ޑެމްބެލޭގެ ހެޓްރިކާއެކު ނޯވޭ ބަލިކޮށް ފްރާންސުން ބޮޑު މޮޅެއް ހޯދައިފި
ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އޮސްމާން ޑެމްބެލޭ ކާމިޔާބުކުރި ހެޓްރިކާއެކު 4-1 އިން ނޯވޭ ބަލިކޮށް، ފްރާންސް އިން ގްރޫޕުގެ އެއްވަނަ މަގާމު ކަށަވަރުކޮށްފިއެވެ. ހުކުރު ދުވަހު ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ޑެމްބެލޭ ވަނީ ތިން ލަނޑު ޖަހައި، ރަން ބޫޓުގެ ރޭހަށް ވަދެފައެވެ. މެޗުގެ 7 ވަނަ މިނެޓާއި، 20 ވަނަ މިނެޓު އަދި 32 ވަނަ މިނެޓުގައި ޑެމްބެލޭ ލަނޑުތައް ކާމިޔާބުކުރިއިރު، މިއީ 1994 ވަނަ […]