕް ''އެލް'' ކަމުގައި ވެދާނެ

އިނގިރޭސިވިލާތް، ކްރޮއޭޝިއާ، ޕެނަމާ އަދި ގާނާ ހިމެނޭ ގްރޫޕް އެލް އަކީ ވޯލްޑް ކަޕްގެ ފުރަތަމަ ބުރުގެ އެންމެ އުނދަގޫ އެއް ގްރޫޕެވެ. 48 ޓީމު ހިމެނޭ ބޮޑު މުބާރާތަކަށް ބަދަލުވުމާއެކު، މަތީ ފަންތީގެ ގިނަ ޓީމުތަކެއް އެއް ގްރޫޕެއްގައި ހިމެނިގެން އުފެދޭ “ގްރޫޕް އޮފް ޑެތް” އެއް އޮތުމުގެ ފުރުސަތު ވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ. ނަމަވެސް، ޖެހިޖެހިގެން ދެ ފަހަރު ޔޫރަޕިއަން ޗެމްޕިއަންޝިޕްގެ ރަނަރަޕްކަން ހޯދި އިނގިރޭސިވިލާތާއި، 2018 ގެ ވޯލްޑް ކަޕް ފައިނަލް އަދި […]

އަޙްމަދު ވަހީދު
ރޮނާލްޑޯ އާއި ޕޯޗުގަލަށް ވޯލްޑް ކަޕްގެ ކާމިޔާބުކުރުމަށް އައު ފުރުސަތެއް، އެއް ގްރޫޕެއްގައި ކޮލަމްބިއާ، އުޒްބެކިސްތާން އަދި ކޮންގޯ

ރޮނާލްޑޯ އާއި ޕޯޗުގަލަށް ވޯލްޑް ކަޕްގެ ކާމިޔާބުކުރުމަށް އައު ފުރުސަތެއް، އެއް ގްރޫޕެއްގައި ކޮލަމްބިއާ، އުޒްބެކިސްތާން އަދި ކޮންގޯ

ވޯލްޑް ކަޕް 2026 މިރޭ ފަށާއި، މި މުބާރާތުގެ ގްރޫޕް ކޭ ގައި ކޮލަމްބިއާ، އުޒްބެކިސްތާން އަދި ކޮންގޯއާ އެކު ވޯލްޑް ކަޕްގެ ކާމިޔާބީ ހޯދުމަށް ރޮނާލްޑޯ އާއި ޕޯޗުގަލްއަށް މި މުބާތްވެގެން ދާނީ ލިބޭ އައު ފުރުސަތަކަށެވެ. މި ފހަރުގެ ވޯލްޑް ކަޕް ވެގެންދާނީ ދުނިޔޭގެ އެންމެ ކާމިޔާބު އެއް ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ފަޚުރުވެރި ކެރިއަރު ނިންމާލުމުގެ ކުރިން ވޯލްޑް ކަޕް ތަށި ހޯދުމަށް ހަގީގަތުގައި ލިބޭނީ އެންމެ ފުރުސަތެކެވެ. ފަސް ފަހަރު […]

އަޙްމަދު ވަހީދު
ވޯލްޑް ކަޕްގެ ވޯމްއަޕް މެޗުގައި ނައިޖީރިއާ އަތުން ޕޯޗުގަލަށް މޮޅެއް، ރޮނާލްޑޯއަށް މާޔޫސް މެޗެއް

ވޯލްޑް ކަޕްގެ ވޯމްއަޕް މެޗުގައި ނައިޖީރިއާ އަތުން ޕޯޗުގަލަށް މޮޅެއް، ރޮނާލްޑޯއަށް މާޔޫސް މެޗެއް

ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު އެކުވެރިކަމުގެ މެޗުގައި ނައިޖީރިއާ އަތުން 2-1 އިން ޕޯޗުގަލް މޮޅުވެއްޖެއެވެ. ނަމަވެސް މި މެޗަކީ އެޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ގިނަ ފުރުސަތުތަކެއް ބޭކާރުވެ، މާޔޫސްކަމާ ކުރިމަތިލާންޖެހުނު މެޗެކެވެ. ލެއިރިއާގައި ބުދަ ދުވަހު ކުޅުނު މި މެޗުގައި، އުމުރުން 41 އަހަރުގެ ރޮނާލްޑޯއަށް ދެ ހާފުގައިވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. ހަމައެކަނި ގޯލްކީޕަރު ބީޓްކޮށްލަން ލިބުނު މި ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ސަބަބުން، ބައިނަލްއަގުވާމީ މައިދާ...

އަޙްމަދު ވަހީދު
އީރާން ބައިވެރިކުރުވުމަކީ ބޮޑު ކާމިޔާބެއް، ޓިކެޓްގެ އަގުތައް ދިފާއުގައި އިންފަންޓީނޯ

އީރާން ބައިވެރިކުރުވުމަކީ ބޮޑު ކާމިޔާބެއް، ޓިކެޓްގެ އަގުތައް ދިފާއުގައި އިންފަންޓީނޯ

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ، ކުރިއަށް އޮތް ވޯލްޑް ކަޕްގެ ޓިކެޓްތަކުގެ އަގުތަކުގެ ދިފާއުގައި ވާހަކަދައްކަވައިފިއެވެ. އޭނާ ވިދާޅުވީ ޓިކެޓް ވިއްކުމުގައި ފީފާއިން ގޯހެއް ހަދާފައިވާނަމަ، އުތުރު އެމެރިކާގައި ޓިކެޓް ވިއްކާ އެންމެންވެސް ހަދަނީ ގޯސް ކަމަށެވެ. 48 ގައުމު ބައިވެރިވާ އަދި 104 މެޗު ކުޅޭ މި މުބާރާތުގެ ގްރޫޕް ސްޓޭޖްގެ ޓިކެޓްތައް 140 ޑޮލަރަށް ލިބެން ހުރި ނަމަވެސް، ނިއުޔޯކްގައި ކުޅޭ ފައިނަލް މެޗުގެ އާދައިގެ ސީޓެއްގެ އަގު ވަނީ 8,680 ޑޮލަރަށް އުފުލިފައެވެ. […]

އަޙްމަދު ވަހީދު
ތަށި ދިފާއުކުރަން ނުކުންނަ އާޖެންޓީނާ ފަސޭހަ ގްރޫޕެއްގައި

ތަށި ދިފާއުކުރަން ނުކުންނަ އާޖެންޓީނާ ފަސޭހަ ގްރޫޕެއްގައި

ތިން ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ އާޖެންޓީނާ، ގްރޫޕް ‘ޖޭ’ ގައި އަލްޖީރިއާ، އޮސްޓްރިއާ އަދި އުރުދުންއާ ދެކޮޅަށް ނުކުންނަނީ އެ ގައުމުން އެންމެ ފަހުގެ ވޯލްޑް ކަޕްގައި އުފުލާލި ތަށި ދިފާއުކުރުމުގެ އަޒުމުގައެވެ. ލިއޮނަލް މެސީ އާއި އާޖެންޓީނާ އުންމީދު ކުރަނީ ފާއިތުވި 60 އަހަރު ތެރޭގައި ޖެހިޖެހިގެން ދެ ފަހަރު ވޯލްޑް ކަޕް ކާމިޔާބުކުރާ ފުރަތަމަ ޓީމަށް ވުމަށެވެ. ގްރޫޕް ‘ޖޭ’ ގައި ހިމެނޭ އެހެން ޓީމުތަކުގެ ވެސް އަމިއްލަ ރޭވުންތަކެއް އެބަހުއްޓެވެ. އަލްޖީރިއާ އާއި […]

