ޕީއެސްޖީ މޮޅުވެ އަލުން ތާވަލުގެ އެއްވަނައަށް
ފްރާންސް ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނުމެޗުން 2-1 ގެ ނަތީޖާއިން ނައިސް ބަލިކޮށް ޕީއެސްޖީ އަލުން ތާވަލުގެ އެއްވަނަ މަގާމަށް ޖެހިލައިފިއެވެ. މި މެޗަށް ޕީއެސްޖީ ނުކުތީ ފުރަތަމަ 11 ގައި ހުނަރުވެރި ފޯވާޑް ކެއިލިން އެމްބާޕޭ ނުލައެވެ. ފަހުން ބެންޗުގައި އިދެ ކުޅެންނުކުމެ ގޯލެއްޖަހައި އެމްބާޕޭ ވަނީ ޕީއެސްޖީ މޮޅުކޮށްދީފައެވެ. މެޗުގެ ފުރަތަމަ ގޯލު 29 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބު ކޮށްދިނީ ލިއޮނަލް މެސީ އެވެ. މެސީ ވަނީ އެންމެފަހުން ގައުމީ […]