އަޙްމަދު ވަހީދު
ގްރޫޕް ''އައި'': އެމްބާޕޭ އާއި ހާލަންޑް އަދި މާނޭގެ ކުރިމަތިލުންތައް ފެންނާނެ ވަރުގަދަ ގްރޫޕެއް

ގްރޫޕް ''އައި'': އެމްބާޕޭ އާއި ހާލަންޑް އަދި މާނޭގެ ކުރިމަތިލުންތައް ފެންނާނެ ވަރުގަދަ ގްރޫޕެއް

ވޯލްޑް ކަޕް 2026 ގްރޫޕް ”އައި” ގައި އެމްބާޕޭގެ ފްރާންސް، ހާލަންޑްގެ ނޯވޭ، ސެނެގާލް އަދި އިރާގާ ދެކޮޅަށް ނުކުންނާނެއެވެ. ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގައި ސެނެގާލާ ދެކޮޅަށް ފްރާންސްގެ ވޯލްޑް ކަޕް ފަށާއިރު، މިއީ 2002 ވަނަ އަހަރު ދެކުނު ކޮރެއާގެ ސޯލްގައި ކުޅުނު ފުރަތަމަ މެޗުގެ ހަނދާންތައް އާކޮށްދޭނެ ކަމެކެވެ. އެ ފަހަރު ‘ލަޔަންސް އޮފް ޓެރަންގާ’ (ސެނެގާލް) އިން ‘ލެ ބްލޫސް’ (ފްރާންސް) ބަލިކުރުމުން، ދަކާރުގެ މަގުތަކުގައި ބޮޑެތި އުފާފާޅުކުރުންތައް ބޭއްވިއެވެ. 1998 […]

އަޙްމަދު ވަހީދު
ސޯމާލިއާގެ މުސްލިމް ރެފްރީ އެނބުރި ގައުމަށް، ''އިރާދަކުރެއްވިއްޔާ ދެން އޮންނަ މުބާރާތެއްގައި ބައިވެރިވާނަން''

ސޯމާލިއާގެ މުސްލިމް ރެފްރީ އެނބުރި ގައުމަށް، ''އިރާދަކުރެއްވިއްޔާ ދެން އޮންނަ މުބާރާތެއްގައި ބައިވެރިވާނަން''

އެމެރިކާއަށް އެތެރެވުމުގެ ހުއްދަ ނުދީ އަނބުރާ ފޮނުވާލި ސޯމާލިއާގެ ވޯލްޑް ކަޕް ރެފްރީ، ސޯމާލިއާގެ ވެރިރަށް މޮގަދިޝޫއަށް ބުދަ ދުވަހު ދިއުމުން، ގިނަ އަދަދެއްގެ ސަޕޯޓަރުންނާއި އޮފިޝަލުން އޭނާއަށް ހޫނު މަރުހަބާ ކިޔައިފިއެވެ. މޮގަދިޝޫގައި ހުރެ އޭނާ ބުނީ ދެން އޮންނަ ވޯލްޑް ކަޕެއްގައި ބައިވެރިވުމަށް އުންމީދުކުރާ ކަމަށާއި، ސޯމާލިއާގެ ޒުވާނުން އެމީހުންގެ ގައުމާމެދު ފަހުރުވެރިވުމަށް ބާރުއަޅާ ކަމަށެވެ. މުސްލިމެއްކަމަށްވާ އުމަރު އަރްތާން އަކީ ފީފާގެ ވޯލްޑް ކަޕް ރެފްރީންގެ ފައިނަލް ލިސްޓުގައި ހިމެނި، ވޯލްޑް ކ...

އަޙްމަދު ވަހީދު
އީރާން ސަޕޯޓަރުންނަށް ދޫކުރި ޓިކެޓްތައް ފީފާއިން ކެންސަލްކޮށްފި

އީރާން ސަޕޯޓަރުންނަށް ދޫކުރި ޓިކެޓްތައް ފީފާއިން ކެންސަލްކޮށްފި

އެމެރިކާގައި ބާއްވާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި އީރާން ކުޅޭ ތިން މެޗަށް އެ ގައުމުގެ ސަޕޯޓަރުންނަށް ކަނޑައަޅާފައިވާ ޓިކެޓް އެލޮކޭޝަން ފީފާއިން ބާތިލްކޮށްފައިވާ ކަމަށް އީރާނުގެ ފުޓްބޯޅަ ފެޑެރޭޝަނުން އަންގާރަ ދުވަހު ބުނެފިއެވެ. ވޯލްޑް ކަޕްގައި ބައިވެރިވާ 48 ޓީމުގެ ތެރެއިން ކޮންމެ ފެޑެރޭޝަނަކަށް ވެސް އެ ޓީމެއް ކުޅޭ މެޗުތައް ބާއްވާ ސްޓޭޑިއަމްގެ ޖާގައިގެ 8 އިންސައްތަ ޓިކެޓް ސަޕޯޓަރުންނަށް ބެހުމަށް ލިބިދެއެވެ. މިއީ ކޮންމެ މެޗަކަށް އެތައް ހާސް ޓިކެޓެކެވެ. އީރާނުގެ ފުރަތަމަ […]

އަޙްމަދު ވަހީދު
ސްޕެއިނާއި އުރުގުއޭ ފޯރިގަދަ ކުރިމަތިލުމަކަށް، ސައޫދީ ދުލެއްނުކުރާނެ، ކޭޕް ވާޑޭގެ ފުރަތަމަ ފަހަރު

ސްޕެއިނާއި އުރުގުއޭ ފޯރިގަދަ ކުރިމަތިލުމަކަށް، ސައޫދީ ދުލެއްނުކުރާނެ، ކޭޕް ވާޑޭގެ ފުރަތަމަ ފަހަރު

ޔޫރަޕްގެ ޗެމްޕިއަން ސްޕެއިނާއި ދެކުނު އެމެރިކާގެ ގަދަބާރު އުރުގުއޭ ހިމެނޭ ވޯލްޑް ކަޕް ގްރޫޕް އެޗްގައި ދެން ހިމެނެނީ މީގެ ހަތަރު އަހަރު ކުރިން ލިއޮނަލް މެސީގެ އާޖެންޓީނާ ބަލިކޮށް ހައިރާންކޮށްލި ސައުދީ އަރަބިއްޔާގެ އިތުރުން އަލަށް ވާދަކުރާ ކުޑަކުޑަ ކޭޕް ވާޑޭ އެވެ. އެމެރިކާއިން ބޭރުގައި ކުޅޭ މި ގްރޫޕްގެ ހަމައެކަނި މެޗަކީ އެންމެ އިންތިޒާރު ކުރެވޭ މެޗެވެ. އެއީ ޖޫން 26 ވަނަ ދުވަހު މެކްސިކޯގެ ގުއަޑަލަހާރާގައި ކުޅޭ އުރުގުއޭ އާއި ސްޕެއިން ބައްދަލުކުރާ […]

އަޙްމަދު ވަހީދު
މީނާބް މަދަރުސާ ދަރިވަރުންގެ ހަނދާނުގެ މެސެޖަކާއެކު އީރާނުގެ ޓީމު މެކްސިކޯއަށް

މީނާބް މަދަރުސާ ދަރިވަރުންގެ ހަނދާނުގެ މެސެޖަކާއެކު އީރާނުގެ ޓީމު މެކްސިކޯއަށް

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެބްރުއަރީ 28 ގައި ފެށި ހަނގުރާމައިގެ ކުރީކޮޅު އީރާންގެ މީނާބް ޕްރައިމަރީ ސްކޫލަކަށް ދިން މިސައިލް ހަމަލާގައި ޝަހީދުވި ކުދިންނާއި މީހުންގެ ހަނދާނުގައި، އީރާންގެ ވޯލްޑް ކަޕް ޓީމުން ޚާއްސަ ޕިންތަކެއް ޖަހައިގެން މެކްސިކޯއަށް ގޮސްފިއެވެ. އާދީއްތަ ދުވަހު މެކްސިކޯގެ ޓިޖުއާނާއަށް ޓީމު ފޭބިއިރު، ކުޅުންތެރިންގެ ޖެކެޓްގައި ޖަހާފައިވަނީ ރަން ކުލައިގެ “168” ޖަހާފައިވާ ޕިންތަކެކެވެ. މިއީ ފެބްރުއަރީ 28 ވަނަ ދުވަހު އީރާންގެ ދެކުނުގެ މިނާބްގައި ހުންނަ ސްކޫލަކަށް ދިން […...

ނާޒިމާ އަލީ
ބޮޑު ސަމާލުކަމަށް ހުއްޓިފައިވާ އީރާނާ އެއް ގްރޫޕެއްގައި ބެލްޖިއަމް، މިސްރު އަދި ނިއުޒިލޭންޑް

ބޮޑު ސަމާލުކަމަށް ހުއްޓިފައިވާ އީރާނާ އެއް ގްރޫޕެއްގައި ބެލްޖިއަމް، މިސްރު އަދި ނިއުޒިލޭންޑް

އެމެރިކާ އާއި އިސްރާއީލުން މިދިޔަ ފެބްރުއަރީ މަހު 28 ގައި އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ވަގުތީގޮތުން ހުއްޓިފައި އޮތް ނަމަވެސް އަދިވެސް ހަނގުރާމައިގެ ހާލަތު ތަޖުރިބާކުރަމުންދާ އީރާނުން ދަނީ ވޯލްޑް ކަޕްގައި ބައިވެރިވަމުންނެވެ. ދަތިކުރުމާއި ހަނގުރާމައިގެ ވިލާގަނޑުގެ ސަބަބުން ފުރިހަމައަށް މުބާރާތައް ތައްޔާރުވުމަށް ފުރުސަތު ނުލިބުނުނަމަވެސް އީރާނު މުބާރާތުގައި ބައިވެރިވަނީ ސުލްހައަށް ގޮވައިލުމަށެވެ. ބެލްޖިއަމް، ނިއުޒީލެންޑް އަދި މިޞްރާއެކު ގްރޫޕް ޖީ ގައި ހިމެނޭ އީރާނުގެ ބައިވެރިވުން އޮތީ ނުތަނަވަސްކ...

އަޙްމަދު ވަހީދު
ގްރޫޕް އެފް: ތިން ފަހަރު ވޯލްޑް ކަޕްގެ ފައިނަލްގައި ކުޅެފައިވާ ނެދަލެންޑްސް ވާދަކުރާނީ ޖަޕާން، ސްވިޑަން އަދި ޓިއުނީޝިއާ އާ

ގްރޫޕް އެފް: ތިން ފަހަރު ވޯލްޑް ކަޕްގެ ފައިނަލްގައި ކުޅެފައިވާ ނެދަލެންޑްސް ވާދަކުރާނީ ޖަޕާން، ސްވިޑަން އަދި ޓިއުނީޝިއާ އާ

ތިން ފަހަރު ވޯލްޑް ކަޕްގެ ރަނަރަޕްކަން ހޯދި ނެދަލެންޑްސްއަށް އެންމެ ފަހުން ފުޓްބޯޅައިގެ އެންމެ ޝަރަފުވެރި ތަށި ކާމިޔާބު ކުރެވިދާނެ ހެއްޔެވެ؟ ޑަޗް ޓީމަކީ މުބާރާތުގެ ތާރީޚުގައި “ނަސީބު ދެރަ” އެއް ޓީމެވެ. އެގޮތުން 1974 އަދި 1978 ވަނަ އަހަރުގެ ފައިނަލުން ވިދިވިދިގެން ބަލިވިއިރު، 2010 ވަނަ އަހަރުގެ ފައިނަލުން ވެސް ވަނީ ބަލިވެފަ އެވެ. ނެދަލެންޑްސް ހިމެނިފައިވަނީ ސްވިޑަން، ޖަޕާން އަދި ޓިއުނީޝިއާއާއެކު ގްރޫޕް އެފްގަ އެވެ. ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި އެ […]

އަޙްމަދު ވަހީދު
ވޯލްޑް ކަޕް ކަވަރުކުރާ ނޫސްވެރިންނަށް އެމެރިކާއަށް އެތެރެނުވެވޭ މައްސަލަ ބޮޑުވެއްޖެ

ވޯލްޑް ކަޕް ކަވަރުކުރާ ނޫސްވެރިންނަށް އެމެރިކާއަށް އެތެރެނުވެވޭ މައްސަލަ ބޮޑުވެއްޖެ

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ފެށެން ދެތިން ދުވަހަށް ވެފައިވަނިކޮށް، މުބާރާތް ބާއްވާ އެމެރިކާއަށް ވަނުމަށް ބޭނުންވާ ވިސާ ނުލިބިގެން ގިނަ އަދަދެއްގެ ނޫސްވެރިން ޝަކުވާ ކުރަން ފަށައިފިއެވެ. އިންޓަނޭޝަނަލް ސްޕޯޓްސް ޕްރެސް އެސޯސިއޭޝަން (އޭއައިޕީއެސް) އިން ވަނީ މިކަމާ ގުޅިގެން ފީފާއަށް ރަސްމީކޮށް ސިޓީއެއް ފޮނުވާފައެވެ. އޭއައިޕީއެސްގެ ރައީސް ޖިއާނީ މާލޯ ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، އީރާނާއި އެފްރިކާގެ ގައުމުތަކަށް ނިސްބަތްވާ ގިނަ އަދަދެއްގެ ނޫސްވެރިންނަށް އެމެރިކާގެ ވިސާ ދިނުމަށް އިންކާރުކ...

ނާޒިމާ އަލީ
ވޯލްޑް ކަޕްގައި ރެފްރީކަން ކުރުމަށް އެމެރިކާއަށް ދިޔަ ސޯމާލިއާގެ ރެފްރީއަކު އެތެރެވިޔަނުދީ ހިފަހައްޓައިފި

ވޯލްޑް ކަޕްގައި ރެފްރީކަން ކުރުމަށް އެމެރިކާއަށް ދިޔަ ސޯމާލިއާގެ ރެފްރީއަކު އެތެރެވިޔަނުދީ ހިފަހައްޓައިފި

ވޯލްޑް ކަޕް ފައިނަލް މެޗުތަކުގައި ރެފްރީކަން ކުރުމަށް ހޮވުނު ސޯމާލިއާގެ ފުރަތަމަ ރެފްރީ، އުމަރު އަރުތާން އެމެރިކާއަށް އެތެރެވިޔަނުދީ ހިފަހައްޓާފައިވާ ކަމަށް ސޯމާލިއާގެ ކުޅިވަރާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ . މިއީ ސޯމާލިއާގެ ތާރީޚުގައި ވެސް ވޯލްޑް ކަޕްގައި ރެފްރީކަން ކުރުމުގެ ފުރުސަތު ލިބުނު ފުރަތަމަ ރެފްރީއެވެ. މިއާމީ އިންޓަނޭޝަނަލް އެއާޕޯޓުން އަރުތާން އެމެރިކާއަށް އެތެރެވިޔަނުދީ ހިފެހެއްޓި ސީދާ ސަބަބެއް އަދި ސާފުވެފައެއް ނުވެއެވެ. ނަމަވެސް، ސޯމާލިއާއަކީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އ...

އަޙްމަދު ވަހީދު